sun magazine 48

ރ20 :ުގަ އ2012 ިއަލު ޖ11 ،48 :ުރަބްމަ ނ

Upload: sun

Post on 22-Mar-2016

339 views

Category:

Documents


37 download

DESCRIPTION

Sun Magazine 48

TRANSCRIPT

2ރ0 ގު: އަ2012އި ޖުލަ 11 ،48 ރު:މްބަނަ

ސައިބަރ ލުޓޭރުންއިންޓަރނެާޓއެކު ލިބިފައިާވ ފަސޭހަތަާކއެކު ބޮޑެތި ނުރައްާކތަާކވެސް ކުރިމަތި ާލން ޖެހޭ

މިނިވަންކަމުގެ ދޮރޯށިތަކުގެ އެތެރެ :ރައްޔިތުންނަށް އަދިވެސް އޮީތ މުދިންާކޅު ބުނިގޮތް

ސަން މަޖައްލާގެ 48 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ހޫނު މަރުހަބާއެއް

ދަންނަވަމެވެ. އަދި ސަންގެ 47 ވަނަ އަދަދަށް ދެއްވި ތަރުހީބު ފާހަގަ ޮކށް އެކަމަށް ޓަކައި ޝުކުރު

އަދާ ކުރަމެވެ.

ސަން މަޖައްލާގެ މި ފަހަރުގެ ޢަދަދު ތިޔަ ކިޔުންތެރިންނާ ހަމަޔަށް މި ގެނެސްދެނީ ވަރަށް ޚާއްސަ އުފަލަކާ އެކުގައެވެ. އެއީ މެދުނުކެނޑި ކުރެވުނު

މަސައްކަތުން ލިބުނު ހިތްހަމަ ޖެހުމާއި އުފަލެވެ. އެއީ ދިގު މުއްދަތެއް ވަންދެން ޢިލްމީ ވާހަކަ ތަކެއް މުޖުތަމައަށް ޯފރުޮކށް ދެވުމުގެ އުފަލެވެ. އެއީ

ސަން މަޖައްލާ މެދުނުކެނޑި ނެރޭތާ ދެ އަހަރު ފުރުމުން ލިބޭ އުފަލެވެ. މި ކާމިޔާބާ ހަމަޔަށް އައުމުގައި އެހީތެރިވި ހުރިހާ ފަރާތަކަށް އިޚުލާޞްތެރި ޝުކުރެއް އަރިސް ކުރަމެވެ. ސަންގެ ޒުވާން ޓީމުގެ ހިތްވަރާއި މިންނެތް

މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ.

ސަން މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. އެހެން ކަމުން މި މަހުގެ 14 ވަނަ ދުވަހަކީ ސަން މަޖައްލާގެ އުމުރުން ދެ އަހަރު ފުރޭ ދުވަހެވެ. ގަބޫލު ކުރަމެވެ. އުމުރުން ދެ އަހަރު ފުރުނަސް އަދި ހަމަ މިއީ އެންމެ ޅަ ދުވަސްވަރެވެ. ކިރިޔާ

ހިނގައިގަންނަ ދުވަސްވަރެވެ. މި ވިސްނުމުގެ ތެރެއިން ބަލައިގަންނަން ޖެހޭ ހަގީގަތަކީ މީ ސަން މަޖައްލާގެ ވެސް ޅަ ފުރާކަމެވެ. ކުރިއަރައި ދާންވީ މަގު ދިގެވެ. ޚިދުމަތުގެ ރާސްތާގައި ކަޑައްތު ކުރާން ޮއތް ބައި އަދި ޮއތީ ހަމަ ޚިޔާލުގައެވެ. ހަގީގަތަށް ހެދުމަށް ޓަކައި ކުރާން ހުރި މަސައްކަތް ކުރުމަށް

ސަން ޓީމު ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީން ކަން އަރުވަމެވެ. މިހާރަށް ވުރެ ފުރިހަމަ ކަމާ އެކު ސަން ގެ ކުރިޔަށް ހުރި އަދަދުތައް ގެނެސްދިނުމަށް

މަސައްކަތް ކުރާނޭ ކަމުގެ ހުރިހާ ޔަގީން ކަމެއް ވެސް އަރުވަމެވެ.

ސަން ގެ އުމުރުން ދެ އަހަރު ފުރޭ އަދަދު ނުކުންނަ އިރު ކިޔުންތެރިންނަށް ޮއތް އެންމެ ޮބޑު ހަދިޔާ އަކީ އަނެއްކާވެސް އަގު ޮބޑު ލިޔުންތެރިއެއްގެ

ލިޔުއްވުންތަކެވެ. ޮމޅު ލިޔުންތަކެއް ކިޔައިލާން ލިބުމުގެ ފުރުސަތެވެ. ރާއްޖޭގެ ލިޔުންތެރިކަމުގެ ދާއިރާގައި އެންމެ ސީނިއަރ އެއް ނަމުގެ ޮގތުގައި ފާހަގަ

ކޮށްލެވޭ ޢަބްދުهللا ނަޢީމު އިބްރާހީމް ގެ ލިޔުއްވުންތަކެވެ. އޭނާ އަކީ ރާއްޖޭގައި ދާދި ފަހަކާ ޖެހެންދެން ނެރެމުން އައި ދުވަހު ނޫސް އާފަތިހުގެ އެޑިޓަރެވެ. ލިޔުންތެރިކަމުގެ ޮރނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ

އިނާމް ލިބިވަޑައިގެންފައިވާ ޮމޅު ލިޔުންތެރިއެކެވެ. ދިވެހި މުޖުތަމަޢަށް ޢިލްމީ އިތުރު ލިޔުންތަކެއް ގެނެސްދެއްވުމަށް، ނަޢީމު ސަން މަޖައްލާ އިޚުތިޔާރު

ކުރެއްވި ކަމީ ސަންއަށް ކުރައްވާ އިތުބާރު ކަމަށް ދެކެމެވެ. އެހެން ކަމުން މި ފުރުސަތުގައި ނަޢީމަށް ޝުކުރު އަދާ ކުރަމެވެ. އަދި ސަން ޓީމުގެ

ފަރާތުންނާއި ސަން ގެ ކިޔުންތެރިންގެ ނަމުގައި ހޫނު މަރުހަބާއެއް ވެސް ދަންނަވަމެވެ.

މި ފަހަރުގެ ކަވަރު ސްޯޓރީ އަކީ ނަޢީމް ލިޔުއްވާފައިވާ “ސައިބަރ ލުޓޭރުން” އެވެ. މީގެ އިތުރުން މި ފަހަރުގެ އަދަދުގައި ވެސް ކިޔުންތެރިންގެ މަގުބޫލު އެހެން ހުރިހާ ބައި ތަކެއް ހިމަނާފައި

ހުންނާނެ އެވެ. އަވަހަށް ކުރިޔަށް ވަޑައިގަންނަވާށެވެ.

3

އެޑިޓަރުގެ ނޯޓް

ސިނާން ޢަލީއެޑިޓަރު

އެޑިޓަރު: ސިނާން ޢަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުޙައްމަދު ޢާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޛު އަޙްމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:ޢަބްދުهللا ނަޢީމު އިބްރާހީމް

ޢަބްދުهللا އަޒްމީންކަނީރު ޢަބްދުއްރަޙީމް

ޢަލީ ޚާލިދުޢަބްދުهللا ޝިނާން

މިންނުޑރ. އިބްރާހިމް ޔާސިރު އަޙްމަދު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުޙައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުޙައްމަދު ޤާސިމްދިޔަތިކި: ޢަބްދުهللا ފާރޫޤު ޙަސަން ސިއްކަ: ސިއްކަގޭ މުޙައްމަދު ނަސީމް ދިޔަވަރު: މުޙައްމަދު ޢާމިރު ފަރެސްރަންދެލި: މުންޑޫ އާދަމް ހަލީމް

ފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން ޢަލީ

ޑރ. ޖުނެއިދުގެ އިރުޝާދު: ޑރ.ޖުނެއިދުދަމަނަ: ޑރ. އަޙްމަދު ޖަމްޝީދު

ތައުޢިޔާ: އަލްއުސްތާޛު މޫސާ އަންވަރު ޙަސަން

މާކެޓިން: ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 48 11 ޖުލައި 2012

c

4

5

ޢަބްދުهللا ފާރޫޤު ޙަސަންދިޔަތިކި

ގެއްލުން މީހުން ހުޝިޔާރު ވިސްނުންތެރި ނުދަންނަ ތަންޮދރު ނަމަވެސް ބަދަލުޮކށްލައެވެ. ފައިދާއަށް ދެއާފާތަށް ކުރިމަތިވެއްޖެނަމަ މުޞީބާތެއް މީހުން ގަބު ޢަލައިހި ޞައްލަهللا ނަބިއްޔާ އިސްލާމްދީނުގެ ހަދައިލައެވެ. ބާރުހުރި މަދީނާގައި ބޭރުޮކށްލެވުމުން މައްކާއިން ވަސައްލަމަ އެދައުލަތެއްގެ އެޅުއްވިއެވެ. ބިންގާ ދައުލަތެއްގެ އިސްލާމީ އަންތަރީސްވި ޙައިރާންވެ ތާރީޚު ކީރިތިމޫރިތިކަމާމެދު ދައުލަތެކެވެ. އެ ދައުލަތެއްގެ ޝާންޝައުކަތާމެދު އިނގިލިކުރީގައި

ދަތްއަޅައިލާން ޖެހުނު ދައުލަތެކެވެ. ލެވި ޖަލަށް ޙަންބަލް ބިން އަޙްމަދު އިމާމު ހިނދު ތެޅުވުނު ހަންމުށީން ގައިޮކޅުގައި އެކަލޭގެފާނުގެ އިމާމުންކުރެ ޖަމާޢަތުގެ ވެވަޑައިގަތީ ސުންނަތް އެކަލޭގެފާނު ތައިމިއްޔާ އިބްނު އިމާމު ކަމުގައެވެ. ބޭކަލެއް އެއް ޖަލުން އެކަލޭގެފާނު ލެވުމުން ޖަލަށް ހައްޔަރުކުރެވި ޚަޒާނާއެއް ޮބޑު ހުސްނުވާފަދަ ޢިލްމުގެ ނިކުމެވަޑައިގަތީ އަނދިރި ސަރުޚަސީ ޖަމާކުރައްވައިގެންނެވެ. ހިތްޕުޅުގައި މައްޗަށް ޖިލްދުގެ ދެ ބަންދުކުރެވުމުން ވަޅުގަނޑެއްގައި ގޭގައި އިބްނުލްއަޘީރު ލިޔުއްވިއެވެ. ޮފތެއް ފިޤުހު އެކުލެވޭ ބަންދުކުރެވުމުން ޖާމިޢުލްއުޞޫލާއި އައްނިހާޔަތު ލިޔުއްވިއެވެ. އިބްނުލްޖައުޒީ ދެޮފތެވެ. ޮމޅު އެހާމެ ބޭނުންތެރި ނުހަނު ތަޖުވީދު ޤިރާއަތުގެ ހަތް ބޭރުޮކށްލެވުމުން ބަޣުދާދުން ހުމުގެ އަވަހާރަވި ބުނުއްރައިބު މާލިކު ތައްޔާރުކުރެއްވިއެވެ. އާލާސްކަންފުޅު ޖެހިވަޑައިގަތުމުން ޢައްބާސީ ޚަލީފާއިންގެ ޮބޑެތި އެކުލަވައިލެއްވިއެވެ. ޤަޞީދާއެއް ޮމޅު ނުބައްދަލު ދީވާންތަކާ އަބޫޒުރައިބު އަލްހުޛަލީގެ ދަރިކަލުން އަވަހާރަވުމުން ޒަމާންތައް އެކުލަވައިލެއްވިއެވެ. މަރުޘިއްޔާ ބަސްހުއްޓުނު އަންތަރީސްވެ ރައްދުޮކށް ސާބަސް އައްސަރިބަހާއި އެޅެމަށް ވަނީ ތާރީޚު

ވަރުބަލިވެފައެވެ. ކަންމިހެން ހުރުމާއެކު މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެކަމެއްގައި ހިމެނޭ އަލިފަރާތް ފާހަގަ ކުރައްވާށެވެ. ކަލާޔަށް ހަކުރު އެއަށް އެރުވިއްޖެނަމަ ތަށިޮކޅެއް ލުނޯބހުތް ކަލާޔަށް މީހަކު ގިރައިލައްވާށެވެ. ލުނޯބފަނި އަޅުއްވައިގެން މަރުވެފައި ޮއތް ހަރުފައެއް އަރުވައިފިނަމަ އޭގެ އަގުޮބޑު ހަން ގައިގައި މީހެއްގެ އެއްލައިލައްވާށެވެ. ބާކީ ނަންގަވައިފައި ބިޗުލެއް ކަށިޖަހައިފިނަމަ އެމީހަކަށް ހަރުފަ ވިހަޔަކުން އަސަރެއް ނުކުރާނެއެވެ. ކިތަންމެ ނުސިޔާނު މޫސުމެއް ކުރިމަތިވިޔަސް

ފެތިވަޑައިގަންނަވާށެވެ. ތައްގަނޑަކަށް ގުޅޭ އެމޫސުމަކާ ކަލާޔަށް ލިބިވަޑައިގަންނަވާނީ މާމެލާމެލީގެ ހާރުތަކެވެ.

އެއީ ކަމެއް ނުރުހޭ ތިޔަބައިމީހުން “އަދި ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ.” )އަލްބަޤަރާ:

)216ފަރަންސޭސި އިންޤިލާބުގެ ކުރީން އެތާނގެ އެންމެ ޮމޅު ދެ ޅެންވެރީން ޖަލުގައި ބަންދުކުރެވުނެވެ. އޭގެ ތެރެއިން އެކަކީ ބަލާ ކަމުގައި ފާލެއް ބާއްޖަވެރިކަމުގެ ކަންތައްތައް ދިމާވާ މީހެކެވެ. އަނެކަކީ ފެންނަ ޮކންމެ ކަމެއް ސުންޕާކަމުގެ ފާލެއް ކަމުގައި ދެކޭ މީހެކެވެ. އެދެމީހުން އެއްރެޔަކު ކުޑަޮދރުން ބޭރު މީހާޔަށް ދެކޭ ފާލު ހެޮޔކަމުގެ ކަންތައްތަކުން ބަލައިލިއެވެ. ތަރިތައް ފެނިފައި އުފަލުން ހޭން ފެށިއެވެ. ސުންޕާކަމުގެ ފާލު

ދެކޭ މީހާއަށް ޖަލުގެ ކައިރިން މަގުމަތީން ހިރަފުސް އަރާތަން ފެނިފައި ޯރން ފެށިއެވެ. ޙަޔާތާމެދު އިންސާނުން ދެކޭޮގތުގައި

މިހާވެސް ފަރަގު ހުރެއެވެ. ހުސް ލައްވައިފައިވަނީ ދުނިޔޭގައި ޙަޤީޤަތުގައި ނުބައިކަމާއި ޮމޅިވެރިކަމެއް ނޫނެވެ. އެހެންކަމުން މުޞީބަތެއް ލާބައިގެ ހެޮޔކަމާއި ޮފރުވިފައިވާ އެކަމުގައި ކުރިމަތިވިޔަސް

ބައި އަތުލެއްވޭޯތ ބައްލަވާށެވެ. ދުވަހެއް ވައްޓަފާޅި ދިރިއުޅުއްވުމުގެ ކަލާގެ ޮގތަކަށް ބިނާކުރަނިވި ކުރައްވާށެވެ. ރަނގަޅު ދުވަހަކަށް ބަސްމަގު ބަދަލުޮކށްލައްވާށެވެ. ފިކުރު ވިސްނުންފުޅާއި ޚަޒާނާ މަޢުލޫމާތުގެ ކުރައްވާށެވެ. ތަހްޒީބު ރިވެތިކުރައްވައި ފުރާލެއްވޭޯތ މަސައްކަތް ކުރައްވާށެވެ. ޝައްކެއްވެސް ނެތެވެ. އިހުތިރާމު މާ ކާމިޔާބު، މާ އިހުނަށްވުރެ ކަލާއަކީ މިހާރު ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމުގައި ފެނިވަޑައިގަންނަވާނެއެވެ.

މީރު ލުނޯބފަނި ގިރަނީ ހުތްލުނޮބއިންނެވެ.

މުޞީބާތެއް ކުރިމަތިވެއްޖެނަމަ

އެކަމެއްގައި ހިމެނޭ އަލިފަރާތް

ފާހަގަ ކުރައްވާށެވެ. ކަލާޔަށް

ލުނޯބހުތް ތަށިޮކޅެއް އެރުވިއްޖެނަމަ

އެއަށް ހަކުރު އަޅުއްވައިގެން

ލުނޯބފަނި ގިރައިލައްވާށެވެ. “

6

ވަރަށް ގިނަ ބޭފުޅުން ވިދާޅުވާޮގތުން، އަޅުގަނޑުމެންގެ ދިވެހިރާއްޖެ އިލްމީ ޮގތުން ވަރަށް ޮބޑު ކުރިއެރުމެއް ޯހދައިފިއެވެ. އިލްމީ މައިދާނުގައި ފާހަގަ ޮކށްލަން ޖެހޭ ފަދަ ޮބޑު ތަރައްގީއެއް ޯހދައިފިއެވެ. އެ ބޭފުޅުން ވިދާޅުވާޮގތުން

ރާއްޖެއަކީ މިއަދު އިލްމީ ޮގތުން ތަސައްރަފު ފުދިފައި ވާ މުޖުތަމައެކެވެ. އަޅުގަނޑު ވެސް އެ ބޭފުޅުންނާ އެއްބަސް ވާ ހިތްވެއެވެ. އަޅުގަނޑުގެ އަމިއްލަ ވަޒަން އިލްމީ ޮގތުން ތަސައްރަފު ފުދުމަކީ އަޅުގަނޑަށް ވެސް ލިބޭ ޝަރަފެއް،

އަދި އިއްޒަތެއް، އެހެން ނޫންޯތއެވެ؟ ނަމަވެސް ދިވެހި މުޖުތަމައުގެ އެކި ދިމަދިމާޔަށް ނަޒަރު

ހިންގައިލުމުން އަޅުގަނޑަށް ފެންނަނީ އިލްމީ ޮގތުން މި ގައުމު ތަރައްގީ ވެއްޖެ ކަމުގެ ނިޝާންތަކެއް ނޫނެވެ. އަޅުގަނޑަށް ފެންނަނީ ޖުމުލަ ޮގތެއްގައި، އިލްމީ ޮގތުން ގައުމު ނިކަމެތި ވަމުން ދާ ތަނެވެ. އިލްމީ މައިދާނުގައި ރާއްޖޭގެ ހާލަތު

ދަށަށް ދާ ތަނެވެ. ތެދުފުޅެކެވެ. މީގެ ފަންސާސް އަހަރު ކުރީން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި މަދަރުސާތަކެއް ނެތެވެ. އެއިރަކު ދިވެހިރާއްޖޭގައި ޮކލެޖެއް ނެތެވެ. ޔުނިވަރުސިޓީއެއް ނެތެވެ. މިހާރު އެކަން ބަދަލު ވެއްޖެއެވެ. މިހާރު ރާއްޖޭގެ

މީހުން ދިރިއުޅޭ ޮކންމެ ރަށެއްގައި މަދަރުސާއެއް އެބަ ހުށްޓެވެ. މިހާރު ރާއްޖޭގައި ޮކލެޖުތައް އެބަ ހުށްޓެވެ. ޔުނިވަރުސިޓީއެއް އެބަ ހުށްޓެވެ.

އެހެންކަމާއެކުވެސް، އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ، މަދަރުސާތަކާއި ޮކލެޖުތަކާއި ޔުނިވަރުސިޓީތަކުގެ ޯބޑު ޖެހި އިމާރާތްތަކެއް

އުފުލިފައި ހުރުމަކީ އިލްމީ ޮގތުން ގައުމު ތަރައްގީ ވުން ނޫން ކަމެވެ. އެފަދަ ތަންތަނަކީ އިލްމީ ތަރައްގީ އަށް މަގުފަހި ޮކށްދޭ އުމްރާނީ ޮއނިގަނޑެވެ.

މަދަރުސާތަކާއި ޮކލެޖުތަކާއި ޔުނިވަރުސިޓީތައް ހުރުމަކީ އިލްމީ ޮގތުން ގައުމު ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އަސާސީ އުންސުރެއް ކަމާ

މެދަކު ޝައްކެއް ނެތެވެ. ނަމަވެސް މަދަރުސާއެއް ނުވަތަ ޮކލެޖެއް ނުވަތަ ޔުނިވަރުސިޓީއެއްގެ ހަތަރު ފާރާއި ފުރާޅާއި ފަރުނީޗަރުތަކަކީ އިލްމީ ތަރައްގީގެ

ހެތްކެއް ނޫނެވެ. އިލްމީ ތަރައްގީގެ އެންމެ ޮބޑު ހެތްކަކީ އެ ތަންތަނުން ދަސްވެނިވެގެން ނިކުންނަ ދަރިވަރުން އިލްމީ މައިދާނުގައި ދައްކާ ގާބިލިއްޔަތެވެ. އެ ދަރިވަރުންގެ ގަލަންތަކުންނާއި، އެއްކަލަ މަދަރުސާ ޮކލެޖު ޔުނިވަރުސިޓީތަކުގެ އިލްމީ މަޖިލިސްތަކުގެ ތެރެއިން އުފެއްދޭ އިލްމީ އުފެއްދުންތަކެވެ. މި ދަންނަވަނީ

އިލްމީ ޮފތްޮފތާއި މަޖައްލާތައް ފަދަ ތަކެތީގެ ވާހަކައެވެ.

އިލްީމ ގޮތުން ގައުމު ބަނގުރޫޓު ވެފައި

އަލްއުސްތާޛު އަޙްމަދު މާޖިދު

ގެ ތަޢުީލީމ ނިާޒާމ މެދު ... ޖޭ ދިވެހިާރއް

ދެން ވިސްނާވަޑައިގަންނަވާށެވެ. ދިވެހިރާއްޖޭގައި ދީނީ އިލްމާއި އިންސާނިއްޔަތުގެ އިލްމާއި އިޖުތިމާއީ އިލްމުތަކާއި ފަލްސަފާ ފަދަ އެއްވެސް

ދާއިރާއެއްގައި ދިރާސާތަކެއް ނުކުރެވެއެވެ. ތަބީއީ ސައިންސާއި ބޭސްވެރިކަމުގެ އިލްމާއި ހިސާބު އިލްމު ފަދަ އެއްވެސް ދާއިރާއެއްގައި ދިރާސާތަކެއް ނުކުރެވެއެވެ.

ފަންނުވެރިކަމުގެ އެއްވެސް ދާއިރާއެއްގައި އިލްމީ ޮގތުން ދިރާސާތަކެއް ނުކުރެވެއެވެ. މިއިން އެއްވެސް ދާއިރާއެއްގައި އިލްމީ ޮގތުން ދިރާސާ ޮކށް،

އިލްމީ އުފެއްދުންތައް އުފެއްދުމުގެ މަސައްކަތް ކުރާ އެއްވެސް މުއައްސަސާއެއް ރާއްޖޭގައި ނެތެވެ. ދުނިޔޭގެ ނިސްބަތުގައި ކުތުބުޚާނާއެއްގެ ނަން ހައްގު ވާ ވަރުގެ ކުތުބުޚާނާއެއް މި ގައުމަކު ނެތެވެ. އިލްމީ ޮފތެއް އަޅުގަނޑުމެންގެ

ތެރޭގައި ޝާއިއު ކުރެވެނީ ވަރަށް މަދުންނެވެ. އެފަދަ ޮފތެއް ޝާއިއު ކުރިޔަސް، އެ ޮފތެއްގެ ސަތޭކަ ވަރަކަށް ޮކޕީ ވިކި ހުސްވާން ވެސް އާއްމު ޮގތެއްގައި

އަހަރު ދެ އަހަރު ނަގާ ކަމަށް އިލްމީ ޮފތްތައް ލިޔުއްވާ މަދު ބޭފުޅުންނާއި، ޮފތް ވިއްކާ ފިހާރަތަކުގެ ބޭފުޅުން މާޔޫސްކަމާ އެކު ވިދާޅުވެއެވެ. އެހެންކަމުން އެފަދަ

ބޭފުޅުންނަށް ވެސް މަޖުބޫރު ވަނީ އިލްމީ ޝައުގު ހަމައެކަނި ހުސް ވަގުތު ފުރުއްވަން ކުރައްވާ ކަމެއްގެ ދަރަޖަޔަށް ތިރި ޮކށްލައްވާށެވެ.

ދިވެހިރާއްޖޭގެ އުފެއްދުމެއް ކަމަށް ބުނެވޭނެ އެއްވެސް ސައިންސްވެރިއެއް، ފަލްސަފާވެރިއެއް، އިލްމުވެރިއެއް، ފަންނުވެރިއެއް ދުނިޔޭގެ މައިދާނަށް އަޅުގަނޑުމެންނަކަށް އަދި ނެރެވިފައެއް ނެތެވެ. އަޅުގަނޑު ވެސް

ޤަބޫލު ކުރަމެވެ. އަތުގެ ފަސް އިނގިލީން ގުނާލެވޭހައި މަދު އަދަދެއްގެ ދިވެހި ބޭފުޅުން ދުނިޔޭގެ ޮބޑެތި ބައެއް ޔުނިވަރުސިޓީތަކުގައި ޕްޮރފެސަރުންގެ ޮގތުގައި

އެބަ މަސައްކަތް ކުރައްވައެވެ. ޚުދު މި ގައުމުގައި ވެސް އިލްމަށް ޯލބި ކުރައްވާ ބޭފުޅުންޮކޅެއް އެބަ އުޅުއްވައެވެ. އިލްމަށް ޯލބި ކުރާ ޒުވާން ކުދީން

ވެސް މަދުމަދުން ފެނެއެވެ. ނަމަވެސް މިފަދަ ބޭބޭފުޅުންނަކީ ހަގީގަތުގައި އެ ބޭބޭފުޅުންގެ އަމިއްލަފުޅު ޝައުގާއި މަސައްކަތުގެ ނަތީޖާއެވެ. ބޭރުގެ

ޔުނިވަރުސިޓީތަކަށް ވަޑައިގެން އެ ބޭފުޅުން ކުރައްވާފައިވާ ބުރަ މަސައްކަތްތަކާއި، އެ ޔުނިވަރުސިޓީތަކުގެ އިލްމީ މާހައުލުގެ މޭވާއެވެ. އެ ބޭބޭފުޅުންނަކީ

ދިވެހިރާއްޖޭގައި ހުރި އިލްމީ މުއައްސަސާތަކެއްގެ މަސައްކަތުން އުފެދިފައިވާ ބޭބޭފުޅުންނެއް ނޫނެވެ.

ރާއްޖޭގައި އުފެދިފައި ވާ ދެތިން ޕްޮރފެސަރުން ދިވެހިރާއްޖޭގައި ނުތިއްބަވައި، ބޭރުގެ ޔުނިވަރުސިޓީތަކުގައި މަސައްކަތް ކުރެއްވުމުގެ ސަބަބާ

މެދު ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ. ރާއްޖޭގައި ތިބެގެން ދީނީ އިލްމު، ނުވަތަ ތަބީއީ ސައިންސް، ނުވަތަ އިޖުތިމާއީ އިލްމު، ނުވަތަ ހިސާބު އިލްމު ފަދަ ދާއިރާތަކުން މަތީ ތައުލީމު ހާސިލު ކުރެވޭކަށެއް ނެތެވެ. ބޭރުގެ

ޮކންމެވެސް ޔުނިވަރުސިޓީއަކަށް ޮގސް، ނުހަނު ޮބޑު ޚަރަދު ޮކށްގެން، ގިނަފަހަރު ދަރައިވިކިގެން، ތާރީޚު އިލްމު، ނުވަތަ ޯސޝިޮއޮލޖީގެ އިލްމު، ނުވަތަ ނަފްސާނީ

އިލްމު، ނުވަތަ ފިޒިކްސްގެ އިލްމު، ނުވަތަ ފަލަކީ އިލްމު، ނުވަތަ ހިސާބު އިލްމު ފަދަ އިލްމަކުން ކިތަންމެ މަތީ ފާހެއް ނަގައިގެން އަޔަސް، ރާއްޖޭގައި

އެ މީހަކު ހުންނަން ޖެހެނީ ބޭކާރު ވެފައެވެ. އެމީހެއްގެ ބޭނުން ހިފާނޭ ރިސާޗް އިންސްޓިޓިއުޓްތަކެއް، ނުވަތަ އިލްމީ އެހެން މަރުކަޒުތަކެއް، މަރުސަދުތަކެއް ފަދަ

އެއްވެސް ތަނެއް މި ގައުމުގައި ނެތެވެ. އަޅުގަނޑުމެންގެ ގައުމީ ޔުނިވަރުސިޓީގައި ވެސް އެފަދަ ބޭބޭފުޅުންގެ ފުރިހަމަ ބޭނުން ހިފޭނޭ ފަދަ ގާބިލިއްޔަތެއް، މާހައުލެއް ނެތެވެ. އެހެނީ އަޅުގަނޑުމެންގެ ޔުނިވަރުސިޓީ ވެސް އިލްމީ މަރުކަޒަކަށް ވުރެ

ޮބޑަށް ވައްތަރީ “ޮވކޭޝަނަލް” ތަމްރީނުގެ މަރުކަޒަކާއެވެ. ހާލަތު މިހެން ޮއތުމުން، އެއްކަލަ އިލްމު ހާސިލު ޮކށްގެން އައި

މީހާއަށް ޖެހެނީ ޯސޝަލް ސެންޓަރުގެ ޖެނެރަލް މެނޭޖަރުކަން، ނުވަތަ ހުޅުމާލޭ ޑިވެޮލޕްމަންޓް ޯކރޕަރޭޝަނުގެ ޑިރެކްޓަރުކަން، ނުވަތަ ޯމލްޑިވްސް ޯރޑް

ޯކރޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް ޮއފިސަރުކަން ފަދަ ޮކންމެވެސް މަގާމެއް ގަބޫލު ކުރާށެވެ. އެމީހަކު ކިޔެވި ދާއިރާއާ ގުޅުން ހުރި ވަޒީފާއަކަށް ޮގސްގެން ދިހަބާރަ ހާސް ރުފިޔާއަށް ވުރެ ޮބޑު މުސާރައެއް ލިބުން ވެފައި ޮއންނަނީ މުސްތަހީލު

ކަމަކަށެވެ. އެހެންވީމާ، ތިމާގެ ހިތުގައި އިލްމަށް ޮއތް ޯލތްބާއި ޝައުގުވެރިކަމާއި، އިލްމީ މައިދާނުގައި ކުރިޔަށް ދާން ތިމާ ކުރާ އުއްމީދުތައް ކަފުން ކުރާން ބޭނުން ނޫން ނަމަ، ޖެހެނީ ޮފށިވަށި ބަނދެގެން މިތަނުން ފުރައިގެން ޮކންމެވެސް އެހެން

ގައުމަކަށް ދާށެވެ. މިޮގތަށް ކަންތައްތައް ޮއންނަ ނަމަ، ރާއްޖޭގައި އުފެދޭ އިލްމީ މީހުން ރާއްޖޭގައި ހިފެހެއްޓޭނެ ޮގތަކީ ޮކބައިޯތއެވެ؟ އަދި އިލްމީ މައިދާނަށް ގިނަ ބަޔަކު

ނުކުތުމަށް ހިތްވަރު ދެވޭނޭ ޮގތަކީ ޮކބައިޯތއެވެ؟ ދުނިޔޭގެ ނިސްބަތުގައި ކުތުބުޚާނާއެއްގެ ނަން ހައްގު ވާ ވަރުގެ ކުތުބުޚާނާއެއް މި ގައުމަކު ނެތޭ އަޅުގަނޑު ކުރީން ދަންނަވައިފީމެވެ. މި

ނުކުތާއާ ގުޅޭ މިސާލެއް ދަންނަވައިލާނަމެވެ. 2005 ވަނަ އަހަރު ހާތާނގައި، އެއިރު ރާއްޖޭގައި ނެރެވުނު “ހުވާސް” މަޖައްލާއަށް އަޅުގަނޑު ލިޔުނީމެވެ.

7

އިލްީމ ގޮތުން ގައުމު ބަނގުރޫޓު ވެފައިއެއް އަދަދަކަށް އަޅުގަނޑު ލިޔުނު ފީޗަރ އާޓިކަލުގެ މައުޒޫއަކީ ދިވެހިރާއްޖޭގެ

ގައުމީ ކުތުބުޚާނާއެވެ. މި އާޓިކަލަށް މައުލޫމާތު ޯހދަން ވެގެން އަޅުގަނޑު ގައުމީ ކުތުބުޚާނާއަށް އެތައް ފަހަރަކު ޒިޔާރަތް ޮކށް، އެތާނގެ އިސް ބޭފުޅުންނާ ވާހަކަ ދައްކައި ހެދީމެވެ. އެބޭފުޅުން މައުލޫމާތު ދެއްވި ޮގތުގައި އެއިރު ކުތުބުޚާނާގެ ޮފތުގެ މަޖުމޫއާގެ ޖުމުލަޔަކީ ފަންސާސް ނުވަ ހާސް ޮކންމެވެސް ވަރެކެވެ. މި ދަންނަވަނީ 2005 ވަނަ އަހަރު ރާއްޖޭގެ ގައުމީ ކުތުބުޚާނާގެ ހާލަތު ހުރި ޮގތުގެ ވާހަކައެވެ. މީގެ އެއްހާސް އަހަރު ކުރީން މުސްލިމުންގެ

ޮބޑެތި ޝަހަރުތަކުގެ ހާލަތު ހުރި ޮގތާ އަޅުގަނޑުމެންގެ މިހާރާ އަޅާކިޔާލަމާޯތއެވެ؟ ހުޅަނގުގެ މުއައްރިޚެއް ކަމަށްވާ ފިލިޕް ކޭ. ހިއްޓީ އޭނާގެ “ހިސްޓްރީ ޮއފް ދި އެރެބްސް” މި ޮފތުގައި ލިޔުއްވާފައި ވާ ޮގތުން، އެއިރު މުސްލިމް ސްޕޭނުގެ ޤުރުޠުބާ ގައި މަދުވެގެން 17 ވަރަކަށް ޕަބްލިކް ލައިބްރަރީ ހުއްޓެވެ. އެއިން

ޮކންމެ ތަނެއްގައި މަދުވެގެން 4 ލައްކަ ޮފތް ޮއތެވެ. މިއީ މުއްސަނދި މުސްލިމް އާއިލާތަކުގެ މީހުން އެމީހުންގެ އަމިއްލަ ގޭގޭގައި ހަދާފައި ހުރި އެތައް ސަތޭކަ ކުތުބުޚާނާއެއްގެ އިތުރުންނެވެ. މިކަން މިހެން ޮއތީއަކީ ހަމައެކަނި ޤުރުޠުބާގައެއް ނޫނެވެ. އެއިރު އިސްލާމީ ދުނިޔޭގެ ޮބޑެތި ހުރިހާ ޝަހަރުތަކެއްގައި ވެސް ކަން ޮއތީ މިހެންނެވެ. ޕެލާރޯމ، ސެވިއްޔާ، ގްރެނޭޑާ، ފާޒް، ތިމްބުކްތޫ، ޤައިރުވާން،

ޤާހިރާ، ބުޚާރާ، ކޫފާ، ބަޞަރާ، ސަމަރްޤަންދު، އަދި ޚުރާސާން ފަދަ ޝަހަރުތަކުގެ ތާރީޚަށް ބައްލަވައިލައްވާށެވެ. އެއިރުން އަޅުގަނޑުމެންނަށް މި ތިބެވެނީ ޮކންފަދަ

ޮބޑު ޖާހިލުކަމެއްގެ ތެރޭގައި ކަން އިހުސާސް ވެވަޑައިގަންނަވާނެއެވެ. ގައުމީ ކުތުބުޚާނާގެ ވާހަކަ ދެކެވުމުން، ދައްކަން ޖެހޭ އެހެން

ވާހަކައެއް ވެސް އެބަޮއތެވެ. އަޅުގަނޑު ކުރީން ދެންނެވި ފަދައިން، 2005 ވަނަ އަހަރާ ހަމަޔަށް އައިއިރު، ކުތުބުޚާނާގައި ބައިލައްކައެއް ހައި ޮފތް ޮއތެވެ. އޭގެ ފަހުން ކުތުބުޚާނާއަށް ގިނަ އަދަދަކަށް އިނގިރޭސި ވާހަކަ ޮފތް އިތުރު

ކުރެވުނު ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ވުމަށް ފަހު، ކުތުބުޚާނާއާ ދެޮކޅަށް ވަނީ “ވަރަށް ނުބައި، ވަރަށް ކަޅު ޖަރީމާތަކެއް” ހިންގިފައެވެ. އެޮގތުން ކުތުބުޚާނާ

“ގެއިން ބޭރުޮކށްލެވުނު” އިރު، އެތާނގެ މަޖުމޫއާގެ ތެރޭގައި ހިމެނޭ ޢަރަބި އަދި އުރްދޫ ޮފތްތައް، ނުވަތަ އޭގެ ޮބޑު ބަޔަކަށް ވީނުވީއެއް ނޭނގޭ ކަމަށް ވެއެވެ.

ކުތުބުޚާނާގެ ޮފތް އަލަމާރިތަކުން މަދު ވީ ހަމައެކަނި އެތާނގައި ހުރި ޢަރަބި އަދި އުރްދޫ ޮފތްތަކެއް ނޫނެވެ. އޭގެ އިތުރަށް ވެސް އެތައް ސަތޭކަ ޮފތަކަށް ވަނީ

8

ވީނުވީއެއް ނޭނގިފައެވެ. އެއް އިރެއްގައި ރާއްޖޭގައި ޮފތްތެރިކަން އާލާ ވެ، އިލްމީ ޮގތުން ގައުމު ތަރައްގީ ވުމުގެ މިސްރާބެއް ހިފުނު ކަމަށް ދަންނަވަން ޖެހެއެވެ. މި

ދަންނަވަނީ ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނާއި، ޝައިޚުލް އިސްލާމް ޢަބްދުهللا ޖަލާލުއްދީނާއި ޝައިޚް ޢުމަރު ޢީސާ ފަދަ ބޭބޭފުޅުން މި ގައުމުގެ ޮފތް އަލަމާރިއަށް އިލްމީ ޮގތުން ބުރަދަން ޮބޑު ޮފތްތަކެއް އިތުރު ކުރެއްވެވި ދުވަސްވަރުގެ ވާހަކައެވެ. ނަމަވެސް އެ ކުރު މުއްދަތުގެ މަސައްކަތް ވެގެން

ދިޔައީ އޭގެ ކުރީން އިސްކަންދަރު ރަދުންގެ ޒަމާނުގައި ކުރެވުނު މަސައްކަތެކޭ

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ސަނަދާއި، އިލްމާ އެއީ މުޅީން ތަފާތު ދޭއްޗެއް ކަމެވެ. ދިވެހިރާއްޖެ އިލްމީ ޮގތުން ތަރައްގީ ވެއްޖެޔޭ ބުނުމަކީ އަޅުގަނޑު ދެކޭ

ޮގތުގައި ހަގީގަތާ ޚިލާފު ބުނުމެކެވެ. އަޅުގަނޑަށް ފެންނަ ޮގތުގައި، އިލްމީ މައިދާނުގައި ދިވެހިރާއްޖޭގެ މަގާމަކީ ދުނިޔޭގެ ނިސްބަތުން އެންމެ ފަހަތު

ސަފުގެ މަގާމެކެވެ. މިއީ ގައުމީ މައްސަލައެއް ކަމަށް ބަލައި، މި މައްސަލަ ހައްލު ކުރަން އަޅުގަނޑުމެން އެދޭ ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މި މައްސަލަ އެބަޮއތް ކަމުގެ ހަގީގަތް ގަބޫލު ކުރުމެވެ. ދެވަނަޔަށް ކުރަން ޖެހޭ

އެއްފަދައިން، “ނުޮފޅި ފަރިވި މަލަކަށެވެ”. އޭގެ ފަހުން ރާއްޖެ އައީ އިލްމީ ޮގތުން ނިކަމެތިވަމުންނެވެ. ދިވެހީންގެ އިލްމީ ގާބިލުކަން ދިޔައީ ދަށަށެވެ.

ފިކުރީޮގތުން ގައުމު އައީ އަޅުވެތި ވަމުންނެވެ. އަޅުގަނޑަށް މި ވާހަކަ ދެއްކުނީ ކަންތައްތައް ހުރި ޮގތާ މެދު

ވަރަށް ކުރުޮކށެވެ. ދެންވެސް ދިވެހިރާއްޖެ އިލްމީ ޮގތުން ތަރައްގީ ވެފައި ޮއތް ކަމަށް ބުނެވިދާނެ ބާވައެވެ! އެ ތާކުންތާކު ނުޖެހޭ ދައުވާގެ މަތީގައި ހަމަ ދެމިތިބެންވީ

ބާވައެވެ! ރާއްޖޭގައި ޑިގްރީ ފެންވަރުގެ ޯކސްތައް ފުރިހަމަ ޮކށް ސެޓުފިކެޓު

ޯހދައިގެން ތިބި ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ނަމަވެސް އަޅުގަނޑުމެން

ކަމަކީ، އިލްމީ ޮގތުން މިހައި ދަށު ދަރަޖައެއްގައި ގައުމު ޮއންނާން ޖެހުނީ ކީއްވެގެން ބާވައޭ މި ސުވާލާ މެދު ވިސްނައި ފިކުރު ކުރުމެވެ. މި ސުވާލަށް

ޖަވާބެއް ޯހދުމެވެ. އަޅުގަނޑު ދެކޭ ޮގތުގައި އިލްމީ ޮގތުން މި ދެންނެވި ފަދަ ދަށު ދަރަޖައެއްގައި އަޅުގަނޑުމެންގެ ގައުމު ޮއންނަނީ ތަފާތު އެތައް ސަބަބުތަކަކާ

ހުރެއެވެ. އަޅުގަނޑުގެ ނަޒަރުގައި އޭގެ ތެރޭގައި، ރާއްޖޭގެ ސިޔާސީ ޒައާމަތުން އިލްމު އާއްމު ކުރަން އެކަށީގެންވާ ވަރާ ގާތަށް ވެސް މަސައްކަތް ނުކުރުމާއި، އިލްމާއި ރޫހާނީ ތަރައްގީއަށް އިހުމާލުވެ މާއްދިއްޔަތާއި ފައިސާއަށް އަޅުކަން

ކުރުމުގެ ސަގާފަތެއް ގައުމުގައި އާއްމުވުމާއި، ތައުލީމީ ނިޒާމުގެ ބަލިކަށިކަމާއި، އަޅުގަނޑުމެންގެ އަމިއްލަ ބަހަށް ޚިޔާނާތްތެރިވުން ހިމެނެއެވެ.

10

އިޔާޒު ނަސީމް ސަން މާފާނު

އަބޫ ޒައިދް އަޙްމަދު އިބްނު ސަހްލު )އަލްބަލްޚީ( އަކީ ފާރިސީ މުސްލިމު ޮޕލިމެތެކެވެ. އަލްބަލްޚީ އަކީ ޯޖގުރަފީ ޢިލްމަށް ޮމޅު ބޭފުޅެކެވެ. ހިސާބުގެ އިލްމުވެރިއެކެވެ. ޮމޅު ޙަކީމެކެވެ. ނަފްސާނީ އިލްމުވެރިއެކެވެ.

އަބޫ ޒައިދް އަޙްމަދު އިބްނު ސަހްލު )އަލްބަލްީޚ(

މޭގަލަާޔއަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން މޭގަލަޔާ ނުވަތަ މޭގާހލަޔައަށެވެ. މިއީ އިރުއުތުރު އިންޑިޔާއަށް ނިސްބަތްވާ ސްޓޭޓެކެވެ. ސެންސިކިރުތު ބަހުން "މޭގާހލަޔަ" މި ލަފްޒުގެ މާނައަކީ "ވިލާތަކުގެ ޮގވަތި"އެވެ. މޭގަލަޔާގެ އުތުރުގައި ޮއތީ

ބުއްދީގެ ފުރާގު "ޖިސްމު ބަލިވެއްޖެ ނަމަ ނަފްސު ވެސް

ބަލިކަށިޮކށްލައެވެ. އަދި ނަފްސު ބަލިވެއްޖެ ނަމަ ޖިސްމު ވެސް ބަލިކަށިޮކށްލައިފަތެވެ." - އަލްބަލްޚީ

އާސާމެވެ. ދެކުނުގައި ޮއތީ ބަންގްލާދޭޝެވެ. މޭގަލަޔާ އަކީ އިންޑިޔާގެ އިރުމަތީ ބިތުގައި ޮއންނަ ހަތްއުޚްތުންގެ ނަމުން ނަންދެވިފައިވާ ސްޓޭޓުތަކުގެ ތެރޭގައި

ހިމެނޭ ސްޓޭޓެކެވެ. މޭގަލަޔާގެ އިތުރުން "ހަތް އުޚްތުން"ގެ ތެރޭގައި ހިމެނޭ ހަ ސްޓޭޓަކީ އަރޫނާޗަލްޕްރަދޭޝް އާއި، ނާގާލޭންޑާއި، އާސާމާއި، މިޯޒރާމާއި، ތްރިޕޫރާ އާއި، މަނިޕޫރެވެ. މޭގަލަޔާގެ ވެރިރަށަކީ އަދި އެންމެ ޮބޑު ޝަހަރަކީ ޝިޮލންގެވެ. މޭގަލަޔާގެ ވެރިރަށް ޝިޮލންގަކީ އިރުމަތީގެ ސްޮކޓްލޭންޑު ކަމުގައި ބުނެވެއެވެ. މޭގަލަޔާ އަކީ ދުނިޔޭގެ އެންމެ ތެތް ބިމުގެ ޮގތުގައި ފާހަގަ ކުރެވިފައިވެއެވެ.

އަހަރަކު އެވަރެޖުޮކށް މޭގަލަޔާއަށް ވާރޭ ވެހޭ މިންވަރު އުޅެނީ 1200 ސެންޓިމީޓަރުގައެވެ. މޭގަލަޔާގެ ރަސްމީ ބަސްތަކަކީ ކާހސީ ބަހާއި، ގާޯރ ބަހާއި،

ހިންދީ ބަހާއި، އިނގިރޭސި ބަހެވެ. ގާޯރ ބަހަކީ ސިޯނޓިބެޓަން ބަސްތަކުގެ އާއިލާއަށް ނިސްބަތްވާ ބަހެކެވެ. ކާހސީ ބަހަކީ ޮއސްޓްޯރއޭޝިއެޓިކް ބަސްތަކުގެ އާއިލާއަށް ނިސްބަތްވާ ބަހެކެވެ. މޭގަލަޔާގެ އާބާދީގެ %70 އަކީ އީސާއީންނެވެ.

%13 އަކީ ހިންދޫންނެވެ. ތަފާތުތަކެއްޗަށް އަޅުކަން ކުރާ %11 މީހުން އުޅޭ އިރު، %5 މީހުންނަކީ މުސްލިމުންނެވެ. އެހެން ދީންތަކަށް ނިސްބަތްވާ

މީހުންގެ ހިއްސާއަކީ %1 އެވެ. މޭގަލަޔާގެ އާބާދީއަކީ 3 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު މިއީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 23 ވަނައެވެ. ބިމުގެ ޮގތުން ބަލާއިރު 22 ވަނައެވެ. އިދާރީ ޮގތުން މޭގަލަޔާ ބަހައިލެވިފައިވަނީ 7

ޑިސްޓްރިކްޓަށެވެ.

ސައިންސްވެރިއެކެވެ. އަލްބަލްޚީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 850 ވަނަ އަހަރު، ޚުރާސާނުގެ ބަލްޚްގެ ޝަމިސްތިޔާނުގައެވެ. އަލްބަލްޚީ އަކީ

އަލްކިންދީގެ ދަރިވަރެކެވެ.އަލްބަލްޚީގެ އިލްމީ މަސައްކަތްތަކުގެ ތެރޭގައި އޭނާ ލިޔުއްވި

މަޝްހޫރު ޮފތްތައް ފާހަގަޮކށްލެވެއެވެ. ހިސާބާއި ނުޖޫމީ އިލްމު އަދި ފަލަކީ އިލްމުގެ މައްޗަށް ލިޔުއްވި ޮފތްތަކުގެ އިތުރުން ޞުވަރުލްއަޤާލީމް އާއި މަޞާލިޙުލް އަބްދާން ޥައްނުފޫސް ފަދަ ޯޖގުރަފީ އާއި ބޭސްވެރިކަމުގެ އިލްމީ ޮފތްތައް ފާހަގަ

ކުރެވެއެވެ.އަލްބަލްޚީ އަވަހާރަވީ މީލާދީން 934 ވަނަ އަހަރުއެވެ.

ދާދިފަހުން ރައްޓެއްސަކާއެކު ސައިތައްޓެއް ޮބއިލަން ކެފޭއަކަށް ހިނގައްޖައީމެވެ. ސައިޮބއި ދުފާ ނިމުނުތަނާ ކަހަލަ ޮގތަކަށް، އެތަނުގައި އުޅޭ ބިދޭސީއަކު ޯބ ކަރުދާސްޮކޅެއްގައި އަދަދެއް ޖަހާލާފައި “ބިލް” ގެނެސްފިއެވެ. ބަލައިލިއިރު ދެޯލ

ޮބޑުވާހާ ބިލު ޮބޑެވެ. އެކުވެރިޔާ ބިލު ހިފައިގެން ދިޔައީ ކައުންޓަރަށެވެ. ނެގި އެއްޗެހި ވަކިވަކިން ކިޔާ ޖުމުލަ ބެލިއިރު 17 ރުފިޔާ އިތުރެވެ. އެހެން ދުވަހެކެވެ. އެހެން ކެފޭއެކެވެ.

ސަޔަށްފަހު ބިލު ގެނެސްފިއެވެ. މިފަހަރުގެ ބިލު ރަނގަޅެވެ. އަގު އަތް ނުޯފރާފަށުގައި ހުއްޓަސް، ތަފުސީލު ވަކި ވަކިން ލިޔެފައި

ހުއްޓެވެ. ޝަކުވާއަކަށް ޖާގައެއް ނެތެވެ. ޮކންމެ މީހަކުވެސް ފައިސާ ޯހދަނީ ވަރަށް ބުރަޮކށް

މަސައްކަތް ޮކށްގެންނެވެ. އެއްވެސް މީހަކަށް ނުކައެއް ނޫޅެވޭނެއެވެ. މާލޭގައި އުޅޭ އެންމެންގެ ގެޮދރެއް ނުހުރެއެވެ. ޮހޓާ ކެފޭތަކުން ކައި ޮބއިގެން އުޅޭ މީހުން މިރަށުގައި ވަރަށް

ގިނައެވެ. ސައިތައްޓެއް ޯބލަން ވަންނަ ޮކންމެ ފަހަރަކު، އެއްޗެއް ކައިލަން ވަދެލާ ޮކންމެ ވަގުތަކު، ޮއޅިގެންކަމަށް ހަދާފައި، ނުވަތަ

ހިތަށް އެރި އަގެއް އެއްޗިއްސަށް ނަގައިގެން، އަނެކާގެ ޖީބު ޮދވެލުމުގެ ސަޤާފަތެއް ޮހޓާތަކުގައި އަށަގެންފިނަމަ، އެއީ ބަޔަކަށް

ލިބޭނެ ވަރަށް ޮބޑު ނިކަމެތިކަމަކަށް ވެދާނެއެވެ. މިއީ އެތައް ބަޔެއްގެ ޝަކުވާއެކެވެ.

އެއްފެންވަރެއްގެ އެއް ކަހަލަ ދެތަނެއްގައި، އަގުގައި ހުންނަ ތަފާތަކީ ވެސް މީހަކު ހައިރާންވެ އަންތަރީސްވާވަރުގެ ތަފާތެކެވެ. އެއްދުވަހަކު އެކުވެރިންޮކޅަކާއެކު ސައިތައްޓެއް

ޮބއިލަން ވަން ތަނެއްގައި ކަޅުސައިތައްޓެއް ހުރީ 5 ރުފިޔާއަށެވެ. މިދެންނެވީ ރެސްޯޓރެންޓެއްގެ ވާހަކައެއް ނޫނެވެ. ހާބަރުގައި ހުރި

އާދައިގެ ކަޑައެއްގެ ވާހަކަ އެވެ. އެދުވަހު އެތަނުން އެންމެން ނިކުމެގެން އައީ ދެން ދުވަހަކުވެސް އެތަނަށް ނުވަންނަން

ނިންމައިގެންނެވެ. ކަސްޓަމަރަކު ގެއްލުމަކީ ތަނަށް ވެސް ލިބޭ ޮބޑު ގެއްލުމެކެވެ. މިއީ މިފަދަ ތަންތަން ހިންގާ ފަރާތްތަކުން

ވިސްނާލަން ހަމަ ވަރަށް މުހިންމު ކަމެކެވެ. ވިޔަފާރީގެ ގަވާއިދު ބުނާޮގތުން ވިއްކާ ޮކންމެ އެއްޗަކީވެސް، ގަންނަ މީހާއަށް އޭގެ އަގު އެނގެން ޖެހޭ އެއްޗެކެވެ. މާނައަކީ ޮކންމެ އެއްޗެއްގައި ވެސް ހުންނަން

ޖެހެނީ އަގު ޖަހާފައެވެ. ނޫނީ ފެންނަ ފަށުގައި އަގު ލިސްޓެއް ހުންނަން ޖެހޭނެ އެވެ. ބިލް ހަދާއިރުވެސް އެންމެ ރަނގަޅުޮގތަކީ

ކުނިކަރުދާސްޮކޅެއްގައި އަދަދެއް ޖަހާލައިގެން ގެނައުމުގެ

ހޮާޓތަކުގެ އެއް ާވހަކަ

މުހައްމަދު ގާސިމްއުޑުދަށުން

ބަދަލުގައި ތަފްސީލް އެނގޭޮގތަށް ހެދުމެވެ. އެހެންނަމަވެސް މިޮގތަށް މި ކަންކަން ކުރަނީ ކިތައް ޮހޓަލުގައިބާވަ އެވެ؟ މިއީ ބަލަން

ޖެހޭކަމެވެ. ކަމުގެ ބޭނުންތެރިކަން ޮބޑުކަމުންނެވެ. ދެފަހަރު ފިހާ ދެ ޯބކިބަލުގެ އަގު ތަފާތުވިޔަ ނުދިނުމަށެވެ. އަގާ ބިލާ ދިމާކުރުމަށެވެ.

މާލޭގައި ހުރި ގިނަ ޮހޓާ ރެސްޯޓރެންޓްތަކަކީ ބިދޭސީން ވެރިކަން ކުރާ ތަންތަނެވެ. ސޭޓަކަށް އިންނާނީ ބިދޭސީއެކެވެ. ވޭޓަރުންނަށް ވެސް ތިބޭނީ އެމީހުންގެ މީހުންނެވެ. އިސްޮކށް

ނަމުގައި ދިވެއްސަކު ހުއްޓަސް، ހުރިހާ ކަމެއް ޮއންނަނީ އެމީހުންގެ އަތްމަތީގައެވެ. ގިނަ ފަހަރަށް އެމީހުން ކަންތައް

ކުރާޮގތް، ވެރިމީހާއަށް ބަލައިވެސް ނުލެވެއެވެ. ނަތީޖާއަކީ އެމީހުން ހިތުހުރި ޮގތަކަށް ކަންތައްކުރުމެވެ. ނަގަން ނުޖެހޭވަރު ނަގައިގެން ޖީބު ޮބޑުކުރާމީހުންވެސް މަދުވާނޭކަމަކަށް ނުފެނެއެވެ. މީހުންގެ

ނުރުހުން ތަނަށް ލިބެމުން ޮގސް ތަން ހުއްޓޭޮގތް ވުމަކީވެސް ހަމަ ވެދާނެކަމެކެވެ. ތަންތަނުގެ ވެރިން މިކަންކަމާމެދު ވިސްނަން އެބަ

ޖެހެއެވެ. ކަމަކީ ކުޑަކަމެއް ނޫނެވެ. މީރު ކައިއެއްޗެއް

ނުލިބުނަސް، ޖީބު ޮދވެލިޔަސް، އެތަންތަނަށް ނުވަދެ ވާކަށް ނެތެވެ. ބަނޑު ފުރާނަ މުއްތިކުރެވެން ޮއތީ، އެތަންތަނުން ދޭ “ޚިދުމަތް” ޯހދައިގެންނެވެ. އެހެންކަމަށް ވާނަމަ، މިކަންކަމަށް ހައްލެއް ލިބެން

އެބަ ޖެހެއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަމަވެސް، މިފަދަ ތަންތަން ހިންގާ ފަރާތްތަކުން ނަމަވެސް، މިކަމަށް ހައްލެއް ޯހދައިދޭން އެބަ ޖެހެއެވެ. އެއްޮގތަކީ ހަމަޖެހިފައި ޮއންނަ ގަވާއިދަށް ތަންތަން ފެތޭޯތ، ތަންޮކޅެއް ހަރުދަނާ އުސޫލަކުން ބަލާ ޮމނިޓަރ ކުރުމެވެ. އޭރުން ތަނުގެ ވެރިން މިކަންކަމަށް ދޭ ސަމާލުކަން

ޮބޑުވާނެއެވެ. ސައިތައްޓެއް ޮބއިލަން ވަންނަ ޮކންމެ މީހަކަށް، ޮކންމެ އެއްޗެއްގެ އަގު ވަކިވަކިން އަހާ ހެދުމަކީ ފަސޭހަކަމަކަށް ނުވާނެ

އެވެ. ގިނަ މީހުންނަށް ކުރަން ކެރޭކަމަކަށް ވެސް ނުވާނެއެވެ. ބިލު ގެނައިމާ، ކިތަންމެ ޮބޑު އަދަދެއް ޖަހާފައި ޮއތަސް ޝަކުވާއެއް ނެތި ފައިސާދެވެނީ އެހެންވެގެންނެެވެ. މައްސަލަ ޖެއްސުން ހުތުރުކަމަކަށް ވާތީއެވެ. އެހެންނަމަވެސް ކުރިން މިދެންނެވި ސަޤާފަތް އަށަގަތަ

ނުދިނުމަށްޓަކައި އެންމެންވެސް މަސައްކަތް ކުރަން އެބަ ޖެހެއެވެ. ޝައްކުވަންޏާ ސުވާލުކުރަންވީ އެވެ. ޮއޅިގެންކަމަށް ހަދައިގެން، ނަގަން މަސައްކަތްކުރާ ޮބޑު އަގާމެދު ފާރަވެރިވާންވީއެވެ. ނޫނީ ނަގާ އެއްޗެއް ނެގުމަށްފަހު ފުރަތަމަ ކަމަަކަށް އަގު ދެއްކުން

އާދައަކަށް ހަދާށެވެ!

11

ޢަބްދުهللا ފާރޫޤު ޙަސަން

ނެއެވެ. ހޭ ާއމިރުންާނ ދެކޮޅަށް ތެދުވަން ޖެ

އާމިރުންނާ ދެޮކޅަށް ނިކުންނަންޖެހޭނެ

ޙިބްރުލްއުންމަތި ޢަބްދުهللا ބިން ޢައްބާސް ރަޟިޔަهللا ޢަންހުމާއާއި، ފަޤީހުލްއުންމަތި ޢަބްދުهللا ބިން ޢުމަރު ރަޟިޔަهللا ޢަންހުމާއާ ދެބޭކަލުން ދުނިޔޭގައި ތިއްބެވިއެވެ. އެބޭކަލުން އެއްބޭކަލަކު އަނެއް ބޭކަލަކަށް ނުހަނު

ހެޔޮއެދިވަޑައިގަންނަވައެވެ. ލަފާފުޅާއި މަޝްވަރާ އަރުއްވައެވެ. އިމާމު ޙުސައިން ރަޟިޔަهللا ޢަންހުގެ ޮދންމާމާފުޅު އުންމުލްމުއުމިނީން އައްސައްޔިދާ އުންމު

ސަލަމާވެސް ދުނިޔޭގައި އިންނެވިއެވެ. އެކަމަނާއަކީ އުންމަހާތުލް މުއުމިނީންގެ ތެރެއިން ފިޤްހަށް އަރައި އިންނެވި ބޭކަނބަލެކެވެ. އަބަދުވެސް ޙައްޤުބަސް

ވިދާޅުވާ ބޭކަނބަލެކެވެ. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަهللا ޢަންހާ ޖަމަލު ހަނގުރާމައިގެ ޙާދިޘާގައި ޠަލްޙަތު ބިން ޢުބައިދިهللا ރަޟިޔަهللا

ޢަންހުއާއި އައްޒުބައިރު ބުނުލް ޢައްވާމް ރަޟިޔަهللا ޢަންހުގެ އަރިހުގައި ބަޞަރާއަށް ވަޑައިގަތުމުންވެސް އައްސައްޔިދާ އުއްމު ސަލަމާ އެކަމާ އިޙްތިޖާޖު

ކުރައްވައި އައްސައްޔިދާ ޢާއިޝާ ރަޟިޔަهللا ޢަންހާއަށް ތަންބީހުގެ ސިޓީފުޅުތަކާއި ޚަބަރުތައް ޮފނުއްވިއެވެ. އެހެންކަމުން އެކަމަނާގެ ޮލބުވެތި ޮދންމާމަދަރިކަލުން އެކަމަނާގެ ނަޒަރުގައި ހުއްދަ ނޫން ކަމަކަށް ނިކުމެވަޑައިގަންނަވާއިރު އެކަމަނާ ހިމޭނުން އިންނެވުމަކީ މުސްތަޙީލު ކަމެކެވެ. ތާބިޢީންގެވެސް ގާތްގަނޑަކަށް

ހުރިހާ ޖަމާޢަތްތަކެއްގެ ބޭކަލުން އޭރު ދުނިޔޭގައި ތިއްބެވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭކަލަކު އިމާމު ޙުސައިން ރަޟިޔަهللا ޢަންހު އެވަޑައިގަންނަވަނީ

ޙަރާމް ކަމަކަށް އަރައި ވަޑައިގަންނަވާށޭ ވިދާޅުވިކަމެއް އެއްވެސް ރިވާޔަތަކުން އެނގޭކަށެއް ނެތެވެ. އިމާމު ޙުސައިން ނުކުމެވަޑައިގަތް ނުކުމެވަޑައިގަތުމާ

ދެޮކޅު ހެއްދެވި ބޭކަލުން ދެޮކޅު ހެއްދެވީ ޙިކްމަތު ޢަމަލީއާއި ތަދުބީރުގެ ޮގތުން އެބޭކަލުންނަށް އެކަން ރަނގަޅު ކަމުގައި ފެނިވަޑައި ނުގަންނަވާތީއެވެ. އެބޭކަލުން

ފާޅުކުރައްވައިފައިވަނީ އެޝުޢޫރެވެ.ޢަބްދިهللا ބިން ޢައްބާސް ރަޟިޔަهللا ޢަންހުމާ، އިމާމު ޙުސައިން

ރަޟިޔަهللا ޢަންހާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.]އޭ ޮބޑުބޭބޭފުޅުގެ ދަރިކަލުންނޭވެ! އަޅުގަނޑު ހިމޭނުން ހުރެވޭޯތ ބަލައިފީމެވެ.

ނަމަވެސް ހިމޭނަކުން ނުހުރެވުނެވެ. ތިޔަ ދަތުރުފުޅު މަތީގައި ކަލޭގެފާނު ހަލާކުވެ ބަރުބާދުވެ ވަޑައިގެންފާނެކަމަށް އަޅުގަނޑަށް އެބަ ފެނެއެވެ. ޢިރާޤު ކަރައިގެ

މީހުންނަކީ ކެހިވެރި ބައެކެވެ. އެބައިމީހުނާ ކައިރިވެސް ވެވަޑައި ނުގަންނަވާށެވެ. މިތާނގައި ހުންނަވާށެވެ. ޙިޖާޒު ކަރައަކު ކަލޭގެފާނަށްވުރެ އަރައި ހުންނެވި

އެއްވެސް ބޭފުޅަކުނެތެވެ. ޢިރާޤު ކަރައިގެ މީހުން ކަލޭގެފާނު ބަލައި ޮފނުވާނަމަ

އެބައިމީހުން ގާތު ވިދާޅުވާށެވެ. ދެޮކޅުވެރީން ތިޔަބައިމީހުންގެ ކަރައިން އިހަށް ބޭރު ކުރާށެވެ. އެއަށްފަހު އަހުރެން ބަލައި ޮފނުވާށެވެ. ކަލޭގެފާނު ޙިޖާޒު

ކަރައިގައި ހުންނަވާން ބޭނުންފުޅު ނޫންނަމަ ޔަމަނު ކަރަޔަށް ވަޑައިގަންނަވާށެވެ. އެތާނގައި ކިއްލާތަކާއި، ދަތުރުފަތުރު ކުރާން އުނދަގޫ ފަރުބަދަތައް އެބަހުއްޓެވެ. އެއީ ތަނަވަސް ބިމެކެވެ. އެތާނގެ އާބާދީއަކީ ޢާންމު ޮގތެއްގައި ކަލޭގެފާނުގެ ބައްޕާފުޅަށް ހެޮޔއެދޭ ބައެކެވެ. އެތާނގައި ކަލޭގެފާނަށް ދުޝްމިނުންގެ އަތް

ނުޯފރާޮގތަށް ހުންނެވިދާނެއެވެ. އެއަށްފަހު ސިޓީފުޅުގެ ޒަރީޢާއިންނާއި ޤާޞިދުން ޮފނުއްވައިގެން ކަލޭގެފާނުގެ ދަޢުވަތު ފަތުރުއްވާށެވެ. ކަލޭގެފާނަށް ކާމިޔާބު

ލިބިވަޑައި ގަންނަވާނެކަން ޔަޤީނެވެ.[ )ޝަހީދެ އަޢުޡަމް، މައުލާނާ އަބުލްކަލާމް އާޒާދު(

މިވާހަކަފުޅުން އެނގި ސާބިތުވާޮގތުގައި އިބްނު ޢައްބާސް މަނާކުރެއްވީ، އުމަވީންނާ ދެޮކޅަށް ނުކުމެވަޑައި ގަތުމެއްނޫނެވެ. ކޫފާއަށް ވަޑައިގަތުމެވެ. ޢިރާޤުކަރަޔަށް ވަޑައިގަތުމެވެ. ހިޖާޒުކަރައިގައި ނުވަތަ

ޔަމަނުކަރައިގައި ހުންނަވައިގެން އުމަވީ ދައުލަތާ ދެޮކޅަށް އިމާމުގެ ދަޢުވަތު ކުރިޔަށް ގެންދެވުމަށް ވަނީ މަޝްވަރާ ދެއްވައިފައެވެ. އާދެ، އަނިޔާވެރި ވެރިކަމާ

ޯނޓް: މި މަޒްމޫނުގެ މައިގަނޑު އަސްލަކަށް ބަލައިފައިވަނީ މިޒަމާނުގެ ނަންހުރި އިސްލާމީ މުފައްކިރު ސައްޔިދު އަބުލްއަޢުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމް އާޒާދުއާއި، ޕްރޮފެސަރ މުޙްސިން ޢުޘްމާނީ ނަދުވީގެ ލިޔުއްވުންތަކެވެ. މިތިން ބޭފުޅުންގެ ތެރެއިން ސައްޔިދު އަބުލްޢައުލާ މައުދޫދީއާއި، މައުލާނާ އަބުލްކަލާމު އާޒާދަކީ

ރާއްޖޭގައިވެސް އިތުރު ތަޢާރުފަކަށް ބޭނުން ދެ ބޭފުޅުންނެއް ނޫނެވެ.

ޑރ. އަޙްމަދު ރައިސޫނީ: މި ޒަމާނުގެ ޗާޓުން ބޭރުވެފައިވާ ނުބައި ވެރީންނާ ދެޮކޅަށް މުސްލިމުން

ތެދުވާން ޮގވާލައްވާ މަތިވެރި ޢާލިމެއް

ދެކޮޅަށް ޙިކުމަތުޢަމަލީއާއެކު ކުރިޔަށް ވަޑައިގަތުމަށް އެވަނީ ފެހި ސިގްނަލް ދެއްވައިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އިމާމު އަބޫ ޙަނީފާ ޞަރީޙު ޢިބާރާތުން

ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެވެ. އަހްލުއްސުންނާގެ ޢިލްމުވެރީންކުރެ މުޖްތަހިދުންގެ އެތައް ބޭކަލުންނެއް ވަނީ އަނިޔާވެރި ވެރީންނާ ދެޮކޅަށް ނިކުތުން ހުއްދަ ކަމުގައި

އެބޭކަލުން ދެއްވާ ފަތުވާގެ ޙުއްޖަތަކީ އިމާމު ޙުސައިން ރަޟިޔަهللا ޢަންހު ޔަޒީދު ބިން މުޢާވިޔާއާ ދެޮކޅަށް ނިކުމެވަޑައިގެންނެވި ނިކުމެވަޑައިގަތުން ކަމުގައި

ހައްދަވައިފައެވެ.ޙައްޖާޖު ބިން ޔޫސުފުގެ އަނިޔާވެރި ގަވަރުނަރުކަމުގެ ޒަމާނުގައި

ޢަބްދުއްރަޙްމާން ބިން އަޝްޢަޘު އުމަވީ ދައުލަތާ ދެޮކޅަށް ނިކުމެވަޑައިގަތުމުން އެދުވަސަވަރުގެ ޮބޑެތި ޮބޑެތި ފިޤްހުވެރީން ކަމުގައިވާ ސަޢީދު ބިން ޖުބައިރުއާއި، އައްޝަޢުބީއާއި، އިބްނު އަބީ ލައިލާއާއި، އަބުލް ބުޚުތުރީ އިބްނުލް އަޝްޢަޘާއާއެކު ނިކުމެވަޑައި ގެންނެވިއެވެ. އައްލާމާ އިބްނުކަޘީރު ވިދާޅުވާޮގތުގައި ޢިލްމުވެރީންނާއި ފިޤްހުވެރީންގެ ޮބޑު ރެޖިމެންޓެއް އިބްނުލް އަޝްޢަޘުގެ ލަޝްކަރުގައި ބައިވެރިވެ

ވަޑައިގެންނެވިއެވެ. އެދުވަސްވަރުގެ ޮބޑެތި ފަޤީހުންގެ ތެރެއިން އިބްނުލްޢަޝްޢަޘުގެ ލަޝްކަރުގައި ބައިވެރިވެވަޑައިނުގަންނަވާ ބޭކަލުންކުރެ ވެސް އެއްވެސް ބޭކަލަކު

އެކަމަކީ ނާޖާއިޒު ކަމެއް ކަމުގައި ވިދާޅުވެފައެއް ނުވެއެވެ. އެލަޝްކަރުގައި ބައިވެރިވެވަޑައިނުގެންނެވި ބޭކަލުން ބައިވެރިވެވަޑައިނުގެންނެވީ އެބޭކަލުންގެ ނަޒަރުގައި އެކަމަކީ މަޞްލަޙަތާ ޚިލާފު ކަމަކަށް ވާތީއެވެ. އެމަސްއަލާގައި

ޙަސަނުލްބަޞަރީ ރަޙިމަހުهللا އާ ކުރެވުނު ސުވާލުގެ ޖަވާބުގައި ވިދާޅުވެފައި ވަނީ މި ދަންނަވާ ޮގތަށެވެ. “މާތްهللا ގަންދެމެވެ. ޙައްޖާޖު ތިޔަބައިމީހުނަށް

ފާކުރެއްވީ ސަބަބަކާ ނުލައެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ ތިޔަބައިމީހުންނަށް ދެއްވި ސަޒާއެކެވެ. އެހެންކަމުން އެ ސަޒާއާ ކަނޑީން މުޤާބަލާ ނުކުރާށެވެ.

އަދި ކީއްހެއްޔެވެ؟ ކެތްތެރިކަމާއި ހަމަހިމޭންކަމާއެކު އެސަޒާ ބަރުދާސް ކުރާށެވެ. މާތްهللاގެ ޙަޟުރަތުގައި ޮރއި އާދޭސްދަންނަވައި އެކަލާނގެ ޙަޟުރަތުން

ޢަފޫކުރެއްވުން އެދޭށެވެ.” އާދެ، އުމަވީންނާ ދެޮކޅަށް ނިކުތުމަކީ އިސްލާމް ދީނާ ޚިލާފު ކަމެކޭ އެކަލޭގެފާނުވެސް ވިދާޅެއް ނުވެއެވެ. )ޚިލާފަތު ވަމުލޫކިއްޔަތު،

ޞަފްޙާ: 275، ސައްޔިދު އަބުލްއަޢުލާ މައުދޫދީ(އިބްނުލް އަޝްޢަޘުގެ ލަޝްކަރުގައި ބައިވެރިވެ ވަޑައިގެންނެވި

ފަޤީހުންވަނީ އަންނަނިވި މޭރުމުން އެބޭކަލުންގެ ޝުޢޫރު ފާޅުކުރައްވައިފައެވެ. އާދެ އިބްނު އަބީ ލައިލާ ވިދާޅުވެފައިވެއެވެ.

“އޭ އީމާންކަމުގެ އަހްލުވެރީންނޭވެ! ތިޔަބައިމީހުންކުރެ މީހަކަށް އަނިޔާއާއި ބޭއިންސާފުން ކަންތައް ކުރެވެމުންދާ ތަން ފެނި ނުބައި ކަންތައްތަކަށް

ދައުވަތުދެވި މުންކަރާތްތަކަށް ޮގވައިލެވޭ އަޑުއިވުމުން އެމީހެއްގެ ހިތުން އެއީ ނުބައިކަމެއް ކަމުގައި ވިސްނައިފިނަމަ އެކަމުގެ ޒިންމާއިން އެމީހަކު ބަރީއަ

ވެއްޖެއެވެ. ސަލާމަތްވެއްޖެއެވެ. އެކަމާ ދުލުން ނުރުހުން ފާޅުޮކށްފިމީހާ ދަރުމަ ލިބިގެންފިއެވެ. ހިތުން އެކަމާ ނުރުހުންތެރިވި މީހާއަށްވުރެ ހެޮޔކަންޮބޑު މީހެއް ކަމުގައި ވެއްޖެއެވެ. ނަމަވެސް ފުރިހަމައަށް ހިދާޔަތް ލިބިގެންފި މީހަކީ هللاގެ ކަލިމަފުޅު މަތިވެރިޮކށް އަނިޔާވެރީން ނިކަމެތި ޮކށްލުމަށްޓަކައި ކަނޑިހިފައިގެން

އެބައިމީހުނާ ދެޮކޅަށް ތެދުވެއްޖެ މީހާއެވެ. ކަންމިހެން ހުރުމާއެކު ޙަރާމް ކަންތައްތައް ޙަލާލުޮކށް އުންމަތުގައި ނުބައިކަމުގެ ޮދރުތައް ހުޅުވައިލައިފައިވާ މީހުނާ ދެޮކޅަށް ތިޔަބައިމީހުން ކަނޑީން ހަނގުރާމަ ކުރާށެވެ. އެބައިމީހުން

ޙައްޤަކީ ޮކބައިކަމެއް ނުދަނެއެވެ. އެބައިމީހުންވަނީ ޙައްޤާ ބީރައްޓެހި ވެފައެވެ. އެބައިމީހުންވަނީ އަނިޔާވެރި ވެފައެވެ. އަނިޔާވެރިވުމަކީ ނުބައިކަމެއް ކަމަކަށެއް

ނުބަލައެވެ.”އައްޝަޢުބީ ވިދާޅުވެފައިވެއެވެ. “އެބައިމީހުނާ ހަނގުރާމަ ކުރާށެވެ. އެބައިމީހުނާ ހަނގުރާމަ ކުރުމަކީ ފާފަވެރި ނުބައި ޢަމަލެކޭ ފަހަރެއްގައިވެސް

ހީނުކުރާށެވެ. މާތްهللا ގަންދެމެވެ. އެއަށްވުރެ ޮބޑަށް އަނިޔާވެރިވާ އަދި އެބައެއްގެ ނިޔާ ތަކުގައި ބޭއިންސާފުން ނިޔާކަނޑައަޅާ އެއްވެސް ބަޔަކު މާތްهللاގެ ބިންމަތީގައި ތިބިކަމެއް އަހަންނަކަށް އެނގިފައެއް ނުވެއެވެ. އެހެންކަމުން އެބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއްވެސް ވަރަކަށް ބުރަހެލި ނުވާށެވެ.”

ސަޢީދު ބިން ޖުބައިރު ވިދާޅުވެފައިވެއެވެ. “އެބައިމީހުނާ ހަނގުރާމަ ކުރާށެވެ. އެހެނީ އެބައިމީހުންނަކީ ވެރިކަން ހިންގުމުގައި އަނިޔާވެރީންނެވެ.

ބަލިކަށިމީހުން ދެރަޮކށް ނިކަމެތިކުރާ މީހުންނެވެ. ނަމާދުގެ ހައިބަތު ނަގައިލައިފައިވާ މީހުންނެވެ.”

އެންމެ ހެޮޔ ޤަރްނުގެ ދީނީ ޢިލްމުވެރީންގެ ޚިޔާލުފުޅުތައް ހުރިޮގތަކީ މިހިރީއެވެ. އަލްއިމާމު އަބޫ ޙަނީފާ ރަޙިމަހުهللا ދުނިޔެއަށް ޯލފުޅު ހުޅުއްވައިލެއްވީ

އެދުވަސްވަރުއެވެ. އެހެންކަމުން އެކަލޭގެފާނުވެސް ގެންގުޅުއްވީ އެދުވަސްވަރުގެ އެހެނިހެން ޢާލިމުންގެވެސް ޚިޔާލުފުޅެވެ. ޖުމްހޫރު އަހްލުއްސުންނާގެ ރައުޔު ކަމުގައި މިހާރަކަށް އައިސް މިބެލެވޭ ރައުޔު އުފެދޭންފެށީ ހިޖްރައިން ދެވަނަ

ޤަރްނުގެ ފަހުޮކޅުގައެވެ. މިރައުޔު ފާޅުވާން މެދުވެރިވީ މިކަމާބެހޭ ޞަރީޙު އެހެން ނައްޞުތަކެއް އަލަށް ފެނުމެއްނޫނެވެ. އެންމެ ފުރަތަމަ ޤަރްނުގެ މުޖްތަހިދު

ޢިލްމުވެރީންނަށް ޮފރުވިފައިޮއތް ނައްޞެއް ފާޅުވުމެއް ނޫނެވެ. އެންމެ ފުރަތަމަ ޤަރްނުގެ ބޭކަލުން ނައްޞުތަކާ ޚިލާފު މަސްލަކެއް ގެންގުޅުއްވުމެއްވެސް ނޫނެވެ. )نعوذباللّه( އަދި ކީއްޯތއެވެ. އެރައުޔު ފާޅުވީ ޮގށްމުށުބާރުގެ ޖައްބާރުން އަމާން،

އިޚްވާނުލްމުސްލިމީން ޖަމާޢަތަކީ އިސްލާމީ ދުނިޔޭގައި ޮއތް ސިޔާސީ ޚުދުމުޚްތާރިއްޔަތާ ދެޮކޅަށް އެންމެ ކާމިޔާބު ކަމާއެކީ މަސައްކަތް ކުރާ ޖަމާއަތް

14

ޖުމްހޫރީ އުޞޫލުން ވެރިކަން ބަދަލުޮކށްލެވޭނެ އެއްވެސްމަގެއް ދޫޮކށްލައިފައި ނެތުމުގެ ސަބަބުންނެވެ. ކަނޑީގެ ޒަރީޢާއިން ބަދަލުގެނައުމަށް ކުރެވުނު

މަސައްކަތުގެ ނަތީޖާ ތަކުރާރުޮކށް ފެންނަމުން ދިޔަޮގތުން އެޮރނގުންވެސް ހެޮޔ ނަތީޖާއެއް ނެރެވިދާނެކަމުގެ ޔަޤީންކަމެއް ނެތުމުންނެވެ. )ތަފްހީމާތު، ޖިލްދު: 3،

ޞަފްޙާ: 250، 251 ސައްޔިދު އަބުލްއަޢުލާ މައުދޫދީ(މުސްލިމުންގެ ފާސިޤު އަމީރުންނާ ދެޮކޅަށް ނިކުތުމާއި އެބައިމީހުނާ

ދެޮކޅަށް ހަނގުރާމަ ކުރުމަކީ ޙަރާމްކަމެއް ކަމަށް އިސްލާމީ އުންމަތް އިޖްމާޢު ވެފައިވާކަމަށް ބައެއް ފަރާތްތަކުން ބަޔާންކުރި ކަމުގައިވިޔަސް އެއީ ޙަޤީޤަތެއްނޫނެވެ. އިސްލާމީ ފިޤްހުވެރީންގެ ވަރަށްޮބޑު ޖަމާޢަތެއް އަބަދުވެސް އެޚިޔާލާ އިދިޮކޅެވެ. އޭގެ ތެރޭގައި މުސްލިމުންގެ އެންމެޮބޑެތި ޢާލިމުންވެސް ހިމެނިވަޑައި ގަންނަވައެވެ. )ތަފްހީމުލް ޤުރްއާން: ޖިލްދު: 5، ޞަފްޙާ: 80،

ސައްޔިދު އަބުލް އަޢުލާ މައުދޫދީ(ޝައްކެއްނެތެވެ. މުސްލިމަކު އަނިޔާވެރި ވެއްޖެނަމަ އެހެނިހެން މުސްލިމުން އޭނާއަށް ނަޞްރު ދޭން ޖެހޭނެއެވެ. އަނިޔާވެރިޔާއަށް ނަޞްރު

ދިނުމަކީ އޭނާގެ އަތުގައި ހިފަހައްޓައި އަނިޔާވެރިވުން މަނާކުރުމެވެ. މުންކަރާތްތައް ނަހީކުރުމުގެ އެންމެ ހެޮޔކަންޮބޑު ދަރަޖައަކީ މުންކަރާތެއް ފެނުމުން އެމީހެއްގެ

އަތުން އެމުންކަރާތެއް ނަހީކުރުމެވެ.

ނައްޞުތަކުގެ ހިޔަލުގައި

ޝައްކެއް ނެތެވެ. މިންހާޖުއްނުބުއްވަތުގައި ޤާއިމުކުރެވިފައިވާ އިސްލާމީ ވެރިކަމަކާ ދެޮކޅަށް ތެދުވުމާއި އެފަދަ ވެރިކަމަކާ ދެޮކޅަށް ޙައްޤަކާނުލައި

ބަޣާވަތްކުރުމާއި، އެފަދަ ވެރިކަމެއްގެ ވެރީން ކުރާ ޖާއިޒު އަމުރުތަކަށް އުރެދުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަމެވެ. އެކަމަށް ދަލީލުކުރާ އާޔަތްތަކާއި

ޙަދީޘްތައް އެބަހުއްޓެވެ. ނަމަވެސް އިސްވެދިޔަ ތާނގައި ބަޔާންޮކށްފައިވާ ފަދައިން މުސްލިމުންގެ ސަލަފުން އެ އާޔަތްތަކާއި ޙަދީޘްތަކުގެ މާނައާއި މަފްހޫމް ޮއޅުވާލައްވައި ޮކންމެ ކަހަލަ ވެރިޔަކު ޮކންމެ ކަހަލަ ޙާލަތެއްގައި އެ އާޔަތްތަކާއި

ޙަދީޘްތައް ނިވާފަތްގަނޑަކަށް ހެދިޔަކަ ނުދެއްވައެވެ.އިސްލާމީ ވެރިކަމެއްގެ ޤާނޫނީ ތަރަހައިގެ އެންމެ ވަރުގަދަ އެއް އަޞްލަކީ ދައުލަތުގެ ވެރީން ހަމައެކަނި ޖާއިޒު ކަންތައްތަކަށް ރައްޔިތުންނަށް

އަމުރުކުރުމެވެ. ވެރީން ކުރާ އަމުރުތަކުގެ ތެރެއިން ހަމައެކަނި ޖާއިޒު އަމުރުތަކަށް ރައްޔިތުން ކިޔަމަންވުން ލާޒިމުވުމެވެ. މިޒަމާނުގެ ތަޢުބީރަކުން ދަންނަވާނަމަ

ތިމާގެ ދަށުގައިވާ އެއްވެސް މީހަކަށް ޣައިރުޤާނޫނީ އަމުރެއް ކުރުމަކީ އިސްލާމީ އުއްމަތުގެ އެއްވެސް ދަރަޖަވެރިޔަކަށް ހުއްދަކަމެއް ނޫނެވެ. ވެރިކަމުގެ ފަރާތުން ނުވަތަ ވެރިޔަކު ކުރާ އެއްވެސް ޣައިރުޤާނޫނީ އަމުރަކަށް ތަބާވުމަކީ އެއްވެސް މުސްލިމަކަށް ލާޒިމު ކަމެއް ނޫނެވެ. އަދި ކީއްޯތއެވެ. ޣައިރުޤާނޫނީ އަމުރެއް ތަންފީޒު ޮކށްފި ނަމަ އެކަމެއްގެ މަސްއޫލިއްޔަތު އެމީހަކު އުފުލަން ޖެހޭނެއެވެ.

މުސްލިމު އަންހެނުންގެ ބައިޢަތުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނުއްވުމަށް އަލްމުމްތަޙިނާ ސޫރަތުގެ 12 ވަނަ އާޔަތުގައި އަރަހުށި މާތްهللا އެކަލާނގެ

ރަސޫލާއަށް އިރްޝާދު ދެއްވައިފައިވަނީ އެއްވެސް ހެޮޔ ކަމަކަށް )ނުވަތަ ޖާއިޒު ކަމަކަށް( އެކަލޭގެފާނު ކުރައްވާ އަމުރުފުޅަކަށް އެކަނބަލުން އުރެދިވަޑައިނުގަތުމެވެ.ޢައްލާމާ އަލްއާލޫސީ ރަޙިމަހުއްهللا ވިދާޅުވާޮގތުގައި ވަލިއްޔުލްއަމްރު

ކުރާ ހުރިހާ އަމުރަކަށް މުޠުލަޤަށް ކިޔަމަންވުން ލާޒިމު ކަމުގައި ބައެއް ފަރާތްތަކުން ކުރާ ދަޢުވާއަކީ ބާޠިލް ދަޢުވާއެއްކަން ކީރިތި ޤުރްއާނުގެ

އިސްވެދެންނެވި އާޔަތުން ސާބިތުވެއެވެ. އެއްވެސް ނަބީބޭކަލަކީ އުރެދުމަކަށް

ނުވަތަ ޤާނޫނާ ޚިލާފު ކަމަކަށް އަމުރުކުރައްވާނެ ބޭކަލެއް ކަމުގައި ނުވުމާއެކުވެސް އިސްލާމް ދީނުގެ ނަބިއްޔާ މަޢުރޫފު ކަމަކަށް ކުރައްވާ އަމުރުފުޅަކަށް

އުރެދިވަޑައިނުގަތުން ބައިޢަތުގެ ޝަރްޠުތަކުގެ ތެރޭގައި ޝާމިލުކުރެއްވުމުން އެނގި ބަޔާންވަނީ ޤާނޫނާ ޚިލާފު އަމުރުތަކަށް ކިޔަމަންވުމަކީ މުސްލިމުންގެ މައްޗަށް

ލާޒިމު ކަމެއް ނޫން ކަމެވެ. ކުރީންވެސް ދެންނެވި ފަދައިން މުސްލިމުންގެ އުލުލްއަމްރުން ކުރާ ޖާއިޒު )މަޢުރޫފް( އަމުރުތަކަށް ކިޔަމަންވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. ސޫރަތުއްނިސާއުގެ 59 ވަނަ އާޔަތުގައި ވަޙީކުރައްވައިފައި ވެއެވެ.“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން هللا އަށް

ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ. ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، هللا އަށާއި

އެކަލާނގެ ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ!” ޢިލްމުވެރީން ވިދާޅުވާޮގތުގައި ކީރިތި ޤުރްއާނުގެ އެންމެ ފުރިހަމަ

ތަފްސީރަކީވެސް ޚުދު ކީރިތި ޤުރްއާނެވެ. އެހެންކަމުން ސޫރަތުލް މުމްތަޙިނާގެ 12 ވަނަ އާޔަތުގައި ވެރީންނަށް ކިޔަމަންވުމުގެ ދާއިރާ ބަޔާން ޮކށްދެއްވައިފައި

ވުމުގެ އެއް ޙިކުމަތަކީ ވެރީންނަށް ކިޔަމަންވާންޖެހޭ ދާއިރާ އިތުރަށް ޝަރަޙަޮކށްދެއްވުމެވެ.

އިސްލާމްދީނުގެ ދެ އަޞްލުކަމުގައިވާ ކީރިތި ޤުރްއާނާއި ޙަދީޘްގައި އިސްލާމީ ޤައުމެއްގެ އިސްލާމީވެރިޔެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާއި،

އިސްލާމީ އުއްމަތުގެ ޮކންމެ އުލުލްއަމްރެއްގެ ވާޖިބުތައް ވަނީ ބަޔާން ކުރެވިފައެވެ. އެ އަސްލުތަކުގެ މައްޗަށް ބިނާކުރައްވައި އިސްލާމީ އުއްމަތުގެ މުފައްކިރުން ވަނީ ވެރިކަން ކުރުމުގެ އުސޫލުތަކާއި ސިޔާސީ ނަޒަރިއްޔާތައް އެކަށައަޅުއްވައިފައެވެ. މުސްލިމުންގެ ވެރިޔެއްގެ ޮގތުގައި ދެމިހުރުމާއި، ރައްޔިތުންގެ އިޙްތިރާމްލިބުމާއި

ކިޔަމަންގަތުމުގެ ޙައްޤު ލިބެނީ އެސިފަތަކުގެ އަހްލުވެރީންނަށެވެ. އަރަހުށި މާތްهللا ދެއްވައިފައިވާ ފަޟްލުވަންތަކަމެއްގެ ވާހަކަ

ބަޔާންކުރާކަށެއް އަޅުގަނޑު ޖެހިލުމެއް ނުވާނަމެވެ. އެކަލާނގެ ހެޮޔ ތައުފީޤާއެކު އަޅުގަނޑު ވަނީ މުސްލިމުންގެ ސިޔާސީ ނިޒާމުގެ މައްޗަށް ވަރަށް ގިނަ ތަފްޞީލީ ލިޔުންތަކެއް ލިޔެފައެވެ. މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ

ތެރެއިން އަބުއްނަޞްރު އަލްފާރާބީ އާއި، އަލްމާވަރުދީ އާއި، އަލްޣަޒާލީ އާއި، އިބްނު ތައިމިއްޔާ އާއި، ނިޒާމުލްމުލްކު ޠޫސީ ފަދަ ބޭކަލުންގެ ޙަޔާތްޕުޅާއި،

އެބޭކަލުންގެ ސިޔާސީ ޚިޔާލުފުޅުތައް އަޅުގަނޑު ވަނީ ދިވެހިބަހުން ލިޔެފައެވެ. ނޫސްމަޖައްލާތަކާއި އިންޓަނެޓް ސައިޓްތަކުގައި ޝާއިޢުޮކށްފައެވެ. މި ދެންނެވި ލިޔުންތަކަކީ ދިވެހިބަހުން މި މައިގަނޑު ނަމުގައި މިހާތަނަށް ލިޔެވި ޝާއިޢު

ކުރެވިފައިވާ އެންމެ ތަފްޞީލު ލިޔުންތަކެވެ. ޮކންމެއަކަސް، މި މަޒުމޫނު ހެޮޔވަރަށްވުރެ ދިގުވާތީ ކުރުޮގތަކަށް ދަންނަވާލަމެވެ. އަރަހުށި މާތްهللا އިންސާނާ ބިމުގައި ޚަލީފާވެރި ކުރެއްވީ

އެކަލާނގެ ރަސްކަންފުޅަށާއި އެކަލާނގެ އަޅުތަކުންނަށް ޙައްޤުތަކެއް އަދާކުރުމުގެ ޝަރުޠުގެ މައްޗަށެވެ. އިސްލާމީ ވެރިޔަކަށް ވާނީ އެ ޙައްޤުތައް އަދާކުރާ

މީހުންނެވެ. އިސްލާމީވެރިއެއްގެ އެންމެ ފުރަތަމަ ވާޖިބަކީ މުސްލިމުންގެ މެދުގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމެވެ. އެންމެހައި މުންކަރާތްތަކެއް ނަހީކުރުމެވެ. ދައުލަތުގެ ޤާނޫނީ ނިޒާމާއި އިޖްތިމާޢީ ނިޒާމާއި، ތަޢުލީމީ ނިޒާމާއި އިޤްތިޞާދީ ނިޒާމު އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބައްޓަން ކުރުމެވެ. އިސްލާމީ ޙުދޫދުން ބޭރުގައިވާ ޤާނޫނުލްޢުޤޫބާތެއް ހިންގުމަށް ރާވައިފައިވާ ކަމަށާއި، އިސްލާމްދީނާއި

އިސްލާމީ ހަރުދަނާ އުޞޫލުތައް ބަލިކަށިވާޮގތަށް ތަޢުލީމީ ނިޒާމު ބައްޓަން ކޮށްފައިވާނޭކަމަށް ދަޢުވާކުރާ ފަރާތަކަށް އިސްލާމީ ޝަރީޢަތުގެ ދަށުން

15

މުސްލިމުވެރިޔަކަށް ލިބިދެވޭ ލެޖިޓިމަސީ ޙައްޤުވާނެ އެއްވެސްޮގތެއް ޯނންނާނެއެވެ. ސަލާމަތް ބުއްދި ލިބިފައިވާ އެއްވެސް މުސްލިމަކަށް މިކަމަކާ ދެބަހެއް ނުވެވޭނެއެވެ.މުސްލިމުންގެ ވެރިއަކަށް ހުރި މީހަކު ތިމާގެ އަމިއްލަ ދުލުން، ނުހަނު ޞަރީޙަ ބަހުން، ތިމާ ވެރިކަމުގައި ހުރެގެން ރައްޔިތުންގެ ތެރޭގައި “އިސްލާމް

ދީނާ ދުރުހެލި ތަޢުލީމީ ނިޒާމެއް ޤާއިމުޮކށް، އިސްލާމީ ޝަރީޢަތުގެ ނުފޫޒު ޤައުމުގެ ޤާނޫނުތަކުން ނައްތައިލަން މަސައްކަތް ކުރީމޭ” ބުނުމުގެ މާނައަކީ ޮކބައިޯތއެވެ؟

އެފަދަ ބުނުމެއްގެ ނަތީޖާއަކަށް ވާނީ ޮކން ކަމެއްޯތއެވެ؟ ކުޑަވެސް ޝައްކެއް ނެތް ޮގތުގައި އެއީ ކީރިތި ޤުރްއާނަށް ޮގންޖެހުމެވެ. އެޮފތަށް އިންކާރުކުރުމެވެ. އިސްލާމް

ދީނުގައި ދައުލަތެއް ޤާއިމުކުރުން ލާޒިމުވާ މަޤްޞަދާ ދެޮކޅަށް ބަޣާވާތްކުރުމެވެ. އިސްލާމީ ޝަރީޢަތަކީ ކާއިނާތުގެ ވެރި ރައްބު އެކަލާނގެ ޢިލްމުފުޅާއި

ޙިކުމަތްޕުޅުގެ އަޞްލުން ނެރުއްވައި، އަޅުގަނޑުމެން އިންސާނުންނަށް ޓަކައި ބާވައިލެއްވި ޙައްޤު މަގެވެ. އެކަލާނގެ މަތިވެރި ރަސޫލުންގެ ސިލްސިލާ ޚަތިމް

ކުރެއްވި މަތިވެރި ސާހިބާގެ ޒިންމާގައި

އިންސާނިއްޔަތާ ޙަވާލު ކުރެއްވެވި

އެންމެ ޮބޑު އަމާނާތެވެ. އެހެންކަމުން “އިސްލާމް

ދީނާ ދުރުހެލި ތަޢުލީމީ ނިޒާމެއް

ޤާއިމުޮކށް، އިސްލާމީ ޝަރީޢަތުގެ ނުފޫޒު

ޤާނޫނުތަކުން ނައްތައިލަން

މަސައްކަތް ކުރީމޭ” ބުނާ މީހަކު އެ

ބުނަނީ “އަހުރެން هللا ގެ ދީނުގެ ހިޔާވަހިކަމުން

މީސްތަކުން ދުރުހެލިކުރަން މަސައްކަތް ކުރީމޭ، އަހުރެން هللا ބާވައިލެއްވި ޤާނޫނަށް ވުރެ މޮޅު އެހެން ޤާނޫނެއް ގެންނަން އުޅުނީމޭ” މިހެން ނޫން ބާވައެވެ! އެފަދަ

މީހަކު ވެރިޔަކަށް ބަހައްޓައިގެން، އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުން އިސްލާމް ދީން ބޭރުޮކށް، އިސްލާމް ދީނުގެ ޝަރްޢީ ޤާނޫނުތަކުގެ ހިޔަލުން އަޅުގަނޑުމެން ނެރެން ކުރާ މަސައްކަތްތަކަށް ވެސް ދެޮކޅު ހެދުމެއް ނެތި ޠާޢަތުގެ ފިޔަ ތިރިޮކށްލައިގެން،

ބަލަހައްޓައިގެން ތިބެންވީ ބާވައެވެ؟ އެ މަސައްކަތް ކާމިޔާބުވެ، هللا ގެ ދީން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހީނަރުވެ، ވެއްޔާ ޮމޑެވި، އެ ދީނުގެ ބަދަލުގައި

ކުފުރާއި ޝިރުކުގެ ފިކުރުތަކާއި ޮގތްތަކާއި ވަޟަޢީ ޤާނޫނުގެ ދިދަތައް އުފުލިގެންދާ އިރު ވެސް، އަޅުގަނޑުމެން “ކަހާތަން ހިރުވައިވެސްނުލައި” ތިބެންވީ ބާވައެވެ؟

އެހެން ތިބެފައި އަޅުގަނޑުމެން هللا ގެ ޙަޟުރަތުގައި ދޭނީ ޮކން ޖަވާބެއް ބާވައެވެ! “އިބަރަސްކަލާނގެ ދީނާ ދުރުހެލި ޮގތަކަށް ޤައުމުގެ ތަޢުލީމީ ނިޒާމު ބައްޓަން ކުރި

އިރުވެސް، އިބަރަސްކަލާނގެ ކަނޑައެޅުއްވި ޝަރީޢަތާ ޚިލާފު ޤާނޫނީ ނިޒާމެއް ގެނައި އިރު ވެސް، އޭގެ ނަތީޖާއެއްގެ ޮގތުން އިބަރަސްކަލާނގެ ދީން އަޅަމެންގެ ތެރޭގައި ބިކަވެ، ޣަރީބުވެ، އެދީން ނެތިގެން ދިޔައިރުވެސް، އަޅަމެން އަޅައިވެސް

ނުލައި ޯބލަނބާލައިގެން ތިބީ، ވެރިމީހާ އަޅަމެންނާ މެދު ޮކންމެ ކަމެއް ކުރިޔަސް، އިބަރަސްކަލާނގެ ދީނާމެދު ވެރިމީހާ ޮކންމެ ޮގތަކަށް ޢަމަލުކުރިޔަސް އޭނާއަށް

ކިޔަމަންވާށޭ އިބަރަސްކަލާނގެއާއި އިބަރަސްކަލާނގެ ރަސޫލާ އަމުރު ކުރައްވައިފައި ޮއތީމައޭ” މިޮގތަށް ދަންނަވައިގެން ފަރުޖެހިދާނެ ބާވައެވެ! އަރަހުށި މާތްهللا

އިސްލާމީ އުއްމަތާ މަތިކުރައްވައިފައިވާ، މުންކަރާތް ނަހީކުރުމުގެ ވާޖިބު އަދާކުރި ބަޔަކަށް ވާނެ ބާވައެވެ! ފުންޮކށް ވިސްނާވަޑައިގަންނަވާށެވެ!

ހިތާމަ ހުއްޓެވެ! ކުފުރާއި، ޝިރުކާއި، ދީނަށް ޚިޔާނާތްތެރިވުމުގެ ނަޞްރާނީ އެޖެންޑާތަކާއިގެން ޞިހްޔޫނީންގެ އެހީތެރިކަމާއެކު ވެރިކަމަށް އައިސް

އެބައިމީހުން ރުއްސަން މަސައްކަތްކުރާ ވެރީންނަކީވެސް އިސްލާމް ދީނުގެ ޙިމާޔަތުން ރައްކާތެރިކަން ލިބޭ ވެރީން ކަމަށާއި، އެއުރެންނަށް ކިޔަމަންވުމަކީވެސް

މުސްލިމުންގެ މައްޗަށް ވާޖިބުކަމެއްކަމަށް ބައެއް “ޢިލްމުވެރީން” އަންނަނީ ފަތުވާދެމުންނެވެ. އެއްވެސް ކަހަލަ ރައްބާނީ ވިސްނުމެއް ނުގެންގުޅޭ

“ޢިލްމުވެރީން”ނެވެ. އިސްލާމް ދީނުގެ މުސްތަޤުބަލާއި، އުއްމަތުގެ މަޞްލަޙަތާމެދު ކުޑަވެސް ޣީރަތެއް ނެތް “ދަންނަބޭކަލުން”ނެވެ. މިހާރަކަށް އައިސް އެމަންޒަރު

ރާއްޖެއިންވެސް މިދަނީ ހާމަކަން ޮބޑުޮގތެއްގައި ފެންނަމުންނެވެ. ނަމަވެސް ޙަޤީޤަތަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. ޙަޤީޤަތަކީ، މުއުމިނުން ޯބލަނބަން ޖެހޭ ވެރީންނަކީ އިސްލާމީ ޝަރީޢަތުގެ ދާއިރާގެ ތެރޭގައި ތިއްބަވާ ވެރީން ކަމެވެ. އަރަހުށި މާތްهللا އެކަލާނގެ ބިމުގައި ޚަލީފާވެރި ކުރައްވާ ވެރީންނާ

މަތިކުރައްވައިފައިވާ ވާޖިބު އަދާކުރާ ވެރީންކަމެވެ. އަރަހުށި މާތްهللا ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ “އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި

އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވެ، އަދި އެމީހެއްގެ ކަންތައް )ނުބައި ކަމުގައި( ޙައްދުފަހަނަޅައިފައިވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައި ނުގަންނަވާށެވެ.”

)އަލްކަހްފު: 28( މިފަދައިންނެވެ. ޗާޓުން ބޭރުވެފައިވާ ފާސިޤުން އަދި ފާޖިރުންނާ މެދު އަރަހުށި މާތްهللا ސަލާމް ލެއްވި ނޫޙުގެފާނަށް ވެސް، އަދި އިސްލާމް ދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަهللا ޢަލައިހި ވަސައްލަމައަށް ވެސް ކުރައްވާފައިވާ އަމުރުފުޅަކީ މިއީއެވެ.

ޑރ. އަޙްމަދު ރައިސޫނީ، ޮމޮރޯކގައި ބޭއްވުނު ޮކންފަރެންސެއްގައި، ދަރިވަރުންޮކޅަކާ އެކު

16

ގައުމެއްގެ ހަޔާތުގައި އެންމެ އަސަރު ގަދައީ މިނިވަންކަމުގެ ވާހަކައިގައެވެ. ގައުމެއްގެ ތާރީޚުގައި އެންމެ ވޭންގަދައީ އަޅުވެތިކަމުގެ

ވާހަކައިގައެވެ. ގައުމެއް ދެމިޮއތުމުގެ އެންމެ ރީތި ވާހަކައަކީ މިނިވަންކަމުގެ ވާހަކައެވެ. މިއީ ދިވެހި މިނިވަންކަމުގެ އިތުރު އަހަރެއް ފާހަގަ ކުރާ ޖުލައި މަހުގެ

ތެރޭގައި ހަނދާން ޮކށްލަން މުހިންމު ވާހަކައެކެވެ. މިނިވަންކަމުގެ ވާހަކަ އެވެ.ދުރު މާޒީގައި ޖަހާލަތާއި ކާފިރުކަން މި ގައުމު އަޅުވެތިކުރިއެވެ. އެ

ހިނދު އިލްމާއި ހިދާޔަތު އައިސް މިގައުމު މިނިވަން ކުރިއެވެ. ޯޕޗުގީޒުންނާއި ޮހޅިންގެ ލަޝްކަރުތަކުން މި ގައުމު އަޅުވެތިކުރިއެވެ. އެ ހިނދު މުލައްދަނޑީގައި ބާރު ހުރި ޒުވާން ބަޠަލުންތަކެއް މިގައުމު މިނިވަން

ކުރިއެވެ. އޭގެ ފަހުން އަދާ ހަމައަށް މިއަކީ މިނިވަން ގައުމެއްގެ ނަމުގައެވެ.

ނަމަވެސް އަޅުގަނޑުމެންގެ މެދުގައި މިނިވަންކަމުގެ މާނަ ޮއތީ ވަކި ދާއިރާއެއްގައި ހިފެހެއްޓިފައެވެ. މިނިވަންކަން މާނަކުރެވެނީ ހަމައެކަނި ގައުމުގައި ޮއންނަ

ސަރުކާރާއި ބޭރުގެ ދައުލަތްތަކާ މެދު ޮއންނަ އެއްޗެއްގެ ޮގތުގައެވެ. ނަމަވެސް ހަގީގީ މިނިވަންކަމަކީ އިންސާނާއަށް ފަރުދީޮގތުން ޮއންނަ ކަމެކެވެ. އިންސާނާގެ ވެރި هللا އޭނާ ދުނިޔެއަށް ޮފނުއްވަނީ ދުނިޔެވީ އަޅުވެތިކަމެއް

ނެތި ފުރިހަމަ މިނިވަނެއްގެ ޮގތުގަ އެވެ. އެހެންކަމުން އިންސާނާގެ ޠަބީޢަތުގައި މިނިވަންކަމުގެ ރޫހު ދެމިހުރެ އެވެ. އަޅުވެތިކަމުގެ ގަދަ ބާރުގެ ދަށުގައި

މުޙައްމަދު ޢާމިރު )ފަރެސް(

މިނިވަންކަމުގެ ދޮރޯށިތަކުގެ އެތެރެ :ރައްޔިތުންނަށް އަދިވެސް އޮީތ މުދިންާކޅު ބުނިގޮތް

17

ދެމިގެންދާ ޖީލުތަކެއްގެ ސިކުނޑިން މިއަސަރު ކުޑަ ކުރެވޭ ކަމަށް ބަޔަކަށް ހީވިޔަސް އިންސާނާގެ މިނިވަންކަމުގެ ރޫހު ނައްތައެއް ނުލެވެ އެވެ.

ރާއްޖޭގެ މިނިވަންކަމުގެ ހަޔާތުގައި ފަރުދީ މިނިވަންކަމުގެ ވާހަކަ ދެކެވެން ފެށީ ވަރަށް ފަހުންނެވެ. އިންސާނަކަށް ވީތީ ހައްގުވެގެންވާ ކަންކަމަށް

އެދުމާއި އެކަންކަން ކުރުމާއި އެވާހަ ދެއްކުމަކީ ހިފައި ހައްޔަރުޮކށް ޮބޑެތި އަނިޔާއާއި އަދަބު ދެވޭ ކުށެއްގެ ޮގތުގައި ޮއތް ދިގު މާޒީއަކަށް ފަހުގަ އެވެ.

ގާނޫނުގެ ކުރިމަތީގައި ދިވެހި ރައްޔިތުންނަށް އެންމެ ޮބޑު މިނިވަންކަމެއް ލިބުނީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ބާރުތައް ހިނގަން ފެށުމުންނެވެ. އެތައް ސަތޭކަ އަހަރުގެ ދިގު ދަތުރަކަށް ފަހު ދިވެހިންނަށް މިނިވަންކަމުގެ

ޮދޯރށިތަކުން އެތެރެއަށް ވަދެވުނު ދުނިޔެވީ ސަބަބު ކަމުގައި މި ގާނޫނުއަސާސީ ވެގެންދިއުމުންނެވެ. މިހާރު ދިވެހިން މިތިބީ މިނިވަންކަމުގެ ޮދޯރށިތަކުން އެތެރެވެވިފަ އެވެ. މިކަމަށްޓަކައި މަރުވެ ދިޔަ މީހުންގެ ނިޔަތް ޮއތް ޮގތެއްގެ މައްޗަށް هللا ޖަޒާ ދެއްވާނެ އެވެ. ހިންމަތްތެރިންގެ ކަރުތަކަށް އުކެވޭ ގުލްހާރުތައް ތާއަބަދު އެމުނެމުން

ދާނެތެވެ. މިނިވަންކަމުގެ ޮދޯރށިން އެތެރެވުމަށް ފަހު މިއަދު ބަލާލަން އެންމެ ހައްގުކަން ޮބޑީ މިއަދު މިތިބެވެނީ ހަގީގީ މިނިވަންކަމުގެ ބިމުގައި ހެއްޔެވެ؟

މިތާގައި ތަޖުރިބާ މިކުރަނީ ފުރިހަމަ މިނިވަންކަން ހެއްޔެވެ؟ ގާނޫނުން މިންޖަހައިދީފައިވާ ހައްގުތަކާއި އޭގެ ހެޮޔ މިންވަރު އަޅުގަނޑުމެންނަށް އެބަ

ލިބޭހެއްޔެވެ؟ އަޅުގަނޑުގެ ޖަވާބަކީ ނޫނެވެ.ގާނޫނުން ލިބިދޭ ހައްގުތަކާއި މިނިވަންކަމެއް ނުލިބެއެވެ. ގިނަ

ކަންތައްތަކެއް ވަނީ ނަހަމަ މާނައިން މާނަ ކުރެވިފައެވެ. މިނިވަންކަމުގެ ރަހަ ބަދަލުވެފައިވަނީ އޭގެ މީރުކަން ގެއްލޭޮގތަށެވެ. ބައެއް ކަންކަން މާނަ ކުރެވެނީ މަގުސަދުން ބޭރުގަ އެވެ. ރައްޔިތުންގެ ފަރާތުން މިކަންކަމަށް ބަސްކިޔަން ތިބި

މީހުންނާ މެދު މީހުން އިތުބާރު ކުރެއޭ ދަންނަވާކަށް ނުކެރޭނެ އެވެ. ރައްޔިތުންނަށްޓަކައި ވަކާލާތު ޮކށްދޭން ތިބި ވަކީލުންނާ ދިމާއަށް ތުހުމަތުގެ

އިނގިލިތައް އެބަ ދިއްކުރެވެއެވެ. ރިޝްވަތާއި ފަސާދައިގެ ތުހުމަތު އެބަ އަޅުވައެވެ. މުޅި ގައުމުން ވެސް އެންމެ ޮބޑަށް އަބުރު ނަގާލެވިފައިވާ މީހުންނަކީ

ރައީސުލްޖުމްހޫރިއްޔާކަން ޮކށްފައިވާ މީހުން ކަމުގައި އަޅުގަނޑުމެން މިތިބީ ހަދައިގެންނެވެ.

އަދަބު އަޚުލާޤުގެ ޮގތުން ދަށު ދަރަޖައަށް ދިއުމަކީ ސިޔާސީޮގތުން މާ ޮބޑު ބުރަދަނެއް ލިބުން ކަމަށް އަޅުގަނޑުމެން ދެކެމެވެ. އިންސާނެއްގެ ފުރާނަ

ހިފުމަކީ ތުންދިގު ޮތޅިއެއްގެ ޯބ ކަނޑާލުންހައި ފަސޭހަ ކަމެކެވެ.މަގުމަތީގައި ހިނގާބިގާވެ އުޅުމުގައި އަމާންކަމެއް ނެތެވެ. ތިމާގެ ދީން ރައްކާތެރިޮކށްގެން އުޅުމުގެ މިނިވަންކަމެއް ނެތެވެ. މިސްކިތްތައް ދެކެ

އަޅުގަނޑުމެން ޯލބި ވިޔަސް ޖަމާއަތަށް ދަނީ މަދު ބައެކެވެ.ދައުލަތުގެ މުއައްސަސާތަކުގެ ޮކރަޕްޝަންގެ ވާހަކަ އަކީ އެންމެ ބާރަށް އިވޭ އަޑެވެ. ތެދު ވާހަކައާއި ޮދގު ވާހަކައިން ދިވެހި ފަޒާ ގުގުމާފައިވަނީ ބަދުނާމުގެ

އަޑުންނެވެ. ގައުމުތަކުގެ ހާލަތު މިހިސާބަށް ދާއިރު މިކަންކަން ހެޮޔމަގަށް ގެންނަން

މަސައްކަތްކުރާ ދެބަޔަކު ތިބެއެވެ. އެއްބަޔަކީ މުޖުތަމައުގެ ގަދަރުވެރިންނެވެ. އިލްމާއި ތަޖުރިބާ ލިބިފައިވާ އަބުރުވެރިންނެވެ. މިރާއްޖޭގެ އެކަހަލަ މީހުން ވީތަނެއް އަދިވެސް ނޭނގެ އެވެ. ދެވަނަ ބަޔަކީ މީޑީއާ އެވެ. ރާއްޖޭގައި ދުޅަހެޮޔ މީޑިއާއެއް

ނެތެވެ.މީޑިއާގެ ދައުރު އަދާކުރާނޭ އިލްމާއި ތަޖުރިބާ ހުރި މަދު ބަޔަކު

ތިއްބަސް އެމީހުންގެ އިލްމާއި ސުލޫކަށް މަސައްކަތްކުރާނޭ މީޑިއާގެ ވެއްޓެއް ނެތެވެ. މީޑިއާގެ މައްޗަށް ޮއތް ނުފޫޒު ވަރަށް ޮބޑެވެ. މީޑިއާގައި މަސައްކަތްކުރާ މީހުންނަށް

ވެސް ޮއތް ބިރުވެރިކަން ޮބޑެވެ.

އެމީހުންނަށް ޮއތް ނިކަމެތިކަން އަދި މާ ޮބޑެވެ. ޑިޮމކްރެސީއެއްގެ ހަތަރުވަނަ ބާރަކަށް މީޑިއާ

ވަނީ ޝަރުޠުތަކަކާ އެކުގައެވެ. ފުރަތަމަ ކަމަކީ އެކަމަށް ފަންނީ ޮގތުން ކުފޫހަމަވާ މީޑިއާއަކަށް ވުމެވެ. ދެވަނަ ކަމަކީ މީޑިއާގެ ދައުރު ހެޮޔޮގތުގައި އަދާކުރާ

މީޑިއާއަކަށް ވުމެވެ. ނަމަވެސް ރާއްޖޭގައި ޠަބީޢީ ވެއްޓަށް ފެތިފައިވާ މީޑިއާއެއް ނެތެވެ. މީޑިއާގެ ދައުރު

އަދާކުރުމަށް ފައްކާ ކުރެވިފައިވާ މީޑިއާގެ ވަސީލަތެއް ނެތެވެ. ވަސީލަތް ގާއިމްކުރި

ގިނަ މީހުންގެ އިތުރު މުހުތާދުތައް ވަނީ މީޑިއާގެ ލަޮގނޑީގައި ވަކި ހިއްޕާފައެވެ. މަޖުބޫރީ ހާލަތު

މެދުވެރި ޮކށްފައެވެ. ދައުލަތުގެ ޚަޒާނާއިން ޚަރަދުކުރާ މީޑިއާ ތެދުމަގުން ދާއިރު ވެސް އެކި އަތަށް މޫނު އެނބުރެމުންދާކަން

ކަށަވަރެވެ. އަޅައިގެންފައި އިދަޖެހޭތަން ފެނެއެވެ. މީޑިއާގައި ދައްކާ ވާހަކައަކުން އެ ދެއްކި މީހާ ހިފާ ހައްޔަރު ނުކުރިއަސް ވަކި ވައްތަރަކަށް ވާހަކަ ދެއްކުމަށާއި ވަކި ވައްތަރަކަށް ވާހަކަ ނުދެއްކުމަށް އެމީހާގެ މައްޗަށް އިތުރު މަޖުބޫރީ ހާލަތްތައް ވަނީ މެދުވެރިވެފަ އެވެ. މީޑިއާގެ ނަން ދިރިދެމި

ޮއތުމުގެ މަގުސަދުގަ އެވެ.ގައުމެއްގެ ނުފޫޒު ހިނގާ ސަރަހައްދުގައި،

ދައުލަތެއްގެ އިންފާރުގެ އެތެރޭގައި މީޑިއާ އަކަށް ނުލިބުނު މިނިވަންކަމަކާއި ނުލިބުނު ހައްގެއް

އެގައުމެއްގެ އާންމު ރައްޔިތުންގެ ވަކިފަރުދަކަށް ލިބިދާނޭ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ބަޔާން ކުރެވުނު ދެތިން ނުކުތާއަށް ބަލާއިރު ފެންނަނީ އެންމެ ކަމެކެވެ. ގާނޫނުއަސާސީ އިން އަމުރު ކުރިއަސް ހައްގުތައް

ލިބިދިނަސް މިނިވަންކަމުގެ ރަހަ އަދިވެސް ދިވެހިންނަށް ނުލިބޭކަމެވެ. ފެންނަނީ އެންމެ ބަދަލެކެވެ. ކަންކަމަށް ކިޔާ ނަމަށް އައިސްފައިވާ ބަދަލެވެ. އަލަށް ތައާރަފުވެފައިވާ ތަންތަނާއި ކަންކަމަށް ކިޔާ ނަންތަކަށް އައި ބަދަލެވެ.

އަދިވެސް ދިވެހިންގެ ހައްގާއި ހަގީގީ މިނިވަންކަން ޮއތީ ބާރުގަދަ މީހުންގެ މުލައްދަނޑީގަ އެވެ. ލިޔެވިފައިވާ ލިޔުންތައް މާނަ ކުރެވެނީ އެމީހުންނަށް

ފަހިޮކށެވެ. ރައްޔިތުންނަށް ޮއތީ ހަމަ އެޮގތެވެ. މުދިން ކާޅު ބުނިޮގތެވެ. ހަމަ އިހު ޮއތްޮގތެވެ. އެހެންކަމުން މިހާރު މިތިބީ މިނިވަންކަމުގެ ޮދޯރށިން އެތެރެއަށް ވަދެވި މިނިވަން ދިވެހިރާއްޖޭގައޭ ބުނެވޭކަށް ނެތެވެ. މިނިވަންކަމުގެ ޮދރާށީގެ

އެތެރެއާއި ބޭރުގައި ފާހަގަކުރެވޭ ތަފާތެއް ނެތީމައެވެ.

މިނިވަންކަމުގެ ދޮރޯށިތަކުގެ އެތެރެ :

18

އެއީ މީގެ ހަތަރު ފަސް އަހަރު ކުރިއެވެ. އަޅުގަނޑަށް ވަރަށް އާދަޔާ ޚިލާފު އީމެއިލެއް ލިބިއްޖެއެވެ. އީމެއިލް ޮފނުވައިފައި ޮއތީ ޕާކިސްތާނުގެ

މަޝްހޫރު “ޖަންގް” މީޑިއާ ގްރޫޕްގެ ގްރޫޕް އެޑިޓަރު މަޙްމޫދު ޝާމެވެ. އެ އީމެއިލް ގައި ލިޔެފައިވާ ޮގތުގައި އޭރު އޭނާ ހުންނެވީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައެވެ. އޭނާގެ ދަބަހާއި، ފައިސާޮކޅު މީހަކު ވަގަށް ނެގީކަމަށް ލިޔެފައި ޮއތެވެ. އޭނާ މެލޭޝިއާ އަށް ވަޑައިގެން އުޅުއްވަނީ އެޑިޓަރުންގެ ޮކންފަރެންސަކަށް ކަމަށާއި، ފައިސާޮކޅު ގެއްލުނީމާ ޮހޓަލުން ނުކުމެވަޑައި

ނުގެންނެވިގެން ހުންނެވި ކަމަށް ލިޔުއްވައިފައި ޮއތެވެ. އޭނާ އެދިވަޑައިގެންފައި ވަނީ ވެސްޓަން ޔޫނިއަން މެދުވެރިޮކށް ތިން ސަތޭކައެއްހައި ޮޑލަރު

ޮފނުވައިދޭށެވެ. އެނބުރި ޕާކިސްތާނަށް ވަޑައިގެން އެ ފައިސާ ޮފނުއްވާނެ ކަމަށްވެސް ލިޔުއްވައިފައި ޮއތެވެ.

އެ އީމެއިލް އަޅުގަނޑަށް ކިޔައި ނުނިމެނީސް، ރާއްޖޭގެ އެހެން ނޫހެއްގެ އެޑިޓަރަކު އަޅުގަނޑަށް ޯފނު ކުރައްވައިފިއެވެ. އަދި އޭނާ އަށް ވެސް

އެ އީމެއިލް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ހައްދަވަންވީ ކިހިނެއްޯތ ސުވާލު ކުރައްވައިފިއެވެ. އަޅުގަނޑު ދެންނެވީމެވެ. “ޖަންގް ގްރޫޕަކީ ކުޑަ

ގްރޫޕެއް ނޫނެވެ. އެތައް ނޫހަކާއި އެތައް މަޖައްލާއެއް ނެރޭ ގްރޫޕެކެވެ. އެތައް ޓީވީ ޗެނަލަކާއި، އެތައް ރޭޑިޯއ ޗެނަލެއް ހިންގާ ގްރޫޕެކެވެ. މަޙްމޫދު ޝާމަކީ އެ ގްރޫޕްގެ ގްރޫޕްގެ ގްރޫޕް އެޑިޓަރެވެ. އަނެއްކާ އޭނާ މެލޭޝިއާ ވަޑައިގެން ހުންނެވި ކަމަށް ވަނީ ޖަންގް ގެ ރަސްމީ ދަތުރެއްގައެވެ. އެހެންވީމާ މިކަހަލަ ކަމެއް ވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ޮކންފަރެންސް އިންތިޒާމު ކުރި

ބަޔަކުވެސް އުޅޭނެއެއް ނޫންޯތއެވެ؟ ޖަންގް ގްރޫޕްވެސް ޮއންނާނެއެއް ނޫންޯތއެވެ؟ އެހެންވީމާ ފުރަތަމަ މަޙްމޫދު ޝާމާ ގުޅޭޯތ ބަލަމާ ހިނގާށެވެ.”

މިހެން ދަންނަވައިފައި އަޅުގަނޑު ފުރަތަމަ ގުޅީ އޭނާގެ ޯމބައިލް ޯފނު ނަންބަރަށެވެ. ޯފނު ޮއތީ ނިއްވައިލާފައެވެ. ދެން ގުޅީ ޮއފީސް ނަންބަރަށެވެ. އެ ނަންބަރަކު ޖަވާބެއް ނުދެއެވެ. ދެން ގުޅީ ގެއަށެވެ. ގެއިން ޯފނަށް ޖަވާބު

ދެއްވީ އޭނާގެ އަނބިކަނބަލުންނެވެ. އީމެއިލްގެ ވާހަކަ ދެންނެވީމާ އޭނާ ހިނިފުޅު ވަޑުވައިފައި ވިދާޅުވިއެވެ. “ތިޔަ ކަމާ ގުޅިގެން މިހާރު އެތައް ބަޔަކު ޯފނު ޮކށްފިއެވެ. އެއީ ޮދގު ވާހަކަ އެކެވެ. މަޙްމޫދުގެ އީމެއިލަށް ބަޔަކު ވަދެގެން

ޮކށްގެން އުޅޭ ކަމެކެވެ.”

އިރުޮކޅެއް ފަހުން މަޙްމޫދު ޝާމްވެސް އަޅުގަނޑަށް ޯފނު ކުރެއްވިއެވެ. އޭނާ ވިދާޅު ވިއެވެ. “އަހަރެން ޕާކިސްތާނުން ބޭރަށް ނުދާތާ މިހާރު ހައެއްކަ

މަސް ދުވަސް ވެދާނެއެވެ. މެލޭޝިއާ އަކަށްވެސް ނުދަމެވެ.”މިއީ މަޙްމޫދު ޝާމްގެ އީމެއިލް އަށް ބަޔަކު ވަދެގެން އޭނާގެ

އެޑްރެސް ޮފތުގައި ހުރި އެޑްރެސް ތަކަށް އީމެއިލް ޮކށްގެން ހިންގަން އުޅުނު ޖަރީމާ އެކެވެ.

މިއީ އިންޓަރނެޓާއި އީމެއިލްގެ ބޭނުން ޮކށްގެން މީސްމީހުން ލޫޓުވުމުގެ މަސައްކަތް ހިނގާ އެއް ޮގތެވެ. މި ނޫނަސް ތަފާތު އެކި ޮގތްޮގތަށް ލޫޓުވުން މިހާރު ވަނީ ޢާއްމު ވެފައެވެ. ބައެއް މީސްމީހުންނަށް ޮބނޑި ލިބެއެވެ. އަނެއް ބަޔަކު ވިސްނުންތެރިކަމާއެކު ސަލާމަތް ވެއެވެ. 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ “ރީޑަރސް ޑައިޖެސްޓް” ގައި މި ފަދަ ކަންކަމާ ބެހޭ

މަޒުމޫނެއް ޝާއިޢު ޮކށްފައި ވެއެވެ. އެ މަޒުމޫނުގައި ހުރި ވާހަކަތަކުގެ ޚުލާޞާއެއް ހުށަހަޅައިލާނަމެވެ.

އިންޓަރނެޓުން )ފޭސްބުކް ގެ ތެރެއިން ނަމަވެސް ނުވަތަ އެހެން ޒަރީޢާ އަކުން ނަމަވެސް( ދިމާވާ މީހުން މިހާރު މަސައްކަތް ކުރަނީ ކޮމްޕިއުޓަރަށް ގެއްލުމެއް ކުރާކަށް ނޫނެވެ. އެމީހުންގެ މައިގަނޑު ބޭނުމަކަށް

ޮއންނަނީ ފައިސާ ޯހދުމެވެ. ލޫޓުވުމެވެ. އެމެރިކާގެ އެފްބީއައި އާއި، ނޭޝަނަލް ވައިޓް ޮކލަރ ކްރައިމް ސެންޓަރާ ގުޅިގެން ހިންގާ “އިންޓަރނެޓް ކްރައިމް ކޮމްޕްލެއިންޓް ސެންޓަރ” ނަމަކަށް ކިޔާ ތަނެއް ހުރެއެވެ. މި ސެންޓަރުން ކުރި ދިރާސާ އަކުން އެނގުނު ޮގތުގައި 2009 ވަނަ އަހަރު އިންޓަރނެޓްގެ

އެކި ޒަރީޢާތަކުގެ ބޭނުން ޮކށްގެން 560 މިލިއަން ޮޑލަރު ވަނީ ލޫޓުވައިފައެވެ. އެއީ ލޫޓުވުނު މީހުންގެ ނިސްބަތުން ބަލާ އިރު ޮކންމެ މީހަކަށް 575 ޮޑލަރެވެ. އެހެންނަމަވެސް މިއީ މުޅީން ރަނގަޅު ޢަދަދެއް ނޫން ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. ސަބަބަކީ އިންޓަރނެޓު މެދުވެރިޮކށް ލޫޓުވުމުގެ ކަންތައްތައް ރިޯޕޓު ކުރުން އެހައި ގިނަ ނުވުމެވެ. ޙަޤީޤީ ޢަދަދު ބިލިއަނަކަށް ވުރެ އިތުރު

ވާނެ ކަމަށް ވަނީ ބެލެވިފައެވެ.ޯސޝަލް ނެޓްވަރކްތައް އުފެދުމާއެކު އިންޓަރނެޓުގެ ސަބަބުން ލިބޭ

ގެއްލުމާއި، އުފެދޭ ބިރުވެރިކަން އިތުރު ވެގެން ހިނގައްޖެއެވެ. ސްޕައިވެއަރ އެއްގެ އެހީގައި ޮކމްޕިއުޓަރަށް ވަދެ، ފޭސްބުކް، ޓްވިޓަރ ފަދަ އެއްޗެހީގެ

ސައިބަރ ލުޓޭރުންއިންޓަރނެާޓއެކު ލިބިފައިާވ ފަސޭހަތަާކއެކު ބޮޑެތި ނުރައްާކތަާކވެސް ކުރިމަތި ާލން ޖެހޭ

ޢަބްދުهللا ނަޢީމު އިބްރާހީމް

19

ޕާސްޯވޑްތައް ނަގައި، އޭގެ ބޭނުންޮކށްގެން ވަރަށް ގިނަ ވިޔާނުދާ ކަންތައް ދަނީ ކުރަމުންނެވެ. އެމެރިކާގެ އަންހެނެއްގެ ފޭސްބުކް އެކައުންޓަށް ވަން މީހަކު އޭނާގެ ކުޑަ ފިރިހެން ދަރިފުޅުގެ ޮފޯޓއެއް ނަގައިގެން، ކެމަރޫންގެ ޔަތީމު ކުއްޖެއް ކަމަށް ހަދައިގެން އިންޓަރނެޓްގައި ބޭނުންޮކށް ފައިސާ ލޫޓުވާފައި ވެއެވެ. މީގެ އިތުރަށް

ފޭސްބުކް ފަދަ ތަންތަނަށް ވަދެ، ރައްޓެއްސެއެްގެ ސިފައިގައި އުޅެ، ޢާއިލާގެ މީހުނާ ގުޅިގެން ޮބނޑި ދީފައިވެސް އެބަ ހުއްޓެވެ.

ޮކމްޕިއުޓަރަށް ވަދެ އެކި ތަންތަނަށް ދުވެ، މަޢުލޫމާތު އެއްކުރާ ކުޑަކުޑަ ޮސފްޓްވެއަރ އަކަށް ނުވަތަ ޕްޮރގްރާމަކަށް ވެބްޮރޮބޓް އޭ ކިޔައެވެ. ކުރުޮކށް ކިޔަނީ ޮބޓް އެވެ. ޮބޓް ގެ ބޭނުންޮކށްގެން ޯހދާ މަޢުލޫމާތު ބައެއް

ފަހަރަށް އެހެން މީސްމީހުނަށް ވިއްކާފައި ވެސް އެބަހުއްޓެވެ.މި ލިޔުމުގައި މި ބަލައިލަނީ މި ފަހަކަށް އައިސް ނުކުމެގެން އުޅޭ ބައެއް

ގެއްލުން ދެނިވި ޙަރަކާތް ތަކަށެވެ.

1. ހިލޭ އަޖުމަ ބެލުން

ފެންނާން ޮއންނަ ޮގތް: ބޭނުންތެރި ޮކންމެވެސް އެއްޗެއްގެ އިޝްތިހާރެއް ފެނިވަޑައިގެންފާނެއެވެ. މިސާލަކަށް ދަތް ހުދުކުރާ ބޭހެއް ކަހަލަ އެއްޗެއްގެ އިޝްތިހާރެވެ. އިޝްތިހާރުގައި ޖަހާފައި ޮއންނަނީ އެންމެ 5 ޮޑލަރު 95 ސެންޓަށް ލިބޭނެ ކަމަށެވެ.ފުރަތަމަ ފައިސާ ދައްކާކަށް ނުޖެހެއެވެ. އަޖުމަ

ބަލަން ދީފައި ޮއންނަ 14 ދުވަހުގެ ތެރޭގައި އެ އެއްޗެއް ކަމު ނުޮގސްގެން އަންގައިފިއްޔާ ފައިސާ ނުކަނޑާނެއެވެ. 14 ދުވަސް ހަމަވާއިރު ނާންގައިފިއްޔާ 5

ޮޑލަރު 95 ސެންޓް ކަނޑާނެއެވެ.ޙަޤީޤަތް: އިޝްތިހާރުގެ ތިރީގައި ކިރިޔާ ޮލލަށް ފެންނަ ވަރުގެ ކުދި އަކުރުން އެހެން ވާހަކައެއް ލިޔެފައި ޮއވެއެވެ. އެއީ 79 ޮޑލަރާއި 99 ޮޑލަރާ ދެމެދުގެ ޢަދަދަކަށް ޮކންމެ މަހަކު އެއް ފަހަރު ދައްކަން ޖެހޭ ވާހަކައެވެ. މިއީ މުޅި

ޢުމުރަށް ދައްކަން ޖެހޭ އެއްޗެކެވެ. ކްރެޑިޓް ކާޑުން އެ ޢަދަދު ޮކންމެ މަހަކު ކަނޑާނެއެވެ.

ޮބޑު މަންޒަރު: މިއީ ވަރަށް ވިސްނުން ތޫނު ބަޔަކު ހިންގާ ކަމެކެވެ. މި ދެންނެވި ޮގތަށް މާ ކުދި އަކުރުން ލިޔެފައި ހުންނަ ލިޔުުންތައް މީހުން

ނުކިޔާނެކަން އެ މީހުންނަށް އެނގެއެވެ. މާ ޮބޑު ބެލުމެއް ނެތި މީސްމީހުން އެ އެއްޗަކަށް ފައިސާ ދައްކަނީ ކްރެޑިޓް ކާޑު ބޭނުން ކުރީމާ އެ ނަންބަރު ވެބްސައިޓްގައި ރަޖިސްޓަރީ ވީއެވެ. ދެން އަޖުމަ ބަލަން ދީފައި ޮއންނަ 14

ދުވަސް ހަމަވީމާ، ކުދި އަކުރުން ލިޔެފައި ޮއންނަ ޢަދަދު ޮކންމެ މަހަކު ކަނޑަން ފަށަނީއެވެ.

ސަލާމަތް ވާނެ ޮގތް: ކުދި އަކުރުން ލިޔެފައި ހުންނަ ލިޔުންތައް، ކިތަންމެ ދިގު ލިޔުމަކަށް ވިޔަސް، ވިދާޅު ނުވެ ދޫޮކށް ނުލައްވާށެވެ. އެ ލިޔުން ކިތަންމެ ދިގު ކަމުގައި ވިޔަސް ރަނގަޅަށް ވިދާޅުވާށެވެ. އަދި ލިޔުމުގައި ޮއންނަ ޮކންމެ ވާހަކަ

www.tineye. .ެއަކީ ގަބޫލުފުޅު ކުރައްވަން ޖެހޭ ވާހަކައެއް ކަމަށް ނުހިއްތަވާށެވcom މި ސައިޓަށް ވެދެވަޑައިގެން ބައްލަވާށެވެ. މިއީ އެއް ޮފޯޓއެއް ނުވަތަ

ކުރެހުމެއް ދެތަނެއްގައި ނުވަތަ އެއަށްވުރެ ގިނަ ތަނުގައި ހުރިއްޔާ ދައްކައިދޭ ސަރޗް އިންޖިން އެކެވެ. އިޝްތިހާރުގައި ހުރި ޮފޯޓ އެހެން ތަނެއްގައި ހުރިޯތ

ބައްލަވާށެވެ. ގިނަ ތަންތާނގައި އެކި އެއްޗެހި އިޝްތިހާރު ކުރަން އެއް ޮފޯޓއެއް ބޭނުން ޮކށްފައި ހުރެއްޖެ ނަމަ، އިޝަތިހާރަކީ ވަގު އިޝަތިހާރެއް ކަމަށް

ބައްލަވާށެވެ. ސައިޓަށް ވެންނެވުމަށްފަހު އެ ޮކންޓަރެކްޓް ކެންސަލް ނުކުރެއްވޭ ނަމަ އަވަހަށް ކާޑު ކެންސަލް ކުރައްވާށެވެ. އަދި ކަނޑާފައި ހުރި ފައިސާ

ޯހއްދެވޭނެ މަގެއް ޮއތްޯތ ބައްލަވާށެވެ.

2. ޮހޓް ސްޮޕޓް

ފެންނާން ޮއންނަ ޮގތް: އެއަރ ޯޕޓުގައި ނުވަތަ ޮކފީ ޮޝޕެއް ކަހަލަ ތަނެއްގައި ލެޕްޮޓޕް ބޭނުންފުޅު ކުރައްވަން ފެއްޓެވުމާއެކު ހިލޭ ވަދެވޭ ވައިފައި ޮހޓް ސްޮޕޓް ތަކެއް ފެނިވަޑައިގެންފިއެވެ. ދެން އެއިން ކަނެކްޝަނެއް ބޭނުންފުޅު ކުރައްވަން

ފެއްޓެވީއެވެ. އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ނުހިނގައެވެ. ހަމަ ނުލާހިކު ރީތިޮކށް އިންޓަރނެޓުގެ ބޭނުން އެބަ ކުރެއްވެއެވެ.

ޙަޤީޤަތް: މިއީ ކައިރީގައި، ޮކންމެވެސް ތަނެއްގައި، އިނދެގެން މުޖުރިމަކު ލެޕްޮޓޕެއް ބޭނުން ޮކށްގެން ކުރާ ކަމެކެވެ. މި ކަނެކްޝަނަކީ ހިލޭ ބޭނުން

ކުރެވޭ ޮގތަށް ހުރި ކަނެކްޝަނަކަށް ވާނަމަ، އެ މުޖުރިމަކު ކުރާ މަސައްކަތަކީ ޕާސްވޯޑްތަކާއި، ކްރެޑިޓް ކާޑުގެ މަޢުލޫމާތާއި، ބޭންކާ ގުޅުން ހުރި މަޢުލޫމާތުތައް

ސައިބަރ ލުޓޭރުން

20

ވަގަށް ނެގުމެވެ. ވައިފައި ބޭނުންޮކށްގެން ރަނގަޅު ނޫން ސައިޓަކަށް ވެދެވަޑައިގެން އެއްޗަކަށް ނުވަތަ ޚިދުމަތަކަށް އަގު ދައްކަވައިފިނަމަ، އެ ފައިސާ ލިބޭނީ އޭނާ އަށެވެ. އެއަށްފަހު އޭނާ ކުރާ ކަމަކީ ކާޑުގެ ނަންބަރު އޭނާ ކަހަލަ

އެހެން މީސްމީހުންނަށް ވިއްކުމެވެ.ޮބޑު މަންޒަރު: ވައިފައި ޮހޓްސްޮޕޓްތައް ގިނަ ވަމުންދާ ވަރަކަށް ވަގު

ކަނެކްޝަންވެސް ދަނީ ގިނަ ވަމުންނެވެ. އެހެންވީމާ ރަނގަޅު ކަނެކްޝަނަކީ ޮކބައިކަމެއް، ނުބައި ކަނެކްޝަނަކީ ޮކބައި ކަމެއް ވަކި ކުރާކަށް ނޭނގެއެވެ. މުޖުރިމުން ހަދާ ޮގތަކީ އަސްލު ވައިފައިގެ ވެބް ޕޭޖް ހަމަ އެހުރި ޮގތަށް

ނަކަލު ކުރަނީއެވެ. އެހެންވީމާ ބަލާ މީހަކަށް ފެންނާން ހުންނަނީ ހަމަ ރަނގަޅު ސައިޓެކެވެ. މި ކަހަލަ ސައިޓެއްގެ ބޭނުން ޮކށްފި ނަމަ، ސައިޓްގައި ޖަހާ ޕާސްވޯޑް ފަދަ ހުރިހައި މަޢުލޫމާތެއް ދާނީ އެ ސައިޓު ވަގަށް ބޭނުން ކުރާ

މީހާގެ ލެޕްޮޓޕަށެވެ.ސަލާމަތް ވާނެ ޮގތް: ޕީސީ ނުވަތަ ލެޕްޮޓޕްގެ ސެޓިންގ ހައްދަވާއިރު

ޮއޮޓމެޓިކުން އެއްވެސް ތަނަކާ ގުޅޭ ޮގތަށް ހައްދަވާފައި ނުބަހައްޓަވާށެވެ. “ޕްރިފްރޑް ނެޓްވާރކް ކަނެކްޝަން” ގައި ފާހަގަ ނުޖައްސަވާ ބަހައްޓަވާށެވެ.

އަދި އެއަރޯޕޓު ފަދަ ތަންތާނގައި ވައިފައި ބޭނުންފުޅު ކުރައްވާނަމަ، އެއަރޯޕޓުގައި ހުންނަ ކައުންޓަރުން ކާޑެއް ބައްލަވައިގަނެގެން ބޭނުން

ކުރައްވާށެވެ. ވެބްސައިޓެއްގައި ކްރެޑިޓް ކާޑުގެ ނަންބަރު ނުޖައްސަވައި ވާނީ އޭރުންނެވެ. ކަނޑައެޅިގެން ރަނގަޅު ވައިފައި ކަނެެޝަނެއްކަން ޔަގީންވެ

ވަޑައިގެންފައި ނުވާނަމަ، އެފަދަ ކަނެކްޝަނެއް ބޭނުން ކުރައްވައިގެން ފައިސާޔާ ބެހޭ އެއް މުޢާމަލާތެއް ނުކުރައްވާށެވެ. މިފަދަ ސައިޓަކަށް ވެންނެވީމާ

ޔޫއާރްއެލްގެ ވާތް ފަރާތުން ނުވަތަ ކަނާތް ފަރާތުން ކުޑަކުޑަ ތަޅެއްގެ ނިޝާން ފެނިވަޑައިގަންނަވާނެއެވެ. އެއީ ރައްކާތެރި ކަމަށް ބެލެވޭ ސައިޓްތަކެވެ.

3. ޓްވިޓަރފެންނާން ޮއންނަ ޮގތް: ޓްވިޓަރ އިން ޮކންމެވެސް އިނާމެއްގެ ވާހަކަޔާއެކު

ލިންކެއް ލިބިވަޑައިގެންފާނެއެވެ. އޭގައި ޮއންނާނީ އިނާމު ޯހއްދަވަން ލިންކަށް ފިއްތަވާށެވެ.

ޙަޤީޤަތް: މި ފަދަ ލިންކަކަށް ފިއްތަވައި ލެއްވުމާއެކު ޮބޓެއް ޑައުންޯލޑް ކުރާނެއެވެ. މި ޮބޓް ކުރާ ކަމަކީ ޓްވިޓަރ އެކައުންޓްގައި ހުރި ހުރިހައި އެޑްރެހަކަށް ސްޕޭމް ޮފނުވުމެވެ. އޭގެ ތެރޭގައި ބަލަން ކަމުނުދާ ކަހަލަ

އެއްޗެހިވެސް ދާނެއެވެ.ޮބޑު މަންޒަރު: މި ކަހަލަ ވިޔާނުދާ ޙަރަކާތްތައް ހިންގާ މީސްމީހުން މިހާރު ވަނީ ވަރަށް ދިގު

ޔޫއާރްއެލް ތައް ދިވަހަ ވަރަކަށް ނުވަތަ ފަނަރަ ވަރަކަށް އަކުރުގެ ކުރު ޔޫއާރްއެލް އަށް ބަދަލު

ކުރެވޭ ޮގތް ހަދާފައެވެ. އެހެންވީމާ ޓްވިޓަރ ބޭނުން ކުރާ މީހަކަށް ކުރު ޔޫއާރްއެލް އެއް ލިބުނީމާ ޙަޤީޤީ ޔޫއާރްއެލް އަކީ ޮކބައިކަން ނޭނގި ފިތައި ލެވެނީއެވެ.ސަލާމަތް ވާނެ ޮގތް: ލިންކެއް ލިބިވަޑައިގެންފި ނަމަ

އެންމެ ފުރަތަމަ އެ ޮފނުވި މީހާގެ ޕްޮރފައިލް ބައްލަވާށެވެ. އޭނާ އަކީ އެތައް ބަޔަކު ޮފޯލ ކުރާ މީހަކަށް ވެފައި

އެއްވެސް މީހަކު އޭނާ ޮފޯލ ނުކުރާ ނަމަ އެއީ ޮބޓެކެވެ.

4. ޮކމްޕިއުޓަރުގައި ވައިރަސް

ފެންނާން ޮއންނަ ޮގތް: ކުއްލިއަކަށް ސްކްރީނަށް އަރަނީ މެސެޖެކެވެ. މެސެޖް ”Antivirus XP 2010“ .ެއަންނަނީ ބަލާ ބެލުމަށް ރަނގަޅު ތަނަކުންނެވ

ނުވަތަ “Security Tool” މި ފަދަ ނަމެއްގައެވެ. މެސެޖްގައި ބުނެފައި ޮއންނާނީ ޮކމްޕިއުޓަރުގައި ވަރަށް ނުރައްކާތެރި ވައިރަހެއް އެބަ ޮއތް ކަމުގައެވެ. ސްކޭން

ކުރަން ބޭނުން ނަމަ އަވަހަށް ލިންކަށް ފިތައިލާށެވެ. ފިއްތަވައި ލެއްވީމާ ސްކޭން ކުރާނެއެވެ. އަދި ވައިރަސް ހުރި ކަމަށްވެސް ދައްކާނެއެވެ. ދެން އަރާ މެސެޖުގައި ޮއންނާނީ އެންމެ 50 ޮޑލަރަށް އެ ވައިރަސް ފިލުވައި ދޭނެ ކަމުގައެވެ. )މިފަދަ

މެސެޖްތައް ޮފނުވާ ކުދި ޕްޮރގްރާމަތަކަށް ކިޔަނީ ސްކެއަރވެއަރ އެވެ.(ޙަޤީޤަތް: ވައިރަސް ފިލުވާ ލިންކަށް ފިއްތަވައި ލެއްވުމާއެކު އެ ވަގު ކުންފުނިން

ހަދާ ޮގތަކީ ޮކމްޕިއުޓަރަށް މޭލްވެއަރ އެއް ދޫޮކށްލަނީ އެވެ. އެއީ ކުޑަކުޑަ ޕްޮރގްރާމެކެވެ. އެ ޕްޮރގްރާމްގެ ބޭނުން ޮކށްގެން ވަގުން ކުރާ ކަމަކީ ކްރެޑިޓް ކާޑުގެ މަޢުލޫމާތު ފަދަ މަޢުލޫމާތުތައް ވަގަށް ނެގުމެވެ. ވައިރަސް ފިލުވައެއް ނުދޭނެއެވެ. ބޭންކު އެކައުންޓުގައި ހުރިއްޔާ ހުރި ފައިސާއެއް “ފިލުވައިލާނެ” އެވެ. ހަމައެކަނި މިޔެއް ނޫނެވެ. އެހައި ތަނުން ޮކމްޕިއުޓަރުވެސް ހުންނާނީ

ފަރުވާދޭން ޖެހޭ ހިސާބުގައެވެ.ޮބޑު މަންޒަރު: މި ފަހަކަށް އައިސް އިންޓްރބެތުގައި ފެތުރޭ އެންމެ ބިރުވެރި

ސްޕޭމް އަކީ ސްކެއަރވެއަރ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ގިނަ ފަހަރަށް މިފަދަ ސްކެއަރވެއަރތައް އަންނަނީ ޮބޑެތި ކުނޗފުނި ތަކުން އަންނަ މެސެޖްހެން ހީވާ ޮގތަށެވެ. މިސާލަކަށް ވިންޯޑޒް ބޭނުން ކުރާ މީހަކަށް މިފަދަ

މެސެޖެއް އަންނައިރު އެއީ މައިކްޯރޮސފްޓް ކުންފުނިން އަންނަ މެސެޖެއް މެސެޖްތަކުގެ ނޫންކަން ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިފަދަ

އެންމެ ޮބޑު ނުރައްކަލަކީ ޮކމްޕިއުޓަރު ތަޢުލީމު ލިބިގެން ތިބޭ

މީސްމީހުންނަށްވެސް ޮބނޑި ލިބުމެވެ. މިއިން އެއްޗަކަށް ފިތައިލެވިއްޖެނަމަ، ހާރޑް ޑިސްކް ޯފމަޓްޮކށްގެން ނޫނީ ސަލާމަތް ނުވާ ހިސާބަށްވެސް ދެއެވެ.

21

މިހެން ވުމުގެ ސަބަބުން މުހިއްމު އެތައް މަސައްކަތަކާއި މަޢުލޫމާތެއް ގެއްލޭ ޮގތް ވެއެވެ.

ސަލާމަތް ވާނެ ޮގތް: މިފަދަ ލިންކެއް ލިބިވަޑައިގެންފި ނަމަ، އެ ލިންކަށް ނުފިއްތަވައި، ޮކމްޕިއުޓަރު ރީބޫޓް ޮކށްލައްވާށެވެ. އެޔަށްފަހު ވައިރަސް ހުރިޯތ

މުޅި ޮކމްޕިއުޓަރު ސްކޭން ކުރައްވާށެވެ. ސްކޭން ކުރައްވާނީ ރަޖިސްޓަރީ ޮކށްފައިވާ ވައިރަސް ސްކޭނަރަކުންނެވެ. ނުވަތަ ހިލޭ ލިބޭ ރަނގަޅު ވައިރަސް

ސްކޭނަރަކުންނެވެ.

5. ޯލބީގެ ކުޅިގަނޑު

ފެންނާން ޮއންނަ ޮގތް: ފޭސްބުކް ނުވަތަ އެހެންވެސް ޗެޓް ރޫމެއް ކަހަލަ ތަނަކުން ނުވަތަ ފޭސްބުކް ގޭމެއްގެ ތެރެއިން ޮކންމްވެސް މީހަކާ ދިމާ

ވަނީއެވެ. ކުޅެމުން ޮގސް، ދެމީހުން ޮފޯޓ ބަދަލު ޮކށް ހަދަނީއެވެ. އޭގެ ފަހުން ޯފނުންވެސް ވާހަކަ ދައްކަނީއެވެ. އެކަކު އަނެކަކު ދެކެ ޯލބިވެ، ވަކި ނުވެވޭ

ވަރަށް ގުޅުން ބަދަހި ވަނީއެވެ. ޯލބިވެރިޔާ ދިރިއުޅެނީ މާ ދުރު ގައުމެއްގައެވެ. އޭނާއަށް ފައިސާޮކޅެއްގެ ބޭނުން ޖެހެނީއެވެ. އެއީ އަނިޔާވެރި ބައްޕައެއްގެ ފުށުން ސަލާމަތް ވާށެވެ. ނުވަތަ ޮކންމެވެސް ޞިއްޙީ ފަރުވާ އަކަށް ޓަކައެވެ. ނުވަތަ ދެ

ޯލބިވެރިން ބައްދަލުވާން އަންނާން މަތިންދާޯބޓު ޓިކެޓެއް ގަންނާށެވެ.ޙަޤީޤަތް: ޯސޝަލް ނެޓްވަރކް ގެ ތެރެއިން ޯލބީގެ ގުޅުން އުފެއްދި ޯލބިވެރިޔާއަކީ

ސްކޭމް އާރޓިސްޓެކެވެ. މާނައަކީ މަކަރު ހަދައިގެން ފައިސާ ޯހދަން އުޅޭ ވަގެކެވެ. ދެމީހުން ބައްދަލެއް ނުވާނެއެވެ. އުފާވެރި ޙަޔާތެއް ނުފެއްޓޭނެއެވެ.

ވާނެހައިވެސް ކަމަކީ އަތުން ފައިސާތަކެއް ޚަރަދު ވުމެވެ.ޮބޑު މަންޒަރު: ޯސޝަލް ނެޓްވަރކް ތަކުގެ ސަބަބުން ރަނގަޅު ރަޙްމަތްތެރިން

ލިބޭ ފަދައިން، މަކަރުވެރިންނާއި، ލުޓޭރުންނާވެސް ދިމާވެއެވެ. އަޅުގަނޑުގެ ރައްޓެހި އަންހެން ކުއްޖަކަށް މިކަހަލަ ޮބނޑިއެއް ލިބުނެވެ. އޭނާއާ ދިމާ

ވަނީ އިނގިރޭސި ވިލާތުގެ މީހަކާ އެވެ. ދެމީހުން އެކަކު އަނެކަކަށް ވެބްކޭމް ޖައްސައިގެން ފެނި، ޯލބީގެ ގުޅުން އުފެދިއްޖެއެވެ. ފިރިހެން ކުއްޖާ ހުރީ ރާއްޖެ އައިސް އޭނާޔާ އިންނާށެވެ. ރާއްޖޭގައި ގެއެއްވެސް އަޅާށެވެ. ވާހަކައިގެ ކުރި

ފަޅަމުން، ހެދެމުން ޮގސް، އަންހެން ކުއްޖާއަށް މާ ރީތި އަނޮގޓިއެއް ޮފނުވަން ޖެހިއްޖެއެވެ. އަނޮގޓި ގަނެވެސްފިއެވެ. އެކަމަކު އެހައި ތަނުން

ކުޑަ މައްސަލައެއް ކުރިމަތިވެއްޖެއެވެ. އަނޮގޓި ޯޕސްޓު ކުރާނޭ ފައިސާ ނެތީއެވެ. ކުއްލިއަކަށް އަތުގައި ހުރި ފައިސާޮކޅު މީހަކު ވަގަށް

ނަގައިފިއެވެ. ކުރިއަށް ޮއތް ހައެއްކަ ދުވަހަކީ ބަންދު

ދުވަހެވެ. ޯޕސްޓު ޮއފީހަށް އަނޮގޓި ހަވާލު

ޮކށްފިއެވެ. އެހެންވީމާ ފައިސާ ނުދައްކައި ވާކަށް ނެތެވެ. ބޭނުން ވަނީ 300 ޮޑލަރެވެ. އަންހެން ކުއްޖާ 300 ޮޑލަރު ޮފނުވައިފިއެވެ.

އަޅުގަނޑަށް މި ކަންތައްތަކުގެ ޚަބަރުވީ މި ހިސާބަށް ދިޔަ ފަހުންނެވެ. ދެން އަޅުގަނޑު ވާހަކަ ދައްކައިގެން އަންހެން ކުއްޖާ “ހަމަ މަގަށް” އަޅުވައިފީމެވެ. އެ އަނޮގޓިއެއްވެސް ނުލިބުނެވެ. ފަހުން ބުނީ ޯޕސްޓު ޮއފީހުން ގެއްލުނީ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދާން ފައިސާ ބޭނުން ކަމަށްވެސް ބުންޏެވެ.

ޮކންމެއަކަސް، އެންމެ ފަހުން ދެ މީހުން ޒުވާބު ޮކށްފައި ކުޅިގަނޑު ނިމިއްޖެއެވެ.ސަލާމަތް ވާނެ ޮގތް: ޯސޝަލް ނެޓްވަރކް ތަކަކީ ރަޙްމަތެރިކަން އުފައްދަން ރަނގަޅު ވަސީލަތްތަކެވެ. ރަޙްމަތްތެރިކަން އުފެދި ޯލބީގެ ގުޅުމަށްވެސް ބަދަލު ވެދާނެއެވެ. އެކަމަކު ސީދާ ދިމާވެ، ގާތް ގުޅުމެއް އުފެދިފައިވާ މީހަކަށް ނޫނީ

ފައިސާ ނުފޮނުވާށެވެ. މީހަކު ފައިސާއަށް އެދިއްޖެނަމަ އަވަހަށް އެމީހަކާ ދުރަށް ދާށެވެ.

ރައްކާތެރިވާނެ ޮގތްތައް:

• ޕާސްޯވޑް ތަކުގައި ނަމާއި، އުފަން ދުވަހާއި، ޯފނު ނަންބަރު ފަދަ މަޢުލޫމާތު ނުހިމަނާށެވެ.

• ޕާސްޯވޑެއްގެ ޮގތުގައި މީހަކަށް ލަފާ ކުރަން އުނދަގޫ ނަންތައް ބޭނުން ކުރާށެވެ.

• މީހުނަށް ފެނިދާނެ ތަނެއްގައި ޕާސްޯވޑް ޯނޓު ޮކށްފައި ނުބަހައްޓާށެވެ.• ދެ އެކައުންޓަކަށް އެއް ޕާސްޯވޑެއް ބޭނުން ނުކުރާށެވެ. މިސާލަކަށް ޓްވިޓަރ އާއި އިންޓަރނެޓް ބޭންކިންގ އަށް އެއް ޕާސްޯވޑެއް ބޭނުން

ޮކށްފިނަމަ، ޓްވިޓަރ ޕާސްޯވޑު އެނގުނީމާ އެ ޮއތީ އަނެއް ޕާސްޯވޑްވެސް އެނގިފައެވެ.

• 8 އަކުރު ނުވަތަ 16 އަކުުރުގެ ޕާސްޯވޑް ބޭނުން ކުރާށެވެ. ޕާސްޯވޑެއްގައި ސިމްޕްލް އަކުރާއި ކެޕިޓަލް އަކުރާއި ހިސާބު ޢަދަދު

މަސްހުނިޮކށް ބޭނުން ކުރާށެވެ. ނުވަތަ ދިވެހި ބަހުން ޕާސްޯވޑް ޖަހާށެވެ. • މަހަކު އެއް ފަހަރު ކަހަލަ ޮގތަކަށް ޕާސްޯވޑް ބަދަލު ކުރާށެވެ.

• ލިންކަކީ ޮކން ކަހަލަ ލިންކެއް ކަން ނޭނގޭ ނަމަ، ނުވަތަ ކުރު ލިންކެއް ލިބިއްޖެ ނަމަ، ކަރސަރ ގެންޮގސް ލިންކުގެ މަތީގައި

ހިފަހައްޓާފައި ބްރައުޒަރ ގެ އެންމެ ތިރިއަށް ބަލައިލާށެވެ. މުޅި ލިންކް އެކީގައި ފެންނާނެއެވެ.

• ޔޫއާރްއެލްގެ އެންމެ ފަހު ނުކުތާގެ ކުރީގައި ޮއތް އެއްޗެއް ބަލާށެވެ. މިސާލަކަށް .com .org .edu މި އަކުރުތަކުގެ ކުރީގައި ޮއތީ ކީކޭޯތ

paypal.1234.com ުއަކީ ރަނގަޅު ޮގތެވެ. އެކަމަކ Paypal.com .ެބަލާށެވއަކީ ރަނގަޅު އެއްޗެއް ނޫނެވެ.

• ލިންކުގައި @ މި ފާހަގަ ޮއތްޯތ ބަލާށެވެ. މި ފާހަގައިގެ ވައަތް ފަރާތުގައި ހުންނަ އެއްވެސް އެއްޗަކީ ބްރައުޒަރ އިން ބަލާނެ އެއްޗެއް ނޫނެވެ. އެހެންވީމާ [email protected] އަކީ ޕޭޕާލް ސައިޓެއް ނޫނެވެ.

• ގަސްތުގައި ޮއޅޭ ޮގތަށް، ނުބައިޮކށް ޖަހާފައި ޮއތްޯތ ބަލާށެވެ. މިސާލަކަށް paypol.com މިހެން ޖެހީމާ ޮއޅުމަކީ އެކަށީގެންވާ ކަމެކެވެ.

22

ދުނިޔޭގެ އެކި ކަންޮކޅުތަކުގައި ހަތެއް އެއީ ހާއްސަ އަކުރެކެވެ. އެކިއެކި ދީންތަކާއި އެކި ސަގާފަތްތަކުގައި ވެސް ހަތަކަށް ދެވިފައިވަނީ ޮބޑު މަގުބޫލުކަމެކެވެ. މިހެންވަނީ ސަބަބެއް ޮއވެގެންނެވެ. އެއް ބަޔަކު ގަބޫލު ކުރާ

ޮގތުގައި ހަތެއް އެއީ ކާމިޔާބު، ނަސީބު ގަދަ ނަންބަރެކެވެ. މުސްލިމުންގެ އެންމެ ޮބޑު އަޅުކަން ކަމަށްވާ ހައްޖުގައި ހަތް ހިލަޮކޅު އުކަން ޖެހުމާއި، ޮސފާ އާއި މަރުވާއާ ދެމެދު ހަތް ފަހަރު ހިނގަން ޖެހުމާއި، ހަތް ފަހަރު ގެފުޅު ވަށައިގެން

ތަވާފް ކުރަން ޖެހުން ފަދަ ކަންކަމާ ހިސާބުން ފެށިގެން ވެސް ހަތެއްގެ މަގުބޫލުކަން ވަނީ އެތައް ގުނައަކަށް އުފުލިފައެވެ.

ހާއްސަޮކށް ފުޓްޯބޅަ ކުޅުންތެރިންގެ މެދުގައި ހަތެއްގެ މަގުބޫލުކަން ޮބޑެވެ. އެކަމަކު ދާދި ފަހުން ގައުމީ ޓީމުގައި އެންމެ ޮބޑަށް ޖެހުނީ ނުވަ ނަންބަރުގެ މައްސަލަ އެވެ. އަހުމަދު ޯތރިގް )ޮޓމް( އާއި އަސްއަދު އަލީ

)އަޑުބަރޭ( ވެސް ބޭނުންވީ ނުވަ ނަންބަރެވެ. މި ލިސްޓަށް ކުރިން ނުވަ ނަންބަރު ލައިގެން އުޅުނު ޝާހު އިސްމާއީލް ވަދެއްޖެނަމަ ދެން ވާނީ ކިހިނެތްބާއެވެ؟އެކަމަކު މިއަށްވުރެ ޮބޑަށް ޖަވާބުދޭން ދަތިވާނީ ހަތް ނަންބަރުގެ މައްސަލަ ފެންމަތިވެއްޖެނަމަ އެވެ. ފާއިތުވެދިޔަ ތިން ޖީލަށް ބަލާއިރު ރާއްޖޭގެ ހަތް ނަންބަރު ބޭނުންކުރީ ތިން ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ މޫސާ މަނިކު

)ކުޑަމޫސަ( އެވެ. އޭގެ ފަހުން ޮތއްޑޫ މުހައްމަދު ނިޒާމެވެ. އެއަށްފަހު މިހާރު އަލީ އަޝްފާގް )ދަގަނޑޭ( އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ގައުމީ

ކެޕްޓަނުންނެވެ. އެ ކުޅުންތެރިއެއްގެ ރަން ޒަމާނުގައި ދިވެހި ފުޓްޯބޅަގައި އެންމެ ފިޔަޖަހާލި ކުޅުންތެރިޔާއެވެ.

ކުޑަމޫސަ އަކީ އެންމެ ފުރަތަމަ ފަސް ނަންބަރުގައި ވިދާލި ކުޅުންތެރިއެކެވެ. އޭނާ ހަތް ނަންބަރަށް ހާއްސަވީ 1992 ވަނަ އަހަރު

ނިއު ދޫޮކށް ވެލެންސިއާ އަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން ކުޅުން ހުއްޓާލަންދެން ވެސް މޫސަގެ ނަންބަރަކީ ހަތެކެވެ. މިހާރު ވެސް ދަނޑަށް

ނުކުމެއްޖެނަމަ މޫސަ ހާއްސަ ވަނީ ވެސް ހަތް ނަންބަރަށެވެ. ހަތަކާ މޫސައާ ގުޅުން ހުރި އެހެން ކަމެއް ވެސް އެބަޮއތެވެ. މޫސަ ވެލެންސިއާ އަށް

ގެންދިއުމަށްފަހު އެ ކުލަބަށް ފުރަތަމަ ފަހަރަށް އޭނާގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ތަށި ޯހދައިދިނީ ނިއު ޮކޅަށް ހަތް ލަނޑު ޖަހައިގެންނެވެ. މި މެޗުގައި މޫސަ ވެސް ޯގލު ޖެހިއިރު ނިއު ޮކޅަށް ހަތް ލަނޑު ޖެހުމުން ވެލެންސިއާގެ ބެންޗުން ކުޅުންތެރިން ގާތު އެދުނީ ދެން އިތުރު ލަނޑެއް ނުޖެހުމަށެވެ. އެއީ

މޫސަގެ ހަތް ނަންބަރު ލާތީވެ އެ އަދަދުގައި ސްޯކ ބާއްވައިގެން މެޗު ނިންމަން ބޭނުންވެގެންނެވެ.

މޫސައަކީ ގައުމީ ޓީމުގެ އިތުރުން ނިއު އާއި ވެލެންސިއާގެ ކެޕްޓަންކަން ވެސް ޮކށް އެތައް ތައްޓެއް އުފުލާލާފައިވާ ކުޅުންތެރިއެކެވެ. ފުރަތަމަ ފަހަރަށް ގައުމަށް ރިހި މެޑަލް ޯހދައިދިން ޓީމުގެ ވައިސް ކެޕްޓަނަކީ ވެސް މޫސަ

އެވެ. އަދި ހުސްވި ގަރުނުގެ އެންމެ ޮމޅު ފުޓްޯބޅަ ކުޅުންތެރިޔާ އަކީ ވެސް އޭނާއެވެ.

މޫސަ އަށް ފަހު ގައުމީ ޓީމުގެ ހަތް ނަންބަރު ލިބުނީ ޮތއްޑޫ ނިޒާމަށެވެ. އއ. ޮތއްޑޫ ޓީމު 1992 މާލެ އައިސް ކުޅުނު އިރު ވެސް އެ

ޓީމުގެ ހަތް ނަންބަރުގައި ކުޅުނު ނިޒާމް ގައުމީ ޓީމުގައި ފުރަތަމަ ކުޅުނީ 10 ނަންބަރު ޖާޒީގައެވެ. އެކަމަކު މޫސަ ހުއްޓާލުމުން ނިޒާމް ވަނީ ހަތް ނަންބަރުގައި މެދުނުކެނޑި 8 އަހަރު ކުޅެ އެތަކެއް ކާމިޔާބީއެއް ޯހދައިފައެވެ. ގައުމީ ޓީމުގައި

ތިން ފަހަރެއްގެ މަތީން ރިހި މެޑަލް ޯހދި އިރު، ނިޒާމަކީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް ޯހދި ޓީމުގެ ކެޕްޓަންވެސްމެއެވެ.

މީގެ އިތުރުން އޭނާ ވަނީ ގައުމީ ޓީމުގައި އެއް ރަންވަންޯލ މެޑަލް ވެސް ހާސިލްކޮށްފައެވެ. އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އެންމެ ގިނައިން ގައުމީ

ޖާޒީގައި މޭން ޮއފްމެޗު ޯހދި ކުޅުންތެރިއަކީ ވެސް ނިޒާމެވެ.ރާއްޖޭގެ އެންމެ ޮމޅު ކުޅުންތެރިޔާގެ މަގާމާއި ކަޕް ވިނާސް ކަޕްގެ ޮމޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި ގައުމީ މުބާރާތާއި ޮޕމިސްކަޕުގެ ޮމޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ނިޒާމް ޯހދި އިރު މިކާމިޔާބީ ޯހދުނު

އެހެން ކުޅުންތެރިއަކު ނެތެވެ. އެކަމަކު ކުލަބު ލެވެލަށް ބަލާއިރު ވެލެންސިއާގައި އޭނާ ކުޅުނީ ނުވަ ނަންބަރު ޖާޒީގައެވެ. އެހެން ޓީމުތަކުގައި ބޭނުންކުރީ ހަތް

ނަންބަރެވެ.ޮތއްޑޫ ނިޒާމް ގައުމީ ޓީމުގައި ހުރުމުން ދަގަނޑޭ އަށް

އެންމެ ފުރަތަމަ ލާން ޖެހުނީ ގައުމީ ޓީމުގެ 12 ނަންބަރު ޖާޒީއެވެ. މިއީ ވެލެންސިއާއިން ފުޓްޯބޅަ ކެރިއަރު ފެށި ކުޅުންތެރިޔާ ކުލަބުގައި ވެސް ފުރަތަމަ

ބޭނުންކުރި ޖާޒީއެވެ. ގައުމީ ޓީމުގައި ދަގަނޑޭ އަށް ހަތް ނަންބަރު ލިބުނީ 2004 ވަނަ އަހަރަށް ފަހު ނިޒާމް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުންނެވެ. ވެލެންސިއާގައި އޭނާ ހަތް ނަންބަރު ލާން ފެށީ އަލީ ޝިހާމް 2002 ވަނަ

އަހަރު ވެލެންސިއާ ދޫޮކށް ދިއުމުންނެވެ.ހަތް ނަންބަރާއެކު ދަގަނޑޭ އަކީ އެފަދަ ދެވަނަ އެއްނެތް

ކުޅުންތެރިއަކަށް ވިއެވެ. އޭނާ ހުރިހާ ކާމިޔާބެއް ވެސް ޯހދީ އެ ނަންބަރުގައެވެ. ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު އަދި ރަންބޫޓު ފަސް ފަހަރު ޯހދި އިރު 2009 ވަނަ އަހަރު ގައުމީ ޓީމު ރިހިމެޑަލް ޯހދި އިރު ކެޕްޓަނަކީ

ޢަބްދުهللا އަޒްމީން

ކުޑަމޫސަ، ތޮއްޑޫނިާޒމް އަދި ދަގަނޑޭ އެކުވުމުން

ހަތް ނަންބަރު ހައްގުާވީނ ާކކަށް؟

23

ވެސް އޭނާއެވެ. އަދި 2008 ވަނަ އަހަރު ރާއްޖެ އަށް ފުރަތަމަ ފަހަރަށް ފުޓްޯބޅައިން ތައްޓެއް ޯހދައިދިން ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިއަކީ ވެސް ދަގަނޑޭ އެވެ. އެ މުބާރާތުގެ ޮމޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ.

މިހެންވެ ދަގަނޑޭ ހުއްޓައި އެހެން އެއްވެސް ކުޅުންތެރިއަކަށް ހަތަކާ ކައިރިވާކަށް ނުކެރޭނެ ކަމީ ޔަގީން ކަމެކެވެ. އެކަމަކު މޫސަ އާއި ޮތއްޑޫ ނިޒާމް އަދި ދަގަނޑޭ އެކުގައި ދަނޑަށް ނުކުތުމުން ހަތެއް ހައްގުވާނީ ކާކަށްބާ އެވެ؟

24

އިގްތިސާދަށް އަރާޮކންމެ ޮލޅުމެއްގެ އަސަރު އެންމެ ފުރަތަމަ ކުރާނީ ވިޔަފާރި ކުންފުނިތަކަށެވެ. އެފަދަ ކަންކަމުން ކުންފުނި ސަލާމަތްވެ އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ކުންފުނީގެ ޒިންމާއެކެވެ. އެހެން ކަމުން ސަރުކާރާއި އެކު އިގްތިސާދު ރަނގަޅުކުރުމަށް އެންމެ ގާތުން މަސައްކަތްކުރާ ފަރާތްތަކީވެސް

ކުންފުނިތަކެވެ. ދުނިޔެއަށް 2008 އިން ފެށިގެން މިއައި އިގްތިސާދީ ހީނަރު ކަމުގެ އަސަރު އަޅުގަނޑުމެންނަށް އިހްސާސްކުރެވެން ފެށިއެންމެ ޮބޑު ސަބަބަކީ

މިކާރިސާ ޯބމަތިވިއިރު މިއިން ސަލާމަތްވާނެ ރޭވުންތެރިކަމެއް ސަރުކާރުގައި ނެތީތީއެވެ. އަދި ސަރުކާރުން އެތައް ދުވަހެއް ވަންދެން ކުރަމުން ގެންދިޔައީ

މިފަދަހާލަތެއްގައި ނުކުރަންވީކަންކަމެވެ. ނަތީޖާއަކަށްވީ އަޅުގަނޑުމެން އެންމެނަށް މިކަމުގެ ނޭދެވޭ އަސަރު ކުރަމުން ދިޔަކަމެވެ. މިއަސަރު ކުޑަޮކށް، ކުންފުނި

ކުރިއެރުން މަޑުހެޖިހިއަނުދީ ކުންފުނިތަކުން ގެންދިޔައީ ހިންގުމުގައި ބަދަލުތަކެއް ގެންނަމުންނެވެ. މިޮގތުން ކުރަމުން ގެންދިޔަ ބައެއް ކަންކަން މިވަނީ ހިންގުމުގެ

ފެޝަނަށްވެފައެވެ. ބަައެއްކަންކަމަކީ ހިންގުމުގެ މިންގަނޑަކަށް ބަދަލުވަމުން

އަންނަކަންކަމެވެ. މިދެންނެވިފަދަ ހިންގުމުގެ ފެޝަންގެ ކަންކަން ފާހަގަ ޮކށްލާނަމެވެ.

ހިންގުމުގެ އަސާސްތަކާއި އުސޫލު ތަކަށްވުރެން އިސްނެގުމަށް ބާރު އެޅުން

އިގްތިސާދީ ހީނަރުކަމުގެ ސަބަބަބުން މުއައްޒަފުން ތިބޭނީ ހިތްނުތަނަވަސްކަމެއްގެ ތެރޭގައެވެ. އަދި މިކަމުން އަރައިގަނެ ކުންފުނީގެ އަސްލު ސޫރައިގައި އުޅެވޭނެ ދުވަހެއްގެ އުންމީދުގައިވެސްމެ އެވެ. ހަމަ މިއުންމީދާއި އެއް

ހަމައެއްގައި މުއައްޒަފުން ތިބޭނީ މުއައްޒަފުން ބެލެހެއްޓުމުގައި ގެންގުޅޭ އަމުރުކުރުމާއި ޮކންޓްޯރލު ކުރުމުގެ ހިންގުމުގެ އުސޫލު

ދޫޮކށް މުއައްޒަފުންނަށް އިތުބާރުޮކށްް އެމީހުންގެ މައްޗަށް ބަޯރސާވެގެން ހިންގުމުގެ އުސޫލުތަކެއް އުފަންވާނެކަމެށެވެ. އަދި މުއައްޒަފުން ޔަގީނުންވެސް އެދި އެދި ތިބޭނީ އެމީހުނަށްވުރެ

ތަންޮދރުނުފިލާ ޯބދާ ހިޔާލުގެ ވެރިން ބަދަލުވާނެކަމުގައެވެ. މިއާއި އެކު ޮކންމެ މުއައްޒަފަކީވެސް އިސްނަގައިގެން ހުރިހާ މުއައްޒަފުން

ހިއްސާވާ، މަގްސަދު ހާސިލު ކުރުމަށް މަސައްކަތްކުރާ މީހެއްކަމުގައިވުމަށެވެ. ބޭނުންވާ ނަތީޖާ ނެރުމަށްޓަކައި

މުއައްޒަފުންލައްވާ ހިތާ ރޫހުން މަސައްކަތް ކުރުވޭނީ ކުންފުނީގެ ތަސައްވަރު އެމީހުންނާއި މައުނަވީޮގތެއްގައި ހިއްސާޮކށްގެންނެވެ.

މަސައްކަތު މާހައުލުގެ ސަގާފަތެއް ގާއިމުކުރުން

އިގްތިސާދު ހީނަރުވެގެން އުޅޭ ދުވަސްވަރެއްގައި ޮބޑެތި މާރކެޓީން ކެންޕޭންތައް ހިންގުމަކީ އުނދަގޫކަމެކެވެ. އަދި މިނޫނަސް ކުދި ކުންފުނިތަކަށް ދެމެހެއްޓެނިވި ޮގތަކަށް އާ ސަގާފަތެއް ގާއިމުކުރުމަށް ކެމްޕޭން ހިންގުމަކީ ފައިސާގެ

ޮގތުން ކުރެވޭނެކަމެއް ނޫނެވެ. އަދި މިކަމަށް ބޭނުންވާ ވަގުތާއި ވަސީލަތްވެސް ނުހުރެދާނެއެވެ. އެހެންނަމަވެސް

އާންމުން ދެކޭޮގތުގައި ކުންފުންޏަކީ މުއައްޒަފުނަށް އަޅާލައި ލޭބަރ ގައިވާދާއި މުއައްޒަފުންނަށް ލިބެންޖެހޭ ހައްގުތަކަށް އިހްތިރާމްކުރާ

ކުންފުންޏެއްކަމަށް ވަނީ ނަމަ އެކުންފުންޏެއް އަމިއްލަ ނަފަސަށް އެއްވެސް ހަރަދަކާއި ނުލައި އެމާރކެޓްވަނީ އެވެ. މިޮގތުން އަޅުނޑުމެން ތެރޭ މިހާރު

ވަރަށް ގިނައިން ކުންފުނީގެ ޕިކްނިކް، ފުޓްސަލް މުބާރާތް އަދި މުއައްޒަފުން ބައިވެރިޮކށްގެން އެހެނިހެން ހަރަކާތް ހިންގައެވެ. މިއިން ޮކންމެ ހަރަކާތަކުންވެސް

ހިންގުމުގެ ފެޝަން ބަދަލުވަީނއަލީ ޚާލިދު

25

ކުންފުނި ވާނީ އިތުރަށް އިޝްތިހާރެވެ. ކުންފުނި ގިނަގިނައިން އިޝްތިހާރުވުމަކީ ޒިންމާދާރުކަމާއި އެކު މަސައްކަތްކުރާ ކުރާ ކުންފުންޏެއް ކަމުގައި އާންމުޮކށް ޤަބޫލުކުރެވުމެވެ. ނަތީޖާއަކީ އެހެންކުންފުނިތަކުން މިފަދަ ކުންފުނިތަކާއި އެކު

ވިޔަފާރި ގުޅުން ބާއްވަން ބޭނުންވުމެވެ.

ހުރިހާ ފަންތިއަކަށް ވާޮގތަށް މުއައްޒަފުން ޮހވުން

މިއަދު ކުންފުނިތަކުން ވިސްނާލަންވީ އެމީހުންގެ ކަސްޓަމަރުންނާއި ވިސްނުމާއި ފިކުރާއި އެއްފަދަ މުއައްޒަފުންތަކެއް ކުންފުނީގެ މުސާރަވެރިންގެ ޮގތުގައިވެސް ބެއިތިއްބޭ ޯތއެވެ. ކަސްޓަމަރ ރިލޭޝަން ފިކުރަކުން ބަލާނަމަ ކުންފުންނީގެ ކަސްޓަމަރުން ތަމްސީލު ކުރެވޭފަދަ މުއައްޒަފުންތަކެއް ކުންފުނީ އެތެރޭގައި ހަރަކާތްތެރިވާން ބޭތިއްބުމަކީ ކަސްޓަމަރުންގެ ވަފާތެރިކަން ޯހދުމަށް

އިންތިހާއަށް މުހިންމުކަމެކެެވެ. މީގެ ފައިދާ އަކީ ކަސްޓަމަރުންނަށް ބޭނުންވާކަންކަމާއި މައުލޫމާތު

ކުންފުންޏަށް އެނގުމެވެ. އަދި ކަސްޓަމަރު ބޭނުންވާޮގތަށް ކަންކަން ބައްޓަންވެގެން ދިޔުމެވެ. ނަތީޖާއަކީ ކުންފުނީގެ ހިދްމަތް އަދި އުފެއްދުން ޯހދުމަށް ވަފާތެރި ކަސްޓަމަރުންތަކެއް ލިބިލިބި

ތިބުމެވެ.

އިންޓަނެޓްގެ ޒަރިއްޔާއިން ގުޅުން ދެމެހެއްޓުން

އިންޓަނެޓުން ލިބޭ ފަސޭހަކަމުގެ އަނެއްޮކޅަކީ ނުވަތަ ދެރަކަމަކީ މިހާރު

ބޭނުންކުރެވޭ ބައެއް އާލާތުގެ ސަބަބުން ބައެއް މުއައްޒަފުން ތިބެނީ 7/24 ގައި މަސައްކަތުގައި

ކަމަށް އެމީހުންނަށް ދެކޭކަމެވެ. ހަމަމިޮގތަށް މީގެ ފައިދާއަކީ ޯސޝަލް މީޑިއާ މެދުވެރިޮކށް

ފޭސްބުކް ފަދަ ވަސީލަތް ބޭނުންޮކށްގެން މުއައްޒަފުންމެދުގަ އާއި ކުރިން ވަޒީފާ

އަދާކުރި މުއައްޒަފުންނާއި ގުޅުން ބޭއްވޭކަމެވެ. މީގެ ސަބަބުން މައުލޫމާތާއި ތަޖުރިބާތަކެއް

މުއައްޒަފުން މެދުގައި ހިއްސާ ކުރެވޭނެ އެވެ. އަނެއް ފައިދާއަކީ މުއައްޒަފަކު ދަންނަމީހުން

ގިނަވީމަ އެމީހުންގެ ފުށުން ކަންކަން ކުރުމާއި ކަންކަން ޮއންނަޮގތް ޯހދަން ފަސޭހަވުމެވެ. ޮކންމެ ކަމެއްގައި ވެސް މެދުމިންވަރެއް

އޮންނާނެއެވެ. އަބަދު އިޖްތިމާއި ވިޔުގައި ޖެހިގެން ތިބުމުން އުނިވާ ކަންތައްތަކެއް ވެސް ހުރެއެވެ. އެހެން ނަމަވެސް އިޖްތިމާއި ވިޔުގައި ހާޒިރުވެ އިނދެމެ ކުރަން

ޖެހޭ މަސައްކަތް ކުރިއަށް ދާނަމަ، ނަގަންޖެހޭ ޒިންމާ ނަގާނަމަ މިއީ މަައްސަލައެއް ނޫނެވެ. އިޖްތިމާއި ވިޔުގައިގެ ސަބަބުން ބައެއް މުއައްޒަފުން އެމީހުން

ދަންނަމީހުންގެ ބޭނުންތެރިކަމަށްޓަކައި މުހިންމުވެއެވެ. މިދެންނެވީ ނުފޫޒުގެ ވާހަކައެއް ނޫނެވެ. ދަންނަ މީހުން ގިނަވީމަ އެކި ކަންކަން ކުރަން ބޭނުންވާ މައުލޫމާތު ޯހދުމާއި ކަންކަން ކުރަން ފަސޭހަވާ ކަމަށްޓަކައެވެ. މިސާލަކަށް

ކަސްޓަމްސް، އިމިގްރޭޝަން ބޭންކު ފަދަ ތަންތަނުގައި ދަންނަ މީހުން ތިބުމަކީ މަސައްކަތް ކުރަން އެތައް ގުނައަކުން ފަސޭހަ ވާނެ ކަމެކެވެ. މިޒަމާނުގައި މިފަދަ

ގުޅުން އިންޓަނެޓްގެ އިޖްތިމާއި ވިޔުގެތެރޭން ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ. ދެންފަހަރަކުން މުއައްޒަފަކު ފޭސްބުކްގައި އިންތައް ފެނިއްޖެނަމަ އިންޒާރު

ނުދީ އޭގެ ޒަރިއްޔާއިން ކުންފުންޏަށް ނެގިދާނެ ފައިދާ އެނާއަށް ވިސްނާދޭށެވެ.

ކުންފުނީގެ މަސައްކަތު ހަރުފަތް އެއްހަމަވުން

އާ ޓެކްޮނޮލޖީގެ ބަދަލާއެކު މުއައްޒަފުން މަސައްކަތްތައް ވަކި ދިމާއަކުން މައުލޫމާތު ނުލިބިގެން މަސައްކަތް ނުކުރެވިފައި މަޑުޖެހިފައި ތިބޭކަށް

މިހާރު ނުޖެހެއެވެ. އެމީހުން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ޮކންމެ ތަނެއްގައި ވެސް ތިބެވިދާނެއެވެ. ޒަމާނީ ޓެކްޮނޮލޖީގެ އެހީގައި ހިންގުމުގައި

އަމުރު މައުރޫފް ހިންގުމަށް ޒަމާނުންސުރެ ގެންގުޅޭ ހަރުފަތް މިއަދު މިވަނީ މަދުކުރެވިފައެވެ. ނަތީޖާއަކީ މުއައްޒަފުން ވެސް މިއާއި އެކު އެބަ މަދު ކުރެވެ

އެވެ. އާ ޓެކްޮނޮލޖީ އާއި މުއައްޒަފުންގެ އަދަދަށް މިއައި ބަދަލާއެކު ކުންފުނީގައި އިސްޮކށް މަސައްކަތްކުރާ ވެރިންނަށް މިވަނީ ޓީމް ޯވރކް އަލުން ދޭހަކުރަން

ބޭނުންވެފައެވެ. ކުރިން ޓީމްޯވރކް އަކީ އެމީހަކާއި ހަވާލުވި މަގާމެއް ފުރިހަމައަށް އަދާކުރުމެވެ. އެކަމު މިހާރު ބަދަލުވެގެން މިދަނީ ޮކންމެ މީހަކުވެސް ބައިވެރިވެ

އަދި ކުރަން ހުރިކަންކަން ކުރުމެވެ.

26

ސީނާ އަޙްމަދު ޒާހިރު

މިހާރު ރާއްޖޭގައި ވެރިކަން ކުރައްވަމުން އަންނަ ސަރުކާރުތަކުން، ރައްޔިތުންގެ ކަންތައްތަކާއި މެދު ވިސްނެވުމަށް ވަގުތެއް ނުޮއވެއެވެ.

ސަރުކާރުތަކުން އަބަދުވެސް ތައްޔާރުވެވޭވަރުވަނީ ކުރިމަތިލުންތަކާއި ކުރިމަތިލުމަށެވެ. ޤާނޫނުއަސާސީގެތެރެއިން، ޑެޮމކްރަސީގެ އަސާސްތައް، ހަރުދަނާ ކަމާއި އެކު ރާއްޖެ

އަށް ތަޢާރަފްވުމާއި އެކު ރާއްޖޭގައި އަމަލުކުރެވޭ ތަން ފެނިގެން ދިޔައީ ފާލުން ނެއްޓިފައި ޮއތް ޑެޮމކްރަސީއެކެވެ. ފާލުން ނެއްޓިފައި ޮއތް މިނިވަންކަމެކެވެ. އެ

މިނިވަންކަމުގެ ސަބަބުން ޤާނޫނަށް ތަބަޢަވާ، ޤާނޫނުގެ އިމުގެތެރޭގައި މިނިވަންކަމާއި އެކު އުޅެން ބޭނުންވާ ފަރާތްތަކުގެ މިނިވަންކަން ގެއްލިގެންދިޔަތަނެވެ. ޮކންމެ ފަރާތަކުންވެސް ޢައިރު ޤާނޫނީ އަމަލުތައް ހިންގަނީ، އަދި ޤާނޫނަށް ތަބަޢަނުވެ

ކަންތައް ކުރަނީ ރައްޔިތުންގެ ޙައްޤުގައި ކަމަށް ބުނެއެވެ. ރައްޔިތުންނަށް މިނިވަންކަމާއި އަމާންކަން ޯހދައިދިނުމަށް ކަމަށް ބުނެއެވެ. ރައްޔިތުން ދެކެވާ

ޯލބިންކަމަށް ބުނެއެވެ. ކުރީގެ ސަރުކާރު ވެރިކަމުގައި ޮއތް އިރު ސަރުކާރަށް ތާއީދުކުރާ

ފަރާތްތަކުންވެސް މުޒާހަރާ ކުރަމުން ދިޔައީއެވެ. ސަރުކާރާއި އިދިޮކޅު ފަރާތްތަކުން ވެސް މުޒާހަރާ ކުރީއެވެ. މުޅި ޤައުމުޮއތީ މުޒާހަރާގައެވެ. އާބާދީ ކުޑަ މީސްޮކޅު މަދު ރަށް ރަށުގައިވެސް މުޒާހަރާއެވެ. އަލަށް ވާހަކަ ދައްކަންފަށާ ތުއްތުކުދިންގެ ބަސްޮކށާރައިގެ ފުރަތަމަ ބަސްތަކުގެ ތެރޭގައި މުޒާހަރާ ގެ ލަފްޒު ހިމެނުމަކީ

ވެދާނެކަމެކެވެ. މަންމަ ނުވަތަ ބައްޕަ ވީ ޮކންތާކުޯތ އަހާލުމުން، ކުޑަ ދަރިފުޅު، “މުޒާހަރާ” ގައޭ ބުނުމަކީ މިހާރު ހައިރާންވާންޖެހޭނޭ ކަމެއް ނޫނެވެ.

އާ ޤާނޫނުއަސާސީ ތަޢާރަފް ވުމާާއި ވިދިގެން ރިޯޕޓަރަކު ކުރެއްވި ސުވާލަކާއި ގުޅިގެން ކުރީގެ ރައީސް ނަޝީދު ދެއްވި ޖަވާބެއްގައި އަލަށް ތަޢާރަފްވީ “މުޒާހަރާ ޤާނޫނުއަސާސީ” އެކޭ ވިދާޅުވެފައިވާތަން ޚަބަރުގައި ފެނިގެން ދިޔައެވެ.

އެހެންނަމަވެސް މިއަދުގެ ހާލަތައް ބަލާލާއިރު އެވިދާޅުވުން ރަގަޅެއް ނޫނެވެ. އަޅުގަނޑުމެންމިހާރު މިޮއތީ “މުޒާހަރާ ޑެޮމކްރަސީ”އެއްގައެެވެ. ފާލުން ނައްޓާފައި

ޮއތް ޑެޮމކްރަސީއެއްގައެވެ. މިހާލަތުގައި އަޅުގަނޑުމެން ދެމިޮއންނާނީ ކިހާ ދުވަހަކަށްޯތއެވެ؟ އަޅުގަނޑުމެންގެ ޒުވާން ޖީލު ގެއްލެމުންދަނީއެވެ. ކަންކަން ރަގަޅު ކުރެއްވޭ ހިސާބުގައި، ކަންކަމަށްނުފޫޒުޯފރުވޭ ހިސާބުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ހީފުޅުވެފައި ޮއންނަކަމަށް، އެބޭފުޅުންގެ ބަސްފުޅުންނާއި އަމަލުން ފެންނަނީ ލީޑަރަކަށް ވެވެނީ ލަދުހަޔާތް ކުޑަވެ، ދޫނުބައިވެ، ޤާނޫނާއި ޚިލާފްއަމަލުތައް ހިންގައި، މީހުންގެ އަބުރަށް އަރައިގަނެ، ޙަޤީޤަތާއި ޚިލާފު ވާހަކަ ގިނަގިނައިން ދެއްކިވަރަކަށެވެ. އަދި

މާލީޮގތުންް ނުވަތަ ސިޔާސީޮގތުން ލިބެން ޮއތް، ނުވަތަ ނެގެން ޮއތް ނާޖާއިޒު ފައިދާއެއް ނެގެންޮއތްވަރަކަށް ނެގުމުންނެވެ.

އެންމެ ފަހުގެ ޤައުމީ ދިރާސާކަރުދާސްތަކުން ހާމަވެފައިވާޮގތުގައި، ރާއްޖޭގެ އާބާދީގެ ސައްތައަކުން 28 މީހުން ވަޒީފާއެއް ގައެއްނޫޅެއެވެ. މީގެ ތެރެއިން ގިނަ މީހުންވާނީ ވަޒީފާ އަދާކުރެވޭ ފުރާވަރުގެ ޒުވާނުންނަށެވެ. މި،

މަސައްކަތެއް ނެތް، ނުވަތަ މަސައްކަތް ނުކުރާ އާބާދީ ޮބޑުވަމުންދާނަމަ ރާއްޖެ އާއި އިޖްތިމާއީ ނުރައްކާތަކާއިކުރިމަތިވާނެއެވެ. އަދި ރާއްޖޭގައި އިޖްތިމާއީ

ހަމަނުޖެހުމަށް މަގު ފަހިވެގެންދާނެއެވެ. ކުށުގެ ވެށީގައި އުޅޭ މީހުން ގިނަވާނެއެވެ. ހަމަޖެހޭ މުޖުތަމަޢެއް ގައިމުކުރުމަށް އެއިރެއްގައި ޮއންނަ ސަރުކާރަކުން ޮބޑު ހޭދައެއްކުރަންޖެހޭނެއެވެ.ފުލުހުންނަށް ކުރަންޖެހޭ ޚަރަދާއި ޖަލު ބެލެހެއްޓުމަށް ކުރަންޖެހޭ ޚަރަދު އެތައްގުނައެއް އިތުރުވެގެންދާނެއެވެ.މީހުންމަރާ މުޖިރިމުން

މެރިއަސް މީހުން މެރުމެއް ނުހުއްޓުވޭނެއެވެ. އެއްވެސް މަސައްކަތެއްނެތި މަގުމަތީގައި އުޅޭ މީހުން ޢާއްމު މުޖުތަމަޢުގެ ތެރެއަށް ގެނައުމަށް ހަރުދަނާ އިޖުތިމާޢީ

މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. ސިޔާސީ ނަމަކަށް ނުވަތަ ސިޔާސީ ބޭނުމަކަށް ނޫނެވެ. ޤައުމަށްޓަކައެވެ. އެމީހުން މަގަށް އެޅުވުމަށް ހަމައެކަނި ނަސޭޙަތަކުން

ނުފުދޭނެއެވެ. ދުނިޔަވީ ބިރާއި އާޚިރަތުގެ ބިރުގެ ވާހަކަދައްކައިގެންވެސް ނުފުދޭނެއެވެ. ނަސޭޙަތާއި އެކު ކުރިޔަށްދާނެ މަގު ދައްކަންޖެހެއެވެ. އަދި

ކުރިއަށްދާނެ މަގުޮކށައިދޭންޖެހެއެވެ. މިމަސައްކަތުގައި ޤާނޫނީ “ލަޓިބުރި” ބޭނުންކުރަންޖެހޭ ތަންތާގައި ޤާނޫނުގައިވާޮގތަށް “ލަޓިބުރީ”ގެ ބޭނުންވެސް

ކުރަންޖެހޭނެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ސަރުކާރުތަކާއި ކުރިމަތިވާ އެންމެ ޮބޑު އެއް މައްސަލައަކީ އިސްކަންދޭންޖެހޭ ތަރުތީބު ޮއޅުވާލުމެވެ. ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ބަދަލުޮކށްލުމެވެ. މިކަމުގެ ސަބަބުން ވަރަށް ޮބޑު އިޖްތިމާޢީ ޤުރުބާނީއެއްވެގެންދެއެވެ. އަހުމިއްޔަތުކަން ދޭންޖެހޭ ކަންކަަމަށް އަހުމިއްޔަތެއް

ނުދެވިއެވެ. ކުރިންވެސް އެވެ. އަދި މިހާރުވެސްއެވެ. ވަޒީފާ ނެތް ދިވެހިން ވަޒީފާއަށް ގެނައުމަށް ސަރުކާރުންވެސް

އަދި ޮބޑެތި އިންޑަސްޓްރީތަކުންވެސް އެކަށީގެންވާ މިންވަރަށް މަސައްކަތެއް ނުކުރެއެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ވިޔަފާރި ދުވަހެއް

ދުވަހަކަށް ފުޅާވަމުންދަނީއެވެ. މި ޞިނާއަތް ފުޅާވި ވަރަކަށް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގިނަވެއެވެ. ރާއްޖޭގައި ކަންތައްތައްހުރިޮގތުން ހަމައެކަނި ދިވެހި މަސައްކަތްތެރިން ޯހދަން ވެބްސައިޓެއް ހެދުމަކުން، ނުވަތަ ޮއފީހެއް ހުޅުވުމަކުން ނުފުދެއެވެ. ރާއްޖޭގެ ޙާލަތު މިހާރު ޮއތްޮގތުން ކަމާއި ބެހޭ ފަރާތްތަކުން ޖެހޭނީ މަސައްކަތްތެރިން ލިބިދާނެ ސަރަހައްދުތަކަށް ދާށެވެ. މިކަމާއިބެހޭ ދިރާސާތައް

މިހާރުކުރެވިފައިވާކަމަށްވެއެވެ. މަސައްކަތުފުރާގެ ޒުވާނުން ވަޒީފާ އާއި ދުރުހެލިވާ ސަބަބު ޯހދެންވީއެވެެ.މަސައްކަތްކުރުމަށް މަގު ފަހިޮކށްދޭށެވެ. އަދި އެފަދަ

މީހުން ވަޒީފާތަކުގައި ދެމިތިބެވޭނެޮގތެއްޯހދެންވީއެވެ. ބިދޭސީ ކުންފުނިތަކުގެ ތަޢުލީމީ ވަޒީފާގައި ތިބި ބިދޭސިންވެސް ދިވެހިންނަށް ބަދަލުކުރުމަށް މުއްދަތެއް

ކަނޑައެޅެންވީއެވެ. އެ މުއްދަތުގެ ތެރޭގައި ދިވެއްސަކު ނުއުފެއްދިގެން ބިދޭސިއަކު ގެންގުޅޭ ނަމަ އެމީހަކު ހުންނަ ޮކންމެ ތިންމަހަކަށް “ލަނޑުދަނޑި

ޙާޞިލްނުކުރެވޭ” ފީއެއް ސަރުކާރަށް ދެއްކެންވީއެވެ. ބިދޭސީ ވިސާ ފީގެ އިތުރަށެވެ. މީގެ އިތުރަށް ބިދޭސިން މަސައްކަތްކުރާ ވަޒީފާތަކަށް ބޭނުންވާ

މިންވަރަށް އުނގެނިފައިތިބި ދިވެހިން ނެތްކަމަށްވާނަމަ އެވަޒީފާތަކައް ދިވެހިން އުފެއްދުމަށް ސަރުކާރުންވެސް އެންމެ ޮބޑަށް އަހުމިއްޔަތުކަންދޭ މަސައްކަތެއްގެ ޮގތުގައި ހަދަންވީއެވެ. މިހުރިހާ މަސައްކަތެއްކުރެވުނަސް އާދައިގެ މަސައްކަތުގެ

ވަޒީފާއަށް ދިވެހިން ނުލިބުމަކީ ކައިރިކަމެކެވެ. އެފަދަ ޮގތަކަށް ކަންތައް މެދުވެރިވެއްޖެނަމަ އެފަދަ ދޫ ދިނުމަށްވެސް ސަރުކާރުން ތައްޔާރުވާންވާނެއެވެ. ވަރަށްފަހަކާއި ޖެހެންދެން ޯބޓުދަތުރުކުރުމުގެ ވަޒީފާއަކީ ދިވެހިންގެ

ތެރޭގައި ވަރަށް މަޝްހޫރު ވަޒީފާއެކެވެ. އަދި ޯބޓުދަތުރުކުރާ މީހުން ރާއްޖެއަށް ވަރަށް ގިނައަދަދެއްގެ ބޭރުފައިސާ ގެނެއެވެ. ސަރުކާރުގެ އަޅާލުން ކުޑަވުމުގެ ސަބަބުން މިދާއިރާ މިހާރުވަނީ ވަރަށް ޮބޑަށް ހީނަރުވެފައެވެ. މިއީވެސް އެއް

އިރެއްގައި ދިވެހިންނަށް ވަޒީފާގެ ޮބޑު ބާޒާރެކެވެ. ސިޔާސީ ޮބޑުބައިސާއަކުން ޤައުމު ތަރައްޤީއެއްނުކުރެވޭނެއެވެ. ރެޔާދުވާލު

މުޒާހަރާކުރުމަކުން ޤައުމުގައި ޑެޮމކްރަސީ ޮއތްކަމަކަށް ނުބެލެވޭނެއެވެ. ކުށްކުރާމީހުން މެރުމަކުން ކުށްކުރުމެއްނުހުއްޓުވޭނެއެވެ. ހަރުކަށި އަދަބާއިއެކު ކުރަންޖެހޭ ބައިވަރު އިޖްތިމާޢީ ކަންތައްތައް އެބަހުއްޓެވެ. ރާއްޖޭގެ ފަހުގެ

ސަރުކާރުތަކަށް އެކަންކަމާއިމެދު ވިސްނަން ވަގުތެއް ނުލިބެއެވެ. ފެންނަ ފެނުމުގައި މި މުހިއްމުކަންވަނީ އިސްކަންދިނުމުގެ ލިސްޓުގެ ވަރަށް ފަހަތުގައެވެ.

ން ާފ ސިކުނީޑގެ ޠޫ

27

މިންނު

ޝޭވް ކުރުމުން ނަާގ ބިހިން ރައްާކތެރި ވެވިާދނެ

ރޭޒަރުން ޝޭވް ކުރުމުން ބިހި ނެގުމަކީ އާންމު ކަމެކެވެ. އަދި ގިނަފަހަރު މި ބިހި ހުންނަނީ ރަތް ކުލައިގައެވެ. މިޮގތަށް ބިހި ނެގުމުން ޝޭވް

ކުރުމަށްފަހު ހަމުގަ ހުންނަން ބޭނުންވާ ޮއމާންކަމާއި ޮއފްކަން ނެތިދެއެވެ. މިއީ ޝޭވް ކުރާ ގިނަ އަންހެން ކުދިންނަށް ދިމާވާ ކަމެކެވެ. އަދި މިއީ

ވެކްސް ކުރުން އިހްތިޔާރު ކުރާ އެއް ސަބަބު ކަމުގައިވެސް ވެއެވެ.

28

ފިނި ފެނުން ޮދވުން

ރޭޒަރު ބޭނުން ކުރާއިރު ބަލައިގެން އުޅުން

ރޭޒަރު މާބަރަށް ހަމުގައި ނުޖައްސާށެވެ. އަދި ތިނެއް ނުވަތަ ހަތަރު ބްލޭޑް ހުންނަ ރޭޒަރު އިހްތިޔާރު ކުރުންވެސް މުހިއްމެވެ. އެއް ދިމާލެއްގައި ރޭޒަރު މާ ގިނަ ފަހަރު ޖެއްސުމަކީ ބިހިނެގުމަށް ހުޅުވޭ ފުރުސަތެކެވެ. އަދި ވަކިން ހާއްސަކޮށް ތިނެއް ނުވަތަ ހަތަރު ބްލޭޑް ގެ ރޭޒަރަކުން ދެތިން ފަހަރު އެއް ސަރަހައްދެއްގައި ރޭޒަރު ކުރުމަކީ އެ ސަރަހައްދު ހައެއް ނުވަތަ 12 ފަހަރު

ރޭޒަރު ކުރުމާ އެއްވަރު ކަމެކެވެ. އެހެން ކަމުން އެއް ސަރަހައްދެއްގައި ވީހާވެސް

ގިނަދުވަސްވެފަ ނުވަތަ ބާވެފަ ހުރި ރޭޒަރެއް ބޭނުން ނުކުރުން

ބާވެފަ ނުވަތަ ގިނަ ދުވަސް ވެފަހުރި ރޭޒަރު އެއްޮގތަކަށް ވެސް ބޭނުން ނުކުރާށެވެ. ބްލޭޑް ޮކށިވުމަކީ ބިހިނެގުމަށް ހުޅުވޭ ފުރުސަތެކެވެ. އަދި މިއީ ހަމަށްވެސް ގެއްލުންވާނެ ކަމެކެވެ. ރޭޒަރުގައި ޝޭވިން ޯފމް ނުވަތަ ކުދި

އިސްތަށިތައް ހުންނަކަމުގައި ވާނަމަ އަދި އިތުރު އެއްވެސް ޮގތަކަށް ތަފާތުޮކށް ފެންނަ ކަމަށްވާނަމަވެސް އާ ރޭޒަރެއް ޯހދާށެވެ. ނުވަތަ ބްލޭޑް ބަދަލު ކުރާށެވެ.

ޝޭވް ކުރުމުގެ ކުރިން ޮދވުން

ހަންގަނޑާ އެންމެ ކައިރިން އިސްތަށިތައް ބުރިވަމުން ދާނީ ހަންގަނޑު ސާފުޮކށް ބަހައްޓައިގެން ޝޭވް ކުރުމުންނެވެ. އެންމެ ރަނގަޅު ޮގތަކީ ޝޭވް ކުރަން

ފެށުމުގެ ކުރިން ޝޭވް ކުރާ ހަންގަނޑު ޮމއިސްޗަރައިޒިން ޮބޑީ ޮވޝް އަކުން ޮދވެލާފައި އެއަށްފަހު ޝޭވް ކުރުމެވެ.

ނަމަވެސް ގިނަ ފަހަރު ޕާޓީ އަކަށް ނުވަތަ އަވަހަށް ތާކަށް ދާން ތައްޔާރުވާއިރު ވެކްސް ކުރަން ސެލޫން ނުވަތަ ގޭގައި ވެކްސް ކުރުމަށް

ވުރެ ވެސް ފަސޭހަ އަދި އަވަސް ޮގތަކީ ޝޭވް ޮކށްލުން ކަމަށް ވުމާއެކު ޝޭވް ޮކށް ނިމުމުން ނަގާ ބިހިން ސަލާމަށް ވާން ކުރެވިދާނެ

ބައެއް ކަންތައްތަކަށް މިފަހަރު އާޓިކަލްގަ ބަލާލާނަމެވެ.

ޝޭވް ޮކށް ނިމުމަށްފަހު އެންމެ ފުރަތަމަ ކަމަކަށް ފިނި ފެން )އައިސް ފެނުން( ޮދވެލާށެވެ. ޝޭވް ކުރި ހަމަށް ފިނިފެން އެޅުމުން ހުޅުވިފައިހުރި ޯޕރސް

)ހަމުގަ ހުންނަ ވަޅުތައް( ބަންދުވެއެވެ. މި ޯޕރސް ތައް ބަންދުވުމުން ޝޭވް ކުރި ހަމުން ހޫނުވެގެން އުފެދޭ ބިހިތަކުން ވަރަށް ޮބޑަށް ރައްކާތެރިޮކށްދެއެވެ.

އަދި ހެދުން ލައިގެން ހުންނައިރު އުފެދޭ ހޫނުކަމުންވެސް ދުރުޮކށްދެއެވެ.

މަދުން ރޭޒަރު ޖައްސައިގެން ޝޭވް ކުރެވޭޯތ ބަލަންވާނެއެވެ. ރޭޒަރު ވީހާވެސް މަދުން ހަމުގައި ޖެއްސުމަކީ އެންމެ ރަނގަޅު ޮގތެވެ.

29

ޝޭވް ކުރުމުން ނަާގ ބިހިން ރައްާކތެރި ވެވިާދނެ

ޝޭވް ކުރުމަށް ސައިޯބނި ބޭނުން ނުކުރުން

ޝޭވް ކުރުމަށް ޝޭވިން ޖެލް ނުވަތަ ޝޭވިން ޯފމެއް ޯހދާށެވެ. އެންމެ ރަނގަޅީ އަންހެނުންނަށް ހާއްސަޮކށް

ހުންނަ ޝޭވިން ޖެލް ނުވަތަ ޯފމެއް ޯހދުމެވެ. އެއީ އޭގައި އިތުރަށް ޮމއިސްޗަރައިޒިން ބައި ހިމެނޭނެތީއެވެ.

އިސްތަށި އުފެދިފައި ހުރި ޮކޅަށް

ޝޭވް ކުރުން

ވަރަށް ގިނަ މީހުނަށް ޝޭވް ކުރެވެނީ އިސްތަށި އުފެދިފައި ހުންނަ ޮކޅުނޫން އަނެއްޮކޅަށެވެ. އެއީ ހަމާވީހާވެސް ކައިރިން ޝޭވް ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް މިޮގތަށް ޝޭވް ކުރުމަކީ ބިހިނެގުމަށް ދެވޭ ފުރުސަތެކެވެ. އެހެންކަމުން އިސްތަށި އުފެދިފައި ހުރި ޮކޅުބަލައި ޝޭވް ކުރާއިރު އެ ފަޅާފައިހުރި ޮކޅަކަށް ޝޭވް ކުރުމަކީ މުހިއްމެވެ.

ޝޭވް ކުރަން ފެށުމުގެ ކުރިން ތާފަނާ ފެނުން ހޫނުކުރުން

ޝޭވް ކުރަން ބޭނުންވާ ހަންގަނޑު ތާފަނާ ފެނުން ޮދވުމުން އެދިމާލުގައި ހުންނަ އިސްތަށި މަޑުވެއެވެ. އޭރުން ރޭޒަރުން އިސްތަށިތައް

ފަސޭހައިން ބުރިވެ އެވެ. އަދި ބިހިންވެސް ރައްކާތެރި ކުރެވޭނެއެވެ.

މުހައްމަދު ބުޝްރީ ކެޮޔނިރު

30

ޮކންމެ ދިވެހި ރައްޔިތަކީ މިހާރު ސިޔާސީ މާހިރެކެވެ! މީގެތެރެއިން މާހިރަކު އަޅުގަނޑާ ސިޔާސީ ޒުވާބެއް ކުރިއެވެ. ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ

ދެއްވިއަސް ނައިބު ރައީސަށް ވެރިކަމާ ހަވާލު ނުވެވޭނެ ކަމަށް އޭނާ ވަކާލާތު ކުރިއެވެ. ޤާނޫނު އަސާސީ ގައި އެފަދައިން ބަޔާން ވެފައިނުވާކަމަށް އޭނާ ބުންޏެވެ. އެޮގތަށް ހަވާލުނުވެވޭނެ ކަމަށް ޮއތީ ޮކން މާއްދާއަކުޯތ އޭނާއާ ސުވާލުކުރުމުން ބުނީ

މާއްދާ ބަލަން ބޭނުން ނޫން ކަމަށާއި އެކަން އެޮގތަށް ނުވާނެ ކަމަށެވެ. ޤާނޫނު އަސާސީގެ ޮކޕީއެއް ގެނެސް އޭނާއަށް ދެއްކުމުން އެއަށް ބަލަންވެސް އޭނާ ބޭނުމެއް ނުވިއެވެ. އޭނާ އެވިސްނާ ޮގތް ރަނގަޅު ނޫން ކަމަށް ސާބިތުޮކށްދިނުމުން ވެސް

އޭނާ އަޑުއަހާކަށް ވެސް ބޭނުމެއްނުވި އެވެ. ރާއްޖޭގައި މިއުޅޭ ސިޔާސީ ޯރނުއެދުރުންނަކީ ކަންފަތް ބީރު، ޯލ ކަނު ބައެކެވެ.

އެމީހުންނަށް هللا ދެއްވާފައިވާ އަމިއްލަ ވިސްނުމުގެ ބޭނުން ޮކށްގެން ހެވާއި، ނުބައި ދެނެގަތުމުގެ ބަދަލުގައި އެފަދަ ޯރނު އެދުރުން ބޭނުންވަނީ އެމީހުންގެ ޕާރޓީން

ބުނާއެއްޗެއް ޯލމަރާލައިގެން ތިބެ ގަބޫލުކުރާށެވެ. އެމްޑީޕީ އަށް ޮގސް ހުސްވެފައިވާ މީހުން ދެކޭ ޮގތުގައި ރައީސް ނަޝީދު

ވިދާޅުވާނީ ހުސް ތެދެވެ. ޯރމާދުވާލު، މިއީ ރޭގަނޑޭ ބުންޏަސް، ނަޝީދުގެ ބަހެއް ނަމަ އެމީހުން ސީރިއަސް ޮކށް ގަބޫލުކުރެއެވެ. އެހެން ޕާޓީތަކުގެ ބައެއް މީހުންގެ ހާލަކީވެސް މިއެވެ. ނަމަވެސް އެމްޑީޕީ ގެ ގިނަ ބަޔަކު އުޅެނީ މިޮރނގުން މާ

ކުރީގައެވެ. އެމްޑީޕީ ގެ މިފަދަ މީހުންނަކީ އަންނި ރިޯމޓް ޮކންޓްޯރލުން ޮކންޓްޯރލް

ކުރާ ޮރބަޓްތަކެއް ފަދައެވެ. އެހެން ނޫންނަމަ، ތަސައްރަފް ފުދިފައިވާ ޮބޑެތި ފިރިހެނުންނާއި، އަންހެނުން ފެންހުސްކުރި ފުޅިން ބެރުޖަހަމުން، ޑަބިޔާ ތަޅަމުން

މަގުމަތީގައި ހިނގާނެޯތއެވެ؟އެހެންނޫންނަމަ އެމްޑީޕީން އިންތިޒާމް ޮކށްގެން އުސްފަސްގަނޑުގައި ބޭއްވި

ކާޅުޮގވާ އަޑުން ޮގވުމުގެ މުބާރާތުގައި އެމްޑީޕީ ގެ ގިނަބަޔަކު ބައިވެރިވާނެޯތއެވެ؟ މިދެންނެވި މުބާރާތުން އެއްވަނައަށް ދިޔަ މީހާއަށް ފަސްހާސްރުފިޔާގެ އިނާމެއްވެސް

އެމްޑީޕީން ދިނެވެ. ފަސްއިރު މިސްކިތަށް އަރާ هللا ގެ ހަޟުރަތުގައި ސަޖިދަ ޖަހާ ބައެއް މީހުންވެސް އަންނިގެ މި ޖާދޫގައި ޖެހިގެން )މަދުން ނަމަވެސް( އުޅޭތަން ފެނެއެވެ. އެމްޑީޕީ އިން ޮކންމެ ހުކުރު ދުވަހަކު މާލެތެރޭގައި ކާޅުޮގވާ އަޑުލައްވަމުން، ހުސްފުޅިން

ބެރުޖަހަމުން، މުސްކުޅިޔަކު ލައްވާ ފަންޑިތަވެރިން އަޅާ ޮގތަށް ދުންއަޅަމުން ކުރާ މުޒާހަރާގައި މިދެންނެވިފަދަ މީހުން ބައިވެރިވާތީވެ ހައިރާންވެއެވެ.

އަންނިގެ ބޭނުމަކީ އިސްލާމުދީނުގައި އަޚުވަންތަކަމުގެ ގުޅުން ބަދަހިޮކށް، އަޅުކަން ގިނަކުރުމަށް ހާއްސަކުރެވިފައިވާ ހުކުރުދުވަހަކީ މީހުންނަށް މަލާމާތްޮކށް ފުރައްސާރަކުރާ ދުވަހަކަށް ހެދުން ބާވައޭ ހިތަށް އަރައެވެ. މިއީ ހުކުރުދުވަހުގެ

ހުރުމަތް ކެނޑުމަށް ކުރާކަމެއް ނޫން ބާވައޭ ހިތަށް އަރައެވެ. ހިތާމައަކީ މުސްލިމް އެތައް އަޚުންނަކާއި އުޚްތުންނެއް އެމްޑީޕީގެ މިމަޅީގައި ޖެހިގެން

ޮކންމެ ހުކުރުދުވަހަކު މިކަމެއް ކުރާތީއެވެ. އެމްޑީޕީގެ އަތުން ގެއްލުނު ވެރިކަން ދެން ޯހދޭނީ ބިރު ފަހަނައަޅައި ޮގސްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ބިރު ފަހަނައަޅައި ދިއުމުގެ ބަދަލުގައި އެމްޑީޕީގެ ގިނަ ބައެއްގެ ފަރާތުން މިފެންނަނީ ބުއްދި ފަހަނައަޅައި ޮގސްފައިވާ ތަނެވެ.

އަމިއްލައަށް ޮބޑުކަމު ޮގސްފައި، ދަނޑިއަކުން ތަޅައި، އަމިއްލަ ގަޔަށް އެނަޖިސް ބުރުމުގެ މުބާރާތެއް އެމްޑީޕީން ބޭއްވިޔަސް އުފަލާއެކު އެކަމުގައި ބައިވެރިވާނެއެވެ. އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމާ، މައިންބަފައިންނާ ދަރިންގެ ގުޅުމާއި، އިސްލާމީ

އުޚުއްވަތްތެރި ކަމުގެ ގުޅުމަށް ވުރެންވެސް މިދެންނެވިފަދަ މީހުންނަށް މުހިއްމުވަނީ ޕާޓީގެ ގުޅުމެވެ.

ޕާޓީގެ އާއްމު މެންބަރުން ގުނޯބ ހައްދައިގެން ޮމޅެތިވާހަކަ ދައްކާފައި ގެއަށްޮގސް އަންނިއާއި ރީޯކ އާއި މާރިޔާ ތިބޭނީ އެމްޑީޕީގެ އާއްމު މެންބަރުންނަށް

މަލާމާތްކުރަންކަން ޔަގީނެވެ. އެމްޑީޕީ މިހާރު ކުރިއަށް އެދަނީ މަދު ބައެއްގެ ދުނިޔަވީ މަސްލަހަތު ހިމާޔަތްކުރަން އާއްމު މެންބަރުންގެ ޮލލުގައި އަނދުން

އަޅުވައިގެން ޑްރާމާ ކުޅުވާ ޕާޓީއެއްގެ ޮގތުގައެވެ.މައިގަނޑު ޮގތެއްގައި ރާއްޖޭގެ ސިޔާސީ މުޅި މަސްރަހުވެސް ޮއތީ މިފަދަ

ހާލަތެއްގައެވެ. މިކަމުގައި އެމްޑީޕީ މާޮބޑަށް ކުރީގައި ޮއތަސް އެހެން ޕާޓީތަކުންވެސް ޮކންމެސް ވަރަކަށް )މަދުންނަމަވެސް( މިފަދަ ކަންތައްތައް

ފެނެއެވެ.ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފްވުމާއެކު ދިވެހިން މާޮބޑު ސިޔާސީ ބަޔަކަށް ވެއްޖެއެވެ. އަމިއްލައަތުން ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ނުކުރާ ޮބޑެތި ފިރިހެނުން ، ދުވާލުދާ ހަތަރުދަމު ނިދާފައި، ރޭގަނޑު ވަގުތު ހޭދަކުރަނީ އެބުނާ

އުސްފަސްގަނޑުގައި ޣީބަބުނުމާއި ނެތިޮމށުމާއި ބުއްދިފަހަނައަޅާ ދިއުމުގައެވެ. ހީވާ ޮގތުގައި އެފަދަ ބައެއްމީހުންގެ ދީނަކީވެސް އެމްޑީޕީއެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ސަފުގައި ތިބި ފަރާތްތައް ހިންގާފައިވާނަމަ ވާ ޖަރީމާތަކަކަށް ހައްގު އަދަބުލިބި އިންސާފު ގާއިމުކުރެވިގެން މެނުވީ މިގައުމު

ދުވަހަކުވެސް ދެން ހަމައެއް ނުޖެހޭނެއެވެ. އަޅުގަނޑަކީވެސް ސިޔާސީ ޕާޓީ ރާއްޖެއަށް ތައާރަފް ކުރަން ތާއީދު ކުރި މީހަކީމެވެ. ނަމަވެސް މިހާރު ގަބޫލުކުރެވޭ ހަގީގަތަކީ ރާއްޖެފަދަ އާބާދީ މަދު ކުޑަ ގައުމަކަށް ޕާޓީގެ ނިޒާމުން ލިބޭ ފައިދާއަށް ވުރެން ލިބޭ ގެއްލުން މާޮބޑުކަމެވެ. ޕާޓީ ސިސްޓަމް މިހާރުވެފައިވަނީ ރާއްޖެއަށް

ދިމާވެފައިވާ ޮބޑު ސިޔާސީ މުސީބާތަކަށެވެ. އާބާދީއާ ނުބައްދަލުވަރުގެ ޮބޑު ރައްޔިތުންގެ މަޖިލީހެއް ހަދައިފިއެވެ. ޮކންމެ

މެންބަރަކަށް އެމީހެއްގެ މަސައްކަތާ ނުބައްދަލުވަރުގެ ޮބޑު މުސާރައެއް އަމިއްލައަށް ކަނޑައަޅައިފިއެވެ. ޮކންމެ ޯގޅި ކަންމައްޗަކަށް ކަހަލަ ޮގތަކަށް ކައުންސިލެއް

ހަދައި ރައްޔިތުން ބައިބައިޮކށް ފިތުނަވެރިކަން އާއްމުޮކށްފިއެވެ. މިވާހަކަ އަޑުއަހާނެ މާގިނަ ބަޔަކު މިހާރު ނުވެސް ވާނެއެވެ. ނަމެވެސް

ރާއްޖެއަށް އެންމެ ރަނގަޅުވާނީ ޕާލިމެންޓް މެންބަރުންގެ އަދަދު ސާޅީހަށް ތިރިޮކށް ކައުންސިލްތައް އުވާލުމަށް ފަހު އަޮތޅުވެރިންނާއި ރަށްރަށުގެ ކަތީބުންނަކީ އިންތިހާބުޮކށް ރައްޔިތުން ޮހވާ ބަޔަކަށް ހެދުމެވެ. ހަމައެކަނި މިބަދަލު ގެނަޔަސް

ދައުލަތުގެ ބަޖެޓުން އަހަރަކު ސަތޭކަ މިލިޔަން ރުފިޔާ ސަލާމަތްވާނެއެވެ. މިފައިސާއަކީ ރާއްޖޭގެ ތަރައްގީއަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް

ބޭނުންކުރެވިދާނެ ފައިސާއެވެ. ކުޑަ އަދަދެއް ނޫނެވެ. އަހަރަކު ސަތޭކަމިލިޔަން ރުފިޔާއެވެ!

ބޭރު ގައުމުތަކުގެ މީހުންގެ ކަމަކީ އިރުފެނުން ޮތޅިލުމާއެކު އާމުދަނީ ޯހދަން މަސައްކަތްފެށުމެވެ. ދިވެހިންގެ ކަމަކީ އިރުމެދު ޖެހެންދެން ނިދާފައި،

ފަތިސްވަންދެން ސިޔާސީ އަނގަތެޅުމުގައި ވަގުތު ބޭކާރުކުރުމެވެ. މިކަން ބަދަލުވާނީ ސިޔާސީ ނިޒާމުވެސް ބަދަލުވެގެންނެވެ. މަތީގައި ދެންނެވުނު ފަދައިން

މަޖިލިސް މެންބަރުންގެ އަދަދު މަދުޮކށް، ކައުންސިލްތައް އުވާލައި، އަޮތޅުވެރިންނާއި، ކަތީބުން އިންތިހާބުޮކށްގެންނެވެ. ސިޔާސީ ވިސްނުން ބަދަލުޮކށްގެންނެވެ.

ރައްޔިތުންނަކީ ޕާޓީގެ އަޅުން ކަމުގައި ނުދެކި ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތްކުރާ މުއައްސަސާއަކަށް ވެގެންނެވެ.

މެންބަރުންގެ އަދަދު 40 އަށް ތިރިކޮށް، އަތޮޅުވެރިންާނއި ކަީތބުން އިންތިާހބުކުރުން!

31

ބޮީލވުޑް

ސައްތްޔަމޭވް ޖަޔަތޭ

“އޭކް ތާ ޓައިގަރ” މި ފިލްމުގެ ސެޓިންގައި ސަލްމާންޚާން ކެތުރީނާ ކައިފަށް އަނިޔާ ކުރި ވާހަކަތަކެއް މީޑިޔާގައި ފެތުރެމުން އެބަ ދެއެވެ. މިފަދަ ޚަބަރުތަކުގައި ބުނާ ޮގތުގައި

ސަލްމާން ރުޅި އައީ ކެތުރީނާ މާ ގަޔަށް ބާރު ހެދުމެއް ލައިގެން ނުކުތުމުންނެވެ. މި ޚަބަރަކީ ކެތުރީނާގެ ސަޯޕޓަރުން ވެސް ހާއްސަ ސަމާލުކަމެއް ދީފައިވާ

ޚަބަރަކަށް ވާއިރު، ސަލްމާނާއި ކެތުރީނާ މި ކަމުގައި ބުނާ އެއްޗެއް ބަލައިލުން މުހިންމެވެ. ބައެއް ނޫސްތަކުގައި ލިޔެފައިވާ ޮގތުގައި ކެތުރީނާ ގަޔަށް ބާރު ހެދުމެއް ލައިގެން ނުކުތް އިރު،

ހަށިގަނޑުގެ ބައްޓަން އެއްވެސް ޮފރުވުމެއް ނެތި ހާމަވެއެވެ. އެހެންވެ މިކަމާ ހިތްހަމަ ނުޖެހިގެން ކެތުރީނާ ކުރެން “ތިކަހަލަ ހެދުމެއް ތި ލީ ކީއްވެގެންހޭ” ސުވާލު ކުރިއެވެ. ޖަވާބުގައި ކެތުރީނާ ބުނިކަމަށް ވަނީ “މިއީ ފިލްމުގެ ޑިރެކްޓަރުގެ އިރުޝާދު” ކަމަށެވެ. މިކަމާ ގުޅިގެން ސަލްމާން ބުނިކަމަށް ވަނީ ތިމަންނަ ޑިރެކްޓަރާ ބައްދަލުކުރާނަމޭއެވެ. މިފަދަ ނޫސްތަކުގައި ބުނާ ޮގތުން ސަލްމާން ރުޅި އައިސްފައި ހުރި ނަމަވެސް ކެތުރީނާއަކަށް އަނިޔާއެއް ނުކުރެއެވެ. އެހެން

ނަމަވެސް ބައެއް ޓެބްޮލއިޑްތަކުން ޚަބަރު ފަތުރާ ޮގތުގައި ރުޅި އައިސްގެން ސަލްމާން ވަނީ ކެތުރީނާގެ ގަޔަށް އަތް އިސްޮކށްފައެވެ.

ސަލްމާނާއި ކެތުރީނާގެ ފަރާތުން މިކަމާ މެދު ބަހެއް ލިބިފައި ނުވިޔަސް ދެ ތަރީންގެ އެކުވެރީން ޚަބަރުދޭ ގޮތުގައި އެކަހަލަ އެއްވެސް ކަމެއް ނުހިނގައެވެ. އަދި ކުރިޔަށް ވުރެ ވެސް

މިހާރު އެ ދެ ތަރީންގެ ގުޅުން ރަނގަޅެވެ.

މަޝްހޫރު ފިލްމީ ތަރި ޢާމިރުޚާނަކީ އެންމެން ވެސް ގަބޫލުކުރާ ޮގތުގައި ޕަރފެކްޝަނިސްޓެކެވެ. އޭނާ ކުރާ ހަމަ ޮކންމެ ކަމެއް ވެސް އޭގެ އެންމެ ފުރިހަމަ ޮގތުގައި

ކުރުމަކީ ޢާމިރު އެންމެ ޮބޑަށް އިސްކަންދޭ ކަމެވެ. މިހާރު ޢާމިރުގެ ސަމާލުކަން އެންމެ ޮބޑަށް ހުއްޓިފައިވަނީ 06 މެއި 2012 އިން ފެށިގެން އޭނާ ޕްޮރޑިއުސްޮކށް ހުށަހަޅަމުންދާ ރިޔަލިޓީ ޓީވީ ޯޝވ “ސައްތްޔަމޭވް ޖަޔަތޭ” އަކީ ކާމިޔާބު ޯޝވ އަކަށް ހެދުމަށެވެ. “ސައްތްޔަމޭވް ޖަޔަތޭ” އަކީ ސާންސްކްރިތު ބަހުގެ ޖުމްލައެކެވެ. މާނައަކީ “އަބަދުވެސް ކުރި ލިބޭނީ ތެދަށެވެ.” މިއީ

އިންޑިޔާގެ ގައުމީ ޮމޯޓ ވެސްމެއެވެ. އިންޑިޔާގެ ގައުމީ ޮމޯޓ ސުރުހީއަކަށް ބަލައިގެން ކުރިޔަށް ގެންދާ ޕްޮރގްރާމުގެ

މަގްސަދަކީ އިންޑިޔާގެ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށް ޢާމިރުޚާން ބުނެއެވެ. އަންހެން ކުދީން މެރުމާއި، ކުޑަކުދީންނަށް ޖިންސީ ޯގނާކުރުމާއި، އާއިލީ ޝަރަފަށްޓަކައި ކަމަށް ބުނެ މީހުން މެރުން

ފަދަ ނުބައި އާދަތަކުގެ މައްޗަށް މިހާތަނަށް މި ޯޝވގައި ވަނީ ވާހަކަ ދައްކައިފައެވެ. މުޅި އިންޑިޔާގައި ވެސް މި ޯޝވއަށް އަންނަނީ ޮބޑު ތަރުހީބެއް ލިބެމުންނެވެ. މިއީ ޕްރައިވެޓް ޗެނަލްތަކެއްގަޔާއި ގައުމީ ޗެނަލް ދޫރްދަރްޝަންގައި އެކު އެކީގައި ޮއން އެޔަރ ކުރެވޭ،

އިންޑިޔާގެ ފުރަތަމަ ޓީވީ ޯޝވ ވެސް މެއެވެ. މި ޯޝވ ހިންދީ ބަހުގެ އިތުރުން ދެކުނު އިންޑިޔާގެ ބަސްތައް ކަމުގައިވާ ތަމަޅަ، މަލަޔާޅަމް، ތެލުގޫ އަދި ކަންނަޑާ އިން އަޑު އަޅައިގެން ވެސް

ދުރަށް ދައްކަމުން ދެއެވެ. އިންޑިޔާގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރ މައުލާނާ އަބުލްކަލާމް އާޒާދުގެ އާއިލާއަށް ނިސްބަތްވާ ޢާމިރުޚާންގެ މަސައްކަތުން ގައުމު ހޭލުންތެރި ކުރުމުގައި އިތުރު

ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސަލްާމން ާޚން ކެތުީރާނ ކައިފަށް އަނިާޔ ކުރިާބ؟

ބޭނުންވާތަކެތި

ކަޝްމީރު ބަކަރި ރިހަ ރަހަފަތް

1 ކިޯލ ބަކަރި މަސް1 ޯޖޑު ހިކި މޭބިސްކަދުރު

1 މޭޒުމަތީ ސަމުސާ އިނގުރު ޕޭސްޓު1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު

100 ގްރާމް ޯކޔާ ނުވަތަ ޗީޒް2 ޮފނިޮތށި ޮކޅު )2 އިންޗި ހުންނަ ވަރުގެ(

250 ގްރާމް ދަހީ )ޕްލެއިން ޯޔގަޓް(1 މޭޒުމަތީ ސަމުސާ ހަކުރު

250 މިލިލީޓަރުގެ ކިރު1 މޭޒުމަތީ ސަމުސާ މުގުރި ދިރި12 ކާފުރުޮތޅި )ޗަސްޮކށްފައި(

100 ގްރާމް ގިތެޮޔފެން

ޮލނުޮކޅެއް )ރަހަލާވަރު(

ތައްޔާރު ކުރާނެޮގތް

މަސްތައް ޮދވެ ސާފުޮކށް 2 އިންޗި ޮކޑިއަށް ޮކށާށެވެ. އިނގުރާއި، ދަވިއްގަނދާއި ޮފނިޮތށި އަޅައިގެން، މަސް މަޑުވަންދެން ފެނުގައި ކައްކާށެވެ.

ދަހީ އާއި ޯކޔާ ނުވަތަ ޗީޒް އަދި ހަކުރާއި ދިރި އާއި ކާފުރުޮތޅި އާއި ޮލނު އެއްޮކށް މިކްސަރުން ފުނޑައިލާށެވެ. މަޑުޮކށްފައި ހުރި މަސް ހުރި

ތެއްޔަށް މި އެއްޗެހި އަޅައި، މޭބިސްކަދުރާއި ކިރު އެޅުމަށް ފަހު މަޑު ގިނީގައި ކައްކާށެވެ. އިރުއިރުޮކޅާ ހަލައިލަން ވާނެއެވެ. 15 ވަރަކަށް މިނެޓު ކެއްކުމަށް ފަހު ގިތެޮޔ އަޅައި މަޑު ގިނީގައި، އިތުރު 10 މިނެޓު ވަންދެން

ކައްކާށެވެ.

ޗީފް އިންޖިނޭރަކު ބުންޏެވެ. "އިންޖީނު އުފައްދާ ކުންފުނިން އިންޖީނާއެކު ޮފނުވާ މެނުއަލްއާ ޚިލާފަށް ކަމެއް ޮކށްގެން ލިބޭ ގެއްލުމަކަށް އެ ކުންފުނިން ޒިންމާއެއް ނުވާނެއެވެ. ވީއިރު

އިންސާނާ އުފެއްދެވި ފަރާތުން ޮފނުއްވި މެނުއަލްއާ ޚިލާފުވާން ވެދާނެ ހެއްޔެވެ؟"

32

34

)ކުރީގެ އަދަދާ ގުޅޭ(

ޒައިދުގެ އަތުގެ ހޫނު އެތިފަހަރެއް އޭނާގެ ކަންފަތްމައްޗަށް އަރައިފި އެވެ. އިހުސާންގެ މޫނުމައްޗަށް އަނދިރިވެގެން ދިޔަ އެވެ. އޭނާއަށް ބޭއިޚުތިޔާރުގައި

ރަޝާޤާގެ އަތުން ދޫޮކށްލެވިއްޖެ އެވެ. ވީތަދެއްގެ ޮބޑުކަމުންނެވެ. ބިރުން ފިތްކެނޑޭވަރުވެފައި ހުރި ރަޝާޤާ އަވަސް އަވަހަށް އައިސް ޒައިދުގެ ގައިގައި

ޮއޅުލައިގަތެވެ.އެއް އަތުން މޫނުމަތީގައި އަތް އަޅައިގެން ހުރެ، އަނެއްކާވެސް

އިހުސާން މަސައްކަތްކުރީ ރަޝާޤާއާ ދިމާއަށް ފުންމައިގަންނާށެވެ. އެހެންނަމަވެސް މިފަހަރު އެފުރުޞަތެއް އިހުސާނަކަށް ޒައިދު ނުދިނެވެ. އިހުސާންގެ ޮބލުގެ އިސްތަށިގަނޑުގައި ހިފާ ވަރުހުރި ލަތްކެއް ޖަހައިފި އެވެ. އިހުސާން އެ

ހުރިތަނަށް އިނދަ ޖެހުނެވެ.“ހަނދާންކުރާތި! ދެން ރަޝާޤާގެ ގައިގައި އިނގިލިކުރި ޖައްސާލިޔަސް

ކަލޭގެ އެކި އަނގުން ވަކިވަކިޮކށްލާނަން!”ރަޝާޤާ ޮގވައިގެން ޒައިދު ކުރިއަށް ހިނގައިގަތެވެ. އެއިން ތަނުގައި ނުތެދުވެވިފައި އިހުސާން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އެއް ހިޔަނީގެ ސިފައިފައި ކުރިއަށް ދިޔަ ޒައިދާއި ރަޝާޤާއާ ދިމާއަށެވެ. އެހެން އިންދާ އޭނާގެ

ދެޮލލުން ފެނުނީ ކަރުނަ ޮއހިގަތްތަނެވެ.“އަދިވެސް އެކަމާ ޯދ ތި ފިކުރުކުރަނީ؟” އެދުވަހު މެންދުރުފަހަށް އެޅި އިރުވެސް ރަޝާޤާ ހަމައަކަށް ނޭޅެ އެވެ. އޭނާ ހަމަ ހިތް ބިރުގަންނަނީ އެވެ. މައްސަލައަކީ މަންމައާއި ބައްޕަ ރަށުގައި ނެތީމަ އެވެ. އިހުސާންގެ

އަނިޔާވެރިކަން މިހާރު އެވަނީ ހައްދުފަހަނަ އަޅާފަ އެވެ. އެވަރުން ދަންޏާ އޭނާ އައިސް ގެއަށް ވެސް ވަދެގެންފާނެ އެވެ. ޒައިދާވެސް ދިމާޮކށްފާނެ އެވެ.

“ހިނގާ ޮއފީހަށް އޭނަގެ ވާހަކަ އަންގަން.” “އެއީ ޮމޔަކަމެއް.”

“އެކަމަކު އެއަށްވުރެ ކުރިން އޭނަ ޒައިދުގެ މައްސަލަ ޖައްސައިފިއްޔާ ކިހިނެއް ހަދާނީ؟”

“މަގޭ ޮކން މައްސަލައެއް؟” “ޒައިދު އޭނަގެ ގައިގައި ޖެހީމެއްނު.” ރަޝާޤާ އެކަމާވެސް ކަންޮބޑުވެ

މުހައްމަދު ާގސިމް، އއ. މަތިވެރިވަކި ނުވިނަމަ

އެވެ.“އަހަރެން އެވަރު ބަލާފައޭ ޖެހީ. އޭނައަކަށް ނުދެއްކޭނެ ހެތްކެއް.”

ޒައިދު ހާހެއް ނުވެ އެވެ. “އެކަމާ ދެން ނުވިސްނާ!”ޖެހިގެން އައި ރެއެވެ. ދިޔަގަޑި ބައިވަނީ އެވެ. ޒައިދާއި ރަޝާޤާ ތިބީ ނިދަން ޮއޯށވެ އެވެ. ގިނަ އިރެއް ނުވެ އެވެ. މީހަކު ބޭރު ޮދރުގައި ޓަކި ޖަހާލި

އަޑު އިވިއްޖެ އެވެ. “ޮކންމެވެސް މީހަކު އެބަ ޓަކި ޖަހާ.”

“މިގަޑީ އަނެއްކާ ކާކުބާ؟” ޒައިދު ތެދުވި އެވެ. “ވެދާނެ އިހުސާން ކަމަށް ވެސް.” ރަޝާޤާގެ ހިތަށް ވެރިވީ އެންމެ

ނުބައިޮކށެވެ. އޭނާގެ މޭތެޅެންފެށި އެވެ. “އޭނައަކަށް ދެން ނުކެރޭނެ އަންނާކަށް.” ޒައިދު ހިނގައިގަތީ

ޮކޓަރިން ނިކުންނާށެވެ. ފަހަތުން ރަޝާޤާވެސް ނިކުތެވެ. ކުރިއަށް ހިނގައިގަތް ވަގުތު އަނެއްކާވެސް ޓަކި ޖަހާލި އަޑު އިވިއްޖެ އެވެ. މިފަހަރު ކުރިއަށް

ވުރެވެސް ބާރަށެވެ.“ކާކު؟” ޒައިދު ޮދރުކައިރީގައި ހުއްޓިފައި އަހައިލި އެވެ.

ޖަވާބެއް ނައެވެ. އަނެއްކާވެސް ޖަހާލައިފި އެވެ. ޒައިދުގެ ސުވާލު ތަކުރާރުކުރި އެވެ. ޖަވާބެއް ނައެވެ. ޒައިދު ގަސްދުކުރީ ޮދރު ހުޅުވަށެވެ.

“ނުހުޅުވާ!” ރަޝާޤާއަށް ބުނެވުނެވެ. ޒައިދަށް އެ އަޑު އިވުނުހެނެއް ހިއެއް ނުވެ އެވެ. އޭނާ ވަރަށް ހަމަޖެހިލައިގެން ހުރެ ޮދރު ހުޅުވި އެވެ.

ރަނގަަޅަށް ހުޅުވޭވަރެއް ނުވި އެވެ. މީހަކު އެތެރެއަށް ދެމިގެންފި އެވެ. ޒައިދާއި ރަޝާޤާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ރަނގަޅަށް ބަލައިލި އިރު އިހުސާނެވެ.

އިހުސާން ބަލާކަށް ނުހުރެ ވަންޮގތަށް ރަޝާޤާއާ ދިމާއަށް ދުއްވައިގަތެވެ. ޮމޔައަކު ފަދައިންނެވެ. ރަޝާޤާގެ ނަމުން ޮގވަމުންނެވެ.

“ރަޝާ! އަޅެ ހެޮޔނުވާނެ! އަހަންނަށް ތިހެން ނަހަދާ! ރަޝާއާހެދި އަހަރެން މިިހިރަ ޮމޔަވަނީ.”

އިހުސާން ގަޔާދިމާއަށް އަންނަން ފެށުމުން ރަޝާޤާއަށް ޮގސް ޒައިދުގެ ގައިގައި ހިފެހެއްޓުނެވެ. އެހެންނަމަވެސް މިކަމަކަށް އިހުސާނެއް ނުވިސްނަ އެވެ. އޭނާ ޮގސް ރަޝާޤާގެ ގައިގައި ޮއޅުލައިގެންފި އެވެ. މިހާހިސާބަށް ދިޔައިރުވެސް

ޒައިދު ހަމަ އަޅައިވެސް ނުލައެވެ. )ނުނިމޭ(