sun magazine issue 8

ރ20 :ުގަ އ2010 ުރަބޫޓްކ އ20 ،8 :ުރަބްމަ ންނުހެކިނު ކ ސ ޔި ސުނޫ މަނަވެ ދެގީޕީޑްމެ: އުބާހިތްނި އެގުކަތާރިއާ ދ

Upload: sun

Post on 14-Mar-2016

271 views

Category:

Documents


4 download

DESCRIPTION

Sun Magazine

TRANSCRIPT

Page 1: Sun Magazine Issue 8

2ރ0 ގު: އަ2010ރު ޓޫބަޮއކް 20 ،8 :ބަރުނަމް

ސިާޔީސ ކުނިކެހުން

ދާއިރާތަކުގެ އިންތިހާބު: އެމްޑީޕީގެ ދެވަނަ މޫނު

Page 2: Sun Magazine Issue 8
Page 3: Sun Magazine Issue 8

އެޑިޓަރުގެ ނޯޓްއެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

މުހައްމަދު ޝަހީބުއަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމް

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފު

ހަވާސް: މުހައްމަދު ޝަހީބުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 8 20 ޮއކްޓޫބަރު 2010

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ އަށް ވަނަ ޢަދަދަށް ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. "ސަން"ގެ ހަތް ވަނަ ޢަދަދަށް

ކިޔުންތެރިން ދެއްވި ހޫނު ތަރުހީބަށް ޝުކުރު އަދާ ކުރަމެވެ. ހަތް ވަނަ ޢަދަދު ނުކުތީ މުޅި މަޖައްލާ އެއްޮކށް ކުލަޮކށް ކަމަށް ވުމުން އެއީ

ކިޔުންތެރިން ވަރަށް އުފަލާ އެކު ބަލައިގަތް ކަމެކެވެ. ކުލަޮކށް ނުކުތުމުން މަޖައްލާގެ ލިޔުންތަކާއި ޮފޯޓތަކުގެ ދިރުން ޮބޑުކަން ކިޔުންތެރިން ފާހަގަ

ޮކށްފައިވެ އެވެ. މީގެ އިތުރުން ރަނގަޅު ޮކށްލަން ފެންނަ ކަންތައްތަކުގެ ޮގތުގައި ދީފައިވާ ޚިޔާލުތައް އުފަލާއެކު ބަލައިގަންނަމެވެ. ކިޔުންތެރިން ބޭނުންވާ ޮގތަށް އެ ޚިޔާލު ތަކާ އެއްޮގތަށް ތިޔަ ބޭފުޅުންގެ "ސަން" ގެނެސްދެވޭޯތ އަބަދުވެސް

މި އަންނަނީ މަސައްކަތް ކުރަމުންނެވެ. ކިޔުންތެރިކަމުގެ އާދަ ތިމާގެ ފުށުގައި އަށަގަންނުވަން މަސައްކަތް

ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކި ކަހަލަ ލިޔުންތައް ވީހާ ވެސް ގިނައިން ކިޔުމަކީ ބޭނުންތެރި ކަމެކެވެ. ތިމާގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރުމަށްޓަކަ އެވެ. އެކަމަކު ކިޔުންތެރިން އަބަދުވެސް ވިސްނާން ޖެހޭ ހަގީގަތަކީ

ކިޔާން ލިބޭ ޮކންމެ އެއްޗެއް ގަބޫލު ނުކުރުމެވެ. ގިނަ އެއްޗެތި ކިޔުމަކީ މަޢުލޫމާތު މުއްސަނދި ވާނޭ ކަމެކެވެ. އެކަމަކު ކިޔާހާ އެއްޗެއް ގަބޫލު ކުރުމަކީ އޭގެން ނުރަނގަޅު ނަތީޖާ ނުކުންނާނޭ ކަމެކެވެ. އެހެން ކަމުން އެއްޗެއް ކިޔައި އެ އެއްޗެއް ގަބޫލު ޮކށް އެއަށް ޢަމަލު ކުރުމުގެ ކުރީން ތިމާގެ ވިސްނުމާއި ފިކުރުގެ ބޭނުން ކުރުމަކީ ބޭނުންތެރި ކަމެކެވެ. ހަގީގަތް ދެނެގަތުމުގައި ތިމާ

އިތުބާރު ކުރާ ލިޔުންތެރިންނާއި އިތުބާރު ކުރާ މީޑިއާގެ ވަސީލަތްތައް އިޚުތިޔާރު ކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެހެން ނުވެއްޖެ ނަމަ މުޖުތަމަޢުގައި

ފިތުނަ ފަސާދަ އުފެދި ބައިބައިވުން ޮއންނާނީ ވަރަށް ގާތުގަ އެވެ. އެކި ކަހަލަ ސިޔާސީ ފިކުރުތައް ޕްޮރޯމޓު ކުރުމަށް ލިޔެވޭ އަމިއްލަ އެދުމުގެ ލިޔުން ތަކާއި ދީނީ ބައިބައިވުންތަކަށް ފުރުސަތު ހުޅުވޭ ޮގތަށް ހުންނަ ލިޔުން ތަކަށް

ކިޔުންތެރިން ހޭލުންތެރިވެ ތިބުމުގެ މުހިންމުކަން ވަރަށް ޮބޑެވެ.މި ފަހަރުގެ ޢަދަދުގެ ކަވަރު ސްޯޓރީ އަކީ ފަރެސް މުހައްމަދު އާމިރު

ލިޔުއްވާފައިވާ "ސިޔާސީ ކުނިކެހުން" އެވެ. މީގެ އިތުރުން ފުއާދު ގާސިމް ލިޔުއްވާފައިވާ "ދާއިރާ ތަކުގެ އިންތިޚާބުން ފެނުނު އެމްޑީޕީގެ ދެވަނަ މޫނު" އަދި ޢަލީ ޚާލިދު ލިޔުއްވާފައިވާ "5=2+2" އަކީ ވެސް ކިޔާލުން މުހިންމު ލިޔުމެކެވެ. މީގެ އިތުރުން ވެސް ޝައުގުވެރި ގިނަ ލިޔުންތަކެއް އެތެރޭގައި

ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ!

Page 4: Sun Magazine Issue 8
Page 5: Sun Magazine Issue 8

5

ހަކުރު ބަލިން ލޯ ސަާލމަތް ކުރުން ހަކުރު ބައްޔަކީ ރާއްޖޭއިން ވެސް ވަރަށް ގިނައިން ފެންނަ ބައްޔެކެވެ.

މީގެތެރެއިން އަދި އެ ބަލީގެ މީހުން މަދުނޫން ކަން ފާހަގަ ކުރެވެއެވެ. ގިނަމީހުންނަކީ ޮޑކްޓަރުންގެ އިރުޝާދުގެ މަތީން ހަކުރު މައްޗަށް ދިޔަނުދީ އެއް

މިންގަނޑެއްގައި ހިފަހައްޓަވާ މީހުން ކަމުގައިވިޔަސް ބައްޔާ ދޭތެރޭ ފަރުވާކުޑަކުރާ މީހުން ވަކި މަދެއްނޫނެވެ. ހަކުރު ބަލިޖެހި އޭގެ ސަބަބުން ޮލލަށް ގެއްލުމެއް ލިބޭނީ ބަލިޖެހޭ މީހުންގެ ތެރެއިން 30 ޕަސެންޓް މީހުންނަށެވެ. އަދި މުޅިން ޯލ އަނދިރިވާނީ ގާތްގަޑަކަށް ފަސް ޕަސެންޓް މީހުންގެއެވެ. ހަކުރުބަލި ހުރެ

ހަށިގަނޑަށް އެހެން އިތުރު ބައެއް ބަލިބަލި ޖެހިއްޖެ ހިނދެއްގައި ހަކުރު ބަލީގެ އަސަރު ޮލލަށް އަވަހަށް ކުރާތަން ފެނެއެވެ. މީގެ ތެރޭގައި ލޭމައްޗަށް ދިއުން، ކިޑުނީގެ ބަލިތައް، ލޭމަދުވުން އަދި ފަލަބަލި ޖެހުން ހިމެނެއެވެ. މީގެ އިތުރުން ސިގިރޭޓް ގިނައިން ޯބ މީހުންނަށް ހަކުރުބަލި ޖެހުމުން ޮލލަށް ބަލީގެ އަސަރު

ކުރާލެއް އަވަސް ވާނެއެވެ. ހަކުރުގެ އަސަރު ޮލލަށް ކުރަން މެދުވެރިވާ މައިގަނޑު ސަބަބަކީ ޮލލަށް ލޭޮފނުވާ މެދުމިނުގެ ލޭޮހޅިތަކަށް ހަކުރުގެ އަސަރުޮކށް ބެދޭ ޮގތް ވުމެވެ. މިހެން ވެއްޖެނަމަ ޮލލުގެ ވަރަށް ގިނަހިސާބަކަށް މީގެ ނުބައި

އަސަރުޮކށް ޮބޑެތި ގެއްލުންތަކެއް ވެދާނެއެވެ. ހުދުކަޅިއަށް ލިބޭ ގެއްލުން ތަކުގެ ތެރޭގައި ހުދުކަޅީގައި ކުދިކުދި ލޭނާރު ހުންނަންވާ ވަރަށް ވުރެމަދުވެ ލޭނާރުގެ

ޕުރެޝަރު މަތިވުން ހިމެނެއެވެ. ކަޅުކަޅި އަށް ލިބޭ ގެއްލުންތަކުގެ ތެރޭގައި ކަޅުކަޅި ފަސޭހައިން މަށައިގެންދިއުން، ހިއްސު ހުންނަންވާވަރަށް ނެތުން، ސާފުކަމަށް ބަދަލު އައުން، ކަޅުކަޅި ޯބވުން އަދި ކަޅުކަޅީގައި ފަސޭހައިން ޖަރާސީމު

އަށަގަތުން ހިމެނެއެވެ. ޮލލުގެ ލެންސަށް މިކަމުން ކުރާ އަސަރު ވަކި ކުޑައެކޭ ނުދެންނެވޭނެއެވެ. މީގެތެރޭގައި ލެންސަށް ހަކުރުވަދެނުކުމެ، ވަގުތީޮގތުން ލެންސު ޯބވެ ތުނިވުމުގެ އިތުރުން ދާއިމީ ފުސްގަނޑެއް އެރުން ހިމެނެއެވެ. ބައެއްފަހަރު މުޅި ލެންސު ފުސްނުވެ ތަންތަންޮކޅަށް ފުސްއަރާތަން ވެސް ފެނެއެވެ. އަދި

ކަޅުކަޅީގެ ބިއްޮދށުގައިވާ "އައިރިސް" ގައި އިތުރު ކުދި ލޭޮހޅިތަކެއް އުފެދި ޮލލުގެ ޕުރެޝަރު މައްޗަށް ހިނގައިދާނެއެވެ. ޮލލުގެ ފެނުމަށް އެންމެ ޮބޑުބަދަލެއް އަންނާނީ

"ރެޓީނާ" އޭ މިކިޔާ ޮލލުގެ އެންމެ ބިއްޮދށުގައި ހުންނަ ފަށަލައަށް ހަކުރުގެ އަސަރުކުރުމުންނެވެ. މިތަނުގެ ބައެއްލޭޮހޅިތައް ބެދޭޮގތްވެ ރެޓިނާގައި ލޭ ދައުރުވާ

ވަރު މަދުވެދާނެއެވެ. މިހެންވުމުން ޮލލުގައި ހުންނަން ނުވާކަހަލަ އިތުރުލޭ ޮހޅިތަކެއް އުފެދި ވަރަށް ބާރަށް ފެތުރޭޮގތްވެއެވެ.

މިހާ ހިސާބަށް ދިއުމުން އެމީހެއްގެ ޮލލުގެ ފެނުމަށް ދާއިމީ ބަދަލުތަކެއް އައިސް ޯލވަރަށް ޮބޑަށް އަނދިރިވެދާނެއެވެ. މީގެއިތުރުން ޮލލުގެ ޕުރެޝަރު މަތިވެ ނާރު ހަލާކުވުމަކީ ހަކުރު މައްޗަށް ޮގސް ފަރުވާ ނުކުރެވި ބެލެންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ނާރު ހަލާކުވުމުން

ޯލއަނދިރި މީހަކަށް ބަދަލުވެދާނެއެވެ. ހަކުރުބަލީގެ އަސަރު ޮކށް މިވަރުގެ ބަދަލެއް އަތުވެއްޖެނަމަ އެއްވެސް ފަރުވާ އަކުން އޭނާ އަށް ފެންނަވަރު އިތުރުކުރުމަކީ

އެހާފަސޭހައިން ކުރެވޭވަރުގެ ކަމެއްނޫނެވެ. ފަރުވާ ދެވޭނީ އެވަގުތަކުހުރި ވަރަށްވުރެ އިތުރަށް ނުބައިވެގެން ދިޔަނުދިނުމަށެވެ. ފާހަގަ ކުރަން ޖެހޭ މުހިންމު އަނެއްކަމަކީ

މިކަމުގެ ފަރުވާއަކީ މިވަގުތު ރާއްޖެއިން ލިބެންނެތް ކަމަކަށް ވުމާއި އެކު ރާއްޖެއިން ބޭރުން މިކަންކުރުމަށް ޮބޑު ޚަރަދެއް ކުރަންޖެހޭކަމެވެ. ހަކުރުބަލީގައި ޮލލަށް ލިބޭ ގެއްލުންތައް އިތުރުވެގެން ދިޔަނުދިނުމަށް އެންމެ ގިނައިން ދެވެނީ ލޭޒަރުގެ ފަރުވާ އެވެ. ލޭޒަރު ދިނުމުގެ ކުރީގައި ކަޅުކަޅީގެ މެދުން އަލި ވަންނަވަރު އިތުރުކުރުމަށް ބޭހެއް އެޅުމަށްފަހު ޯލ އައްސި ޮކށް ރެޓީނާގެ މަދުވެގެން ދެހާހެއްހާ ހިސާބަށް

ލޭޒަރުގެ އަލިޮފނުވާލެވޭނެއެވެ. ބައެއް މީހުންނަށް އެވަގުތު ކުޑައުނދަގުލެއް

ވުމަކީ އެކަށީގެންވާ ކަމެކެވެ، މިހެން ހެދުމުން ޮލލުގައި ހުންނަން ނުވާ އިތުރު ލޭޮހޅިތައް އުފެދުން ހުއްޓުވާލެވޭނެއެވެ. ނަމަވެސް ފެންނަވަރު

އިތުރުޮކށެއް ނުދެވޭނެއެވެ. އަދި މިފަދަ މީހުންނަށް އެޮލލުން އެންމެފުރިހަމަ ޮކށް ނުފެނިވެސް ހިނގައިދާނެއެވެ. މިސާލަކަށް ކުލަކުލައިގަ ހުންނަންވީ

ސާފުކަން ނެތި ހިނގައިދާނެއެވެ. ފަރުވާ ލިބޭމީހުންނަށް ދެއަރިމަތީން ފެންނަވަރު ކުޑަވުމަކީ ވެސް ވެދާނެކަމެކެވެ. މިޒަމާނުގައި ހަކުރުބަލީގެ ފަރުވާއެއްގެ ޮގތުން ޮލލުތެރެއަށް ޚާއްސަ ވައްތަރެއްގެ އިންޖެކްޝަނެއް ޖަހައެވެ. މިއިންޖެކްޝަންގެ ބޭނުމަކީވެސް ހުންނަން ނުވާ ލޭޮހޅިތައް އުފެދުނަ ނުދިނުމެވެ. މިއީ ވަރަށް

ރަނގަޅު ފަރުވާއެއްކަމުގައި ވިޔަސް މިއީ ހުރިހާ މީހުންގެ އަތްޯފރާ ފަށުގައި ޮއތް ފަރުވާ އެކޭ ދެންނެވޭކަށް ނެތެވެ. ސަބަބަކީ ފަރުވާޮކށް ނިމޭއިރު ބައެއް ފަހަރު

އިންޑިއާގެ ލައްކައެއްހާ ރުޕީސް ނުވަތަ އެއަށް ވުރެގިނައިން ޚަރަދު ވާތަން ފެންނާތީ އެވެ. ކެއިންބުއިމުގެ

މިންގަނޑުތަކަށް ފަރުވާބަހައްޓައި،

ޮކންމެވެސްވަރެއްގެ ކަސްރަތެއްޮކށް،

ކަމަށް ބޭނުންކުރާ ބޭސްބޭނުން ކުރުމުގައި ފަރުވާ ބަހައްޓަންޖެހެ އެވެ. އަދި އެމީހަކު

ގަވައިދުން އެތެރެހަށީގެ ޮޑކްޓަރުން އަދި

ޮލލުގެ ޮޑކްޓަރުންނަށް ދައްކަން ޖެހެއެވެ.

ހަކުރު ހުންނަވަރު ބެލުމަށް ޮހސްޕިޓަލަށް ދާން އުދަގޫ މީހުންނަށް ގޭގައި މިކަމަށް ބޭނުންކުރާ ކުޑަމެޝިން ބޭނުން ކުރަން ދަސްކުރުމަކީ ވަރަށް ފައިދާ

ހުރި ކަމެކެވެ. މިހުރިހާކަމަކަށް ވިސްނާ އިރު އެންމެ ރަނގަޅު ޮގތަކީ ހަކުރުގެ ގެއްލުންދެނިވި އަސަރުތަކުން ސަލާމަތް ވުމަށް ކުރެވެންހުރި ހުރިހާކަމެއްކުރުމެވެ. ގިނަފަހަރަށް ހަކުރުބަލީގެ ޝިކާރައަކަށް ވަނީ ހަމަ އަޅުގަނޑުމެންގެ އަމަލުތައް ހުންނަޮގތުންނެވެ. ބޭހަށް ފަރުވާ ކުޑަކުރެވި، އެންމެ ކުޑަމިނުން ހަކުރު ހުރިވަރު

ބަލާނުލައި ގިނަ ދުވަސްތަކެއް ވޭތުވެ، އެމީހަކު ބޭނުންހާ އެއްޗެއް ބޭނުން ވަގުތަކު ބޭނުންވަރަކަށް ކެވޭތަން އަންނާތީ އެވެ. މިހެން ހެދުމުން ނަތީޖާވަރަށް

ހިތިވެ ނުހަނު ޅައުމުރެއްގައި އެމީހެއްގެ ޯލ އަނދިރިވެ، ނުކުޅުދޭ މީހަކަށް ބަދަލު ވެދާނެކަން ހަދާން ކުރަމާ ހިންގަވާށެވެ. މިހެން މިދެންނެވީ ޯލ އަނދިރި ހިތްދަތި

ދުނިޔެ އެއްގައި ވަގުތު ހޭދަކުރުމަކީ އެއްވެސް އުމުރެއްގެ އެއްވެސްމީހަކު ބޭނުންވާނޭ ކަމަކަށް ނުވާތީ އެވެ. އަދި މިހިސާބަށް ދިއުމުންމިކަމަށް

އިތުރުފަރުވާއެއް ލިބެން ނެތްކަން އެނގުމަކީ އެމީހެއްގެ ހިތާމަ އެތައް ގުނައަކަށް ޮބޑުވެގެންދާނެ ކަމެކެވެ.

To commentSUN (comment) and send to 2747

ޑރ. ޖުނައިދުގެ އިރުާޝދު

Page 6: Sun Magazine Issue 8

www

މިޢުާމރް ސިާނން ާއާޣއިންސާނުންގެ ތެރޭގައި އުފެދި ތަރައްޤީވެފައިވާ އެންމެ މުހިއްމު އަދި އެންމެ ފައިދާހުރި އެއް ފައްނަކީ ޢިމާރާތްކުރުމުގެ ފައްނެވެ. އިސްލާމީ

އުއްމަތުގެ ރަން ޒަމާނުގައި މުސްލިމުންގެ ފަންނުވެރީން އެންމެ ޮބޑަށް ތަރައްޤީކުރި އެއް ފައްނަކީވެސް ޢިމާރާތްކުރުމުގެ ފައްނެވެ. ޢައްބާސީ

ބަޣުދާދުން ފެށިގެން ޢުޘްމާނީ އިސްތަންޯބލާ ހަމަޔަށް، އިސްލާމީ އުއްމަތުގެ ޮބޑެތި ޝަހަރުތަކުގައި އެއް ޒަމާނެއްގައި ކުރެވުނު ޢިމާރާތްތަކަކީ ދުނިޔޭގެ ތާރީޚުގައިވެސް ފާހަގަޮކށްލެވޭފަދަ ފުރިހަމަ ޢިމާރާތްތަކެކެވެ. މިސާލެއްގެ

ޮގތުން މުސްލިމް ސްޕޭނުގެ ވެރިރަށް ޤުރުޠުބާގައި ޢިމާރާތްކުރެވުނު މަދީނަތުއް ޒަހްރާ ނަގަން ޖެހެއެވެ.

ޢިމާރާތްކުރުމުގެ ފައްނުގައި މުސްލިމުންގެ މަސައްކަތުގެ ވާހަކަ ދައްކާއިރު އެ ބޭފުޅެއްގެ ނަންފުޅު ޮކންމެހެންވެސް ޒިކުރުކުރަން ޖެހޭ އެއް ބޭފުޅަކީ މަޝްހޫރު މިއުމާރު ނުވަތަ އާރކިޓެކްޓް ޚުވާޖާ ސިނާން

އާޣާ އެވެ. ޢީސާއީ މީލާދުގެ 1490 އިން ފެށިގެން 1588 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގައި އުޅުއްވި ސިނާނަކީ ޢުޘްމާނީ ތުރުކީގެ ފަޚުރުވެރިކަމުގެ ތާޖުގެ އެއްމެ އަލިގަދަ އެއް ޖަވާހިރެވެ. ފައްސަތޭކަ އަހަރަށްފަހު މިހާރުވެސް

އަލްއުސްތާޛު އަޙުމަދު މާޖިދު

ވޯރ އެންޑް ީޕސްފޮތުގެ ދުނިޔެއިންލިޯއ ޮޓލްސްޯޓއި އަކީ ރޫސީ ބަހުގެ އެންމެ އަރައިހުންނެވި އެއް އަދީބެވެ. ދުނިޔޭގެ އަދަބިއްޔާތުގެ މާހިރުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން

ޤަބޫލުފުޅުކުރައްވާޮގތުގައި އޭނާއަކީ މި ޒަމާނުގެ ދުނިޔެ ދެކެފައިވާ އެންމެ ޮމޅު ނާވިލު ލިޔުންތެރިޔާއެވެ. އޭނާގެ މަޝްހޫރު އެތައް ނާވިލުތަކެއްގެ ތެރެއިން "ޯވރ އެންޑް ޕީސް" ގެ ނަމުގައި އިނގިރޭސި ބަހަށް ތަރުޖަމާކުރެވިފައިވާ

ނާވިލަކީ ވަރަށް ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މި ޒަމާނުގެ އަދަބީ މަސްރަޙަށް ނެރެވިފައިވާ އެންމެ ޮމޅު ނާވިލެވެ.

ޮޓލްސްޯޓއި "ޯވރ އެންޑް ޕީސް" ލިޔުއްވީ 1860 ގެ އަހަރުތަކުގެ ތެރޭގައެވެ. ނާވިލުގެ ފަސްމަންޒަރަކީ 1800 އިގެ އަހަރުތަކުގެ ކުރީޮކޅެވެ. މަޝްހޫރު ނަޯޕލިއަންގެ ހަނގުރާމަތަކުގެ ސަބަބުން މުޅި ޔޫރަޕުގެ މާޙައުލު ބަނަވެފައިޮއތް ދުވަސްވަރެވެ. "ޯވރ އެންޑް ޕީސް" ފެށެނީ ނަޯޕލިއަންގެ

ލަޝްކަރު ޔޫރަޕުގެ ޮބޑު ބައެއް ފަތަޙަކުރުމަށްފަހު ރަޝިޔާއަށް ޙަމަލަދެއްވުމުގެ އަހަރުތަކެއް ކުރީންނެވެ. ވާހަކައިގެ މައިގަނޑު ބިނާވެފައިވަނީ ތަފާތު އެތައް ބައެއްގެ ދިރިއުޅުން ހަނގުރާމައިގެ ތެރޭގައި ބަދަލުވެގެންދާ ޮގތުގެ މައްޗަށެވެ.

ޝައުގުވެރިކުރުވަނިވި ހާދިސާތަކުން ފުރިގެންވާ މި ނާވިލަކީ އިންސާނީ ޠަބީޢަތާއި ނަފްސާނިއްޔަތުގެ ތެރެއަށް ޮޓލްސްޯޓއިގެ ތޫނު ވިސްނުންފުޅު

ދަތުރުޮކށްފައިވާލެއް ޮބޑުކަން ދައްކައިދޭ އަލި ގަދަ ހެއްކެކެވެ. ޮޓލްސްޯޓއިއަކީ ދުނިޔޭގެ އެންމެ ޮމޅު ނާވިލު ލިޔުންތެރިޔާ ކަމުގައި، އަދި "ޯވރ އެންޑް ޕީސް" އަކީ މި ޒަމާނުގައި ލިޔެވިފައިވާ އެންމެ ޮމޅު ނާވިލު ކަމުގައި

އަދަބީ ދުނިޔޭގެ އެތައް ބަޔަކު ބުނެއުޅެނީ ސަބަބެއް ނެތި ނޫންކަން މި ޮފތް ވިދާޅުވެލެއްވުމުން ޔަޤީންކުރެއްވޭނެއެވެ.

ސިނާންގެ ޢިމާރާތްތައް ފާހަގަކުރެވެނީ ބިނާކުރުމުގެ ފައްނުގެ ލާމަސީލު މުތީތަކެއްގެ ޮގތުގައެވެ. އޭނާގެ ޢިމާރާތްތަކަކީ ހަމައެކަނި ފައްނީ ރިވެތިކަމާއި ފުރިހަމަކަމުގެ މިސާލުތަކެއް ނޫނެވެ. ދިގު މުއްދަތަކަށް ހަލާކުނުވެ ހުންނާނޭ

ޮގތަށް، މޫސުމީ ބަދަލުތަކާ ގުޅިގެން ޢިމާރާތް ބޭނުންކުރުމަށް އުނދަގޫ ނުވާނޭ ޮގތަށް، އަދި ޤުދުރަތީ މުޞީބާތްތަކުގެ ސަބަބުން ލިބޭ ގެއްލުންތައްވެސް ވީހައި ކުޑަވާނޭ ޮގތަށް ޢިމާރާތްތައް ފަރުމާކުރުމުގައި އޭނާ ދައްކަވާފައިވާ

ހުނަރުވެރިކަމަކީ ޢަޖާއިބެއްފަދަ ހުނަރުވެރިކަމެކެވެ. ޢުޘްމާނީ ޚަލީފާއިންގެ ތެރެއިން ސުލައިމާން އެއްވަނަ، ސާލިމް ދެވަނަ، އަދި މުރާދު ތިންވަނައިގެ ވެރިކަމުގައި ޚިލާފަތުގެ ދަރުބާރުގެ އިސް

މިއުމާރެއްގެ ޮގތުގައި ސިނާންގެ ޚިދުމަތް ވަނީ ޢުޘްމާނީ ދައުލަތަށް ލިބިފައެވެ. މި ދެންނެވި ތިން ޚަލީފާއިންގެ ދައުރުގައި، ފަންސާހަކަށް އަހަރުގެ މުއްދަތުގެ

ތެރޭގައި، އޭނާ ތިން ސަތޭކަ ފަންސާހަށް ވުރެ ގިނަ ތަފާތު ބިނާތައް ފަރުމާކުރައްވައި، އިސް މިއުމާރެއްގެ ހައިސިއްޔަތުން އެ ތަންތަން ބިނާކުރުމުގެ

މަޝްރޫޢު ހިންގެވިއެވެ. ސިނާންގެ ފައްނީ ޙަޔާތްޕުޅު ފެއްޓެވީ ޢުޘްމާނީ ދައުލަތުގެ

އަދަބާއި ފަންނު

6

Page 7: Sun Magazine Issue 8

7

To commentSUN (comment) and send to 2747

www

ބުނެވޭޮގތުގައި ބަހުލޫލުލް މަޖުނޫނަކީ ޚަލީފާ ހާރޫނުއް ރަޝީދުގެ އަރިސް ބޭފުޅެއްގެ ޮގތުގައި އުޅުނު މީހެކެވެ. އޭނާއާއި އަދިވެސް ދަރުބާރުގެ

ޮބޑުންގެ ތެރެއިން ބަޔަކު ދެކެ ޚަލީފާ ޯކފާވުމުން އެ އެންމެން އެކީގައި ދިޔައީ ބަޣްދާދުގެ ދީނީ ޢިލްމުވެރިއެއްގެ އަރިއަހަށެވެ. ދެން ހަދަންވީ ޮގތަކާމެދު މަޝްވަރާ ޯހދުމަށްޓަކައެވެ. ޢިލްމުވެރިޔާއާ ބައްދަލުޮކށް ވެގެން އުޅޭޮގތް ހާމަޮކށްދެންނެވުމުން

އެ ބޭކަލަކު ދެއްވި ޖަވާބަކީ "ޖީމް" މިއެވެ. ޢިލްމުވެރިޔާގެ ޖަވާބުގެ ސަބަބުން ބަހުލޫލާއި އޭނާގެ އެކުވެރީންނަށް

ފުރަތަމަ ލިބުނީ ޙައިރާންކަމެވެ. "ޖީމް" އަކީ މާނައެއް ޮއންނަ ބަހަކަށް ނުވާތީއެވެ. ނަމަވެސް ދެން އެމީހުން ވިސްނީ ޢިލްމުވެރިޔާގެ ޖަވާބަކީ

ބުއްދިވެރީންނަށްޓަކައި ކުރެއްވި އިޝާރާތެއް ކަމުގައެވެ. އެހެންވެ، ޮކންމެ މީހަކުވެސް އެމީހަކަށް "ޖީމް" މާނަކުރެވުނު ޮގތަކަށް މާނަކުރިއެވެ. އެކަކަށް ވިސްނުނީ އޭގެ މާނައަކީ "ޖައްލަ ވަޠަން" ނުވަތަ "ރަށުން ބޭރަށް ދާށޭ"

ކަމުގައެވެ. އެހެންވެ އޭނާ ޮފށިވަށި ބަނދެގެން ޝަހަރުން ބޭރުވެގެން ދިޔައީއެވެ. އަނެކަކަށް ވިސްނުނީ އޭގެ މާނައަކީ "ޖަބަލު" ނުވަތަ ފަރުބަދަ ކަމުގައެވެ.

އޭނާ ދަރުވޭޝީއަކަށް ވެގެން ފަރުބަދަތަކުގެ ޮހހަޅުތަކުގައި ދިރިއުޅުން އިޚުތިޔާރު ކުރީއެވެ. ބަހުލޫލަށް "ޖީމް" މާނަކުރެވުނީ "ޖުނޫން" ޮގތުގައެވެ. އެހެންވެ އޭނާ މަޖުނޫނަކަށް ވީއެވެ. ޮމޔައެއް ފަދައިން ފަދައިން އުޅެން ފެށީއެވެ. ދެން އޭނާ

މަޝްހޫރުވެގެން ދިޔައީ ބަހްލޫލުލް މަޖުނޫންގެ ނަމުންނެވެ.މަޖުނޫނަކަށް ވުމަށްފަހު ބަހުލޫލު ކައިއުޅޭކަމަށް ވަނީ ހިކި ޮރށްޓާއި ހިކި ކަދުރު ފަދަ ދެރަ ތަކެއްޗެވެ. ލައިއުޅޭކަމަށް ވަނީ ބާވެ ހަސްފަސްނެތެން

ކައިރިވެފައި ޮއންނަ ހެދުންގަނޑެކެވެ. ދަތުރުޮކށްއުޅޭކަމަށް ވަނީ މަށަން ދައްޗެއްގެ ދެފަރާތަށް ދެފައި ބާލައިގެން އޭގެ ދަނޑީގައި ހިފައިގެން ދުވަމުންނެވެ.

ބަހުލޫލާ ބެހޭޮގތުން ކިޔިފައިވާ ވާހަކަތަކަކީ ހެއްވާލާ ޒާތުގެ، އަދި ޙިކުމަތުގެ ފިލާވަޅުތަކެއް ކަމުގައި ހިމެނޭ ވާހަކަތަކެކެވެ. އޭގެތެރެއިން އެއް ވާހަކައަކީ

އޭނާ ޖަމްރާއަށް ހިލައުކި ވާހަކައެވެ. މި ވާހަކަ ފަޟީލަތުއް ޝައިޚުލް މަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ "ކުދި އަށާވީސް ވާހަކަ" މިޮފތުގައި ހިމަނުއްވާފައި ވެއެވެ. ޚަލީފާ ހާރޫނުއްރަޝީދު އެއްފަހަރަކު ޙައްޖުން އެނބުރިވަޑައިގަތްއިރު

އިންނެވީ އެތެއްގެ މަތީގައި ބެހެއްޓިފައިވާ ގުއްބެއްގެ ތެރޭގައި ޮފރުވިވަޑައިގެންނެވެ. އެމަނިކުފާނުގެ އިސްތިޤުބާލުގައި ބަޣުދާދުގެ ރަށްބޭރަށާއި ޮބޑެތި މަގުތަކަށް

މީސްތަކުން އެއްވެފައި ޮއތެވެ. ޚަލީފާގެ ގާފިލާ ބަޣުދާދުގެ ޮދޯރށްޓާ ހިސާބަށް އައިތަނާ، ބަހުލޫލު މަށަން ދައްޗެއްގެ މަތީން ދެ ފަރާތަށް ދެ ފައި ބައިލައިގެން އަސް ދުއްވާހެން ދުވަމުން އައިސް މި އެތާ އަރައިހަމަވެފައި، އަޑުގެ ޮކޅަށް 'ބިސްމިهللا هللا އަކުބަރު' މިހެން ޮގވާލާފައި، ހިލައެއް އެއްލައި ޖެހިޖެހީނުން

ޚަލީފާގެ ގުއްބުގެ ބިއްލޫރި ޮދރުޮކޅެއް މުގުރާލައިފިއެވެ. އެތާނގައި ތިބި މީސްތަކުން ބަލަގަ ބަލަގަޔޭ ކިޔައި ހަޅޭލަވައިގަތީމާ ބަހުލޫލު ޮގވައިލިއެވެ.

"ހަޅެއިނުލާށެވެ! އަހަރެމެނަށްވެސް ދެވުނު ހިސާބަކުން ފެނުނު ޖަމްރާއަކަށް ވާނީ ހިލައުކާށެވެ." ދެން މީސްތަކުން އޭނާ ހިފައި ހައްޔަރުކުރަން ދިމާޮކށްލައިފިއެވެ.

އެހިނދު ޚަލީފާ އެތްމަތީން ފައިބައިވަޑައިގެން އަހެއްގެ މައްޗަށް ސަވާރުވެވަޑައިގެން ހަރުއަޑުފުޅުން ވިދާޅުބަސްފުޅު އިއްވެވިއެވެ. "މީސްތަކުންނޭވެ! އޭނާ ދޫޮކށްލާށެވެ!

އޭނާ އަހުރެންނަށް ހަނދާންޮކށް ހެއިއަރުވައި އެދިނީ ވަރަށް ޮބޑު ކަމެއްގެ މައްޗަށެވެ. ތެދެކެވެ! ދެކޭން ބޭނުންވެގެން ތިބޭ ޯލތަކަށް ނުފެންނާން ޮފރުވިގެން

ޮއންނަ ޮކންމެ މީހަކީ ޝައިޠާނެކެވެ."

ޔާންސަރީންގެ ލަޝްކަރުގައި އުޅުއްވި އިރުއެވެ. އެންމެ ފުރަތަމަ ފަރުމާކުރެއްވީ ލަޝްކަރަށް ބޭނުންވާނޭ އެކި ކަހަލަ ހިސާރީ ހަތިޔާރެވެ. ފަހުން މަގުތަކާއި ފާލަންތަކާއި ހަސްފަތާލުތަކާއި މިސްކިތްތަކާއި މަދަރުސާތަކާއި ޮކލެޖުތަކާއި އަދި އެނޫނަސް މަދަނީ އެތައް ބާވަތެއްގެ ޢިމާރާތްތަކެއް ފަރުމާކުރައްވައި

ބިނާކުރައްވާފައި ވެއެވެ. ސިނާން ފަރުމާކުރެއްވި ޢިމާރާތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ޢިމާރާތަކީ އިސްތަންޯބލުގައި ހުންނަ މަސްޖިދު ސުލައިމާނެވެ. ނަމަވެސް

ތަޖުރިބާކާރުން ވިދާޅުވާޮގތުގައި ފަންނުވެރިކަމުގައި ސިނާންގެ އާދަޔާޚިލާފު ވިސްނުންފުޅާއި ހުނަރުވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއަކީ އަދީރަނުގައި ހުންނަ މަސްޖިދު ސާލިމިއްޔާއެވެ. މިއިން ޮކންމެ ޢިމާރާތެއް ފަރުމާކުރެއްވުމުގައި ސިނާން

ބޭނުންކުރައްވާފައިވާ ޙިސާބުތަކުގެ ބަރާބަރުކަމީ ޙިސާބު ޢިލްމުގައި އޭނާގެ ވިސްނުންފުޅު ދަތުރުޮކށްފައިވާ ފުންމިނާއި، ޙިސާބު ޢިލްމުގެ ހަމަތަކާއި އުސޫލުތައް

ޢިމާރާތްކުރުމުގެ ފައްނުގައި ބޭނުންކުރެއްވުމުގައި އޭނާގެ ކުޅަދާނަފުޅުކަމުގެ އަލިގަދަ ހެއްކެކެވެ. ސިނާންގެ އެންމެ ފާހަގަޮކށްލެވޭ އެއް ކަމަކީ ރީތި ފުރިހަމަ ޢިމާރާތްތަކެއް ފަރުމާކުރައްވައި ބިނާކުރެއްވުމުގައި ވީހާވެސް ސީދާސާދާ ޮގތަކަށް

އެތަންތަން ބަހައްޓަން އޭނާ ދެއްވި އިސްކަމެވެ. ސިނާނަކީ ތުރުކީންގެ ބާރުގެ ދަށުގައި ޮއތް ގްރީކް ޔޫނާން ޔޫނާނުގެ

ޝަހަރެއްގައި، ޔޫނާނީ ޢާއިލާއަކަށް އުފަންވެވަޑައިގެންނެވި ބޭފުޅެކެވެ. ބައެއް ރިވާޔަތްތަކުގައިވާ ޮގތުން އޭނާގެ ބައްޕާފުޅު އިސްލާމްވެވަޑައިގަތީއެވެ. އަދި އޭނާގެ ޢާއިލާވެސް އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ތެރެއަށް ގެންނެވީއެވެ.

ބައެއް ރިވާޔަތްތަކުގައި ވާޮގތުން ސިނާންގެ ބައްޕާފުޅު އަވަހާރަވީ ކްރިސްޓިއަން ދީނުގައި ހުންނަވައިގެންނެވެ. ތަޞައްރަފު ފުދިވަޑައިގެންނެވިފަހުން ސިނާން އޭނާގެ

ބައްޕާފުޅުގެ ދީން ދޫކުރައްވައި އިސްލާމް ދީން ޚިޔާރު ކުރެއްވީއެވެ. ސިނާން އަވަހާރަވީ ޢީސާއީ މީލާދުގެ 1588 ވަނަ އަހަރުއެވެ.

ބަހްލޫލު ޖަމްރާއަށް ހިލައުކީއެވެ!

Page 8: Sun Magazine Issue 8

8

އައްސަލާމް އަލައިކުމް

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

""އައްސަލާމް ޢަލައިކުމް" އޭ ބުނާ އިރު އޭނާ އެ

އިޢުލާންކުރަނީ އޭނާގެ ފުށުން އެހެން މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ފިޔަވައި އެހެން

ކަމެއް ތަޖުރިބާ ނުކުރެވޭނޭ ކަމެވެ. އޭނާގެ ވުޖޫދަކީ އަނެކުންނަށްޓަކައި ހުރިހާ ޙާލަތެއްގައި ސަލާމަތާއި

ރައްކާތެރިކަމުގެ ޒަރީޢާއެއް ކަމެވެ.

ރަސޫލުهللا ޞައްލަهللا ޢަލައިހި ވަ ސައްލަމަ ޙަދީޘުކުރެއްވިއެވެ. "މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މެދުގައި

ސަލާމްކުރުން ޢާއްމު ކުރާށެވެ!"އިސްލާމް ދީން ދަސްޮކށްދީފައިވާ ދިރިއުޅުމުގެ

އަދަބުތަކުގެ ތެރެއިން ހިމެނޭ އެއް ކަމަކީ ދެ މީހަކު ބައްދަލުވެއްޖެ ނަމަ އެކަކު އަނެކަކަށް ސަލާމްކުރުމެވެ.

އެކަކު އަނެކަކާ ބައްދަލުޮކށްފިނަމަ އެކަކު "އައްސަލާމް ޢަލައިކުމް" )ކަލޭގެ

މައްޗަށް ސަލާމް ހުއްޓެވެ.( މިހެން ބުނުމާއި، ޖަވާބުގައި އަނެކަކުވެސް "ވަ ޢަލައިކުމުއް ސަލާމް" )ކަލޭގެ

މައްޗަށްވެސް ސަލާމް ހުއްޓެވެ.( އެވެ ބުނުމެވެ.

ސަލާމްގެ މި ކަލިމައަކީ ދުޢާގެ ބާވަތެކެވެ. މުއުމިނުންނަކީ

އެކަކު އަނެކަކަށް ހެޮޔއެދޭ ބަޔެކެވެ. މުއުމިނެއްގެ ހިތުގައި އަނެކާއާ މެދު އާލާވަމުންދާނީ ހެޮޔކަމުގެ ޖަޒުބާތެވެ.

އޭނާ އެކަނި ހުންނަ އިރުވެސް ހުންނަނީ އެހެން މީހުންނަށް ހެޮޔ ދުޢާ ޮކށްޮކށެވެ.

އެހެންކަމުން އޭނާ އެހެން މީހަކާ ބައްދަލުވާ އިރު އޭނާގެ ހިތުގެ އަޑީގެ މި އިޚްލާސްތެރި ޝުއޫރު ކުއްލިޔަކަށް

އޭނާގެ ދުލުން ބޭރުވެގެންދަނީ "އައްސަލާމް ޢަލައިކުމް" )ކަލޭގެ

މައްޗަށް ސަލާމް ހުއްޓެވެ. މާތްهللا އެކަލާނގެ ރަޙްމަތުގައި ކަލޭގެ ލަހައްޓަވާށިއެވެ( މި ލަފުޒުގެ ސިފައިގައެވެ.

"އައްސަލާމް ޢަލައިކުމް" އަކީ މީހަކު އޭނާގެ މުޖުތަމަޢުގައި އުޅޭ ޢާއްމު އުޅުމުގައިވެސް އަނެކުންނާމެދު

ގެންގުޅެން ޖެހޭ ޝުޢޫރުގެ ތަރުޖަމާއެކެވެ. މި ދުނިޔޭގައި ޮކންމެ މީހަކުވެސް އުޅޭން ޖެހޭނީ ތިމާ ފަދަ އަނެކުންނަށް ހެޮޔ އެދޭ

ޮގތުގައެވެ. އެންމެންވެސް އަމަންއަމާންކަމާއި ސަލާމަތުގައި ތިއްބައި ދެކޭން އެދޭ މީހެއްގެ ޮގތުގައެވެ. އެހެންކަމުން މީހަކު "އައްސަލާމް ޢަލައިކުމް" އެވެ ބުނާ އިރު އޭނާ އޭނާގެ

އިސްވެދެންނެވި ހައިޘިއްޔަތު ފާޅުކުރާ ކަހަލައެވެ. އަހަންނަކީ ކަލެޔަށްޓަކައި މިވަނި

ކަހަލަ މީހެކޭ ބުނާ ކަހަލައެވެ. އަހަރެން އެދޭނީ ކަލޭގެ ސަލާމަތުން ހުރުމޭ ބުނާ ކަހަލައެވެ. ކަލޭގެ ސަލާމަތަށް ގެއްލުމެއް ދޭން އަހަރެން

ނޭދެމޭ ބުނާ ކަހަލައެވެ. "އައްސަލާމް ޢަލައިކުމް" އޭ ބުނާ އިރު އޭނާ އެ އިޢުލާންކުރަނީ އޭނާގެ ފުށުން އެހެން މީހުންނަށް ސަލާމަތާއި ރައްކާތެރިކަން ފިޔަވައި އެހެން ކަމެއް ތަޖުރިބާ ނުކުރެވޭނޭ ކަމެވެ. އޭނާގެ ވުޖޫދަކީ އަނެކުންނަށްޓަކައި

ހުރިހާ ޙާލަތެއްގައި ސަލާމަތާއި ރައްކާތެރިކަމުގެ ޒަރީޢާއެއް ކަމެވެ.

"އައްސަލާމް ޢަލައިކުމް" އެވެ ބުނުމަކީ ދުލުކުރީން ރަސްމީ ބަހެއް ބުނެލުމެއް

ނޫނެވެ. އަދި ކީއްޯތއެވެ؟ އެއީ ހަމަތަކުގެ މަތީން ދިރިއުޅުމަށް ކުރާ މުޤައްދަސް

ޢަހުދެކެވެ. "އައްސަލާމް ޢަލައިކުމް" އެވެ ބުނާ މީހާ އެ އިޢުލާންކުރަނީ އިޖުތިމާޢީ ދިރިއުޅުމުގައި އޭނާގެ ސުލޫކު އެހެން

މީހުންނާމެދު ހުންނާނެ ޮގތެވެ. ހުރިހާ ޙާލަތެއްގައިވެސް އޭނާ ހުންނާނީ "އައްސަލާމް ޢަލައިކުމް" އަށް ތަބާވެގެން ކަމެވެ. އެޮގތަކަށް ވާނީ

ސަލާމަތާއި ހެޮޔއެދުން ކަމެވެ. ހިތްނުބައިޮކށް އަމާންކަން ނަގައިލުމެއް ނޫންކަމެވެ.

To commentSUN (comment) and send to 2747

Page 9: Sun Magazine Issue 8

9

"ދަ ޯސޝަލް ނެޓުޯވކު" ގެ ނަމުގައި ޮހލީ ވުޑުން އުފެއްދި ފޭސްބުކު ވެބުސައިޓާއި ބެހޭ ފިލްމަކީ މިއަހަރު ނެރުނު އެންމެ ޮމޅު އެއް

ފިލްމެވެ. މީގެ ދުވަސް ޮކޅެއް ކުރިން ރިލީސް ކުރި މިފިލްމު ޮބކުސް ޮއފީހުގެ އެއްވަނަ ޯހދީ ހަމަ އެކަނި ފިލްމުގެ ތަރިން ދައްކާފައިވާ ޮމޅު ހުނަރާއި

އެތަރިންގެ ރީތި ކަމަކުންނެއް ނޫނެވެ. މި ފިލްމުގެ ވާހަކަ ބިނާ ޮކށްފައިވާ ފޭސްބުކު، ވެބު ސައިޓުގެ މަޝްހޫރު ކަމަކީ މިއަހަރުގެ އެންމެ ކާމިޔާބު އެއް

ފިލްމަށް "ދަ ޯސޝަލް ނެޓުޯވކު" ވުމުގެ އަސްލެވެ. އިންޓަނެޓުގެ ޮދރާއްޓަކީ މިހާރު ފޭސްބުކު ކަމުގައި ވަނީ ވެފައެވެ.

ކުރިން ގޫގުލް ވެބުސައިޓު އެއީ ޮދރާށީގެ ޮގތުގައި ބޭނުން ކުރިކަމުގައި ވިޔަސް މިއަދު އެކަންވަނީ ބަދަލު ޮކށްލާފައެވެ. ފޭސްބުކު ނުދަންނަ މީހުން މިރާއްޖޭގައިވެސް މިހާރު މަދުވާނެއެވެ. 500 މިލިއަނަށް ވުރެ ގިނަ މީހުން

ރަޖިސްޓުރީވެ ފޭސްބުކު ބޭނުން ކުރަމުން ދާއިރު މި ފޭސްބުކު އުފެއްދީ ހާވާޑު ޔުނިވާސިޓީގައި ކިޔަވަން

އުޅުނު ޅަ ޒުވާނެކެވެ. މާރކު ޒުކަބާކު ކިޔާ މި ޒުވާނާ

އިސްވެ ހުރެ އުފެއްދި މި ވެބު ސައިޓު ވެގެން ޮގސްފައިވަނީ

ކުޑަ ދުވަސް ޮކޅެއްގެ ތެރޭގައި އޭނާ ބިލިއަނަރަށް ހަދާލި ޖާދޫއަކަށެވެ. 2004

ވަނަ އަހަރު ދުނިޔޭގެ ކަންޮކޅުތަކުގައި ފޭސްބުކު

ހުޅުވައިގެން މީހުންގެ އަސްލު މޫނުތައް ބަލަން ފެށި ހިސާބުން މި މަޝްހޫރު ވެބު ސައިޓު ވެގެން

ޮގސްފައިވަނީ ލާރި ހަދާ މެޝިނަކަށެވެ. އެންމެ 6 އަހަރު ތެރޭގައި ދުނިޔޭގައި ހުރި އެންމެ ޒުވާން ބިލިއަނަރ އަށް މާރކު ޒުކަބާކު ވެގެން ޮގސްފައިވާ އިރު ފޭސްބުކު ވެބުސައިޓުގެ އަގު އުޅެނީ 33 ބިލިއަން ޮޑލަރަށްވުރެވެސް މަތީގައެވެ. ޔުނިވަރސިޓީގެ ކިޔަވާކުދިން އެކަކު އަނެއްކަކަށް ތަޢާރަފްވެ އެނގިލުމަށް އުފެއްދި ފޭސްބުކުން މިއަދު ނުކުރެވޭ ކަމެއް މަދެވެ. ތަފާތު

ޮބޑެތި ކެންޕެއިން ތަކާއި ވިޔަފާރި އިޝްތިހާރު ކުރުމުގެ އިތުރުން ރައްޓެހިން ޯހދުމަށާއި ކުދިންނާއި ހިތާވުމަށްވެސް މިއަދު ފޭސްބުކު ބޭނުން ނުކުރާ ޤައުމެއް ނެތެވެ. ތަފާތު ގޭމުތަކާއި ގުރޫޕު ތަކުގެ ތެރެއަށް ދެޖިންސުގެ ޒުވާނުން ގެއްލި

ޯހދާ ނުފެންނަ ހިސާބަށް ފޭސްބުކު ގެންދާ ކަމީ މިރާއްޖެއިންވެސް ފެންނަ ހަޤީޤަތެކެވެ.

ބައެއް އަރަބި ޤައުމުތަކާއި ޕާކިސްތާން ފަދަ މުސްލިމު ޤައުމު ތަކުގައި ފޭސްބުކު ބޭނުން ނުކުރެވޭޮގތަށް ބްޮލކު ޮކށްފައިވިޔަސް މި

ދިވެހިރާއްޖޭގައި ޒުވާން ފުރައިގެ އެންމެން ފޭސްބުކު ބޭނުން ކުރަމުންދަނީ ޮއފީސް މަސައްކަތަށް ވެސް ބެލުމެއްނެތިއެވެ. ގޭތެރޭގައި ތިބޭ އަނބިންވެސް ފިރިމީހާއަށް ނާންގާ ފޭސްބުކުން ރައްޓެހިން ޯހދައެވެ. ޗެޓުޮކށްލައެވެ. ފިސް ވިލާ ނުވަތަ ފާރމު ވިލާ ގޭމު ނަމަވެސް ކުޅެލައެވެ. ގިނަދުވަހު ހޭލެވެނީ

ޮކންމެވެސް މީހަކު ޯޕކު ޮކށްލީމައެވެ.

ގިނަ ބަޔަކު ފޭސްބުކު ބޭނުން ކުރަންފެށީ ވާހަކަ ދެއްކޭ މީހާގެ ތަސްވީރެއް ފެންނާތީއެވެ. މަދުބަޔަކު ނޫނީ އަސްލު މޫނުގެ ތަސްވީރު ބޭނުން ކުރާތީއެވެ. ތަފާތު ގިނަ ވައްތަރުގެ ތަސްވީރުތައް އަޕުޯލޑްޮކށް ފެންނާނެހެން

ހަދާފައިވުމަކީ ދަންނަ މީހުންނާއި ނުދަންނަ މީހުންވެސް ޯހދަން ފަސޭހަ ވާކަމެކެވެ. ސާޗު ޮކށްގެން ނުވަތަ ރައްޓެއްސެއްގެ ލިސްޓުންވެސް ރައްޓެހިން ޯހދަމުންދާއިރު ގިނަ ފަހަރު ރީތި މޫނުތަކެއްގެ ތަސްވީރު ބަލާލަން ލިބުމަކީ

ފޭސްބުކު ވައިގައި ހިފިސަބަބެވެ. މިއަދު ފޭސްބުކު ބޭނުން ކުރާ ގިނަ މީހުން އެމީހުންގެ ވަރަށް ގިނަ ތަސްވީރުތައް ވަނީ އެސައިޓަށްލާފައެވެ. ސަބަބަކީ އެމީހުން ބޭނުން

ބަޔަކަށް ބެލޭޮގތަށް އަދި ބޭނުން ނޫން މީހުންނަށް ނުބެލޭޮގތަށް ޕުރައިވަސީ ސެޓިންސް ހެދޭތީއެވެ. ރައްޓެހިންގެ ޮގތުގައި ކިތަންމެ ބަޔަކު ލިސްޓުގައި ތިބި ނަމަވެސް އެމީހުންގެ ތެރެއިންވެސް

ވަކިބަޔަކަށް ވަކި ތަސްވީރު ތަކެއް ފެންނަ ޮގތަށް އަދި

އެތަސްވީރަށް ހިތް ކިޔާނަމަ އެކަން އަންގާލެވޭ ޮގތަށް ނުވަތަ ޮކމެންޓު

ކުރެވޭޮގތަށްވެސް ހެދޭތީއެވެ. މިރާއްޖޭގައިވެސް ޒުވާން

ފުރައިގެ ކުދިން އެމީހުންގެ ވަރަށް ހާއްސަ ތަސްވީރުތައް ފޭސްބުކު މެދުވެރި ޮކށް ރައްޓެހިންނަށް

ދައްކާ ހަދައެވެ. ގިނަ ތަސްވީރުތައް ރައްޓެހިންނާ އެކު ނުވަތަ ހިތާވެގެން އުޅޭ ކުދިންނާއި އެކު ނަގާފައިވާއިރު

ތަފާތު ހެދުންތަކުގައި ނަގާފައިވާ ތަސްވީރު ތަކަކީ ވަކި ހާއްސަ ބަޔަކަށް ނޫނީ ފެނިގެން ނުވާނެ ތަސްވީރެވެ. އެހެނަސް ފޭސްބުކަށް ކުރެވޭ އިތުބާރެއްގެ ސަބަބުން ޖެހިލުމެއްނެތި ގިނަ

ތަސްވީރު ތަކެއް އެވެބު ސައިޓުގެ ތެރެއަށް ދޫޮކށްލެވެއެވެ. ފޭސްބުކު ކިތަންމެ މަޝްހޫރުވެފައި ގިނަ ބަޔަކު ބޭނުން ކުރި ނަމަވެސް ދާދި ފަހުން ފޭސްބުކުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދުވެސް ވަނީ ވިސްނަށްޖެހިފައެވެ. ސަބަބަކީ އެތަކެއް ބައިވަރު އަމިއްލަ ތަސްވީރު ތަކާއި ޮކމެންޓުތައް ފެންނަށް ނުޖެހޭ މީހުންނަށް ފެނި އެތައްކަމެއް ފަޅާ

އެރުމެވެ. އެހެން ކަމުން ފޭސްބުކު ވެބު ސައިޓަކީ އެތަކެއް ފިލްމެއް ހެދިދާނެ ވެބުސައިޓެކެވެ. ހަމަ އެކަނި އެ ސައިޓު އުފެދިގެން އައިޮގތުގެ ވާހަކަ އެއް ނޫނެވެ. އިންޓަނެޓުން ކުރާ ކަންކަމަށް ސައްތައިން ސައްތަ ބަޯރސާ އެއް

އެއްވެސް މީހަކަށް ނުދެވޭނެ ކަމީ އެތަކެއް ވާހަކަ އެއް އުފަންވާ ސަބަބެވެ. ފޭސްބުކް ބޭނުން ކުރާ މީހުން އަބަދުވެސް ހަނދާންކުރަންވީ ކަމަކީ އެއީ މުޅިން ރައްކާތެރި އެއްޗެއް ނޫންކަމެވެ. އެކެއްގެ އެކައުންޓް އަނެކަކަށް

ފޭރިގަނެވޭ ކަމެވެ. ފޭރޭ މީހުން ތިމާގެ ނަމުގައި ޮކންމެ ކަމެއް ވެސް ޮކށްފާނެ ކަމުގެ ފުރަސު އެބަޮއތްކަމެވެ. މިކަންކަން ހަނދާކުރުމާ އެކު ފޭސްބުކް

ބޭނުންކުރުމުގެ މިންގަނޑުތަކަކީ ޮކބައިކަން އަމިއްލައަށް ދެނެގަންނަން ޖެހެއެވެ. ހާމަކުރަންވީ މިންވަރާއި ހިފަހައްޓަންވީ މިންވަރު އެނގެން ޖެހެއެވެ. އެހެން

ނޫނީ ފޭސްބުކުގައި ފޭހުނު އިޮލށިގަނޑު އަމިއްލަ ޮލލަށް ހެރިދާނެއެވެ.

ފޭސްބުކް ގެ ާވހަކަ، މިއަހަރުގެ އެންމެ މޮޅު އެއް ފިލްމު

އާދަމް ނަސީރު ސިންގަލް ކްލިކް

Page 10: Sun Magazine Issue 8

އަލީ ޚާލިދު

2+2=5ދެ ޯއގަނައިޒޭޝަނެއް، ދެސެކްޝަނެއް، ދެ ޔުނިޓެއް ނުވަތަ ދެ ވިޔަފާރިއެއް އެއްޮކށްލެވޭއިރު އެދެ ތަނެއްގައި ކުރެވޭ އެއް މަސައްކަތްތަކެއް

ހުންނާނެއެވެ. ހަމައެފަދައިން، އަލަށް އެއްޮކށްލެވޭ ދެ ޔުނިޓުގައި ކުރަން ބޭނުންވާ މަސައްކަތްތަކަށް އިތުރުވާ ވަސީލަތް ތަކެއްވެސް ހުންނާނެއެވެ. އެހެންކަމުން އެއްކުރެވޭ ދެ ތަނުގެ ވަސީލަތްތައް އެއްޮކށްލައި މަސައްކަތް

އަލުންރާވާލާއިރު ލިބިފައިވާ މާއްދީވަސީލަތްތަކުންނާއި އިންސާނީ ވަސީލަތުން ބައެއް އުނި ކުރެވިދާނެއެވެ. ނުވަތަ ސަލާމަތް ކުރެވޭނެއެވެ. މިޮގތަށް

ވަސީލަތްތައް އެއްޮކށްލައިގެން ނެރެވޭނެ ފައިދާ އަށް މިކިޔަނީ "ސިނާރޖީ" އެވެ. އެހެންކަމުން މަތީގައި ދަންނަވާފައިވާ ސުރުޚީގައި އެވާ 5=2+2ގައި

އެއްޮގތަކަށްވެސް ޮއޅުމެއް އުޅެނީކީ ނޫނެވެ. ވާޮގތަކީ ސިނާރޖީ ގެ ސަބަބުން ލިބޭފައިދާ އެއްގުނަ އިތުރުވަނީ އެވެ.

ސިނާރޖީގެ ބޭނުންޮކށްގެން އަޅުގަނޑުމެންގެ މުޖުތަމައުގައި ހިނގާ ވިޔަފާރިއާއި މަސައްކަތްތަކުގައި މިފަދަ ފައިދާ ނެގިދާނެ ކިތަންމެ ކަންކަމެއް ހުންނާނެއެވެ. މިޮގތުން އެއްކަމަކީ މާލޭގައި މިދުއްވާ ޑެލިވަރީ އުޅަނދުތަކެވެ.

ހަމަ އެކަނި ފެން އުފައްދާ ކުންފުނި ތަކުގެ އުޅަނދުތަކަށް ބެލިނަމަވެސްމެއެވެ. މިސާލެއްގެ ޮގތުން ލައިފް، ތާޒާ، ޮބނަކުއާ ކުރެން ޮކންމެ ކުންފުންޏެއްގައި 4 އުޅަނދު ޮއތްކަމުގައިވިޔަސް އަމަލީ ޑެލިވަރީގައި 3 ކުންފުނިންވެސް

އެއްދިމާއަކުން ލިބެންހުރި އުނޅަދުގެ ޕޫލްއަކުން އެހީ ޯހދައިފިނަމަ ލިބޭނެ ފައިދާތަކެއް ހުންނާނެއެވެ. ފައިދާއަކީ ބޭނުންކުރާނެ އުނޅަދާއި ދަތުރު މަދުކަމެވެ. ޮކންމެ އުޅަނދެއްވެސް ޑެލިވަރީއަށް ނުކުންނާނީ ފުރިގެންނެވެ. ކުންފުނިތަކުން

ޖެހިލުންވާނީ އެއްކުންފުނި އަނެއް ކުންފުނީގެ ޯއޑަރުތައް ޮއޅިދާނެތީ އާއި ކަސްޓަމަރުގެ މައުލޫމާތު އެނގިދާނެތީއެވެ. ރަނގަޅަށް ރޭވިއްޖެއްޔާ ޯއޑަރު ޮއޅުމުގެ ފުރުސަތެއް ޯނންނާނެއެވެ. ކަސްޓަމަރުން އިތުރުކުރެވެނީ ޑެލިވަރީ

ކުރުމުގައެއް ނޫނެވެ. އެއީ މާރކެޓިންގެ ސްޓްރެޓެޖީން ކަސްޓަމަރަށް ހުށަހަޅާ ޕެކޭޖްތަކެއްގެ ތެރޭން ގާއިމްކުރެވޭކަމެކެވެ. ވިއްކަނީ ކާކަށްޯތ ޯހދުމަކީ އެއްވެސް ކަމެއްނޫނެވެ. ސައިކަލެއްގައި ޑެލިވަރީ އުޅަނދު ފަހަތުން ދުއްވާލީމައި މިކަން

ޮއންނާނީ އެނގިފައެވެ. އަދި މީގެ އިތުރުން މަގުގައި ޑެލިވަރީ އުނޅަދު ދުއްވުން މަދުވީމައި އާންމުންނަށް ލިބޭފައިދާ ކުޑައެއް ނުވާނެއެވެ. ޑެލިވަރީން ސަލާމަތްކުރެވޭ ހަރަދުން ފައިދާ އިތުރުވުމުގެ އިތުރުން އުފެއްދުން އަގުހެޮޔޮކށް ކަސްޓަމަރާ ހަމައަށް ޯފރުޮކށްދެވިވެސްދާނެ އެވެ. ޑެލިވަރީގެ ސިނާރޖީ ބޭނުން ޮކށްގެން ޖަޕާނުގައިވަނީ ސުޕަމާކެޓްތަކުން ހަރަދުތަކެއް ކުޑަޮކށްފައެވެ. ޖަޕާނުގެ ސުޕަމާކެޓްތަކަށް ފާހަގަކުރެވުނީ ޮކންމެ ސުޕަމާކެޓަކަށް ޑެލިވަރީ ކުރާ އުޅަނދު އަންނަނީ ފުރާބަރާޮކށްގެން ނޫންކަމެވެ. އެހެންނަމަވެސް ހުރިހާ ސުޕަމާކެޓެއްގެ މުދާ އަޅާބަރުޮކށްފިނަމަ އުޅަނދު ފުރެއެވެ. އަދި ކުރަން ޖެހޭ ދަތުރު މަދުވެފައި

10

Page 11: Sun Magazine Issue 8

11

To commentSUN (comment) and send to 2747

ރާއްޖޭގައި މިހާރު ގާއިމު ކުރެވިފައިވާ އެއްވެސް ޓީވީ ރޭޑިޯއ އަދި އެފް.އެމް އެއްބަސްވެވުނީ ޑެލިވަރީ ކުރުމުގެ ހިދްމަތް އެއް އުޅަނދު ޕޫލްއަކުން ޯހދުމަށެވެ.މަސައްކަތަށް ފަސޭހަކަމެއް ލިބެއެވެ. އެހެންކަމުން ހުރިހާ ސުޕަމާކެޓްތަކުންވެސް ނުވާނެއެވެ. އެހެންނަމަވެސް ޚަބަރުގެ ވީޑިޯއ އާއި ޯއޑީޯއ ނެގުން ރޭވިގެން ޮދގަކަށްނުވާނެއެވެ. އެއްވެސް ސްޓޭޝަނެއްގައި ހުރިހާ ވަސީލަތްތައް ފުރިހަމައެއް ހުރިހާ ކަމެއްގެ ޚަބަރެއް ކަވަރުކުރުމުގެ ގާބިލްކަމެއް ނުހުންނާނެޔޭ ބުނުމަކީ ސްޓޭޝަނެއްގައި މިޤައުމުގައި ކީއްކުރަންޯތއެވެ. އެންމެ ކުޑަމިނުން މާލޭގައި ހިނގާ

ލިބިގެންދާނެއެވެ. ޚަބަރުގައި ނޫސްވެރިއަކު ނުވަތަ ސްޓޭޝަންއަކުން ކަންޮބޑުވާނީ ހިއްސާކުރާ އުސޫލެއް ޤާއިމްކުރެވިއްޖެއްޔާ ހުރިހާ ޚަބަރެއް ކަވަރުކުރުމުގެ ޤާބިލްކަން ޮބޑަށް ސަމާލުކަން ދޭނީ ޚަބަރެއްތައްޔާރުކުރުމާއި ކަވަރުކުރެވޭ އޭންގަލްތަކަށެވެ. ދައްކާލަން ލިބޭ މަންޒަރަކާމެދު ނުވަތަ އިއްވާލަންލިބޭ އަޑުޮކޅާމެދަކު ނޫނެއެވެ. އެމީހުން ޮމޅު ނޫސްވެރިއަކީ ހުރިހާ އެންގަލްއަކުން ނުވަތަ އެހެން ނޫސްވެރިންގެ ވިސްނުމަށް

ސްޓޭޝަންއަކުން މިސިނާރޖީ ގާއިމް ކުރުމަށް ޖެހިލުންވާންވީ ސަބަބެއް ނެތެވެ. ނާންނަ އޭންގަލްތަކުން ޚަބަރު ތައްޔާރުޮކށްލެވޭ ނޫސްވެރިޔާއެވެ. އެހެންވީމައި އެއްވެސް މިދެންނެވިފަދަ ވިޔުގައެއް ގާއިމުޮކށްފިނަމަ ހުރިހާ ސްޓޭޝަނެއްގެވެސް ޚަބަރުވާނީ

އިތުރަށް މުއްސަންޖެވެ. ދަންނަވަން މިއުޅޭ ވާހަކަ އަކީ ނޫސްޮކންފަރެންސެއް ކަވަރު ކުރުމަށް ޮކންމެ ސްޓޭޝަނަކުން ކެމެރާއެއް ތާށިކުރުމުގެ ބަދަލުގައި އެއްކެމެރާއާއި

ސްޓޭޝަން އަކުން ހިއްސާކުރާނީއެވެ. ޮކންމެ ސްޓޭޝަނަކުން ނޫސްވެރިއެއް ދިޔުމުން ފަރުޖެހޭނެއެވެ. އާދެ، ވިޑިޯއ ހުރިހާ މާލޭގައި ޒަމާނުއްސުރެ ޮއފީސް އިމާރާތުގެ ޮގތުގައި ބެލެވޭ އިމާރާތްތަކެއް ނަންކިޔާނަމަ ޣާޒީ ބިލްޑިން، ހުރަވީ ބިލްޑިންގް، ވެލާނާ ބިލްޑިންގް، އައިފާނު އެބަހުއްޓެވެ. މިއިން ޮކންމެ އިމާރާތެއްގައި ވަރަށްގިނަ ޮއފީސްތައް ހިނގަމުންދެއެވެ. ބިލްޑިން މީގެ އިތުރުންވެސް ހަމައެކަނި ޮއފީހުގެ ޮގތުގައި ބޭނުންކުރާ މިފަދަ އެހެން އިމާރާތްތައްވެސް މާލޭގައި މިހާރު އެބަހުއްޓެވެ. މިއިން ޮކންމެ އިމާރާތެއްގައި ހުންނަ ޮކންމެ ޮއފީހެއްގައި ސިޓީ ބިޓީ މުއާމާލާތްކުރާ ބަޔަކު ތިބެއެވެ. މިހެންކަންހުރިއިރު

ހުރިހާ ޮއފީހެއްގެ ސިޓީބަހާ ސެކްޝަންތައް އެއްޮކށްލައި، ބިލްޑިންގެ ތިރީގައި މިޚިދްމަތް ދޭން އެއް ސެކްޝަންހަދައި ޒިންމާދާރު ޮގތެއްގައި ހިންގޭނެ ޮގތެއް ރޭވިއްޖެނަމަ އަސްލު ޮފނުވަންޖެހޭ ހިނދެއްގައި ނޫނީ އެކަމެއް ނުހިންގައެވެ. އެހެންނަމަވެސް ސިޓީތައް މިހިނގަނީ އީމޭލް އިންނާއި ފެކްސްގެ ޒަރިއްޔާއިންނެވެ. ޮކންމެހެން މި ސިނާރޖީގެ ސަބަބުން ކިހާވަރެއް ސަލާމަތްކުރެވިދާނެބާއެވެ؟ މިޒާމާނުގައި ގިނަ

ބައެއްނަމަވެސް ހިންގައެވެ. އަޅުގަނޑު މިދެންނެވި ޮގތަށް ބަދަލުޮކށްލެވިއްޖެނަމަ ޮކންމެ ޮއފީހެއްގައި ސިޓީބޭރުޮކށް، އެތެރެ ކުރާ ސެކްޝަނެއް ނުވަތަ ސެކްޝަނެއްގެ އެއްޮއފީހުން އަނެއް ޮއފީހަށް ސިޓީ ބިޓީ ޮފނުވައި ގެންދިއުމުގައިވެސް ހަމަގައިމުވެސް

ފަސޭހަތަކެއް ހުންނާނެއެވެ. އަޅުގަނޑު މިދެންނެވީ ބައެއް މިސާލެވެ. ހަމައެކަނި މައުޟޫޢު ހުޅުވާލުމުގެ

ޮގތުންނެވެ. ސިނާރޖީ ކުރުމާއި އޭގެ ފައިދާ ޯހދުމަށްޓަކައި ޯއގަނައިޒޭޝަންތަކުގެ އެތެރޭގައާއި ޯއގަނައިޒޭޝަންތަކުގެ މެދުގަ އާއި ސަރުކާރުތެރޭގައި ސިނާރޖީ ކުރެވޭނެ މިދެންނެވި ދާއިރާތަކުގެ އިތުރުން ކިތަންމެ ދާއިރާތަކަކުން މިހާރަށްވުރެ ޚަރަދު މަސައްކަތްތައް ދެނެގަތުމަށް މަޝްވަރާކުރެވޭނެ ޯފރަމްތަކެއް ބޭއްވިއްޖެނަމަ އަޅުގަނޑު މިންގަނޑުތަކެއް ތައާރަފް ކުރެވިދާނެ ކަމާމެދު ޝައްކެއްނެތެވެ. ޮގތެއްގައި މިކަންތައް ކުރެވޭނެ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ ހިންގުމުގެ ޒަމާނީ ސަލާމަތް ކުރެވޭނެ ކިތަންމެ މަގުތަކެއް ފެނިގެންދާނެކަން ޔަޤީނެވެ. އަދި ޒިންމާދާރު

Page 12: Sun Magazine Issue 8

ސިނާން އަލީ

މެންދަމުގެ ވަގުތެއްގައި ދަރިފުޅުގެ ބުއްފުޅީގެ ތުން ފަޅައިގެން ހިނގައްޖެ އެވެ. ބުއްފުޅީގެ ތުނބުގައި ދަރިފުޅު މާ ބާރަށް ދަތް އެޅީ އެވެ. ތައްޓަކަށް އަޅާފައި ދިނުމުން ޯބނެ ޚިޔާލެއް ނުކުރި އެވެ. އިރުޮކޅަކުން ޯރން ވެސް ފަށައިފި އެވެ. އެކަމަކު އެ ދަންވަރު ބުއްފުޅީގެ ތުމެއް ޯހދަން ދާނީ

ޮކން ތަނަކަށް ހެއްޔެވެ؟ ރޭގަނޑު އެގާރައިގެ ފަހުން ފިހާރަތައް ހުޅުވައިގެން ވިޔަފާރި ކުރުމަކީ މި ރާއްޖޭގައި މަނާ ކަމެކެވެ. އެހެން ވީމާ އެކަން ޮކށްފި

ބަޔަކު ކުށްވެރި ވާނެ އެވެ. ދަރިފުޅު ހުއްޓައެއް ނުލި އެވެ. ޮރއިޮރއި ހިނދުނީ އެވެ. އިތުރަށް ޯރނެ ހިތްވަރު ނެތުނީމަ އެވެ. މިކަހަލަ ކިތައް ހާދިސާ ކިތައް މީހުންނަށް ދިމާވާނެ ބާވައެވެ؟ ރޭގަނޑުގެ ވަގުތުގައި ކުއްލި އަކަށް އެއްޗެއް

ގަނެލަން ބޭނުންވާ ބައިވަރު މީހުން އުޅޭނެ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި 24 ގަޑިއިރު ޚިދުމަތް ލިބޭ ސުޕަމާކެޓް ފަދަ ތަންތަން ހުރެ އެވެ. އެ ތަންތަން ރައްޔިތު އެންމެންނަށް އެނގޭނެ އެވެ. ރައްޔިތުން ޚިދުމަތުން މަޙުރޫމު ވާކަށް

ނުޖެހޭނެ އެވެ. މުހިންމު އެއްޗެއް ގަނެލަން ޖެހިއްޖެ ނަމަ އެ އެއްޗެއް ގަނެވޭނެ އެވެ. ރާއްޖޭގައި ވެސް ރޭގަނޑު އެގާރައިގެ ފަހުން ވިޔަފާރީގެ ޚިދުމަތް ދޭން ބޭނުން ފަރާތަކަށް އެ ހުއްދަ ނުދޭންވީ ސަބަބެއް ނެތެވެ. ހުއްދަ ދީގެން ވާނެ

ގެއްލުމެއް ވެސް ނެތެވެ. އެކަމަކު ރައްޔިތު މީހާ އަށް ވާނެ ފަސޭހަ އާއި ފައިދާ ޮބޑު ވާނެ އެވެ. މިހާރު މި ދެވެނީ ފުލް ޚިދުމަތެއް ނޫނެވެ. އެޔަށް އަޅުގަނޑު

ކިޔާނީ ދެބައިކުޅަ އެއްބައި ޚިދުމަތެވެ. ކާރުގެ ރަޖިސްޓްރީ ހައްދައިލުމަށް ޓްރާންސްޯޕޓު ޮއޯތރިޓީ އަށް

ޮގސްފީމެވެ. ރަޖިސްޓްރީގައި ޖަހަން 40 ރުފިޔާގެ ރެވެނިޔު ސްޓޭމްޕެއް ބޭނުންވެ އެވެ. އެ ސްޓޭމްޕް ޓްރާންސްޯޕޓު ޮއޯތރިޓީގައި ވިއްކާކަށް ނުހުރެ އެވެ. ގަންނަން

ދާން ޖެހެނީ ޯޕސްޓް ޮއފީހަށެވެ. ނުވަތަ ފިނޭންސް މިނިސްޓްރީ އަށެވެ.

12

ސަރުކާރުގެ ޮއފީސްތަކުން ދޭ މި ފަދަ ބައެއް ޚިދުމަތްތަކާ ގުޅިގެން ރެވެނިޔު ސްޓޭމްޕް ހުށަހަޅަން ޖެހެ އެވެ. އެކަމަކު އެއިން އެއްވެސް ތަނެއްގައި އެ

ސްޓޭމްޕް ލިބޭކަށް ނުހުރެ އެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ؟ މީ އަޅުގަނޑަށް ގަބޫލު ކުރެވޭ ޮގތެއް ނޫނެވެ. ޓްރާންސްޯޕޓު ޮއޯތރިޓީން ދޭ ޚިދުމަތްތަކާ ގުޅިގެން ގަންނަން ޖެހޭ ރެވެނިޔު ސްޓޭމްޕް އެ ތަނުން ގަންނަން ލިބެން

ވާނެ އެވެ. އެ ސްޓޭމް ގަންނަން އެހެން ތަނަކަށް ދާން ޖެހުން އެއީ ވަރަށް ނާ ތަހުޒީބު ޮގތެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. އެ ޮގތް މި ޒަމާނަކާ ނުގުޅެ އެވެ. ތަނުގައި އެންމެ މި ޒަމާނުގެ ޮކމްޕިއުޓަރުތައް އެބަ ހުއްޓެވެ. އެހެނިހެން ވަސީލަތްތަކާ އެކު މި ޒަމާނުގެ ކުދިން ވެސް އެބަ

ތިއްބެވެ. އެކަމަކު ޚިދުމަތް މި ޒަމާނަށް ނުފެތޭ ނަމަ އޭގެ ބޭނުމެއް ޮކބައި ހެއްޔެވެ؟ މި ދެވެނީ އަދި ފުލް ޚިދުމަތެއް ނޫނެވެ. މިޔަށް ކިޔާނީ ދެބައިކުޅަ

އެއްބައި ޚިދުމަތެވެ. "ސަން" މަޖައްލާ ރަޖިސްޓްރީ ކުރުމަށް ޓަކައި އިންޮފމޭޝަން ޑިޕާޓްމަންޓުން ޯފމު ސެޓެއް ނަގައިފީމެވެ. އޭގެ ތެރޭގައި ކުށުގެ ރެޯކޑު ސާފު ކުރާ ދެ ޯފމު ޮއތެވެ. މަޖައްލާއެއްގެ އެޑިޓަރަކަށް ވާން ހުށަހަޅާ

މީހާގެ ކުށުގެ ރެޯކޑް އިންޮފރމޭޝަނަށް އެނގެން ވާނެ އެވެ. ނެނގޭ ނަމަ ބަލަން ވެސް ޖެހޭނެ އެވެ. އެކަމަކު އެކަން ބަލަން ޮއންނަ ޯބދާ ސިސްޓަމް

އަޅުގަނޑަށް ކަމަކު ނުދެ އެވެ. އެ ޯފމު ސެޓު ހިފައިގެން އަޅުގަނޑަށް ޖެހެނީ ޯކޓު ތަކަށާ ފުލުސް ޮއފީސް ފަދަ ތަންތަނަށް ހިނގާށެވެ. އެ ޯފމުގައި

ހުންނަ ތަންތަނުން ތައްގަނޑު ޖައްސުވައި ޮސއި ޯހދުމަށެވެ. ސިސްޓަމް ޮއންނަ ޮގތުން އެއިން ޮކންމެ ތަނަކަށް ވެސް ޢާންމު ޮގތެއްގައި ދެ

ފަހަރަށް ދާން ޖެހޭނެ އެވެ. ކިހާ އުނދަގޫ ޮބޑު ހެއްޔެވެ؟ އެކި ކަންކަމާ ގުޅިގެން ކުށުގެ ރެޯކޑު އަބަދުވެސް މި ޮއންނަނީ ސާފު ކުރަން ޖެހިފަ

އެވެ. އެއްޗެއް ރަޖިސްޓްރީ ކުރަން ޖެހުނަސް، ސަރުކާރުގެ ވަޒީފާ އަކަށް ވަނަސް އަދި މި ނޫނަސް މި ފަދަ ވަރަށް ގިނަ ކަންކަމާ ގުޅިގެން ކުށުގެ ރެޯކޑު ސާފު ކުރުމުގައި ޮކންމެ ދުވަހަކު ވެސް އެތައް ބަޔަކު އަވަދިނެތި

ދެބައިކުޅަ އެއްބައި ހިދުމަތް

Page 13: Sun Magazine Issue 8

To commentSUN (comment) and send to 2747

އުޅެ އެވެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ޮގތުގައި ކުށުގެ ރެޯކޑު ބެލޭނެ މިއަށްވުރެ ފަސޭހަ ނިޒާމެއް ޮއންނަން ޖެހޭނެ އެވެ. އަދި ކުށުގެ ރެޯކޑު ސާފު ކުރުމަށް އެ ޯފމު ސެޓު ހިފައިގެން އަޅުގަނޑު ހިންގުވައިގެން ނުވާނެ އެވެ. އެ ކަން ކުރަން ވާނީ ސަރުކާރުގެ އިދާރާ ތަކުގެ މުވައްޒަފުންނެވެ. އެއްޮގތަކީ އިންޮފމޭޝަނުން

އެ ތަންތަނަށް ގުޅައިގެން އެ މަޢުލޫމާތު ލިޔުމުން ޯހދުމެވެ. އެއީ ވަގުތު ނަގާނެ ޮގތެކެވެ. އެންމެ ފަސޭހަ ޮގތަކީ މި ކަން ބެލޭނެ ޒަމާނީ ނިޒާމެއް ގާއިމު ކުރުމެވެ.

އޭރުން ވާނެ ޮގތަކީ ސަރުކާރުގެ އިދާރާ ތަކުގައި އެ ހުންނަ ނެޓު ޯވކަށް އެކި ލެވެލް ގައި އެކްސެސް ޮއންނަ މުވައްޒަފުން ތިބޭނެ އެވެ. އަޅުގަނޑުގެ ނަމާ އައިޑީ ނަންބަރު ހަމަ އެންޓަރ ޮކށްލާ އިރަށް އަޅުގަނޑު ހުރިއްޔާ ހުރި ކުށުގެ ރެޯކޑެއް ފެންނާނެ އެވެ. މިހާރު މި ޮއންނަ މުސްކުޅި ސިސްޓަމުގެ ތެރެއިން އަޅުގަނޑަށް ލިބުނީ ކުށުގެ ރެޯކޑު ސާފު ކުރުމުގެ ފުލް ޚިދުމަތެއް ނޫނެވެ. އެއީ ދެބައިކުޅަ

އެއްބައި ޚިދުމަތެކެވެ. އަޅުގަނޑު ކުރީން އެކި ނޫސް ތަކަށް ލިޔެފައި ހުރި ރިޯޕޓު ތަކެއްގެ ބޭނުމުގައި ރާއްޖޭގެ ކުރީގެ ގައުމީ ކުތުބުޚާނާ އަށް ދިޔައީމެވެ. މަޖީދީ މަގުގައި ހުންނަ އެ އިމާރާތުގެ ހައިބަތު ޮބޑެވެ. އިމާރާތް ބަލައިލާން ވަރަށް ރީއްޗެވެ. އިމާރާތުގެ އެތެރެ ވެސް ނުލާހިކު ފުރިހަމަ އެވެ. އެ ފުރިހަމަ ކަމާ އެއްވަރުގެ

ޚިދުމަތެއް ލިބޭނެ ކަމުގެ ޔަގީންކަން ޮއތެވެ. އެކަމަކު އަޅުގަނޑަށް ލިބުނީ ސުމެއްގެ ޚިދުމަތެކެވެ. ބޭނުންވި އެއް ކަމެއްވެސް ނުވި އެވެ. އަޅުގަނޑު ބޭނުންވީ

އަހަރުތަކެއް ކުރީގެ ދުވަހު ނޫހެއްގައި އަޅުގަނޑު ލިޔެފައި ހުރި ރިޯޕޓު ތަކެއް ނަގާށެވެ. އަޅުގަނޑަށް އެހީތެރިވާން ހުރި މުވައްޒަފު ދެއްކީ ބައިންޑް ޮކށްފައި

ހުރި ދުވަހު ނޫސް ތަކެކެވެ. އެތައް މަސައްކަތަކުން އަޅުގަނޑު ބޭނުންވާ ބައެއް ލިޔުންތައް ޯހދީމެވެ. އަދި އޭގެން ޮކޕީ ހައްދައިދިނުމަށް އެދުނީމެވެ. އެންމެ ފޫހިވީ

އެހާ ހިސާބުންނެވެ. އެކަން ވާނެ ޮގތެއް ނެތެވެ. ދުވަހު ނޫސްތައް ބައިންޑް ޮކށްފައި ހުންނަނީ އެއް މަސް ދުވަހުގެ ނޫސް އެއްޮކށްފައި ޮބޑު ސިންގާ ޯބ

ޮފތެއްގެ ސިފައިގަ އެވެ. އެހެން ޮއތުމުން ޮފޯޓ ޮކޕީ މެޝިނުގެ މަތީގައި ބޭއްވުމުން އެ ޮފތުގެ މެދު ޖެހޭ ވަރަށް އެ ޮފތް ހުޅުވޭނެ ޮގތެއް ޯނވެ އެވެ. ޮކޕީ ނެގުމުން އަރަނީ މެޝިނުގައި ޖެހޭ ހިސާބެވެ. ބޭނުންވާ ލިޔުންތައް އެއްޮކށް ޮކޕީ ހައްދާ ނަމަ ޖެހޭނީ އެ ލިޔުންތައް ހުރި ގަނޑުތައް އެ ޮފތުން ވަކި ކުރާށެވެ. މަދު

އެތިޮކޅެއް ނަމަ ޯނޓު ޮކށްލައިގެން އާދެވިވެސް ދާނެ އެވެ. އެކަމަކު މިހާރު ބޭނުން ވެގެން މި އުޅެނީ ގިނަ އަދަދެއްގެ ޮސފުހާ ތަކެކެވެ. އެންމެ ފަހުން ޖެހުނީ އެތައް ދުވަހަކު އެ ތަނަށް ޮގސްގެން އެ ހުރިހާ އެއްޗެއް ލިޔާށެވެ. އެ ނޫން

ޮގތެއް ނެތެވެ. ބޭނުން ނަމަ ޖެހޭނީ ވާން ޮއތް ޮގތަކަށް ކުރާށެވެ. ރާއްޖެ މީ މި ސަރަހައްދުގައި ޓެކްޮނޮލޖީގެ ޮގތުން އެންމެ ޮބޑަށް ކުރި އަރާފައިވާ އެއް ގައުމެވެ. މިހާ ކަޓު ސިސްޓަމަކަށް ގައުމީ ކުތުބުޚާނާގެ ރިފަރެންސް ސިސްޓަމް ޮއތުމަކީ މި ރާއްޖެއާ ގުޅޭ ކަމެއް ނޫނެވެ. ދުނިޔޭގެ ބައެއް ގައުމު ތަކުގައި މީގެ ވަރަށް ފަސޭހަ ނިޒާމުތައް ފެންނާން އެބަ ހުއްޓެވެ. ކުތުބުޚާނާގައި ޮފތް ތަކުގެ ހާޑް

ޮކޕީ ހުރެ އެވެ. އެއީ އެއް ނިޒާމެވެ. އަނެއް ނިޒާމަކީ ޮސފްޓް ޮކޕީ ބަލައިލެވޭ ނިޒާމެކެވެ. މިސާލަކަށް އަޅުގަނޑު ބޭނުންވަނީ 1975 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނޫހެއްގައި ޮއތް ލިޔުމެއް ކަމަށް ވާނަމަ އެއީ ވަރަށް ފަސޭހަ ކަމެކެވެ. އަޅުގަނޑަށް އެ މަޢުލޫމާތު ކުތުބުޚާނާގައި ހުންނަ ޮކމްޕިއުޓަރު

ސިސްޓަމްތައް މެދުވެރިޮކށް ލިބޭނެ އެވެ. އަޅުގަނޑު ޖެހޭނީ ބޭނުންވާ ނޫހުގެ ނަމާއި އަޅުގަނޑު ބަލަން ބޭނުންވަނީ ވަކި ދުވަހެއްގެ ޢަދަދެއް ނަމަ އެ

ދުވަހުގެ ތާރީޚު ޖަހާލާށެވެ. ބޭނުންވި މަޢުލޫމާތު ހުންނާނީ އަތްޯފރާ ފަށުގަ އެވެ. ވަކި ލިޔުންތެރިއެއްގެ ލިޔުންތައް ވެސް ސާޗް ޮކށްލެވި ދާނެ އެވެ. ވަކި ދާއިރާއެއްގެ ލިޔުންތައް ވެސް ޯހދިދާނެ އެވެ. ވަރަށް ފަސޭހަ އެވެ. އެ މީހުން ހުންނަނީ ޮކންމެ ދުވަހެއްގެ ނޫސް އެއްޮކށް ސްކޭން ކުރުމަށް ފަހު ޮކމްޕިއުޓަރުގައި ރައްކާ ޮކށްފަ އެވެ. ފުރަތަމަ ޮސފުހާއިން ފެށިގެން ފަހު ޮސފުހާ ހަމައަށް ބަލައި ލެވެ އެވެ. މުޅި މަސައްކަތަށް ބޭނުންވަނީ

ދިހަ ވަރަކަށް މިނެޓެވެ. މީ ރާއްޖޭގެ ކުތުބުޚާނާގައި ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެއްކަލަ ޮބޑު ޮފތްޮބނޑި ނު އުފުލިގެން އުޅޭކަށް ނުޖެހޭނެ އެވެ. ޚިދުމަތާ މެދު ފޫހި ވެގެން މި ޝަކުވާތައް ކުރާކަށް ވެސް ނުޖެހޭނެ އެވެ. އެކަމަކު މިހާރު މި ޮއންނަ ޮގތުން ކުތުބުޚާނާގައި އަޅުގަނޑު ހޭދަ ކުރަން ޖެހުނު ވަގުތަށް ބަލާ އިރު މި ކަމުގައި ދެބައިކުޅަ އެއްބައި ޚިދުމަތް ވެސް

ލިބުނު ކަމަށް އަޅުގަނޑަކަށް ނުބުނެވޭނެ އެވެ. ގޭގެ ފެން ބިލަށް މަހަކު ދެ ހާސް ރުފިޔާ އަށް ވުރެ ޮބޑު

ޢަދަދެއް ޮކންމެ މަހަކު ވެސް އަރަ އެވެ. ފެނަކީ އަސާސީ ޚިދުމަތެކެވެ. އެ ޚިދުމަތް ދެނީ ވެސް އެ ގިންތީގަ އެވެ. އަސާސީ ޚިދުމަތެއްގެ ޮގތުގަ އެވެ. އެކަމަކު ޮކންމެ އަހަރެއް ނިމިގެން ނުކުންނަ ފެން ކުންފުނީގެ އަހަރީ ރިޯޕޓު

ކިޔައިލުމުން ރުޅި ގަދަވެ އެވެ. އެތައް މިލިއަން ރުފިޔާއެއްގެ ފައިދާއެއް ވާ ވާހަކަ ޮއންނާތީ އެވެ. އެހާ ޮބޑު ފައިދާއެއް ވާ އިރު، އަސާސީ

ޚިދުމަތެއްގެ ޮގތުގައި ދެއްވާ ފެންޮފދު އަގު ޮބޑު ވެގެން ވޭނަކަށް ވެފައިވާ ރައްޔިތުންގެ އަދަދު ހާހުން ގުނާލެވެ އެވެ. ދަންނަވަން މި އުޅެނީ ފެން ކުންފުނި ގެއްލުމުގައި ހިންގާށެކޭ ނޫނެވެ. އެކަމަކު އަސާސީ ޚިދުމަތެއް ދޭ ކުންފުންޏަކުން އަހަރު ނިމޭ އިރު އެތައް މިލިއަން ރުފިޔާއެއް ފައިދާ ވެޔޭ ބުނެ ރިޯޕޓެއް ނެރުމަކީ މެޑަލް ޖަހަން ޖެހޭ ކަމެއް ނޫނެވެ. އެއީ

ލަދުވެތި ކަމެކެވެ. އޭގެން ދައްކުވައިދެނީ ފެނުގެ އަގު އެތައް ގުނައެއް ހެޮޔ ކުރެވިދާނެ ކަމެވެ. މިހާރު މި ޮއތް ޮގތުން ޯބން ބޭނުންވާ ފެން ޮފދުގެ ޚިދުމަތް މި ލިބެނީ ލިބެންވާ އަގަށް ވުރެ އެތައް ގުނައެއް ޮބޑު ޮކށެވެ.

އާދެ، މީ އެއް ޮގތަކަށް ބުނާ ނަމަ ޚިދުމަތުގެ ދެބައިކުޅަ އެއްބައެވެ.އަސާސީ ޚިދުމަތް ތަކަށް ފަސޭހަ ނިޒާމުތައް ޯހދައި ދިރާސާ ކުރާން ޖެހެ އެވެ. އަދި އެ ނިޒާމުތައް ތަންފީޒު ކުރާން ޖެހެ އެވެ. އަގުގެ ޮގތުން ބަލާ އިރު ދެވެން ޮއތް އެންމެ ހެޮޔ އަގެއްގައި އެ ޚިދުމަތްތައް ރައްޔިތު މީހާ

އާއި ހަމައަށް ޯފރުޮކށްދޭން ޖެހެ އެވެ. އެ ޚިދުމަތާ މެދު ރައްޔިތު މީހާ އުފާ ވާން ޖެހެ އެވެ. ހިތްހަމަ ޖެހެން ޖެހެ އެވެ. އަތް ޯފރާ ފަށަށް ޚިދުމަތްތައް އައީ ކަމަށް ވާނީ އޭރުންނެވެ. މިހާރު މި ޮއންނަ ޮގތުން ފުރިހަމަ ޚިދުމަތެއް

ނެތެވެ. މުޅީން ވެސް ހުރީ ޚިދުމަތުގެ ދެބައިކުޅަ އެއް ބައެވެ.

13

Page 14: Sun Magazine Issue 8

14

ާދއިާރތަކުގެ އިންތިާހބު:

އެމްީޑީޕގެ ދެވަނަ މޫނު ގިނަ ާދއިާރތަކުގެ ރަީއސުންގެ ގޮތުގައި ހޮވުީނ އެ ާދއިާރތަކަށް ނިސްބަތް ނުާވ ީމހުން

ފުއާދު ގާސިމް

ކުރީގެ ސަރުކާރުތަކުގެ ކަންތައްތައްވެސް ޯގހުން ޯގހަށް ދިޔައީ، ޮކންމެ ކަމެއްގައިވެސް ސަރުކާރު ރަނގަޅުކަމަށް ވަކާލާތުކުރުމަށް ބަޔަކު ނުކުމެ

ތިބިއިރު، އިސްލާހަށް ޮގވާލާނެ ބަޔަކު ނެތީމައެވެ.ނިމިގެންދިޔަ ސަރުކާރުގެ އެންމެ ނުރަނގަޅު އެއްސިފަ ކަމުގައި އަޮތޅުތަކުގެ

މީހުން ބުނަމުންއައީ ރައްޔިތުންގެ މެދުގައި

ހަމަހަމަކަން ނުބޭއްވުމެވެ. އެންމެންގެ މަސައްކަތުން ޯހދާލާރި މާލެއަށް އެކަނި ހޭދަކުރަމުން ދިއުމެވެ.

އަޮތޅުތަކުގެ ފަޅުރަށްތަކާއި އެހެން ވެސް މުއްސަނދިކަން

ވަކިބަޔަކު، ޚާއްޞަޮކށް މާލޭ މީހުން ބޭނުންކުރަމުން

ގެންދިއުމުގެ މަގު ފަހިޮކށްދީފައި ޮއތުމެވެ. އަޮތޅުތަކަށް ނިސްބަތްވާ ރައްޔިތުންގެ ފަޤީރުކަމާއި

ނިކަމެތިކަމުގެ ފައިދާ ނަގައިގެންނެވެ. ހަމައެޮގތަށް، "ޮބޑުމީހާ"ގެ ރުއްސެވުން

ޯހދުމަށް "ދައްކަވާ މީހާ" މަޖިލީހަށް ޮހވައިދިނުމަކީވެސް "ރިޒުޤު ތަނަވަސް ކުރުމަށްޓަކައި" އޭރު ކުރަންޖެހޭ ކަމެކެވެ.

މިހާރު މިވަނީ ޮގތްފާޑު ބަދަލުވެފައެވެ. އެމްޑީޕީ ގެ ވެސް ޮބޑު ހިއްސާއަކާއިއެކު، ރައްޔިތުންގެ ވެރިކަމެއް ޤާއިމް ވެފައެވެ. "މުޒާހަރާ ޤާނޫނު

އަސާސީން" ޙައްޤުތަކާއި، ފުރުޞަތުތައް ހަމަހަމަ ޮގތެއްގައި އެންމެނަށް ހުޅުވާލެވިފައެވެ. ކަންމިހެން ޮއއްވާ، އެމް ޑީ ޕީ ގެ ދާއިރާތަކުގެ ރައީސުންގެ

ޮގތުގައި ޮހވާ، އަޮތޅުތަކުގެ ދާއިރާތައް ތަމްސީލުކުރުން މާލޭ މީހުންނާ ޙަވާލުކުރުމަށް އެޕާޓީގެ މެމްބަރުން ނިންމި ސަބަބެއް ދަންނަވާކަށް

ނޭނގެއެވެ. އެކަމުން އެ ދާއިރާތަކަށް ލިބޭނެޮމޅެއް އަމުދުން ހިތަކަށް ނުގެނެވެއެވެ.

މީހަކަށް ނުވާނަމަ ދެންވާނެޮގތް އެކަކަށްވެސް ޮއޅިފައެއް ޯނންނާނެއެވެ. އަޮތޅުތަކުގެ ރައްޔިތުންގެ "ހުރިހާ ކަމަކާއި ހުރިހާ

އެއްޗެއް" މާލޭ މީހުންނަށް "ދީގެން" ކާބަފައިން ތިބި

ތިބުން އިންޞާފުވެރި ނޫންކަމުގައި ޤަބޫލުޮކށް، ޙައްޤުތައް ޯހދުމަށްޓަކައި

"ރަށްފުށު މީހުން" ހިންދެމިލި ވަގުތު، އެމް.

ޑީ.ޕީ. ގެ ދާއިރާ އިންތިޚާބުން ފެނުނު މަންޒަރުން އަޅުގަނޑު

ހަމަގައިމުވެސް އަންތަރީސް ވެއްޖެއެވެ.

ދާއިރާ އިންތިޚާބުގައި ދާއިރާގެ ރައީސް ކަމުގެ މަޤާމަށް ވާދަކުރި 46 ދާއިރާގެ ތެރެއިން 42 ދާއިރާ ނިސްބަތްވަނީ އަޮތޅު

ތަކަށެވެ. އަޮތޅުތަކަށް ނިސްބަތްވާ 42 ދާއިރާގެ ތެރެއިން 20 ދާއިރާއަކުން ރައީސްކަމަށް އިންތިޚާބުކުރީ މާލޭ މީހުންނެވެ. އިތުރު 3 ދާއިރާއަކުން،

ދާއިރާއިން ބޭރު މީހުން ދާއިރާގެ ރައީސްކަމަށްވަނީ އިންތިޚާބު ޮކށްފައެވެ. އަޮތޅަކަށް ނިސްބަތްވާ ދާއިރާއެއްގެ ރައީސްކަމަށް ވާދަޮކށް ބަލިވެފައިވަނީ

Page 15: Sun Magazine Issue 8

15

މާލެއަށް ނިސްބަތްވާ އެއްމެ 2 މީހެކެވެ. ދިވެހިރާއްޖެ އަނބުރާ ދިވެހިންނަށް ޯހދައިދޭން ނުކުތް ދިވެހި

ރައްޔިތުންގެ ޑިޮމކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުގައި އަޮތޅުތަކަށް ނިސްބަތްވާ ޮގނޑިތައް މާލޭ މީހުންނާ ޙަވާލުޮކށްފާނެ ކަމަށް ޚިޔާލުވެސް ކުރެވިފައެއް ނެތެވެ.

އެމްޑީޕީ ވެރިކަމަށް އައީ އެބައެއްގެ ތަންތަނާއި ކަންކަމުގެ މައްޗަށް ޮގތްފާޑު ކިޔާނީ އެބަޔަކު އަމިއްލައަށް ކަމުގައި ޤާނޫނު އަސާސީގައިވެސް ލިޔެ، ރައްޔިތުން

ކުރިއަރާނީ ރައްޔިތުން ބާރުވެރިވެގެން ކަމަށާއި، ބާރުވެރި ވެވޭނީ، ސިޔާސީ މަސްރަޙުގައި ޮގތް ކަނޑައެޅުމުގެ ބާރު އަމިއްލައަށް ލިބިގަތުމުން އެކަނި ކަމުގައި

ޤަބޫލުޮކށްގެން ތިބެއެވެ.ދާއިރާތަކުގެ ރައީސުން ޮހވިގެންދިޔަ ޮގތުން ޚުދު މުޚްތާރުކަމުގެ

ސިފަ، ކިތަންމެ ރަނގަޅަކަށްވެސް އެއިންތިޚާބުން ފެންނަން އެބަޮއތެވެ. ރުއްސެވުން ޯހދުމަށްޓަކައި އަޅުދާސްތު ވުމުގެ އުޞޫލު ޕާޓީގެ މެންބަރުން

ޤަބޫލުކުރާ ކަމުގެ ހެކިތައް ހާމަވާން އެބަޮއތެވެ. އަދި މެމްބަރުންގެ ކިބައިގައި އެސިފަ އަށަގެންނެވުމަށް ޕާޓީގެ ޮބޑުން ބޭނުންވާ

ކަމުގެ ދަލީލުތައް ދެއްކެން އެބަޮއތެވެ. ރައްޔިތުންނަށް ވީތީ

ބައިދިނުމުގެ ބަދަލުގައި، "ކިޔަމަންތެރި އަދި

ވަފާތެރި" ފަރާތްތަކަށް އެކަނިދޭ ހަދިޔާއަކަށް ތަރައްޤީ ހެދުން އެއީ

ޑިޮމކްރަސީކަމަށް ވާނަމަ، އެމީހުން އެތިބީ

ފުދިގެންނެވެ.އަޅުގަނޑު

ދުށް އެމް ޑީ ޕީ ގެ ފިކުރަކީވެސް،

އުޞޫލުތަކާއި މަޤުޞަދަކީ ވެސް ރައްޔިތުން ބާރުވެރި

ކުރުވުމެވެ. އެކަމުގެ އެންމެ ސާފު އެއް

ހެއްކަކީ އެންމެފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ޕީ އޭ އާއި ޑީ އާރުޕީ ފަދަ ޕާޓީތަކުގެ އިސް ލީޑަރުން އަޮތޅުތަކުގެ ދާއިރާތަކަށް ކުރިމަތިލައި،

ޮގނޑިތައް ކާމިޔާބު ކުރިއިރު އެމްޑީޕީ ދެއްކީ ތަފާތު ފަލްސަފާއެކެވެ. އޭރު އެމްޑީޕީ ބުނަމުން ގެންދިޔައީ، ބަޔަކު ތަމްސީލުކުރަން ހުންނަންޖެހޭނީ އެބައެއްގެ ތެރެއިން މީހެއްކަމެވެ. ރައީސް ނަޝީދު ވެސް އަދި ޚާއްޞަޮކށް އަޮތޅުތަކަށް ނިސްބަތްވާ އެ ޕާޓީގެ މެމްބަރުން އޭރު ތިއްބެވިޮގތް މަޖިލިސް މެމްބަރުންނަށް

ބަލާލިޔަސް ސާފުޮކށް ފެންނަން އެޮއތީއެވެ. އެމްޑީޕީން މަޖިލީހަށް ޮހވުނު އެންމެ ދެ މެމްބަރެއް ފިޔަވާ ހުރިހާ މެމްބަރުންނަކީ ވެސް އެ މެމްބަރަކު

ތަމްސީލުކުރައްވާ ދާއިރާއަށް ނިސްބަތްވާ ބޭފުޅުންނެވެ. އެމްޑީޕީގެ ފިކުރާއި، މެމްބަރުން ޤަބޫލުކުރާ ހަމަތައް، މިހާއަވަހަށް

ބަދަލުވެގެންދިޔަދިއުން، ދިވެހިންގެ ގިނަ ބައެއްގެ އިތުރުން ޕާޓީގެ މެންބަރުންގެ ތެރެއިންވެސް ބުއްދި އިސްކުރާ އެތައް ބަޔަކު ބަލައިގަންނަނީ

މާޔޫސްކަމާއިއެކުގައެވެ. މިހާރު އަޑުއިވޭ ޮގތުގައި، ދާއިރާތަކުގެ ރައީސުންނަކީ ކުރިޔަށް

ޮއތް މަޖިލިސް އިންތިޚާބުގައި ދާއިރާގެ ޓިކެޓް ޕާޓީން ދޭ ފަރާތްތައް ކަމުގައި

ހަމަޖެއްސުމަށް، ކުރިމަތިވަމުން އަންނަ އެޕާޓިގެ ޮކންގްރެސްއަށް ހުށަހެޅޭނެއެވެ. އެޮގތަށް ހުށަހެޅި، އެޮގތް ފާސްވެއްޖެނަމަ އެދެން

ހަތަރެސްކަން ހަމަވީއެވެ. އަނެއް ދިވެހިރާއްޖޭގެ ރެސްޯޓރެންޓްތަކުން "ރަށްފުށު" މީހުންނަށް ދެދަޅަށް ރަނގަޅަށް އައިސްކިރީމް ޮބވުނީއެވެ.މިވާޮގތަކީ ޕާޓީގެ އެކްޓިވިސްޓުންގެ ތެރެއިން ބަޔަކުޮގސް "އަރިހު" ބޭފުޅެއްގެ ކައިރިން އެދެނީ ދާއިރާއަށް ކުރިމަތިލެއްވުމަށް. ނުވަތަ "މަތިން" ބޭނުންވަނީ އެފަދަ ބޭފުޅުން ކުރިމަތިލުމަށް. ދެން ކުރިމަތިލައްވަނީ. އެހިސާބުން "ވިދާޅުވުންތައް" އަންނަނީ އެބޭފުޅަކު ޮހވައިދިނުމަށް. ދެން ވާޮގތަކީ ޕްޮރވިންސް މިނިސްޓަރުވެސް، އަޮތޅު ކައުންސިލަރުވެސް، ރަށުކައުންސިލަރާއި ޔުޓިލިޓީ ކުންފުނީގެ ޯބޑު

މެމްބަރުންވެސް ފޫގަޅައިގެން ނުކުންނަނީ ރުއްސެވުން ޯހދުމަށް. ވަރަށްޮބޑަށް ހިތްހަމަ ނުޖެހިހުރެ، އެމްޑީޕީގެ މީހަކު އޭނާގެ ޝުއޫރު ފާޅުކުރިއެވެ.

މިއީ އެމްޑީޕީ ވެރިކަމަށް ނުކުތް މަގުސަދާ ޚިލާފު އަމަލުތަކެކެވެ. މިއީ

އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ދިން ސަބަބުތަކާ ޚިލާފު ކަމެކެވެ. މިއީ ހެޮޔވެރިކަމެއްގެ ވައުދާ ޚިލާފު ކަމެކެވެ. މިއީ

ރައްޔިތުމީހާގެ ދިރިއުޅުން ފަސޭހަވުމާ ޚިލާފު

ކަމެކެވެ. އެމްޑީޕީ އާ މިފަދަ ޮބޑު ޚިލާފެއް ހުރި މައްސަލައެއް

ދާއިރާތަކުގެ އިންތިޚާބުން ފާހަގަ ކުރެވުމަކީ ޕާޓީގެ ކުރިން ނުފެންނަ މޫނެއް

ފެނުމެވެ. އެމްޑީޕީގެ މި މޫނަކީ ބިރުވެރި

މޫނެކެވެ. އެމްޑީޕީ ނުކުތީ މިފަދަ ބޭއިންޞާފުތައް ހުއްޓުވައި، ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރުމަށެވެ. އެންމެން ބައިވެރިވާ، އެންމެންނަށް ފައިދާވާ

އެހެން ކަމުން އެމްޑީޕީ އޭގެ ސިޔާސީ ނިޒާމެއް އަށަގެންނެވުމަށެވެ. ޒާތުގައި ދިރި ޮއތްނަމަ ދެން އަންނަ ޮކންގްރެސް އެއްގައި މިކަންކަން

ހަމަމަގަށް ގެންނަން އެބަޖެހެއެވެ. އެމްޑީޕީގެ މޫނު ވަރަށް ރީތިޮކށް މޫނުބަލާ ޯލގަނޑަކުން

ބަލައި އެމޫނުގައި އެޕާޓީގެ ރީނދޫ ކުލަ ނޫން އެހެން ކުލައެއް ހުރިނަމަ ފިލުވައި ސާފުކުރުން މަޖުބޫރެވެ. އެހެން ނޫންނަމަ ޕާޓީގެ އިތުބާރުގެއްލި

ހެޮޔވެރިކަމެއް ކުރާކަމުގެ އިތުބާރު ކެނޑި ދައުލަތް ހިންގުމުގެ މަސައްކަތް ވަޅުޖެހި މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. މި ބީދައިން ޕާޓީގެ އުސޫލުތައް ޮބއްސުން ލުމަކީ ރާއްޖޭގެ އެއްވެސް ބަޔަކަށް ފައިދާހުރި

ކަމެއް ނޫނެވެ.

To commentSUN (comment) and send to 2747

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޕާޓީގެ މެންބަރުން ޯވޓު ލަނީ އަދި ޮއފިޝަލުން ޯވޓު ގުނުމުގެ މަސައްކަތުގައި: އިންތިހާބުގެ ނަތީޖާ ނުކުތްއިރު ގިނަ ދާއިރާތައް ތަމްސީލު ކުރަނީ

އެ ދާއިރާތަކާ ގުޅުމެއް ނެތް މީހުން

Page 16: Sun Magazine Issue 8
Page 17: Sun Magazine Issue 8
Page 18: Sun Magazine Issue 8

ކޮންމެ މަާގމަކަށް ސަރަނގު ާއދަމް މަނިކެއް!ފަރެސް މުހައްމަދު އާމިރު

މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަހަރު ސަންއެފްއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ޮގތުގައި މާލޭގެ މަގުތައް

ކުނިކެހުމަކީ ސިޔާސީ މަސައްކަތެއް ނޫނެވެ. ސިޔާސީ މީހަކު އަތުން ކުރަން ޖެހޭކަމެއް ނޫނެވެ. އެއީ ސިވިލް ސާވިސްގެ މަސައްކަތެކެވެ.

އެކަންކުރާނީ ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. ނަމަވެސް ކުނި ކަހާނެޯތ

ނުވަތަ ނުކަހާނެޯތ ކަނޑައެޅުމަކީ ސިޔާސީ ކަމެކެވެ. ކުނިކަހާ ނަމަ ކަހާނީ ޮކންޮގތަކަށް ކިހާވަރަކަށްޯތ ކަނޑައެޅުމަކީ ސިޔާސީ ކަމެކެވެ. ސިޔާސީ ޮގތުން ސިޔާސީ މީހާ އެޮގތް ކަނޑައެޅުމުން އެކަން ތަންފީޒުކުރާނީ އެކަމަށް ހުންނަ

ސިވިލް ސާވިސްގެ މުވައްޒަފެކެވެ. ނުވަތަ ބައެކެވެ. އާދަމް މަނިކުގެ މިސާލާއި ނަމޫނާ އޭގެ ޒާތުގައި ވަރަށް ފުރިހަމައެވެ.

ސަރުކާރުގެ ސިޔާސީ ބޭފުޅުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ގުޅިގެން ދައުލަތް ހިންގުމުގެ ކަންކަން ރާވައި ގެންދާނެ ޮގތުގެ ވަރަށް ސާފު މިސާލަކަށް

އަދި ހިކުމަތްތެރި ޮއޅުންފިލުވައި ދިނުމަކަށް މިކަން ފުދެއެވެ. ދައުލަތް ހިންގުމުގެ ބާރުތައް ވަކިވެ، ސިވިލް ސާވިސް އުފެދި އާ ގާނޫނު އަސާސީއާ އެއްޮގތަށް ދިވެހި ދައުލަތް ހިންގުމުގެ މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މިކަން ވަރަށް ރަނގަޅަށް އެންމެނަށް އެނގެން

އެބަޖެހެއެވެ. ސިޔާސީ މީހުންނަށެވެ. ސިވިލް ސާވިސްގެ މީހުންނަށެވެ. މި ދެބައިގެ ދެމެދުގައި ޮގތްކިޔާ މީހުންނަށެވެ. އެޮގތް އެނގި އެ މަފުހޫމް ނިކަން

ރަނގަޅަށް ހިތަށް ވަދެގެން ނޫނީ މި އާ އުސޫލުތައް ތަންފީޒެއް ނުކުރެވޭނެއެވެ.

Page 19: Sun Magazine Issue 8

19

ކޮންމެ މަާގމަކަށް ސަރަނގު ާއދަމް މަނިކެއް!ކުނިކަހަން ޖެހޭކަމާއި ކަހާނީ ޮކން ޮގތަކަށް ކިތައް ދުވަހު ކިތައް ފަހަރުޯތ ސިޔާސީ ޮގތުން ކަނޑައެޅިދާނެ އެވެ. މާލޭގެ ކުނިކަހަން ޖެހޭކަމަށް ކަނޑައަޅައި ކުނިކަހާނީ ކިތައް ދުވަހު ކިތައް ފަހަރުޯތ މާލޭ މުނިސިޕަލްޓީގެ

ރައީސަށް ކަނޑައެޅި ދާނެއެވެ. ނަމަވެސް ސިޔާސީ ޮގތުން އެ ނިންމި ނިންމުން ތަންފީޒު ކުރަން ތިބި ސިވިލް ސާވިސްގެ މީހުން އެ ސިޔާސަތާ

އެއްޮގތަށް އެކަން ނުޮކށްފި ނަމަ، މުނިސިޕަލްޓީގެ ރައީސްގެ ސިޔާސީ ނިންމުން ފޭލިވީއެވެ. މިޮގތް ރަނގަޅަށް ދެފަރާތަށް ދޭހަނުވެ ހަމަ މަގުން

ސަރުކާރެއް ނުހިނގާނެއެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދަތިވާ ޮގތަށް، އަދި ޖެއްސުން ކުރާޮގތަށް ސިޔާސީ ނިންމުންތައް ނިމޭ ނަމަ އެ ނިންމުންތައް ނިންމުމުގައި

ސިވިލް ސާވިސްގެ މީހުން ފަރުވާ ކުޑަޮކށްފާނެއެވެ. ކަންކަން ފުރިހަމަ ނުޮކށް އެކަމަކު ތިމާގެ ޮބލުގައި ނޭޅޭޮގތަށް މުޠުލަޤަށް މަކަރު ހަދާފާނެއެވެ.

ދެން ޮއތީ މީގެ އަނެއް ޮކޅެވެ. ސިވިލް ސާވިސް އަކީ އެއިރެއްގައި ޮއންނަ ސަރުކާރަކުން ރައްޔިތުންނަށް ދޭން ކަނޑައަޅާ ޚިދުމަތްތަކެއް ދިނުމަށް ޮއންނަ

ސާވިސް އެކެވެ. އަމަލު ކުރަން ޖެހޭނީ އެއިރެއްގައި ޮއންނަ ސިޔާސަތަކާ އެއްޮގތަށެވެ. ސިޔާސަތު ބަދަލު ވެއްޖެ ނަމަ ބަދަލުވީ ޮގތަށެވެ. މިޮގތަށް

މިކަން ނުހިނގާ ނަމަ، އަދި މި ސިޔާސަތު ތަންފީޒު ވިޔަ ނުދޭން ދަތިޮކށް، ވަގަށް ވިކައި ތަދުޮކށް ސިޔާސަތު ފޭލިވެއްޖެކަން ދައްކަން މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނާ މެދު ޣާފިލުވެގެން ހެވިފައި ސިޔާސީ

މީހާއަކަށް ވެސް ނުހުރެވޭނެއެވެ. އަދުގެ ހާލަތުގެ ހަގީގަތަކީ ދެޮކޅަށް ވެސް މި މައްސަލަތައް ޮއތުމެވެ. ސިވިލް ސާވިސްގެ މީހުންނަށް ސިޔާސީންގެ އުނދަގޫ ޯފރުމެވެ. ސިޔާސީންނަށް ސިވިލް ސާވިސް މީހުންގެ ޖެއްސުން ކުރުންތައް ޯފރުމެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ކުއްވެރި ކުރުމެވެ. ތުހުމަތުގެ އިނގިލި ދިއްކުރުމެވެ. ބަދުނާމު ކުރުމެވެ. ބިރު ދެއްކުމެވެ. މީގެ ހަގީގަތަކީ ގައުމުގައި ޮއތް ސިޔާސީ ގަބުކަމެވެ. ރާއްޖެ އެ ނިޒާމަކަށް ހުޅުވިފައި މިވާ ވެރިކަމުގެ ނިޒާމު ދޭހަ ނުވުމެވެ. މިކަމުގައި

އިހުމާލުވާ ބަޔަކު ތިބޭނެއެވެ.

ސިވިލް ސާވިސް އުފެއްދި އިރު އެކަމުގެ މައުލޫމާތު އާންމު ކުރެވިފައެއް ނުވެއެވެ. އޭގެ ފަހުން ވެސް އެކަން ތައާރަފުޮކށް މަސައްކަތުގެ މާހައުލެއް ގާއިމު ކުރެވޭނޭ އިންތިޒާމެއް ކުރެވިފައެއް ނެތެވެ. ގިނަ ބަޔަކު ގަބުކަން މަތީ ތިއްބައި

ގާނޫނުއަސާސީ ބަދަލުވުމެވެ. ވެރިކަން ބަދަލުވުމެވެ. ވެރިކަން ބަދަލުވީ އިރު މުޅި ރާއްޖެއަށް ޮލޅުން އަރައިގެން ދިޔައެވެ. ސިވިލް ސާވިސްގައި ތިބި ގިނަ މީހުންނަކީ ކުރީގެ ސަރުކާރުން އިންދައިފައި ތިބި މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ހީވަނީ ސަރުކާރުގެ

ސިޔާސަތު ތަންފީޒުކުރުން އެމީހުންގެ މައްޗަށް ލާޒިމުވެގެން ނުވާކަމަށެވެ. ގާނޫނާއި ގަވާއިދާ އެއްޮގތަށް އަމުރުތައް އަންނަހާ ހިނދަކު ސަރުކާރުގެ

ސިޔާސަތު ތަންފީޒު ކުރުމަކީ ސިވިލް ސާވިސްގެ ޒިންމާއެއް ކަމަށް އަދިވެސް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ.

Page 20: Sun Magazine Issue 8

20

ވެރިކަން ބަދަލުވެގެން ދިޔައިރު ކުރީގެ ސަރުކާރަށް ހިތުގެ އަޑިން ޯލބި ޮއތް ގިނަ ބަޔަކު ސިވިލް ސާވިސްގައި ތިއްބެވެ. އާ ސަރުކާރުގެ

ސިޔާސީ މީހުންނަކީ އެމީހުންގެ ވެރިންކަމަށް ގަބޫލުކުރަން މި މީހުންނަށް އަދިވެސް ވަރަށް ދައްޗެވެ. މިފަދަ ގިނަ ސަބަބުތަކަކާ ހުރެ ސިވިލް

ސާވިސްގެ މީހުންނާއި ސިޔާސީ މީހުންގެ މެދުގައި ނުތަނަވަސް ކަމާއި ދެޮކޅުވެރިކަމާ ދިމާ ކުރުމާއި ޖެއްސުންކުރުން އެބަ ޮއވެއެވެ.

މިދެންނެވި ކަންކަން މިޮގތަށް ޮއތުމުގެ ސަބަބުން ނުކުންނަ އާޚިރު ނަތީޖާއަކީ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް މަޑުޖެހުމެވެ.

ލަސްވުމެވެ. ބަރުހެލި ވުމެވެ. ފެންބަރުކެއުމެވެ. ރައްޔިތުންނަށް ދަތިވުމެވެ. ޮކންމެ ކަމެއް ނިންމަން ފަނޑިޔާރުގެއަށް ދާންޖެހުމެވެ. މިކަން މިޮގތުގައި

ހިނގައި ދައުލަތް ހިންގުން ލަސްވެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން

އުފެދި އޭގެ އިންތިހާ ދަރަޖައިގެ ގެއްލުން މުޅި ގައުމަށް ލިބެމުން އެބަދެއެވެ. ނަމަވެސް މިއަށްވުރެ ޮބޑު ހިތާމައަކީ އަދިވެސް މިކަން ހައްލުވެ ދެބައި

މީހުން އެކުގައި މަސައްކަތް ކުރެވޭނޭ މާހައުލެއް އުފެއްދުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމެވެ.

މި މަސައްކަތް ކުރަންވީ ޮކން ބައެއް ހެއްޔެވެ؟ ސަރުކާރުން ހެއްޔެވެ؟ ސިވިލް ސާވިސް ޮކމިޝަނުން ހެއްޔެވެ؟ ނޫނީ ސަރަނގު އާދަމް

މަނިކު ހެއްޔެވެ؟ ސަރުކާރުން އެކަނި މި މަސައްކަތް ކުރަން ފަށައިފި ނަމަ

މިހާރު އުފެދިފައިވާ އިތުބާރު ނެތުމާއި ޝައްކު ކުރުމުގެ ކަންކަން ހައްދުން ނެއްޓިގެން ޮގސް އިތުރު ނުތަނަވަސްކަން އުފެދުމަކީ ވެދާނެ ކަމެކެވެ.

ސިވިލް ސާވިސް ޮކމިޝަނުން މި މަސައްކަތް ކުރާނަމަ މި މައްސަލަ ނުއުފެދި ހިނގައިދާނެއެވެ. ނަމަވެސް އެ ޮކމިޝަނުން އެކަނި މި މަސައްކަތް ޮކށްގެން

ކާމިޔާބެއް ނުވާނެއެވެ. އެހެންކަމުން މީގެ އެންމެ ފުރިހަމަ ނަތީޖާ ހާސިލްކުރެވެން ޮއތް ހަމައެކަނި ޮގތަކީ ސަރުކާރާއި ސިވިލް ސާވިސް ޮކމިޝަނުން މި

މަސައްކަތް ކުރުމެވެ. ސިވިލް ސާވިސް އަކީ ޮކބައިކަން އަންގައިދީ ހޭލުންތެރި ކުރުވުމެވެ. ސިވިލް ސާވިސްގެ އުސޫލުތަކާއި ހަމަތައް އަންގައިދީ އެކަމަށް

އަހުލުވެރި ކުރުވުމެވެ. ސިވިލް ސަރވިސްގެ ސްލޫކީ މިންގަނޑުތަކާއި ޚިދުމަތުގެ ރޫހަށް އަހުލުވެރި ކުރުވުމެވެ. އަހުލުވެރި ކުރަން ޖެހެނީ ދެފަރާތެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި ސިވިލް ސާވިސްގެ މަގާމުތަކުގައި ތިބި

މީހުންނާއެވެ. އަހުލުވެރި ޮކށް ނިމޭއިރު ނުކުންނަން ޖެހޭ ނަތީޖާއަކީ ޮކންމެ

ބަޔަކަށް ވެސް އެމީހުންގެ ޒިންމާއާއި ދާއިރާ އާއި އޭގެ މިންތަކާ ހައްދުތައް އެނގުމެވެ. ތިމާމެން ކުރަންވީ ކަންތަކާއި ޮކށްގެން ނުވާނެ ކަންތަކާއި ކުރެވޭނެ

ކަންތަކާއި ނުކުރެވޭނެ ކަންތައް އެނގުމެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރަން އެނގުމެވެ. ރައްޔިތު މީހާއަށްޓަކައި ހިންގޭ ޚިދުމަތްތެރި ދައުލަތެއް ހިންގަން އެނގުމެވެ. ޚިޔާލުތަފާތުވުން ތަކާ އެކު މަސައްކަތު މާހައުލެއްގައި އުޅެވޭނޭ ސުލޫކެއް ބިނާވުމެވެ. ތިމާގެ ޒާތީ ކަންކަމާއި ސިޔާސީ ފިކުރުތައް

ހިމާޔަތްކުރުމާއި ތިމާގެ ޖަޒުބާތުތަކަށް އަޅުވެތި ނުވެ ދައުލަތަށް ޚިދުމަތްކުރުމުގެ ގާބިލްކަން ހުރި ބަޔަކު ތަމްރީނު ކުރުމެވެ.

ޚިދުމަތުގެ ރޫހު ހުރި މުވައްޒަފުންތަކެއް ބިނާކުރުމަށް މި ސަރުކާރުގެ ޝައުގުވެރިކަމެއް ނެތް ނަމަ ދެން ޮއތީ ޮކންމެ ސިޔާސީ މަގާމަކަށް ސަރަނގު

އާދަމް މަނިކެއް ލުމެވެ.

Page 21: Sun Magazine Issue 8

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ތާރީޚަކީ ވަކިޮގތަކަށް ބައްޓަން ކުރެވިގެން ލިޔެވޭ އެއްޗެކެވެ. ނުލިޔެ ދޫޮކށްލާ ވާހަކަތަކެއް ތާރީޚުގައި ހުރެއެވެ.

އަޅުގަނޑުމެންގެ އަވައްޓެރި ބައެއްގައުމުތަކުގެ ބައެއް ބޭބޭފުޅުންނާ މެދުވެސް ދެކެވޭ ވާހަކަތަކެއް ނުލިޔެ ދޫޮކށްލާފައި ވެއެވެ. އަދި އެފަދަ ބައެއް ވާހަތަކަކީ ހަޤީގަތް ދެނެހުރި މީހަކު ތެދުވެރިކަމާއެކު ލިޔެފިނަމަ "ދަންޖައްސާ މަޅިގަނޑާ"

ހަމައަށް ވެސް ގެންދެވިދާފަދަ ވާހަކަ ތަކެއް ކަމުގައި ބެލެވިފައިވެ އެވެ. އެކަމަކު އެމެރިކާ ފަދަ ކުރިއަރާފައިވާ ބައެއް ޤައުމު ތަކުގައި އެހެނިހެން ޤައުމުތަކަށްވުރެ މިފަދަ ކަންތައް ތަކުގެ ވެސް ހާމަކަން މާޮބޑުވާނެ އެވެ.މިސާލަކަށް އެމެރިކާގެ ރައީސް ކަމުގެ މަތިވެރި މަގާމުގައި ކްލިންޓަން ހުންނެވި ދުވަސްވަރު ޮމނިކާ ލުވިންސްކީއާ މެދު ޖެހުނު

ކަންތައްގަނޑުގައި ކްލިންޓަން މުޅި ދުނިޔެ އަށް ހާމަވާ ޮގތެއްގައި އިންޕީޗް ކުރެވުނީ އަޅުގަނޑުމެން ބަލަންތިއްބަ އެވެ. އެކަމަކު އެމެރިކާގައި އެކަން ކުރެވުނަސް އާދައިގެ ޤައުމުތަކުގައި އެއަކީ ވާވަރު ކަންކަމެއް ނޫނެވެ.

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހި ރާއްޖެއަކީ ވެސް ޤައުމު ކުޑައެއްކަމަކު ދުނިޔޭގެ ޗާޓުގައި ޮއތް ތަނެކެވެ. އެހެންކަމުން އެފަދަ ކަންތައްތައް މިޤައުމުގައި

ވެސް ހިނގާފައި އެބަހުއްޓެވެ. އަޅުގަނޑަށް މާގިނަ އެއްޗެހިތަކެއް އެނގޭކަމުގައި ދައުވާއެއް

ނުކުރަމެވެ. އަޅުގަނޑަށް ލިބިފައި ހުރި މައުލޫމާތުތަކެއް ލިޔެ ހާމަކުރުމަކީ މިނިވަން ނޫސްވެރިކަމެއްގެ ތެރެއަށް ރާއްޖެ ވަންނަމުންދާ ދުވަސްވަރެއްގައި

ހަމަ ލިޔެލަން އެކަށީގެންވާ ވާހަކައެކެވެ. ނުވަތަ ވާހަކަ ތަކެކެވެ. އާދެ! އެންމެ ފުރަތަމަ އަލްއަމީރު މުޙައްމަދު އަމީނު ދީދީ ވިދާޅުވި

ކަމަށް އަލްމަރުހޫމް ކެރަފާ މުހައްމަދު ކަލޭފާނު )މުހައްމަދު އަމީނު ދީދީ ވިދާޅުވާ ޮގތަށް ނަމަ މަސްޮއޑި( ވިދާޅުވި ވާހަކަ އަކުން ފަށަމެވެ. ކަލޭފާނު ވިދާޅުވާ ޮގތުގައި މުހައްމަދު އަމީން ދީދީ ކިތައްމެ ޯކފާވިޔަސް އެއްވެސް މީހަކަށް އަދި އެއްވެސް ވާހަކަފުޅެއް ދައްކަވާއިރު ހުތުރު ބަހެއް، ބޭނުމެއް ނުކުރައްވަ އެވެ. މުހައްމަދު އަމީން ވިދާޅުވިކަމަށް ކަލޭފާނު ވިދާޅުވި ހުތުރު

ބަހަކީ މިޒަމާނުގައި އެފަދަ ބަހަކަށް ވާނޭވެސް ބާވައެވެ!އަލްއަމީރު ޙަސަން ފަރީދު ދީދީ އަވަހާރަވުމަށްފަހު ދިވެހި

ޤައުމުގެ ވެރިކަމުގެ ލަގަން އެކި ސިފަސިފައިގައި ޮއންނަނީ މުޙައްމަދު އަމީނު އަތްޕުޅުގައެވެ. ވަލީ ޮކމިޓީގެ މެމްބަރަކަށްވިއަސް، ވަޒީރުއް ދާޚިލިއްޔާގެ

ޤާއިމް މަޤާމް ކަމުގައި ވިއަސް ވަޒީރުއް ދާޚިލިއްޔާ ކަމުގައިވިއަސް، އަދި ވަޒީރުލް އަޢުޒަމް )ޕްރައިމް މިނިސްޓަރު( ކަމުގައިވިއަސް، ވަލިއްޔުލް އަމްރު ކަމުގައިވިއަސް މުހައްމަދު އަމީނަކީ ދިވެހި ޤައުމުގައި އެންމެ ބަސްގަދަ އަދި

އެންމެ ބަސްވިކޭ މީހާއެވެ.އެފަދަ ދުވަސްވަރެއްގައި ހިނގި ހާދިސާއަކާ ގުޅިގެން މުހައްމަދު އަމީނު ދެއްކެވި ވާހަކަފުޅެއް އަޅުގަނޑަށް ކަލޭފާނު ވިދާޅުވެދެއްވި ޮގތަށް

މިލިޔަނީ އެވެ؛ "އެއްދުވަހަކު އަތިރީގޭ އިރުމަތީ ފަރާތު އުނޯދލީގައި އަމީންދީދީ

އިންނެވި އެވެ. ވަރަށް ޮބޑަށް ޯކފާވެ މޫނުފުޅު ރަތްވެފަ އެވެ. ވަރަށް ބާރަށް އުނޯދލި ހެއްލަވަމުން އެވަގުތު އެތާތިބި އަޅުގަނޑުމެންނާ ދިމާއަށް ވިދާޅުވިއެވެ.

)އަޅުގަނޑުމެންނަކީ އަޅުގަނޑާ މައިޒާން މުހައްމަދު މަނިކާ ކުޑާދަހަރާގޭ އިބްރާހީމް ދީދީއެވެ( ކަލޭމެން ތިން މީހުން ބަނޑޭރިގެއަށް ދާށެވެ. ބަނޑޭރިގޭ

ޚަޒާނާގައިހުރި މާވަހަރުތައް ކުދިކުދި ޮފށިޮފށީގައި ބަންދުޮކށް ބޭރަށް ޮފނުވާޮގތަށް ތައްޔާރުޮކށް، ޮބޑު ނާޮކޅުގައި ހުންނަ ޚާއްސަ ޮކޓަރީގައި ރައްކާޮކށްފައި

އަންނާށެވެ. މިހެން ވިދާޅުވެފައި ވަރަށް ޮބޑަށް ޯކފާވެ ހުންނަވާ އެތެރެއަށް ވަދެވަޑައިގަންނަވަމުން ގަދަ އަޑުފުޅުން 'ޮފރުއްޕާކަށް ނެތޭ!' ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން މިތިބީ ބަނޑަށް ޖެހިފައެވެ. އެތައް ބަޔަކު ބަނޑަށް

މަރުވެއްޖެ އެވެ. އެކަމަކު ރާއްޖެއަށް ލިބޭހާ އެއްޗެއް ޮފނުވަންޖެހެނީ މިސުރަށެވެ. މީ ކިހާ ވަރުގަދަ ކަމެއްހޭ؟ ރާއްޖޭގެ ރައްޔިތުން ހީކުރަނީ ސަރުކާރަށް ލިބޭހާ

އެއްޗެއް، އަހަރެން ބޭނުންކުރަނީ ކަމަށެވެ. އެކަމަކު ކަންހުރީ މިހެންނެވެ. ޮފރުއްޕާކަށްނެތެވެ!"

މުހައްމަދު އަމީން ޯކފާވެގެން އެ އުޅުއްވެވީ މިދަންނަވާ ދުވަސްވަރު ދިވެހި ތަޚުތަށް އިންތިޚާބު ޮކށްފައިވާ ސުމުއްވުލް އަމީރުލް ޙާއްޖަ ޢަބްދުލްމަޖީދު

ރަންނަބަނޑޭރި ކިލެގެފާނު، އެ މަނިކުފާނުގެ ތުއްޕުޅު ދަރިކަލުން އައްނަބީލު އިބްރާހިމް ފަރީދު ދީދީއަށް ކިޔަވާދެއްވުމަށްޓަކައި މިސުރުގައި ހުންނެވި

ދުވަސްވަރު އެބޭފުޅުންގެ ޚަރަދު ބަލަހައްޓަން ދައުލަތަށް ބުރަވެގެންނެވެ. ޚަރަދު ކުރަން ޖެހެނީ ދިވެހި ސަރުކާރުން ކަމަށްވެފައި އެފަދަ ޮބޑު ޚަރަދެއް ކުރުމަކީ

ސަރުކާރަށް ކުޅަދާނަ ކަމަކަށް ނުވާތީއެވެ.ހަޤީޤތަކީ މިއީ ކަމަށްވާއިރު ވެސް ޢަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާ ބެހޭޮގތުން މުހައްމަދު އަމީނު ލިޔުއްވާފައިވާ ގިނަގުނަ ލިޔުއްވުންތައް

މިހާރުވެސް ރާއްޖޭގައި ފެންނަން އެބަހުއްޓެވެ. ކިލެގެފާނަށް ކުރައްވާފައިވާ ތައުރީފާއި ޝުކުރުގެ ވާހަކަތަކަކީ ކިޔާ ޮކޅުން ނުލާފަދަ ގިނަ ވާހަކަތަކެކެވެ. ލިޔުއްވުންތަކުގައި އެއިން ބޭފުޅަކާމެދު ކުޑައިމީސް ބަހެއް ވިދާޅުވެފައެއް ނެތެވެ.

މި ލިޔުން ފެށުނު ތާނގައި އަޅުގަނޑު ލިޔުނުހެން އެފަދަ ވާހަކަފުޅުތަކެއް މުޙައްމަދު އަމީނަށް ލިޔުއްވޭކަށް ވެސް ނެތެވެ. ލިޔުއްވިނަމަ

އެމަނިކުފާނު އެ މަޤާމުން ދުރުކުރެވޭނެކަން ޔަޤީނެވެ. އެހެންކަމާއެކު ތަޢުރީފުގެ ބަސްތައް ލިޔުއްވެވީ އެވެ. އެއްޮދނުގައި ދެބުޅިޖަހައޭ ބުނާފަދައިން މިއީ

މުހައްމަދު އަމީނު އެއްޮދނުގައި ޖެއްސެވި ދެބުޅިއެވެ. އާދެ! މުހައްމަދު އަމީނަށް ވެރިކަމުގައި ވެސް ހުންނެވުނީ އެވެ. އެބޭފުޅުންގެ ޢާއިލާ )ޢަބްދުލްމަޖީދު ދީދީއާ މުޙައްމަދު އަމީނުގެ ބައްޕައަކީ ދެބޭންނެވެ.( ވެސް ތާރީޚަށްޓަކައި

މަތިވެރިކުރެވުނީ އެވެ.

ާތީރޚުގައި ނުލިޔެ ހުރި ފަތްފުށްތައްާތީރޚުގައި ނުލިޔެ ހުރި ފަތްފުށްތައް

ސިއްކަގޭ މުހައްމަދު ނަސީމު ސިއްކަ

21

To commentSUN (comment) and send to 2747

Page 22: Sun Magazine Issue 8
Page 23: Sun Magazine Issue 8

އަކްޝޭ ނައިޓްކްލަބެއްގައި ހުއްޓައި އަންހެންކުދިންތަކެއް އޭާނގެ ޖެކެޓް ީވާދލައިފި

އަކްޝޭގެ ދެން އެންމެ އަވަހަށް ނިކުންނަ އެއް ފިލްމު ކަމުގައިވާ

'އެކްޝަން ރިޕްލޭ' ގެ ޕްޮރޯމޝަނުގެ ބައެއްގެ ޮގތުގައި ނައިޓް ކްލަބަކަށް

ވީދާލައިފިއެވެ. ޮގސްގެން އުޅެނިޮކށް ކްލަބުގައި ތިބި އަންހެންކުދީންތަކެއް އޭނާގެ ޖެކެޓް

އަކްޝޭ ކްލަބަށް ދިޔައީ 'އެކްޝަން ރިޕްލޭ' ގެ ޑައިރެކްޓަރ ވިޕުލް

ޝާހާއި ފިލްމުގެ އަނެއް ބަތަލް އަދިތްޔާއާވެސް އެކުގައެވެ. އެމީހުން އެތަނަށް

ދިޔައީ 1970 އިގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ލަވަތަކުގެ

މައްޗަށް އެކުލެވޭ ޑީޖޭއެއްގައި ބައިވެރިވުމަށެވެ. ނަމަވެސް އަކްޝޭމެން އެތަނަށް

ދިޔައީއްސުރެ އެތާގައި ތިބި ޒުވާން އަންހެންކުދީންތައް އަކްޝޭއާއެކު ޮފޯޓނަގަން

ވަރުދައްކަމުން ދިޔައެވެ. އެންމެފަހުން ޮފޯޓ ސެޝަނެއް ފެށުމުން އެ ކުދީންތައް

އަކްޝޭއާ ކައިރިވާން މަސައްކަތްކުރުމުގެ ތެރޭގައި އޭނާގެ ޖެކެޓް ވީދުނީއެވެ.

ޖެކެޓް ވީދުމުންވެސް އަކްޝޭ އެކަމާ ރުޅި ނާންނަކަމަށް ވެއެވެ.

ފުރިހަމަކުރުމުގައެވެ. އޭނާ އެ ރޭ ކްލަބުގައި ވަގުތުތައް ހޭދަކުރީ ޖެކެޓާ ނުލައެވެ. ޑީޖޭގެ ޕްޮރގްރާމު

ޖިިީމ ޝޭރްގިލް ބުނަީނ ފުރޭތައަީކ އުޅޭ އެއްޗެއް ނޫންކަމަށް

ފިލްމީ ތަރި ޖިމީ ޝޭރްގިލް ބުނާޮގތުގައި ފުރޭތައަކީ އުޅޭ އެއްޗެއް ނޫނެވެ. ބިރުވެރި ފިލްމެއް ކުޅެމުންދާއިރު ބިރު ގަންނަ ޒާތުގެ

ހާދިސާތައް ހިނގާ ކަމަށް ހީވަނީ އޭނާ ބުނާޮގތުގައި އެއިރު މީހާގެ ސިކުނޑީގައި ފިލްމުގައި ހިނގާ ބިރުވެރި ހާދިސާތަކުގެ

އަސަރުތައް ބިންވަޅުނެގިފައި ހުންނާތީ އެވެ. އޭގެ ސަބަބުން ޮދރެއް ވަޔާ ލެއްޕުނަސް ހިތުގައި ޝައްކުތަކާއި ވަހުމުތައް އުފެދި ފުރޭތައެއް އުޅޭކަމުގެ އިހުސާސް ކުރެވިގެން ދަނީއެވެ. ޖިމީ މިޮގތަށް ވާހަކަދައްކާފައިވަނ ބިރުވެރި ފިލްމެއް ކަމުގައިވާ ދަ ފްލެޓް ގެ ޝޫޓިންގ

ނިންމާލުމަށް ފަހު ދާދި ފަހުންނެވެ. މި ފިލްމަކީ ރާޖް ވަރްމާއާއި އަންޖުމް ރިޒްވީ އުފައްދާފައިވާ

ފިލްމެކެވެ."ފިލްމުގެ ޝޫޓިން ގެ ތެރޭގައި ކްރޫ

މެމްބަރަކު ލިފްޓެއްގައި ތާށިވެ އަނިޔާވުމުން ވެސް އެންމެންނަށް ހީވީ އެއީ އަހަރެމެން ޝޫޓިން ނަގަމުން ގެންދިޔަ ފަޅު ޮހޓަލުގައި އުޅޭ ޮކންމެވެސް ރޫހެއްގެ ސަބަބުން ވީ

ކަމެއް ކަމަށް." ޝޭރްގިލް ބުންޏެވެ. އޭނާ ބުނި ޮގތުގައި ފިލްމުގެ މަންޒަރެއް ނެގިފައިވާ ޮގތް ޮކމްޕިޔުޓަރުގެ ސްކްރީނުން ބަލަން ހުއްޓައި

ކުއްލިއަކަށް ކައިރީގައި ހުރި އެހެން އެކްޓަރެއް ފެނުމުން އޭނާއަށްވެސް ހީވީ އެއީ ފުރޭތައެއް

ހެންނެވެ. ދަ ފްލެޓް ގެ އިތުރުން ޖިމީ

ޝޭރްގިލްގެ ދެން އެންމެ އަވަހަށް ނިކުންނާނެ ފިލްމުތަކުގެ ތެރޭގައި ޓިގްމާންޝޫ ދޫލިޔާގެ

ސާހިބް ބީވީ އައުރް ގޭންގްސްޓަރ ހިމެނެއެވެ.

Page 24: Sun Magazine Issue 8

24

އެގާރަ މިލިއަން ރުފިޔާގެ ޚިޔާލު ޯހދުމުގެ ޯވޓެއް ނަގާ ނިމިއްޖެއެވެ. މާލީ ތަދުމަޑުކަމެއް ޮއތްކަމަށް ސަރުކާރުން ބުނަމުންދާ

ދުވަސްވަރެއްގައެވެ. ޯވޓުގެ ނަތީޖާ ދެއްކިޮގތުން، އިދާރީޮގތުން ހިންގުން ފަސޭހަކުރުމުގެ ނަމުގައި ގިނަ ރަށްތަކެއް އިދާރިޮގތުން ހިންގުމަށް ގުޅާލާން ރާއްޖޭގެ ގިނަ ރައްޔިތުން އަދި ތައްޔާރެއް ނޫނެވެ. އެއްބަޔަކު ބުނަމުން އަންނަނީ ބޭނުންވި ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން، މިކަމަށް ހާނބަސް

ނުލިބުނީ އެކަށީގެންވާ މިންވަރަށް މިކަމަށް ރައްޔިތުން ހޭލުންތެރި ނުކުރެވިގެން ކަމުގައެވެ. އެހެންނަމަވެސް ޯވޓުނެގުމުގެ ކުރިން ބައެއް ރަސްމީ ފަރާތްތަކުން

ހާމަކުރައްވާފައިވާ ޮގތުގައި ރާއްޖޭގައި މި، ނެގުނު ޯވޓަކީ ޮކންކަހަލަ ޯވޓެއްކަމާއި، ޯވޓުގެ ނަތީޖާ އިން އެމީހުންގެ ދިރިއުޅުމަށް އަންނާނީ ޮކންކަހަލަ

ބަދަލުތަކެއްކަން ރައްޔިތުންނަށް ރަނގަޅަށް ސާފުވާނެއެވެ. މައިގަނޑު ޮގތެއްގައި މިނެގެނީ ޮކންކަހަލަ ޯވޓެއްކަން ރައްޔިތުންނަށް އެނގޭނެކަމަށް ބައެއްފަރާތްތަކުން ވިދާޅުވާ ވިދާޅުވުމަށް އެއްބަސްވެވެއެވެ. އެއީ ޯވޓުލަނީ

ރަށްތައް އެއްޮކށްލަންޯތ ނުވަތަ އެއްޮކށްނުލަންޯތ ބަލާ ހިސާބުންނެވެ. އެއަށްވުރެ ޮބޑަށް މިކަމާއި ބެހޭޮގތުން ރައްޔިތުންނަށް ރަނގަޅު މަޢުލޫމާތު ލިބިފައެއް

ނެތެެވެ. އިދާރީޮގތުން ރަށްތައް އެއްކުރުމުގެ ފައިދާއާއި ބެހޭޮގތުން މަޢުލޫމާތު ދެއްވާ ރަށްފުށުގެ ތަރައްޤީގެ ޢިލްމީ ބޭފުޅުންނަށް ވެސް

ގިނަފަހަރަށް ވިދާޅުވެވެނީ ގުޅިފައިވާ ވެއްޓެއްގައި ރަށްތައް ތަރައްޤީކުރުމުން ލިބޭނެ ފައިދާގެ ވާހަކައެވެ. ޚަރަދުތައް ކުޑަވެގެންދާނެ ވާހަކައެވެ. އެކަމާއި ދެޮކޅުހަދާނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންނަމަވެސް ރާއްޖޭގެ

ރަށްތައް އިދާރީޮގތުން އެއްޮކށްލުމަށް ސަރުކާރުން ހުށައަޅުއްވާފައިޮއތް ޮގތުން އެ ރަށްތަކަށް އެފަދަ ތަރައްޤީއެއް ނުއަންނާނެއެވެ. އެފަދަ ފައިދާއެއްވެސް

ނުލިބޭނެއެވެ. ސަރުކާރުން އެ ވިދާޅުވާ ބޭރުގެ އެހީ ޯހދުމަށް ޮބޑު މަޝްރޫއެއް ރާވައިގެން ގުޅިފައިވާ ސަރަޙައްދަކަށް ވަކިކަމަކަށް އެހީ

ޯހދަން ފަސޭހަވާނެކަމަށް ވިދާޅުވާ ވާހަކައަކީވެސް ރަނގަޅު ވާހަކައެކެވެ. އެހެންނަމަވެސް އެޮގތަށް އެހީ ޯހދަން އިދާރީޮގތުން ސަރަޙައްދުތައް ގުޅާލާކަށް

ނުޖެހެއެވެ. އެފަދަ މަޝްރޫއެއް ހިންގެނީ އެމަސައްކަތަށް ގުޅިފައިވާ ސަރަޙައްދުތަކުގެ މަޝްރޫއެއްގެ ޮގތުގައެވެ. މިޮގތަށް މާޒީގައި ކަންތައް ޮކށްފައިވެސް ވެއެވެ. މިސާލަކަށް ދަންނަވާނަމަ ދެކުނުގެ އަޮތޅުތަކަށް އަމާޒުކުރެވިގެން ބޭރުގެ އެހީއާއި ޯލނު މަސްވެރިކަން ތަރައްޤީކުރުމުގެ

މަޝްރޫޢުތަކެށް ޯހދިފައިވެއެވެ. މާލެއާއި ކައިރި އެެހެންނަމަވެސް ކަނޑުން ވަކިވެފައިވާ ރަށް ރަށް

މާލޭގެ އަވަށެއްގެ ޮގތުގައި ހިންގުމާއި އަޮތޅުތަކުގެ ބައެއް ރަށްތައް އިދާރީޮގތުން ގުޅާލުމާއި ވަރަށް ތަފާތެވެ. މާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް ދަނީ

އިތުރުވަމުންނެވެ. މިޮގތަށް ބަލާލާއިރު މާލޭގެ ރަށްވެއްސެއްގެ ޮގތުގައި އުފަންވާ އާބާދީ އަށްވުރެ ޮބޑަށް މާލެއަށް ހިޖުރަކުރާ އާބާދީ ބައެއްފަހަރު ޮބޑުވެފައިވެސް

އެބަހުއްޓެވެ. އެެއް އަކަ މޭލަށް ނުތަކާ ވަރަށް މާލޭގައި މީހުން ގިނަވުމުން މާލޭގެ ރައްޔިތުންގެ ބޭނުންތަކަށް އަވަސް ފިޔަވަޅު އަޅަން އެއިރެއްގައި

ޮއންނަ ސަރުކާރަކަށް މަޖުބޫރުވެއެވެ. މާލޭގައި ރާއްޖޭގެ އާބާދީގެ ތިންބައި

ކުޅަ އެއްބައި މީހުން ދިރިއުޅެމުން ގެންދާތީވެއެވެ. އަދި މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވުރެ ޮބޑަށް ސިޔާސީ ޮގތުންނާއި އެހެނިހެން ޮގތްޮގތުން ހޭލުންތެރި އާބާދީއަކަށްވީމައެވެ. މާލެ ހިތްހަމަޖެއްސުމަކީ

ސަރުކާރު ދެމިޮއތުމުގެ ބާރަކަށްވެސް ވާތީވެއެވެ. ޮކންމެ ސަރުކާރަކުންވެސް މާލެ ހިމޭންކުރެވޭޯތ މަސައްކަަތްތަކެއް ކުރެވެއެވެ. މިހާރަކުއެއް ނޫނެވެ. ރާއްޖޭގައި

ވެރިކަމެއް ޮއންނަން ފެށުނީއްސުރެންނެވެ. މިހެންވުމާއި އެކު މާލެ އާއި ރާއްޖޭގެ އެހެން ސަރަޙައްދުތަކާއި ވަރަށްތަފާތެވެ. މި ތަފާތު ހުރިހާ ޤައުމެއްގައި

ވެސް ވެރިކަންކުރާ ރަށުގައި ޮއންނާނެއެވެ. މާލޭގެ އަވަށެއްކަމަށް ބެލެވޭ ރަށްރަށަށް އިސްކަންދީގެން މާލެއެކޭ އެއްޮގތަށް ހުރިހާ ޚިދުމަތެއްވެސް ދެވޭޯތ މަސައްކަތްކުރެވެނީ މާލޭގެ ރައްޔިތުން އެރަށްރަށަށް ޮގސްފައިވަނީ އެރަށްރަށަކީ

މާލެކަމަށް ބެލެވޭތީވެއެވެ. އަދި މާލޭގައި ލިބެންހުންނަ ހުރިހާ ޚިދުމަތެއް މާލެއެކޭ އެއްފެންވަރަކަށް ދެވޭނެކަމަށް ބެލެވިގެންނެވެ.

ތެދުފުޅެކެވެ. އިދާރީޮގތުން ރަށްރަށް އެއްޮކށްލުމުން ސަރުކާެރަށް ފައިދާވާނެއެވެ. ސަރުކާެރުގެ ބަޖެޓުން ކުރައްވަންޖެހޭ ޚަރަދު ކުޑަވާނެތީވެއެވެ.

ޮބޑު މުސާރައެއް ކަނޑައެޅިފައިވާ ކައުންސެލަރުންގެ އަދަދު މަދުވުމުން ހޭދަ ކުޑަވާނެތީވެއެވެ. މުސާރައަށް ކުރައްވަންޖެހޭ ސަރުކާެރުން އެމީހުންގެ

މި ޚަރަދުވެސް ސަރުކާެރުން އެހެންޮގތަކަށް ކުޑަ ކުރެއްވިދާނެއެވެ. ސަރުކާެރުން ޢައްޔަނުކުރައްވާ ކައުންސެލަރުންގެ ވަޒީފާ އުނިކުރައްވައިގެންނެވެ. އެހެން ނަމެއް ކިޔާފައިވެސް އެފަދަ މަގާމުތަކުގައި މީހުން ނުތިބޭޮގތަށް ހަމަޖައްސަވައިގެންނެވެ.

އިނގިރޭސިނަމެއް ކިޔަސް މިހާރު މިޖެހެނީ އެއްތާކުއެވެ. ކުރިން ޮއންނަ ރާއްޖެތެރޭގެ އެހީތެރިންގެ ގިންތީއަށެވެ.

ލާމަރުކަޒީ އުޞޫލުން ޤައުމު ހިންގުމާއި އިދާރީޮގތުން ރަށްތަކެއް އެއްޮކށްގެން ނެރެން ބޭނުންވާ ނަތީޖާ އާއި އެއްވެސް ގުޅުމެއް ޮއންނާނެކަމަކަށް

އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. ތަނެއް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ބޭނުންވަނީ ރައްޔިތުންނަށް އެތަނެއް ހިންގުމުގައި ބާެރުދިނުމަށެވެ. ކަންކަން

ސަބަބުން އެންމެ ޮބޑަށް އަސަރުކުރާނެ ބަޔެއްގެ ނިންމުމުގައި އެނިންމުމެއްގެ ޚިޔާލާ އެއްޮގތަކަށް އެކަމެއް ނިންމުމަށެވެ. އެހެންޮގތަކަށް ދަންނަވާނަމަ ޔުނިޓް

ކުޑަޮކށްގެން ބާރުތައް ދިނުމެވެ. ނުވަތަ ބާރުތައް ބަހާލުމެވެ. އާބާދީ ޮބޑެތި ރަށްރަށުގައި ސިޓީ ކައުންސިލްތައް އުފެދެނީ ވެސް މިސަބަބަށެވެ. ތަރައްޤީގެ ނަމުގައި އެތަކެއް ރަށްތަކެއް އެއްޮކށްލުމުން ލާމަރުކަޒީ އުޞޫލުން ހިންގުމަށް ރައްޔިތުންނަށް ޯހދައިދޭން ބޭނުންވާ ބާރު ގެއްލިގެންދެއެވެ. އޭގެ ބަދަލުގައި

ޮބޑެތި ރަށް ރަށަށް އާބާދީޮގތުން ކުދި ރަށް ރަށުގެ ތަރައްޤީ އާއިމެދު ޮގތްކިޔާ އެމީހުންގެ ނިންމުންތަކަށް ނުފޫޒުޯފރުވުމުގެ ފުރުޞަތު ޮބޑުވެއެވެ. މާޒީއަށް ބަލާލާއިރު ލާމަރުކަޒީ އުޞޫލުން ހިންގުން ކުރިއަށްވުރެވެސް ޯގސްވީއެވެ.

ކުރީގައި ރަށުފެންވަރުގައި ކަންކަން ނިންމަނީ ކަތީބުންނެވެ. ބައެއް ޙާލަތުގައި ރަށްކުރިއަރުވާ ޮކމިޓީގެ ލަފަޔާއެކުގައެވެ. އިދާރީޮގތުން ރަށްތަށް ގުޅުވައިގެން ހިންގުމުން އެބާރުތައް ބެހިގެންދަނީ މާދުރު ފަރާތްތަކަށެވެ. ޤާނޫނުއަސާސީން

ލާމަރުކަޒީ އުސޫލުން ޤައުމު ހިންގުމުގެ ބާރުދެނީ މިޮގތަށް ކަމަށް ޤަބޫލުކުރަން އުނދަގުލެވެ. ކުރިއަށްވުރެ ވެސް ހިންގުމުގައި މަރުކަޒީ ވާތީވެއެވެ.

ސިކުނޑީގެ ތޫފާންސީނާ އަހުމަދު ޒާހިރު

Page 25: Sun Magazine Issue 8

25

ފަރެސް މުހައްމަދު އާމިރުގެ

ދިޔަވަރު

ދިވެހިންގެ އަދަބު އަޚުލާގުގެ މަތިވެރި ކަމުގެ ވާހަކަ ބޭރުގެ މުއައްރިޚުން ބަޔާންޮކށްފައިވެ އެވެ. އެއީ ދިވެހިންގެ މުސްކުޅި ޒަމާނުގެ

ވާހަކައެވެ. ތަހުޒީބު ނުވާ ޒަމާނުގެ ވާހަކައެވެ. އަދުގެ ދިވެހިންގެ ކާބަފައިންގެ ހަޔާތުގެ ވާހަކައެވެ. ދިވެހި ވިސްނުމާއި ދިވެހި ހަށިތައް

ދިވެހި މަސްކަނޑުގެ ސަރަހައްދުތައް ފަހަނަޅައި ނުދާ ޒަމާނުގެ ވާހަކައެވެ. ނަމަވެސް މިއަދު ޒަމާން ބަދަލުވެއްޖެއެވެ. މިއައި ބަދަލަށް

އަޅުގަނޑުމެން ކިޔަނީ ތަހުޒީބެވެ. ކުރިއެރުމެވެ. ތަރައްގީއެވެ. ތަރައްގީ އަކީ ޮއތް ހާލަތަކުން އެއަށްވުރެ ރަނގަޅު ހާލަތަކަށް

ބަދަލުވުމެވެ. ތަރައްގީގެ މޭވާއަކީ ހިތްހަމަޖެހުމެވެ. ރާއްޖޭގެ ގިނަކަންކަން ތަރައްގީވެގެން އައީ ކުރިން ޮއތް

ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުވެގެންނެވެ. ނަމަވެސް ދިވެހިންގެ އަދަބު އަޚުލާގާ މެދަކު އެހެން ދެންނެވޭކަށެއް ނެތެވެ. ރާއްޖޭގެ އޭރުގެ

ހާލާ ގުޅޭޮގތުން ހުރި ރީތި އާދަތައް ގެއްލި ހިނގައްޖެއެވެ. އަދަބު އަޚުލާގުގައި ހުރި އިންސާނީ ކަރާމާތް ނަގަހައްޓައިދޭ ވަރަށް ގިނަ

ކަންތައްތަކެއް އަޅުގަނޑުމެންނާ ވަދާއު ކިޔައިފިއެވެ. އަލަށް އުފެދުނު ކަންކަންކަމުގެ ތެރެއިން އަޅުގަނޑުމެންނާ

ހަމައަށް އައި ކަންކަމާ ގުޅޭ އަދަބު އަޚުލާގު އެކަންކަމާ އެކުގައި އަޅުގަނޑުމެންނަށް ގެނެވިފައެއް ނެތެވެ.

ޯމބައިލް ޯފނު ތައާރަފު ކުރެވުނު އިރު އެއާ ގުޅޭ އަދަބު އަޚުލާގު ތައާރަފު ކުރެވިފައެއް ނެތެވެ. ރާއްޖޭގެ މުއާސަލާތީ

ކުންފުނިތަކުން އަދި އަދަށް ދާންދެން ވެސް އެކަމާ ފިކުރުކުރާ ކަމަކަށެއް ނުފެނެއެވެ. ނަތީޖާއަކީ ޮކބައިޯތ އެވެ؟ އަލަށް ޯމބައިލް ޯފނު ތައާރަފު

ކުރި ދުވަސްވަރު މީހަކު ސަޖިދައިގައި ޮއވެގެން ޯފނަށް ޖަވާބުދިން ވާހަކަ އަޑުއިވިގެން ދިޔައެވެ. ޮހސްޕިޓަލްތަކާއި އެކިއެކި ބައްދަލުވުން ތަކުގައި

ޯމބައިލް ޯފނުގެ "ދުއްޕާން" ޖެހެމުން ދަނީ މަދެއްޮކށެއް ނޫނެވެ. ތިމާއަށް ޯމބައިލް ޯފނުން ފަސޭހަ ލިބޭއިރު އެހެން މީހުންނަށް އުނދަގުލަކަށް ވާ

އަމަލުތައް ކުރާ މީހުން ފެންނަނީ މަދެއްޮކށެއް ނޫނެވެ.ޯމބައިލް ޯފނަކަށް ފަހު އެހެން ކަމެކެވެ. ތަންތާގައި ކިޔުގައި

ތިބުމެވެ. މާލެ އާއި ހުޅުމާލެ އާ ދެމެދު ކުރެވޭ ފެރީ ދަތުރުތަކުގައި މިފެންނަ ކިޔުއަކީ ވެސް އަޅުގަނޑުމެންގެ އަދަބު އަޚުލާގު ދައްކައިދޭ

ކަމެކެވެ. ފެރީ ދަތުރަށް ޓިކެޓް ގަނެގެން ޮގސް ކަނޑައެޅިފައިވާ

ވަގުތު އަންނަންދެން އިށީނދެ ތިބެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރެއެވެ. ނަމަވެސް އެ ޮގނޑިތަކުގައި އިށީނދެގެން އަޅުގަނޑުމެންނަށް ތިބެވޭޯތ އެވެ؟ ތެދުވެގެން ޮގސް ބިއްލޫރިގަނޑު ކައިރީގައި ޮކޅަށްތިބެ ޮތއްޖެހި

ތަނުގެ ނިޒާމު ނަގާލެވެނީ ކިތައް ފަހަރުޯތ އެވެ؟ ގިނަ ފަހަރަށް މިކަން ވާޮގތަކީ ޮކންމެ ވެސް މީހަކު ތެދުވެގެން ޮގސް ބިއްލޫރި ގަނޑުގައި

ޯލޖަހައި ބަލަނީއެވެ. އަނެއް މީހާ ތެދުވެގެން ޮގސް ކައިރީގައި

ހުއްޓެނީއެވެ. ދެން މީހުން ގިނަވަނީއެވެ. އެއްކާޅު އެވެނިކަމެއް ކުރީމާ އަނެއް ކާޅު މިވެނިކަމެއް ކުރެއޭ ބުނާ އުސޫލުންނެވެ.

ތަނުގެ އިންތިޒާމް ނަގާލައި އަދަބު އަޚުލާގެއް ނެތި ސަބަބަކާ ނުލައި ޮތއްޖެހިގެން ތިބޭއިރު މިއީ ހުތުރު ކަމެއްކަން އެނގޭ ކިތައް މީހުން ތިބޭހެއްޔެވެ؟

ކިޔު ފަޅާލައިފައި ދިއުމާއި ތަނުގެ އިންތިޒާމް ފޫއަޅުވައިލައި ދިއުމަކީ ބައެއް ދިވެހިން ރާއްޖެއިން ބޭރުގައި ވެސް ކުރާ ކަމެކެވެ. މިކަން ކުރާތަން ފެންނަ

މީހުންގެ ހިތުގައި ދިވެހިންނާ މެދު ގަދަރު ކުޑަކުރެވެއެވެ. ދަށު ދަރަޖައިގެ ބައެއް ކަމަށް ދެކެއެވެ. ނާތަހުޒީބު ބައެއް ކަމަށް ދެކެއެވެ. ކަޓުމުއްލާ ބަޔަކު ކަމުގައި

ދެކެއެވެ. އެކަމަކު އަޅުގަނޑުމެންނަށް އެކަން އެނގޭބާއެވެ؟ އަޅުގަނޑުގެ ވެރިއަކަށް ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޚާރިޖިއްޔާގައި ޕްޮރޓެޯކލްގެ ދާއިރާގައި ތޭވީހަކަށް އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އެ ބޭފުޅާ ސަމާސައަށް ވިދާޅުވާ ވާހަކައެއް ޮއވެއެވެ. ރާއްޖެއިން

ބޭރުން ދިވެއްސަކު ފެނިއްޖެއްޔާ އެނގޭނޭ ޮގތެއް ޮއވެއެވެ. ދިވެއްސަކު ވިއްޔާ ޮދރުން ވަންނާނީ ފައިފުހިމަތިން ގިރާޮކށްފައެވެ. ފަހަތުން އަންނަ މީހާގެ ކަންކަށި މައްޗަށް ޮދރުފަތް ދޫޮކށްލާފައެވެ. މިއީ ސަމާސާ ވާހަކަފުޅެއް ނަމަވެސް ރާއްޖެއާއި

ރާއްޖެއިން ބޭރުގައި ވެސް އަޅުގަނޑުމެންނަށް މިކަން މިހެން ކުރެވެއެވެ. އެހެން މިސާލެކެވެ. މާލޭގައި ވެސް އާންމު ކަމެކެވެ. ފިހާރައަކުން ނުވަތަ އެފަދަ ތަނަކުން ނުކުންނަން ޮދރު ހުޅުވާލާ ވަގުތު ޮދރު ހުޅުވާ މީހާގެ ދެ ކިހިލިފަތް ދަށުން ދެމިގެން އެތައް ބަޔަކު ނުކުމެގަނެއެވެ. ޮދރު ހުޅުވި މީހާ ހުންނަން

ޖެހެނީ އެމީހުންގެ ޮދރުވާނަކަށް ވެގެންނެވެ. ތަނަކަށް ވަންނަން ނުވަތަ ތަނަކުން ނުކުންނަން ޮދރު ހުޅުވާ މީހާއަށް އެ ފުރުސަތު ނުދީ އޭނާގެ ދެ ކިހިލިފަތްދަށުން

އަރައިގަނެގެން ދިއުމަކީ ހުތުރުކަމެކެވެ. އެމީހާ ވަންނަން ނުވަތަ ނުކުންނަން ހޭދަވަނީ މަދު ސުކުންތު ޮކޅެކެވެ.

ދެން ލިފްޓްގެ ވާހަކައެވެ. ލިފްޓަކަށް އަރަން ދާއިރު އެ ލިފްޓްގައި ތިބޭ މީހުން ފައިބަންދެން އަޅުގަނޑުމެންނަށް ކެތްތެރިވެގެންނެއް ނުތިބެވެއެވެ.

މީހުން ނުކުމެ ނުކުމެ ތިއްބައި ވަދެގަނެވެއެވެ. އަދި ހަމަ މިހެން އެކި ތަންތަނަށް ވަދެ ނުކުތުމުގައި އަނެކާއަށް ބަލައިލުމެއް ނެތި "ގަންނަވާލައިފައި" ތިމާ ކުރިއަށް

ދެމިގަތުމަކީ އާދައެކެވެ. އިސްވެ ދެންނެވި ކަންކަމަކީ ގިނަ މީހުންގެ ގާތުގައި މާ ޮބޑު މައްސަލައެއް ނޫނެވެ. އެކަމަކު އެއީ ހަމަ ކަށަވަރުން ވެސް އަޅުގަނޑުމެން ތަހުޒީބާއި އަދަބު އަޚުލާގު ދައްކައިދޭ ކަންކަމެވެ. މިދެންނެވި ކަންކަމާއި

މިބާވަތުގެ ހުރިހައި ކަމަކާ އަޅުވައި ބަލާއިރު އަޅުގަނޑުމެންގެ އަދަބު އަޚުލާގަށް ލިބެނީ ސަތޭކައަކުން ކިތަކެއްޯތ ބަލާލުމަކީ ތިމާއާއި ތިމާގެ ގައުމުގެ ފަޚުރާއި

ޝަރަފަށްޓަކައި ޮކށްލަން ރަނގަޅު ކަމެކެވެ.

:To commentSUN (comment) and send to 2747

ދިވެހިންގެ އަހުާލގު ސަތޭކައަކުން ކިތަކެއް؟

Page 26: Sun Magazine Issue 8

26

"ޯލބި" އެއީ ޮކން އެއްޗެއް ކަމާ މެދު ކުރެވޭ ބަހުސް ތައް ގިނަ އެވެ. އެ ލަފުޒުގެ މާނަ އެއް ޖުމުލައިން ނުދެވޭނެ ކަމަށް ފަހުގެ ޯހދުން ތަކުން ޔަގީންވެ އެވެ. ޯލބީގެ މާނަ އެކި މީހުން އެކި ޮގތަށް ކުރަނީ އެހެން ވެގެން ކަމަށް ވެދާނެ އެވެ. ޮކންމެ ޮގތެއް ވިޔަސް އެއްވެސް ޝައްކެއް ނެތި އެނގޭ އެއްކަމެއް އެބަ ޮއތެވެ. އެއީ ޯލބި އެއީ މި ދުނިޔޭގައި ލައްވާފައިވާ އެއްޗެއް

ކަމެވެ. ދިރުން ހުރި ޮކންމެ އެއްޗަކަށް ޯލބި މުހިންމު ކަމެވެ. ޯލތްބަކީ އުފާވެރި ހަޔާތަކަށް ނުހަނު މުހިންމު އެއްޗެއް ކަމެވެ. އެއީ ބަލިތަކަށް ފަރުވާއެއް ކެމެވެ. ޯލބި ނެތް ނަމަ އިންސާނުންގެ މެދުގައި މިހާރު މި ޮއންނަ ފަދަ ގުޅުންތެރިންކަމެއް ނު ޮއންނާނެ އެވެ. ހިތްތަކުގެ ދިރުމާއި ޒަވާޖީ ހަޔާތުގެ

ކާމިޔާބުގެ އަސްލަކީ ޯލބި ކަމާ މެދު ދެބަސް ވެވޭކަށް ނެތެވެ. ޯލބީގެ އިހުސާސް ދެނެގަތުމުގައި ވަރަށް ގިނަ މީހުން

ނުކުޅެދިފައިވެ އެވެ. އެ ނުކުޅެދުންތެރިކަމުގެ ނަތީޖާ ހިތިވެފައިވެ އެވެ. ނުބައި ދިމާލަށް ޯލބީގެ މިސްރާބު ހިފިފައިވެ އެވެ. ކެހިވެރިންގެ ދަލުގައި ބެދިފައިވެ

އެވެ. މުޅި ހަޔާތުގެ މަތީން ފޫހިވެފައިވެ އެވެ. އާޚިރު ނަތީޖާއެއްގެ ޮގތުން ޯލބި ލަފުޒަށް ވެސް ނަފުރަތު ކުރާން ފެށެ އެވެ. ޯލބީގެ މުހިންމު ކަމުގެ ވާހަކަ

ވަރަށް ދިގުޮކށް ދެއްކި ދާނެ އެވެ. އެއީ ޮކޅުން ލާން ޮއތް ކަމެއް ނޫނެވެ. މި ފަދަ މުހިންމު އެއްޗަކަށް ޯލބި ވާ އިރު، ޯލބީގެ އިހުސާސްތަކާއި ޯލބި ވެވިއްޖެ

ކަމުގެ އިހުސާސް ދެނެގަތުމަކީ ޮކންމެ މީހަކަށް ވެސް ނުހަނު ބޭނުންތެރި ކަމަކަށް ވާނެ އެވެ. ތިރީގައި އެ ވަނީ ތިބާ އަށް ޯލބި ވެވިއްޖެ ކަމުގެ

އިހުސާސް ދެނެގަނެވިދާނެ ބައެއް ހާލަތު ތަކެވެ.

ރަހުމަތްތެރިކަމުގެ ގުޅުމަށް އިތުބާރު އުފެދުން

ޢާންމު ޮގތެއްގައި ޯލބީގެ ގުޅުން ފެށިގެން އަންނާނީ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިންނެވެ. ޯލބީގެ އިހުސާސް އުފެދެނީ ރަހުމަތްތެރިކަމުގެ

ގުޅުމުގެ ދައުރު ބަދަލުވާ ހާލަތުގަ އެވެ. އެއީ ރަހުމަތްތެރިކަމުގެ ގުޅުމުން ޯލބީގެ ގުޅުމަށް ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ކަމުގައި ބުނެވިދާނެ އެވެ. މި މަރުހަލާގައި ދެ މީހުންގެ މެދުގައި ޮއތް ގުޅުމަށް އިތުބާރު

ކުރެވޭނެ އެވެ. އެ ގުޅުމާ މެދު ޔަގީންކަން ޮއންނާނެ އެވެ. އަދި އެއްވެސް ކަމެއްގައި ޝައްކެއް ނުކުރާނެ އެވެ. ރަހުމަތްތެރިޔާ ތިބާ ހިތުގައި

ނުޖައްސާނެ ކަމުގައި ޔަގީން ޮއންނާނެ އެވެ. އެކަކު ވެސް ކަންތައްތައް ގުރުބާން ކުރާކަށް ނުޖެހޭނެ.

ޯލބީގައި އެކަކު ވެސް ކަންތައް ތައް ގުރުބާން ކުރަން ޖެހިގެން ނުވާނެ އެވެ. މެދު މިނުގެ ހައްލެއް ޯހދެން ވާނެ އެވެ. ވާހަކަ ދައްކައިގެން

ދޫދީގެން މައްސަލަ ހައްލު ކުރެވެން ވާނެ އެވެ. މި ސިފަ ދެ މީހުންގެ މެދުގައި ޮއތް ނަމަ، އެއީ ޯލބީގެ ޢަލާމާތެއް ކަމަށް ބެލެވިދާނެ އެވެ. އެކަކު އަނެކަކަށް އެދޭ ކަމުގެ ޢަލާމާތެކެވެ. އަނެކާ މުހިންމު ކަމުގެ ނިޝާނެކެވެ.

އެކުގައި ވަގުތު ހޭދަ ކުރަން ބޭނުން ވުން

ވަރަށް ގިނަ މީހުން އިދިޮކޅު ޖިންސުގެ ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަ

ކުރާނެ އެވެ. ޮކފީ އަށް ދާނެ އެވެ. އެކުގައި ކާން ވެސް ދާނެ އެވެ. އެއީ އާންމު ކަމެކެވެ. ވަކި ޚާއްސަ ކަމެއް ޮއވެގެން ނޫނެވެ. ޖަސްޓް

އަާލާމތްތައް

ލޯބިާވ ކަމުގެ

Page 27: Sun Magazine Issue 8

27

ހަމަ ފްރެންޑްސް ވީމަ ދަނީ އެވެ. މި ޮގތަށް ދިއުމާ އަބަދު އެކުގައި ވަގުތު ހޭދަ ކުރަން ބޭނުން ވުމާ އެއީ މުޅީން

ތަފާތު ދެ ކަމެކެވެ. މި ހާލަތުގައި އެކަކު އަނެކަކު ނުފެނި ގިނަ އިރު ވުމުން ދެކެން ބޭނުން ވާނެ އެވެ. އަބަދު އެކުގައި ވަގުތު ހޭދަ ކުރާ ހިތް ވާނެ އެވެ. އަދި އެކުގައި ހޭދަ ކުރެވޭ ވަގުތު އެއީ ވަރަށް އުފާވެރި

ވަގުތުތަކެއްގެ ޮގތުގައި އިހުސާސް ކުރެވޭނެ އެވެ. އަދި އެ ވަގުތުތައް

ދެމިގެން ދާން އެދެވޭނެ އެވެ. މި ހާލަތު މާނަ ކުރެވޭނީ ޯލބީގެ ޢަލާމާތެއްގެ ޮގތުގަ

އެވެ.

ޚިޔާލީ މުސްތަޤުބަލުގެ ވާހަކަ ދެއްކުން

ރަހުމަތްތެރިޔާ ގާތުގައި މުސްތަގުބަލުގެ ވާހަކަ ދެއްކޭނެ އެވެ.

އެކަކު އަނެކާ ގާތުގައި އޭނާ މުސްތަގުބަލާ މެދު ދެކޭ ޮގތް އަހައި ސާފު ކުރެވޭނެ އެވެ. ދަރިން ބޭނުންވާ މިންވަރާ ދަރިން

ތަރުބިއްޔަތު ކުރުމުގެ ވިސްނުން ފަދަ ކަންތައްތައް ހިއްސާ ކުރެވޭނެ އެވެ. ދެ މީހުން ވެސް ތިބާ އަނެކާއާ އެކު މުސްތަގުބަލެއް އުޅެން ޚިޔާލީ ދުނިޔެ އެއްގައި ވިސްނާން ފަށާނެ އެވެ. އޭނާ އާއި ކައިވެނި ކުރެވިއްޖެ

ނަމަ ޒަވާޖީ ހަޔާތް ކިހާ އުފާވެރި ވާނެހޭ ހިތަށް އަރާނެ އެވެ. މީ ހައްތަހާ ވެސް ޯލބީގެ ޢަލާމާތް ތަކެވެ.

އެހެން ހުރިހާ ކަމެއް ފަހަތަށް ޖައްސައިލުން

އަބަދުވެސް އޭނާއާ މެދު ވިސްނޭނެ އެވެ. އެހެން އެއްވެސް ކަމެއް އޭނާ އަށް ވުރެ މުހިންމު ނޫން ކަމަށް އިހުސާސު ކުރެވޭނެ އެވެ.

ވަށައިގެން އުޅޭ އެހެން މީހުން އެހާ މުހިންމެއް ނުވާނެ އެވެ. އޭނާގެ ޯފނު ޯކލު ތަކަށް އިންތިޒާރު ކުރެވޭނެ އެވެ. މެސެޖެއް އާދޭޯތ ޯފނަށް ބެލޭނެ އެވެ. މި ކަންކަން ހިތް އެދޭ މަގުން ނުހިނގާ ނަމަ އުނދަގޫ

ވާނެ އެވެ. އަރާމެއް ނުލިބޭނެ އެވެ. ހަމަ ނިންޖެއްވެސް ނުލިބޭނެ އެވެ. މީ ޯލބީގެ ޢަލާމާތް ތަކެވެ. އެހެން ނޫން ނަމަ ވަކި މީހަކު ނުގުޅިޔަސް ވާނީ ކީއް ހެއްޔެވެ؟ ވަކި މީހަކު މެސެޖު ނުކުރިޔަސް ވާނީ ޮކން ފަރަގެއް ހެއްޔެވެ؟ ބައިވަރު އެކުވެރިން އެބަ ތިބި ނޫން ހެއްޔެވެ؟ އެ އެންމެން ނުގުޅީމަ ނޫނީ މެސެޖު ނުކުރީމަ މި ބުނި

އުނދަގޫތަކެއް ނުވޭ ނޫން ހެއްޔެވެ؟

އަސްލު ޮގތުގައި ބަލައިގަތުން

ދެ މީހުން ވެސް އެކަކު އަނެކެއްގެ އަސްލު ޮގތުގައި ބަލައިގަންނާނެ އެވެ. އަސްލު ޮގތް ބަލައިގަތުމަކީ ޑިމާންޑް ނުކުރުމެވެ. އެކަކު ވެސް އަނެކާގެ ހުރި ޮގތް ބަދަލު ކުރާން ނުބުނުމެވެ. ބަދަލު ބޭނުން ވާނަމަ އެ އެދެވެނީ ތިބާ އަކަށް ނޫނެވެ.

ތިބާ އަށް އެދުމަކީ ތިބާގެ އަސްލު ޮގތުގައި ބަލައިގަތުމެވެ. ދެ މީހުންގެ ވެސް އަސްލަކީ ދެ މީހުން ތިބި ޮގތެވެ. ގަޔާވީ އެ ޮގތާ އެވެ. އެއީ ދެ މީހުންނަށް ވެސް އެ ޮގތް ކަމުދިޔައީމަ އެވެ. މި ޮގތުގައި އެކަކު އަނެކަކު ކަމު ދާނީ ދެ މީހުންގެ

އެއްޮގތް ކަންތައްތައް ގިނަ ވީމަ އެވެ. މި ޮގތުގެ މަތީން އެކަކު އަނެކަކު ކަމުދާ އިރު، ކުރީގެ ޯލބި ވެރިން މަތީން ހަނދާން ނެތޭނެ އެވެ. އަމިއްލަ ނަފުސުގެ އިތުބާރު ޮބޑުވެ

ތިމާގެ އަމިއްލަ ޝަޚުސަށް ޯލބި ކުރެވޭ މިންވަރު ޮބޑު ވާނެ އެވެ.

ލޯބިާވ ކަމުގެ

Page 28: Sun Magazine Issue 8

އަބްދުهللا އަޒްމީން

28

ފުޓްބޯޅައިގައި ހޯމް އެޑްާވންޓޭޖްމިދިޔަ އަހަރު ކުޅުނު 849 މެޗުގެ ތެރެއިން 335 ފަހަރު މޮޅުީވ ހޯމް ީޓމު

ފުޓްޯބޅައިގެ ނަތީޖާ ނެރުމުގައި ޯހމް އެޑްވާންޓޭޖަކީ އަބަދުވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ނަމަވެސް މިކަމާ ބައެއް ތަޖުރިބާކާރުން

ހިޔާލު ތަފާތުވާ ސަބަބުތަކެއް އެބަހުއްޓެވެ.ފީފާ ޯވލްޑް ކަޕް ނުވަތަ ޔޫޯރ ފައިނަލެއްގައި އިނގިރޭސީން އަތުން

2-3 އިން ޗައިނާ ނުވަތަ ޖަޕާން ކަހަލަ އާދައިގެ ގައުމެއް ޮމޅުވެއްޖެނަމަ ދެން ކަންތައްވާނީ ކިހިނެއްބާ އެވެ. ޮކންފިޓީ ތަކާއި އައްޔާ ދުމާއި ހަރަކާތާއެކު މުޅި އެ ގައުމެއް ފުޓްޯބޅައިގެ އުފާވެރި ކާނިވަލަކަށް ބަދަލުވާނެ ކަމީ އެއްވެސް

ޝައްކެއްޮއތް ކަމެއް ނޫނެވެ. މިއީ ފާއިތުވެދިޔަ ޮބޑެތި މުބާރާތްތަކުގައި ކަންތައްތައް ވެފައިވާޮގތުން ޮއގަނައިޒަރުންނަށް މުބާރާތްތަކާ މެދު ގެންގުޅެވިދާނެ

ތަސައްވުރެއް ނުވަތަ ހިޔާލެކެވެ.ނަމަވެސް ބައެއް ސަބަބުތަކާ ހެދި ޯހމް އެޑްވާންޓޭޖް މިހާރު ޯނންނަ ކަމަށް ގަބޫލުކުރާ ސަޯޕޓަރުން ވެސް އެހާމެ ގިނަ އެވެ. މި ޮގތަށް ގަބޫލުކުރާ މީހުން އެ މީހުންގެ ގަބޫލުކުރުންމަތީ ދެމިތިބެނީ ޯހމްއެޑްވާންޓޭޖާމެދު އެމީހުންގެ

ހޭލުންތެރިކަން ކުޑަކަމުންނެވެ.ބައެއް ދިރާސާތަކުން ދައްކާޮގތުގައި ސަޯޕޓަރުން ދޭ ތަރުހީބުގެ ސަބަބުން ފިޒިކަލީ ކުޅުންތެރިންގެ ކުޅުމަށް އަސަރު ކުރުވަ އެވެ. ކުޅޭއިރު

ސަޯޕޓަރުން ތަރުހީބު ދެމުންދާކަން އެ މީހުންނަށް އެނގޭނެ އެވެ. މީގެ ސަބަބުން ޓީމުގެ ޮމޅުވުމުގެ ރޫހު މަތިވެގެންދާނެ އެވެ. ސަޯޕޓަރުންގެ ތަރުހީބުގެ

ސަބަބުން ރަށު ޓީމުން އިދިޮކޅު ޓީމަށްވުރެ ޮބޑަށް އެޓޭކްކުރަން ބާރު ލިބި ސަޯޕޓަރުން ބަލާހިތްވާފަދަ ރީތި ކުޅުމެއް ކުޅެން މަގު ފަހިޮކށްދޭނެ ވެސްމެ

އެވެ.ޓީމަށް ތަރުހީބު ދިނުމުގައި ސަޯޕޓަރުން ގެންގުޅޭ ޖަޒުބާތީ

އުސޫލުތަކުގެ ސަބަބުން އިދިޮކޅު ޓީމުތަކަށް ނޭދެވޭ އަސަރުތަކެއް ވެސް ކުރުވައި އެ މީހުންގެ ހަރަކާތްތައް ވެސް އެހާމެ ޮބޑަށް ލަސްޮކށްދޭނެ އެވެ. އަދި ބައެއް ފަހަރު ސަޯޕޓަރުން ގެންގުޅޭ ''ސިންގާ'' އުސޫލުތަކުގެ ސަބަބުން

ދެ ޓީމަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުވާ ފަހަރު އާދެ އެވެ.ޯހމް ސަޯޕޓަރުންނަކީ އަބަދުވެސް ވަރަށް ނުފޫޒުގަދަ ބަޔަކަށްވާއިރު

ބައެއް ފަހަރު އެއްވެސް އުސޫލެއް ނެތި ދެމުންދާ ތަރުހީބެއްގެ ސަބަބުން ކުޅުންތެރިންނަށް ޕްރެޝަރު ކުރިމަތިވެ އެވެ. ނަތީޖާއެއްގެ ޮގތުން ޮމޅުވާން ކުރާ

މަސައްކަތުގައި އެ ކުޅުންތެރިންނަށް ގިނަ ފަހަރު ޯގސްހެދޭލެއް އަވަސްވާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ސަބަބަކީ ހަށިގަނޑުގައި ދައުރުވާ ސެލްތަކުގެ

ހިނގުން އަވަސްވެ ލޭ ހޫނުވުމެވެ. ބައެއް ފަހަރު ކުޅުންތެރިޔާ ހަމައިން

Page 29: Sun Magazine Issue 8

29

ނައްޓައިގެން ޮގސް ސަޯޕޓަރުންނަށް ހަމަލާދޭ މަންޒަރު ފެންނަނީ މި ދެންނެވި ސަބަބުތަކާހެދި އެވެ.

ނިއުކާސަލްގެ ޯނތުންބްރިއާގެ ޔުނިވަސިޓީގެ ޕްޮރފެސަރ ސޭންޑީ ޮވލްފްސަން ކުރި ތަހުލީލުތަކުން ދައްކާޮގތުގައި އޭނާ ސުވާލު ކުރި

ސަޯޕޓަރުންގެ ތެރެއިން 59 ޕަސެންޓް މީހުން ގަބޫލުކުރަނީ އެ މީހުން ސަޯޕޓް ކުރާ ޓީމު ޮމޅުވުމުގެ ހަގީގީ ސަބަބީ ސަޯޕޓަރުން ދޭ ތަރުހީބު ކަމަށެވެ. މީގެ އިތުރުން ވަރުބަލިކަމާއި، ދަތުރުފަތުރު ކުރުމާއި މާހައުލު ބަދަލުވުމަކީ ވެސް

ޯހމް އެޑްވާންޓޭޖަށް މަގުފަހިޮކށްދޭ ކަމެކެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ޮގތުގައި މުބާރާތް ކުޅޭ ގައުމަށް އަވަހަށް ދާ ޓީމުތަކުގެ ޕާޯފމަންސް އެ މާހައުލަށް

ފަހުން ދާ ޓީމުތަކަށްވުރެ ރަނގަޅުވެދެ އެވެ. މުބާރާތް ބާއްވާ ގައުމަށް ޓީމުތައް ހަފުތާތަކެއް ކުރިން ދަނީ މި ސަބަބުތަކާހެދި އެވެ. ބޭނުމަކީ އެ މާހައުލަށް

ހޭނިލުމާއި ދަނޑުތަކަށް ފަރިތަވެލުމެވެ.ނަފުސާނީ އިލްމުވެރިޔާ ޮކންޮރޑް ޮލރެންޒް ބުނަނީ މެޗުގެ ކުރިން

ސަޯޕޓަރުން ކުރިމަތިކުރުވާ ކަންތައްތަކުގެ ސަބަބުން އެ ޓީމެއްގެ މަގާމު ދިފާއު ކުރުމުގެ ވިސްނުން ކުޅުންތެރިންގެ ހިތުތެރޭގައި އާދަޔާ ހިލާފަށް އަށަގަންނަ

ކަމަށާއި މީގެ ސަބަބުން ކުޅުންތެރިން އެކަތިގަނޑަކަށްވާ ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން އެއް އަޒުމެއްގައި އެއް އަމާޒަކަށް ވާސިލްވާން މަސައްކަތް

ކުރާނެ ކަމަށެވެ. ނަތީޖާއެއްގެ ޮގތުން ކުޅުންތެރިންގެ ޮކމިޓްމަންޓް ރަނގަޅުވެ، ވާދަވެރިކަން ޮބޑުވެ، ވަން ޮއން ވަން ސިޓުއޭޝަންތަކުގައި ޮމޅުވާން ކުރާ

މަސައްކަތް މާ ޮބޑަށް ވެސް އިތުރުވެގެންދާ ކަމުގަ އެވެ.ޔުނިވަސިޓީ ޮއފް ޯނތުންބްރިއާގެ ޕްޮރފެސަރު ނިކްލީވްގެ

ދިރާސާއިން ދައްކަނީ ރަށުން ބޭރުގައި ކުޅޭ މެޗުތަކަށްވުރެ އަމިއްލަ ގައުމުގައި ކުޅޭ މެޗުތަކަށް ނުކުންނައިރު ކުޅުންތެރިންގެ ހިތުގެ ތެޅުމާއި ޖަޒުބާތީ ލެވެލް

އިތުރުވެގެންދާ ކަމަށެވެ. މި ދިރާސާއިން ދައްކާ ޮގތުގައި މެޗު ފެށުމުގެ ކުރިން ހިތުގެ ހިނގުން އަވަސްވެ އެންމެ ޖަޒުބާތީ ކުޅުންތެރިއަކަށްވެފައި

ހުންނަނީ ޓީމުގެ އެންމެ ފަހަތުގައި އަދި ސަޯޕޓަރުންނާ އެންމެ ގާތުގައި ހުންނަ ކުޅުންތެރިޔާ ކަމަށްވާ ޯގލް ކީޕަރެވެ.

ނިކް ލީވް ބުނާ ޮގތުގައި މިފަދަ މެޗަކަށް ނުކުންނައިރު ޯގލް ކީޕަރު ކުޅެން ނުކުމެ ޯގލް ދިފާއު ކުރުމަށް އަޒުމް ކަނޑައަޅަން ޯގލު

ކުރިމަތީގައި ހުރެ ވަރަށް ވަރުގަދަ މާ ނޭވާއެއް ލާނެ އެވެ. އޭނާ އިތުރަށް ފާހަގަ ކުރި ޮގތުގައި ޯހމް ޓީމުން އަބަދުވެސް އިދިޮކޅު ޓީމުގެ ޗޭންޖިން ރޫމް ޑެކަރޭޓް ކުރާނީ ޯހމް ޓީމުގެ ކާމިޔާބީ އާއި ކުލަ އާއި ޯލޯގ ހިމަނައިގެން އެ

މީހުންގެ ކާމިޔާބީ ދައްކުވައިދޭ ޮގތަކަށެވެ. ބޭނުމަކީ ނަފްސާނީ ޮގތުން އިދިޮކޅު

ޓީމު ބަލިކަށިޮކށްލުމެވެ.1930 ވަނަ އަހަރު ޯވލްޑް ކަޕް އުރުގުއާ ކާމިޔާބީ ކުރުމާއި، އޭގެ ހަތަރު އަހަރު ފަހުން އިޓަލީ ތަށި ޯހދުމާއި 1966 ވަނަ އަހަރު އިނގިރޭސީން ކާމިޔާބު ކުރި ޯވލްޑް ކަޕާއި 1978 ވަނަ އަހަރު އާޖެންޓީނާ ޯހދި ކާމިޔާބީ

އަކީ ކުރިން ދެންނެވި ކަންކަމާ ވަރަށް ޮބޑަށް ގުޅިލާމެހިފައިވާ ކަންކަމެވެ. ހަމަ މިއާއެކު އަމިއްލަ ގައުމުގެ ސަޯޕޓަރުންގެ ކުޅަދާނަ ކަމާއި ޯހމް އެޑްވާންޓޭޖުގެ ބޭނުންޮކށްގެން 1998 ވަނަ އަހަރުގެ ޯވލްޑް ކަޕް ތަށި ފްރާންސް ޯހދުމުގެ

ފަހަތުގައިވާ އެންމެ މުހިންމު އެއް ސަބަބަކީ ވެސް އަމިއްލަ ގައުމުގެ ސަޯޕޓަރުންނެވެ. އެކަމަކު ފަސް ފަހަރު ޯވލްޑް ކަޕް ކާމިޔާބު ކުރި ހަމައެކަނި

ޓީމު ކަމަށްވާ ބްރެޒިލް މުޅީން ވެސް ތަށި ޯހދީ ގައުމުން ބޭރުގައި ކުޅެގެންނެވެ. އަމިއްލަ ގައުމުގައި ޯވލްޑް ކަޕް ބާއްވައިގެން ބްރެޒިލަށް ކުރެވުނު ވަރަކީ

މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމެވެ.މިހެންވެ އެހެން ހަގީގަތެއް ވެސް ގަބޫލު ކުރަން ޖެހެ އެވެ. އެއީ ޯވލްޑް ކަޕް ބާއްވާ ޮކންމެ ގައުމަކަށް މުބާރާތް ކާމިޔާބު ކުރެވިފައި ނެތްކަމެވެ.

މިހާތަނަށް ބޭއްވި ޯވލްޑް ކަޕުގެ 20 މުބާރާތުގެ ތެރެއިން ބައެއް ފަހަރު މުބާރާތް ބާއްވާފައިވަނީ ފުޓްޯބޅައިގެ ފުންނާބު އުސް ގައުމުތަކަކު ނޫނެވެ. ނަމަވެސް

އަމިއްލަ ފަސްގަނޑުގައި ކުޅެން ލިއްބައިދޭ ހިތްހަމަޖެހުމާއެކު އެ ގައުމުތައް ވެސް ވަނީ ކުރިން ދުވަހަކު ނުދެވޭ ސްޓޭޖްތަކަށް ދަތުރު ޮކށްފައެވެ. މިކަމުގެ މިސާލަކީ

އެމެރިކާ އާއި ދެކުނު ޮކރެޔާ އެވެ. 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ޯވލްޑް ކަޕާއި 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ޮކރެޔާގައި ބޭއްވި މުބާރާތުގައި މި ގައުމުތަކުން ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ އަމިއްލަ ގައުމުގައި ކުޅެގެން

ކާމިޔާބު ޯހދުމަކީ ފަސޭހަކަމެއްކަން ސާބިތުޮކށްދޭ ކަންތައްތެކެވެ.ހުސްވި 2009 ވަނަ އަހަރަށް އެކަނި ބެލިނަމަވެސް މިކަން ވަރަށް ސާފުޮކށް ފެންނަން އެބަޮއތެވެ. މިދިޔަ އަހަރު ކުޅުނު ބައިނަލް އަގްވާމީ 849 މެޗުގެ ތެރެއިން އަމިއްލަ ގައުމުގައި ކުޅެގެން 335 ފަހަރަކު އެކި ޓީމުތައް

ކާމިޔާބު ޯހދި އެވެ. ނަމަވެސް ޯހމް ޓީމާ ދެޮކޅަށް ކުޅެގެން އިދިޮކޅު ޓީމުތައް ޮމޅުވީ 172 މެޗުންނެވެ. މިއީ އިއްޔެއަކު މިއަދަކު މިކަން ޮއތްޮގތެއްނޫނެވެ.

ފާއިތުވެދިޔަ ގަރުނުގައި ވެސް މިކަންތައް ޮއތީ ހަމަ މި ބީދައިންނެވެ. އެހެންވެ މި ނަތީޖާތަކަކީ ދުނިޔޭގެ ފުޓްޯބޅަ ރޭންކިންގައި ފިރުކެމުންދާ ޓީމުތަކަށާއި

ހިނގައިގަންނަ ޓީމުތަކަށް ކާމިޔާބު ޯހދަން ލިބޭނެ ވަރަށް ޮބޑު އުއްމީދެކެވެ. ދިވެހިރާއްޖެފަދަ ކުދި ގައުމުތަކުން ޮބޑެތި ޓީމުތަކާ ދެޮކޅަށް ގަޮލޅު ދަނދުގައި

ކުޅެ ޯހދަމުން އަންނަ ކާމިޔާބީތަކުން އެކަނި ވެސް ޯހމް އެޑްވާންޓޭޖްގެ މުހިންމުކަމާއި އޭގެ ނުފޫޒު ވަޒަން ކުރެވެ އެވެ.

Page 30: Sun Magazine Issue 8

ހީވަނީ ސިކުނޑިގައި އެނބުރެމުން ދިޔަ ހައިޖާނުގަނޑު )ކުރީގެ އަދަދާ ގުޅާ( ނޭވާއެއްގެ ޮގތުގައި ބޭރުޮކށްލެވޭޯތ އުޅޭހެންނެވެ.

"ފަސޭހައެއް ނުވާނެ ޯދ ދައްކާކަށް. އޭނާ އުޅުނީ ޝަހާއަށް ވިސްނައިދެވޭޯތ. ރަމީޒަށް ނަންގާ ހަމައަކަށް އެޅުވޭޯތ

ވަރަށް މަސައްކަތް ކުރި. އެކަމަކު ގަބޫލެއް ނުކުރޭ! އޭނާ ބޭނުންވަނީ ނަޖީބާ އިންނާޯށ!"

"ހެޮޔނުވާނެ! ދެން ތިވާހަކަ ހުއްޓާލާ!" ރަމީޒަށް ދަތްކުނޑި ވިކައިގަނެވުނެވެ.

"ބުއްދިއަށްވުރެ ރުޅި އިސް ނުކުރައްޗޭ! ގެއަށް ޮގސް ޝަހާއަށް ވިސްނައިދެވޭޯތ މަސައްކަތް ކުރޭ! ކުރެވިފައިވާ ކައިވެންޏެއް ރޫޅާލުމަކީ

ރަނގަޅުކަމެއް ނޫން. ރަމީޒުގާތު މި ވާހަކަ މި ދެއްކީވެސް އަހަރެމެންނަށްވުރެ

ފަސޭހައިން ޝަހާއަށް ވިސްނައިދެވޭނީ ރަމީޒަށްހެން ހީވާތީ. ފުރަތަމަ ޯލބި ހަނދާން ނައްތާލަން އޭނާ އެ އުޅެނީ ދަތިވެގެން. އެހެން ވެދާނެ."

"ފުރަތަމަ ޯލތްބޭ؟" އިސް އުފުލައި ހަބީބުގެ މޫނަށް ރަމީޒު ބަލައިލި އެވެ. އޭރު އެ ދެޮލލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަ އެވެ.

"އާނ. އެކަމެއް ނޭނގޭތަ؟" "އާނ، ޝަހާ ބުނީ ދުވަހަކުވެސް ކުއްޖަކާ ރައްޓެއްސެއް ނުވަޯމ!"

"ދައްކާ ވާހަކަ." ހަބީބު ޮޗކެއް ކަނޑައިލި އެވެ. "ޝަހާ އަހަރެން ގެންގުޅެމުން އެ ގެންދަނީ ކަނުބަނދެގެން." ރަމީޒުގެ

އަޑު ތުރުތުރު އަޅަ އެވެ."ތީ މުޅިއަކުން ޮދގެއް ނޫން! މިއަދުވެސް އެކުރީ ކިހާ އެހެންކަހަލަ

ކަމެއް."ހަބީބުގެ މޫނަށް ރަމީޒު ބަލައިލި އެވެ. ޮކންކަމެެއްހޭ އަހައިލާ ކަހަލަ

ޮގތަކަށެވެ."ކުރަތްޕެކޭ ކިޔައިގެން ނަޖީބު ޮކޓަރިއަށް ވެއްދީނު. ރަމީޒުވީ

މިސްކިތަށް ޮގހޭ ކިޔާފަ އޭނާ އުޅުނީ..............""ދެން ހެޮޔ! ހުއްޓާލާ! ފުދިއްޖެ!" ރަމީޒު ފުންމައިގެން ތެދުވެވިއްޖެ

އެވެ. އެވާހަކަތައް އަޑުއަހަން ފަސޭހަ ނުވީ ކަންނޭނގެ އެވެ. "މަކަރުވެރި އަންހެނެއް!!" ރަމީޒަށް ދަތްކުނޑި ވިކައިގަނެވުނެވެ. އެއަަށްފަހު އެތަނުން

ނިކުތުމަށްޓަކައި ހިނގައިގެންފި އެވެ. ބާރު ބާރަށެވެ. "ޯގހެއް ނުހަދައްޗޭ!" ހެޮޔއެދޭޮގތް ދައްކަމުން ހަބީބު ބުންޏެވެ. އެހެނަސް އެއަޑު ރަމީޒަށް އިވުނުހެނެއް ހިއެއް ނުވެއެވެ. އޭނާ ދުރުދުރުގައި

ފިޔަވަޅު އަޅަމުން އެތަނުން ނިކުމެގެން ހިނގައްޖެ އެވެ. ރަމީޒު ދިޔުމާއެކު ޙަބީބުގެ ތުންފަތް މަތީގައި ދުވެލީ ނުލަފާ ހިނިތުންވުމެކެވެ. ޮކފީތަށިން

އެތިޮފދެއް ޮބއިލުމަށްފަހު ޮކށިގަނޑު ކައިރިއަށް ޮގސް އަގު ދައްކާފައި ނިކުތީ ބޭރަށެވެ.

ޮކޓަރި ސާފުޮކށް ތަންމަތި އަޅާ ހަދާލުމަށްފަހު، ޝަހާމާ ނިކުތީ ސިޓިން ރޫމަށެވެ. ނަޖީބު ގޭގައި ނޫޅޭ ވަގުތަކަށްވާތީ، އޭނާ ގަސްދުކުރީ ނަޖީބު ނިދާ ޮކޓަރި ވެސް ކުނިކަހާ ތަންމަތި އަޅައިލާ ހަދާށެވެ. ނަޖީބު ނިދިޔަސް، އެހެންމީހަކު ނިދިޔަސް އެއީ އޭނާގެ ގެއެވެ. އެގެ ސާފުޮކށް ބެލެހެއްޓުމަކީ

އޭނާގެ ވާޖިބެކެވެ. ވަރަށް ޖެހިލުންވެފައި ހުރި ކަހަލަ ޮގތަކަށް ހުރެ، ޝަހާމާ ޮގސް

ވަާފތެރި މަީވމޭ

މުހައްމަދު ާގސިމް، އއ. މަތިވެރި

ޮކޓަރި ސާފުޮކށް ތަންމަތި އަޅާ ހަދާލުމަށްފަހު، ޝަހާމާ ނިކުތީ ސިޓިން ރޫމަށެވެ. ނަޖީބު ގޭގައި ނޫޅޭ ވަގުތަކަށްވާތީ، އޭނާ ގަސްދުކުރީ ނަޖީބު ނިދާ ޮކޓަރި ވެސް ކުނިކަހާ ތަންމަތި އަޅައިލާ

ހަދާށެވެ.

30

Page 31: Sun Magazine Issue 8

އެޮކޓަރީ ޮދރުމައްޗަށް ހުއްޓުނެވެ. އޭނާ ޮކޓަރިތެރެއަށް ރަނގަޅަށް ބަލައިލި އެވެ. ނަޖީބު ނެތްކަން ޔަގީންވުމުން މަޑުމަޑުން އޭނާ ޮކޓަރިއަށް ވަނެވެ.

ހިތަށް އެރި އެއްޗަކުން އަވަސް އަވަހަށް ޮކޓަރިން ނިކުތެވެ. އެ ޮކޓަރީގައި އުޅެނިޮކށް ނަޖީބަށް އާދެވިއްޖެއްޔާ ޮކންމެފަދަ ކަމެއްވެސް ޮކށްފާނެ އެވެ.

ޝަހާމާ ހިނގައިގަތީ ބޭރު ޮދރާދިމާއަށެވެ. ޮދރު ތަޅުލުމަށެވެ. ރަމީޒު އަތުގައި ބޭރު ޮދރުގެ ތަޅުދަނޑިއެއް ޮއންނާނެ އެވެ. އެހެންކަމުން ތަޅުލާފައި ހުރިނަމަވެސް ރަމީޒަށް ވަދެވޭނެ އެވެ. އޭނާ ބޭނުންވަނީ ނަޖީބަށް ގެއަށް

ވަނުމުގެ ފުރުޞަތު ނުދޭށެވެ. އަދި ޚާއްޞަޮކށް އެ ޮކޓަރީގައި އޭނާ އުޅެނިޮކށް ވަނަނުދޭށެވެ.

ބޭރު ޮދރު ތަޅުލުމަށްފަހު ޝަހާމާ ހިނގައިގަތީ ހިތްހަމަޖެހުމާއެކުގަ އެވެ. ހަމަ ޔަގީނުންވެސް ދެން ނަޖީބަށް ގެއަށް ނުވަދެވޭނެކަން އެނގޭތީ

އެވެ. އޭނާ ވަރަށް ހަމަޖެހިލައިގެން ހުރެ ޮގސް ނަޖީބު ނިދާޮކޓަރިއަށް ވަދެ، އެނދު ތަންމަތި އަޅަންފެށި އެވެ.

ކުއްލިއަކަށް ޝަހާމާގެ ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކެއްގެ ސަބަބުން ހިތް ތެޅެލައިފި އެވެ. ނަޖީބަކީ މަކަރުވެރިކަމުގެ އިންތިހާގައި

ހުންނަ މީހެއްކަން ޝަހާމާ އަބަދުވެސް ހަނދާން ހުރެއެވެ. އޭނާ ރަމީޒުގެ ޮބލަށް އެރިލާނީ މާ ބުރަ މަސައްކަތެއް ޮކށްގެނެއް ނޫނެވެ. އެއީ ހަމަ

އެންމެ މިނެޓެއްގެ ކަމެކެވެ. ފަހަރުގައި ރަމީޒު އަތުން ބޭރު ޮދރު ތަޅުދަނޑި ހިފައިގެންވެސް އޭނާ އަތުވެދާނެ އެވެ.

ޝަހާމާ ގަސްދުކުރީ އަވަސް އަވަސް ޮކށްލައިގެން އެޮކޓަރިން ނިކުންނާށެވެ. ބެޑުޝީޓު ނަގައި ޮފޅައިލުމަށްފަހު، އަޅަންފެށިތަނާ ކަހަލަ

ޮގތަކަށް ކުއްލިއަކަށް އެނދު ތަންޮދށުން މީހެއްގެ ޯބ ފެންނަން ފަށައިފި އެވެ. އެމީހަކު މަޑުމަޑުން އެނދު ދަށުން ނިކުންނަން ފަށައިފި އެވެ. ސުބުޙާނަهللا އެވެ. އެއީ ނަޖީބެވެ. އޭނާ އެ ޮއންނަނީ މާކުރިން އައިސް އެނދު ތަންޮދށަށް

ވަދެއެވެ. ޝަހާމާއަކަށް ނަޖީބެއް ނުފެނެ އެވެ. އޭނާ އަތްމަތި

އަވަސްޮކށްލާފައި ބެޑުޝީޓު އަޅާ ނިންމާލެވޭޯތ ބަލަމުން ގެންދިޔަ އެވެ. އަނެއްޮކޅުން ނަޖީބު އެނދު ދަށުން ނިކުމެ ހިންދެމިލައިފި އެވެ. އޭރު އޭނާ ހުރީ ޯފނެއް ކަންފަތުގައި ޖައްސާލައިގެންނެވެ. އެއީ ހަބީބުގެ ޯފނެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެ އެވެ. ޯފނު ޖީބަށް ލުމަށްފަހު އައިސް މަޑުޮކށްލީ

ޝަހާމާގެ ފުރަގަހުގަ އެވެ. ޝަހާމާއަށް ކުއްލި ސިހުމެއް ލިބުނީ ފުރަގަހުން މީހަކު އައިސް އޭނާގެ ގައިގައި ބެއްދުމުންނެވެ. ތެޅިގެންފައި ބަލައިލިއިލެވުނެވެ. ފެނުނީ ނަޖީބުގެ ސިފަ ހުތުރު މޫނެވެ. ގަތްބިރުން ޝަހާމާއަށް ތެޅިގަނެވުނެވެ.

މުޅިހަށިގަނޑު ރޫރޫ އަޅައިގަތެވެ. އެޮގތަކުން މިޮގތަކުން ނަޖީބުގެ އަތުން ވީއްލިއްޖެ އެވެ. ވުސް އަޅާފައި ޮގސް ޮކޓަރިން ނިކުމެއްޖެ އެވެ. އެއާއެކު ދެން ލިބުނު ސިހުން އަދި ވަކިން ޮބޑުވެއްޖެ އެވެ. އޭނާއަށް ނިކުމެވުނީ

ސީދާ ރަމީޒުގެ ކުރިމައްޗަށެވެ. ރަމީޒު ފެނުމާއެކު ޝަހާމާ ހުރިތަނަށް ގަނޑުވިކަހަލަ އެވެ. އޭރު ނަޖީބުވެސް ފަހަތުން ނިކުމެ އެވެ. އޭނާގެ މޫނު މަތީގައި ވަކި ހިއްޕާފައި

ހުރި ދަހިވެތިކަމުގެ ކުލަވަރު، ވަގުތުން ބަދަލުޮކށްލައިފި އެވެ. ރަމީޒު ފެނުމުންނެވެ.

"ރަމީޒު!" ނަޖީބު ވަގުތުން ރަމީޒާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ އަޑާއި ރާގުގައި ހުރީ ނިޔަނެތިކަމެވެ. މަޑުމައިތިރިކަމެވެ.

"އަހަރެން މިގެއަށް ނިދަން ނާންނަން އުޅުނު ސަބަބަކީ މީ. އަހަންނަށް މާފުކުރޭ ރަމީޒު!"

ނަޖީބު ވާހަކަ ދައްކަންފެށި ޮގތުން ޝަހާމާއަށް ހުރެވުނީ ކަޅި ޖަހައި ނުލާ ނަޖީބުގެ މޫނަށް ބަލާށެވެ. އޭރުވެސް އޭނާގެ މޭ ނެގި ނެގިފައި ޖެހެމުން ދެއެވެ. އެހެނަސް އެ ތެޅުމަށް ޮކންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނަން އުޅޭހެން ވެސް ހީވެއެވެ. ނަޖީބު އެ އުޅެނީ އޭނާއަށް ހެދުނު

ޯގހުގެ މައްޗަށް ހިތާމަޮކށް، މާފަށް އެދެން ކަންނޭނގެ އެވެ. އޭނާ އެހެން

ހަދައިފިނަމަ ކިތަންމެހާވެސް ރަނގަޅެވެ. "އަހަންނަށް މިހާރު ހުރިހާ ކަމެއް ޮއތީ އެނގިފައި."

ރަމީޒުގެ އަޑު ކަންފަތުގައި ޖެހިފައި ޝަހާމާ ސިހުނެވެ. މޭ ތެޅިގަތީ ކުރިއަށްވުރެ މާ ބާރަށެވެ. ރަމީޒުގެ އަޑު ޝަހާމާއަށް ވީ މުޅިން އައު އަޑަކަށެވެ. އެއީ މީގެ

ކުރިން ދުވަހަކުވެސް ރަމީޒުގެ ކިބައިން ޝަހާމާއަށް އިވުނު އަޑެއް ނޫނެވެ. އެއަށްވުރެ އެއަޑުގައި ހުންނަ ޯއގާވެރިކަމާއި މަޑުމައިތިރިކަން މާޮބޑެވެ. އެކަމަކު

މިއަދު އެ އަޑަކު ޯއގާވެރިކަމެއް، މަޑުމައިތިރިކަމެއް ނެތެވެ. އޭގެ ބަދަލުގައި ހުރީ ރުޅިވެރިކަމެވެ. ހަރުކަށި ކަމެވެ. އޭނާ އެ ބުނީ އަނެއްކާ ޮކން ކަމެއް އެނގުނު

ވާހަކައެއް ބާވަ އެވެ؟"ރަމީޒު! އަހަންނާ ދޭތެރޭ ޯގސްޮކށް ހީނުކުރައްޗޭ!" ނަޖީބު ޮގސް

ރަމީޒުގެ ކުރިމައްޗަށް ހުއްޓުނެވެ. ތެޅިތެޅި ޮއތް ހިތަކާއެކު ޝަހާމާއަށް ހުރެވުނީ ނަޖީބު ކިޔަން އެ އުޅޭ އެއްޗަކަށް ވިސްނާށެވެ.

"ދެންމެވެސް އަހަރެން މިތާ އެނދުގައި ޖައްސާލައިގެ ޮއއްވާ ޝަހާ އައިސް.............."

"ދެން ހެޮޔ! ހުއްޓާލާ! ބުނެފީމެއްނު އަހަންނަށް މިހާރު ހުރިހާކަމެއްވެސް އެނގިއްޖެއޭ!" އައިސްފައި ހުރި ރުޅިއެއްގެ ޮބޑުކަމުން ކަންނޭނގެ އެވެ. ރަމީޒުގެ

މުޅި ހަށިގަނޑު ތުރުތުރު އަޅާމުންދާކަން ޝަހާމާއަށް އެނގުނެވެ. އަނެއްޮކޅުން ނަޖީބު އެހެދި ޮބޑު ޮދގުގެ ސަބަބުން ޝަހާމާގެ ޮބލަށް އެނބުރުން އަރައިގަތް

ކަހަލަ އެވެ. އަރި އަޅާލައިގެން ނުވެއްޓުނީ ކިރިޔާ އެވެ.

"ނޫން، ރަމީ! އެއީ ހުސްޮދގު! އޭނާ އެ ހަދަނީ ހުސް ޮދގު." ޝަހާމާއަށް ޮރއި ގަނެވުނެވެ.

"ޮދގޭ؟" ރަމީޒުގެ ދެޮލލުން އަލިފާން ކަނި ބުރަންފެށި ކަހަލަ އެވެ. "ތީ ވަރަށް މުޑުދާރު އަންހެނެއް. ޮގތެއް ޮފތެއް ނެތް، ހަޔާތްކުޑަ އަންހެނެއް. މަ ދާއިރަށް ގެ ތަޅުލައިގެން ނިކަން ހާވާ ހަޑި ދެކިބަލަ! ހިތަށް އަރާތަ ތީ

މީހެއްގެ އަންބެކޭ؟!" ރަމީޒުގެ މުޅި ހަށިގަނޑު ތުރުތުރު އަޅަ އެވެ. ނަޖީބު އިސް ޮއބައިލިޮގތަށް އަނގައިންވެސް ނުބުނެ ހުއްޓެވެ.

"ތިހެން ނުބުނޭ ރަމީ. އަހަރެން ކުށެއް ނުކުރަން. އޭނާ އެހަދަނީ ހުސް ޮދގު." ދިފާޢުގައި ވާހަކަ ދެއްކޭޯތ ޝަހާމާ މަސައްކަތްކުރިއިރު، އޭނާގެ އަޑު ހީވަނީ ބެދެން އުޅޭހެންނެވެ. ދެޮލލުން ޮއހެމުން ދާ ކަރުނަތައް ހުއްޓުމެއްނެތި ޮއހެމުންދެ

އެވެ."ކުށެއް ނުކުރަމޭ ބުނާއިރު، ހިލޭ ފިރިހެނުންގެ ގާތު ޯލތްބަށް އެދި

އާދޭސްކުރުމަކީ ކުށެއް ނޫންތަ؟" ރަމީޒު ބޭނުންވީ އޭނާއަށް ހުރިހާކަމެއް އެނގޭކަން ޝަހާމާއަށް އަންގާށެވެ.

"ކީކޭ ތިކިޔަނީ؟ އަހަންނަކަށް ނުވިސްނުނު." ޝަހާމާގެ ދެޯލ ޮބޑުވި އެވެ. ސުވާލުމާކުތަކުން ސިކުނޑި ޮތއްޖެހުނެވެ. ދެޮލލުން ޮއހެމުން ދިޔަ

ކަރުނައަށްވެސް ވަގުތުން ހުއްޓުން އެރި ކަހަލަ އެވެ. "އެނގޭ ނުވިސްނޭނެކަން. ހިތަކަށް ނާރާ ޯދ ދުވަހަކުވެސް އަހަންނަށް މިކަންކަން އެނގޭނެއެކޭ. ތިވަރުގެ ޮގތްކުޑަ މީހަކާ އިނދެގެން އުޅޭކަށް )ނުނިމޭ(

ޝަހާމާއަށް ކުއްލި ސިހުމެއް ލިބުނީ ފުރަގަހުން މީހަކު އައިސް އޭނާގެ ގައިގައި ބެއްދުމުންނެވެ. ތެޅިގެންފައި ބަލައިލިއިލެވުނެވެ. ފެނުނީ ނަޖީބުގެ ސިފަ ހުތުރު މޫނެވެ. ގަތްބިރުން ޝަހާމާއަށް

ތެޅިގަނެވުނެވެ. މުޅިހަށިގަނޑު ރޫރޫ އަޅައިގަތެވެ.

31

To commentSUN (comment) and send to 2747

Page 32: Sun Magazine Issue 8

32

Page 33: Sun Magazine Issue 8

ނޮކިާއ ީސފައިވް- ީޒރޯތްީރ އަީކ އަގުހެޔޮ ފޯނެއްޮނކިއާ ކުންފުނީގެ ފަރާތުން އެންމެ އަވަހަށް ބާޒާރަށް ނެރެން ގަސްތުކުރާ އެއް ޮމޑެލް ކަމުގައިވާ ޮނކިއާ ސީފައިވް- ޒީޯރތްރީއަކީ އަގު ހެޮޔ ޓަޗްސްކްރީން ޯފނެކެވެ. މި ޯފނުން 3.5ޖީ ސަޯޕޓް ލިބުމުގެ އިތުރަށް ވައިފައި އާއި ޖީޕީއެސްގެ ޚިދުމަތްވެސް ލިބެން

ހުރެއެވެ. މި ޯފނުގެ އަގަކީ ޓެކްސްއާއި ސަބްސިޑީޒް ނުލައި 170 ޔޫޯރއެވެ. ޮނކިއާ ސީ ސިކްސް- ޒީޯރވަން އާ ދާދި އެއް ކަހަލަ ޮގތަކަށް ފަރުމާ

ޮކށްފައިވާ ސީ ފައިވް- ޒީޯރތްރީ އަގުހެޮޔޮކށް ވިއްކުމަށްޓަކައި އެއަށް ގެނެސްފައިވާ އެންމެ މުހިއްމު އެއް ބަދަލަކީ އޭގެ ޓަޗްސްކްރީން ގެ ފެންވަރު ސީ ސިކްސް- ޒީޯރވަންއަށް ވުރެ ދަށްކުރުމެވެ. ހަމައެއާއެކު ސީ ފައިވް- ޒީޯރތްރީގެ ކެމެރާވެސް ތަންޮކޅެއް ފެންވަރު ދަށެވެ. އެޮގތުން ކެމެރާގައި ފްލެޝް ފީޗަރވެސް ނުހުރެއެވެ. އަދި މި ޯފނުގައި ބޭނުން ޮކށްފައިވާ ޮސފްޓްވެއަރ އަކީ ޮނކިއާގެ ޮމޑެލްތަކުގައި ތަންޮކޅެއް ކުރީން ބޭނުން ކުރި ސިމްބިއަން 1

ޕްލެޓްޯފމެވެ. ސީ ފައިވް- ޒީޯރތްރީގެ މެމަރީއަކީ 40 މެގަބައިޓެވެ. ނަމަވެސް މި ޯފނުގައި

16 ގިގަބައިޓްގެ ކާޑު ބޭނުން ކުރެވޭނެއެވެ. އަދި މި ޯފނުން އިންޓަނެޓް ޑައުންޯލޑް ސްޕީޑް 10.2 މެގަބައިޓް ޕަރސެކަންޑަށް ނަގައިދެއެވެ. އަޕްޯލޑް ސްޕީޑަކީ 2

އެމްބީޕީއެސް އެވެ.ޮނކިއާ ކުންފުނީން ބުނާޮގތުގައި ސީ ފައިވް- ޒީޯރތްރީ މި އަހަރުގެ ފަހުޮކޅު

ބާޒާރަށް ނެރެވޭނެއެވެ.

ގްރޭ ވޭލްސްއަކީ އެހެނިހެން ގިނަ މަސްތަކާ ތަފާތު މަހެކެވެ. އެ ޮސރުމެން ކަނޑުގެ ތެރޭގައި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް މައިގްރޭޓްޮކށެއް ނަހަދައެވެ. ސައިންސްވެރީން މިހާރު ބުނާ ޮގތުގައި އެންމެ ފަހުން ދުނިޔެއަށް ކުރިމަތިވި އައިސް

އޭޖުގެ ފިނިކަން ތަހައްމަލުޮކށް ޮބޑުމަހުގެ ނަސްލު ދެމިގެން އައި ޮގތާ ބެހޭ ޮގތުން ކުރެވޭ ދިރާސާތަކުގައި ގްރޭ ވޭލްގެ މުހިއްމުކަން ވަރަށް ޮބޑެވެ.

ގްރޭ ވޭލްގެ ކެއުމަކީ ކަނޑު އަޑީގައި 50 މީޓަރަށްވުރެ ފުނުގައި އުޅޭ ދިރުންތަކެވެ. އެ ޮސރުމެން އެންމެ ގިނަ އަދަދަކަށް އުޅެނީ އެމެރިކާގެ އެލަސްކާގެ ކައިރި

ސަރަޙައްދުގައެވެ. މި ސަރަހައްދުގައި އުޅޭ ގްރޭ ވޭލްތަކާބެހޭ ޚާއްސަ ދިރާސާތަކެއް ކުރުމުގެ މަސައްކަތް ޮވޝިންޓަނުގައި ހުންނަ ސްމިތްޮސނިއަން އިންސްޓިޓިއުޝަނުގެ ފަރާތުން

ގެންދަނީ ކުރަމުންނެވެ. ސްމިތްޮސނިއަންގެ ފަރާތުން ވާހަކަ ދައްކަމުން ތަޖުރިބާކާރެއް ކަމުގައިވާ ނިކް ޕިއެންސަން ބުނި ޮގތުގައި ގްރޭ ވޭލް މީގެ ކުރީން އުޅުނީ ފުން ކަނޑުގައެއް ނޫނެވެ. ނަމަވެސް އައިސް އޭޖުގެ ދުވަސްވަރު ކާޯބތަކެތި ޯހދުން އުނދަގޫވުމުން އެޮސރުމެން ފުންކަނޑުގެ ސަރަހައްދަށް ހިޖުރަކުރީއެވެ. އޭނާ ބުނި ޮގތުގައި މިހާރު އެލަސްކާ

ސަރަހައްދުގައި އުޅޭ ގްރޭ ވޭލްގެ އާބާދީ ވަރަށް ޮބޑަށް މަދުވެފައިވަނީ ޮބޑުމަސް ހިފާ މީހުންގެ ސަބަބުންނެވެ.

ބޮޑުމަހުގެ ނަސްލު ދިާރާސކުރުމުގައި ގްރޭ ވޭލްގެ މުހިއްމުކަން ބޮޑު

Page 34: Sun Magazine Issue 8

ރެހި ސަމްޯބލް

ބޭނުންވާތަކެތި

3 ޯޖޑު ކައްކާފައިހުރި ރެހި2 ފިޔާ )ހިމުންޮކށް ޮކށާފައި(

2 ހިކަނދިފަތް4 ހިކިމިރުސް )ޮކށާފައި(

1 ޮޓމާޯޓ )ޮކށާފައި(1 މޭޒުމަތީ ސަމުސާ ލުނޯބ ހުތް

1 މޭޒުމަތީ ސަމުސާ ހަވާދުޮލނުޮކޅެއް

ތައްޔާރުކުރާނެ ޮގތް

ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޮޔޮފދެއް އަޅާލާފައި ހޫނުވީމާ ފިޔާ، ހިކަނދިފަތް، މިރުސް، އެއްޮކށް އަޅާފައި ފިޔާޮކޅު ވަޯޅވީމާ ބާކީހުރި ހުރިހާ ބާވަތްތައް އެއްޮކށް އަޅާފައި

ހަނާވީމާ އުނދުންމަތިން ބާލާށެވެ.ބަތާއި މުގުރިހަޔާއި އެކު މީރުވާނެއެވެ.

އެ ރެއަކު މަށަށް އެ ޮދރު ހުޅުވައިލެވެނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އަދި އެ ކުޑަޮދރު

ހުޅުވާލައިގެން ހުރިއިރު އެވީ ޮގތްތަކެއް މީގެ ކުރިއަކުން ނުވެސް ވެއެވެ. ކުޑަޮދރު ހުޅުވައިލެވުނު ޮގތާއި

އަހަންނަށްވީޮގތް ކިޔައިދޭންވެއްޖެނަމަ ލައްކަ ގިނަ ވާހަކަ ކިޔައިދޭން ޖެހޭނެ އެވެ. އަހަންނަށް އެރޭވީ އެހާވެސް

މަޖާ ޮގތެކެވެ. އެހާމެ ލުއިވެގެން ދިޔަ ވަގުތު ޮކޅެކެވެ.

ރެސިީޕ ސިީޓ

ޯބޅަައެއް

މަންމަ: ދަރިފުޅުގެ ޮލލަށް ކިހިނެއްވީ؟ ތިޔަޮއތީ ދުޅަވެފައެއްނު؟ދަަރިފުޅު: އަޅުގަނޑަށް ދުރުން ކުޑަ ޯބޅައެއް އަންނަތަން ފެނުނީ! އަޅުގަނޑު ހުރީ އެ ކުޑަ ޯބޅަ

ޮބޑުވެގެން އަންނަނީ ކީއްވެގެން ބާވައޭ ހިތައި ވިސްނަން، އެހެން ހުއްޓައި އައިސް ޖެހުނީ!

މަރުގެ ނިސްބަތް

މުދައްރިދު: 1978 ވަނަ އަހަރާ އަޅާ ބަލާއިރު ރާއްޖޭގައި މީހުން މަރުވުމުގެ ނިސްބަތް މިހާރު ހުރި މިންވަރަކީ ޮކބައި؟

ދަރިވަރު: އެއްވެސް ތަފާތެއެ ނެތް. މިހާރު ވެސް ޮކންމެ މީހަކު މަރުވަނީ އެންމެ ފަހަރަކު

" ކާމިޔާބީ ބިނާވެގެންވަނީ، ޯގސް ނުހެދުމުގެ މައްޗަކަށް

ނޫނެވެ. އެއްފަހަރު ހެދޭ ޯގސް އަނެއްފަހަރު ތަކުރާރު ނުކުރުމުގެ

މައްޗަށެވެ.“

ހުނުން

މުތް

Page 35: Sun Magazine Issue 8
Page 36: Sun Magazine Issue 8